ނިދިހަމަނުކުރާނަމަ، އިސްތަށިތައް ރިޕެއަރވުމަށް ނިދުމުގެ ތެރެއިން ހަށިގަނޑުގައި ކުރެވޭ މަސައްކަތްތައް ނުކުރެވޭ
ނިދިހަމަނުކުރާނަމަ، އިސްތަށިތައް ރިޕެއަރވުމަށް ނިދުމުގެ ތެރެއިން ހަށިގަނޑުގައި ކުރެވޭ މަސައްކަތްތައް ނުކުރެވޭ
ކުޑަ އިރު ބޮލުގައި އެއް ނުރަ ހުރެގެން މީހަކަށް ދައްކައިފިނަމަ އެއީ ނަސީބު ނުރަކަމަށް ބުނެދެއެވެ. ނަމަވެސް 20 އަހަރަށް އެޅުމުން މާގިނައިން ނުރަވާނަމަ އެއީ އަވަހަށް މުސްކުޅިވަނީއޭ ކިޔައި މީހުން މަލާމާތްކޮށް ހަދައެވެ.

ނުރަވުމަކީ މުސްކުޅިކަމާއި ގުޅިފައި އޮތްކަމެއް ނަމަވެސް ބައެއް މީހުން މާޅައުމުރުގައި ނުރަވަނީ އާއިލާގައި އަވަހަށް ނުރަވާ މީހުން ތިބީމައެވެ. ނުވަތަ އެއީ ޖެނެޓިކަލީ ދިމާވާ ގޮތެކެވެ. އެހެންކަމުން، ޅައުމުރުގައި ނުރަވެ ކަންބޮޑުވާނަމަ ތިރީގައިމިވާ ކަންކަމަށް ސަމާލުވާށެވެ.

1. ގެއްލުންހުރި ކާނާ ބޭނުންނުކުރުން:

އާއްމުކޮށް ތެޔޮ ހުންނަ ކާނާއާއި ލުއިކާނާ އަކީ އަނގަޔަށް މީރުވެފައި، ހައްޓަށް ލުއިފަސޭހަވެފައި އަދި ވަގުތު ސަލާމަތް ކުރުމުގެގޮތުން ނަމަވެސް އަހަރެމެންގެ ހަޑިގަނޑަށް ލިބިދެވޭ ގެއްލުންމާ ދޭތެރޭ ވިސްނާލުމެއް ނެތި، އާދަކޮށް ކައިއުޅޭ އެއްޗެއްސެވެ. އެހެންނަމަވެސް މިއީ އާއްމު ޞިއްޙަތަށް ގެއްލުންދެނިވިކަމެއް ކަމެވެ. މިގޮތުން އެންމެ ބޮޑު އަސަރުކުރަނީ އަހަރެމެންނަށް ޤުދުރަތުން ލިބިފައިވާ ރީތި އިސްތަށިގަނޑަށެވެ. ކޮންމެ ދުވަހަކު އާދަވެގެން އަހަރެމެން ކައިއުޅޭ ލުއިކާނާގެ ސަބަބުން އަހަރެމެން ބޮލުގެ އިސްތަށިތައް ޅައުމުރުގައި ނުރަވާގޮތް ދިމާވުމާއި ބޮލުން އިސްތަށިފައިބާ ގޮތް ދިމާވެއެވެ. އެހެންކަމުން ނުރަވުމުން ސަލާމަތްވުމަށް އަދި ނުރަވެފައިވާ ނަމަ އިތުރަށް ނުރަވިޔަ ނުދިނުމަށް ކެއުމުގައި ޕްރޮޓީން، އަޔަން، ބަޔޮޓިން އަދި އޮމެގާ 3 ފެޓީ އެސިޑްއާއި ވިޓަމިންސް ލިއްބައިދެނިވި ބާވަތްތައް ހިމަނާށެވެ. އެއީ މިބާވަތްތަކުން، އިތުރަށް ނުރަވުން ކޮންޓްރޯލްކޮށްދޭ މާއްދާއެއް ކަމަށްވާ ކެރެޓަން އުފައްދައިދޭތީއެވެ.

2. ސްޓްރެސް މަދުކުރުން:

ދިރިއުޅުމުގެ ކޮންމެ ހިސާބަކަށް ބެލިޔަސް ޒިއްމާދާރު ކޮންމެ މީހަކީވެސް ޒިންމާތަކަކާއި ދޭތެރޭ ފިކުރުކުރާނެ މީހެކެވެ. ބައެއް މީހުން ޒިއްމާތަކުގެ ގިނަކަމާހުރެ ވަރަށް ބޮޑަށް ޓެންޝަންގައި އުޅެންޖެހެއެވެ. ދަރިންގެ ކަންކަމާއެވެ. ނުވަތަ މައިންބަފައިންނާއި އޮފީހުގެ ކަންކަމާއިއެވެ. މިގޮތަށް އަބަދު ސްޓްރެސްވުމަކީ ބޮލުގެ އިސްތަށިގަނޑު އަވަހަށް ނުރަވާކަމެއް ކަމުގައި ދިރާސާތަކުން ދައްކައެވެ. އެހެންކަމުން ދިރިއުޅުމުގައި ދިމާވާކަންކަން މާބޮޑަށް ސީރިޔަސްކޮށް ނުނަގައި ހުރިހާކަމެއްވެސް ވަނީ ރަނގަޅަށް ކަމުގައި ހިތައި ދޫކޮށްލާށެވެ. އަދި ކުދިކުދި އުފާތަކުން ހިތްހަމަޖެހުން ހޯދައި ދިރިއުޅުމުގައި އަބަދުވެސް ޕޮޒިޓިވް ތިންކިންގ ގައި ހުރެވޭތޯބަލާށެވެ. އޭރުން ސްޓްރެސް ވަރަށް ބޮޑަށް ކުޑަކުރެވިދާނެއެވެ.

3. ތެލުން މަސާޖުކުރުން:

އިސްތަށިގަނޑު ނުރަވުމުން ރައްކާތެރިކުރުމަށް އިސްތަށިތަކުގެ ބުޑާއި އިސްތަށިތަކަށް ތެޔޮ ލައި މަސާޖުކުރުމަކީ މުހިންމު ކަމެކެވެ. އާމަންޑް ތެލާއި މަސްޓަޑް އޮއިލް ، އޮލިވް އޮއިލް އަދި ކާށިތެލަކީވެސް އިސްތަށިގަނޑުގެ ޞިއްޙަތު ރަނގަޅުކޮށްދޭ އިސްތަށިތަކުގެ ދިރުން ގެނެސްދޭ އަދި އައު އިސްތަށި ފެޅުވުމަށް މުހިންމު ބާވަތްތަކެކެވެ. އަދި މަސާޖު ކުރުމުން ބޮލުގައި ލޭދައުރުވުން ރަނގަޅުކޮށްދީ އިސްތަށިތަކުގެ ބުޑަށް ބޭނުންވާ މާއްދާތައް ލޭގެ ޒަރިއްޔާއިން ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދެއެވެ.

4. ނިދި ހަމަކުރުން:

ރަނގަޅަށް ނިދި ހަމަކުރުމަކީ މީހާގެ އާއްމު ޞިއްހަތަށްވެސް ވަރަށް މުހިންމުކެމެކެވެ. އަދި ރަނގަޅަށް ނިދިހަމަނުކުރާނަމަ، އިސްތަށިތައް ރިޕެއަރވުމަށް ނިދުމުގެ ތެރެއިން ހަށިގަނޑުގައި ކުރެވޭ މަސައްކަތްތައް ނުކުރެވޭނެއެވެ. އެހެންކަމުން ރޭގަނޑުގެ 7 ގަޑިއިރާއި 8 ގަޑިއިރުގެ ނިދި ހަމަކުރަންވާނެއެވެ.

5. ދުންފަތުގެ އިސްތިއުމާލު ނުކުރުން:

މިހާރަކަށްއައިސް ޒުވާނުންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން އިތުރުވެފައިވުމަކީވެސް މިކަން މެދުވެރިވާން ދިމާވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގައި ހިމެނޭ ނިކޮޓިންއާއި ޓޮބޭކޯގެ ސަބަބުން ހަށިގަނޑުގައި ލޭދައުރުވުން މަދުކޮށްލާ ނުވަތަ ދަށްކޮށްލާ ކަމެކެވެ. އެހެންކަމުން އިސްތަށިތަކުގެ ބުޑުތަކަށް ބޭނުންވާ މާއްދާތައް ނުލިބުމުން އަވަހަށް އިސްތަށިތައް ނުރަވެ އިސްތަށި ފޭބުމަށް މެދުވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން