ލައިޗީ - ލޯއަލިކޮށްދީ ހިތުގެ ބަލިމީހުންނަށް އެހީވެދޭ
ލައިޗީ - ލޯއަލިކޮށްދީ ހިތުގެ ބަލިމީހުންނަށް އެހީވެދޭ
ލައިޗީއަކީ ރަންބުސްތާނުގައި ހުންނަ ގޮތަށް އޮށުގެ ވަށައިގެން މަޑު ގަބުޅިކޮޅެއްފަދަ ހުދު ކުލައިގެ ބައެއް އެކުލެވޭ ބާވަތެކެވެ. ރަހައިގައިވެސް ރަންބުސްތާނާއި އެއްގޮތް މިމޭވާ އަކީ ރަމްބުސްތާނަށްވުރެ ކުޑަ މޭވާއެކެވެ.

އާއްމުކޮށް ޗައިނާގައި ހެދޭ މިމޭވާއަކީ ތައިވާން، ތައިލޭންޑް އަދި އިންޑިއާގައިވެސް ހައްދާ މޭވާގެ ބާވަތެކެވެ. މިބާވަތަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބާވަތެކެވެ. އެހެންކަމުން ތިރީގައި މިވަނީ ލައިޗީއިން ޞިއްޙަތަށް ލިބިދޭ ފައިދާތަކުގެ ކުރު ޚުލާސާއެކެވެ.

* ވިޓަމިން ސީ:

ލައިޗީއަކީ ވިޓަމިން ސީ ގިނަ ބާވަތަކެވެ. މީގެ ސަބަބުން ހިތުގެ މައްސަލަތަކުން ރައްކާތެރިކޮށްދީ ސެލްތައް ހަލާތުވުމުން ދުރުކޮށްދެއެވެ. އަދި ވިޓަމިން ސީއަކީ ދިފާއީ ނިޒާމް ވަރުގަދަ ކޮށްދޭ މާއްދާއެއްކަމުން ލައިޗީ ކެއުމުން ބަލިތަކުން ރައްކާތެރިވެ އާއްމު ޞިއްޙަތު ދުލަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދެއެވެ. ލައިޗީ ކޮންމެވެސް ވަރަކަށް ކެއުމުން ދުވާލަކަށް ވިޓަމިން ސީ ބޭނުންވާ މިންވަރަށް ވިޓަމިން ސީ ލިއްބައިދޭނެއެވެ.

* ފުރަމޭގެ ޞިއްޙަތު:

މިމޭވާގައި އެކުލެވޭ ޕޮލީފެނޯލްއަކީ ފުރަމޭ އަދި ޕެންކްރިއަސްގައި ހުންނަ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ކެންސަރ ލެޓާސް ކިޔާ ސައިންޓިފިކް ޖާނަލްއެއްގައިވާ ގޮތުން މިމޭވާގައި ހުންނަ އެންޓި ކެންސަރ މާއްދާތަކަކީ ފުރަމޭގެ ކެންސަރ ބަލި ހުންނަ މީހުންނަށް މިބައްޔަށް ފަރުވާ ހޯދުމުގައި ލިބިގަތުމަށް ވަރަށް މުހިންމު މާއްދާތަކެކެވެ.

* ހަންގަނޑުގެ ރީތިކަން ދެމެހެއްޓުން:

ލައިޗީގައި ވިޓަމިން އީވެސް ގިނަ އަދަދަކަށް ހިމެނެއެވެ. ވިޓަމިން އީއަކީ ހަންގަނޑު ރަތްވެ އިންފްލޭމް ވުމުން ރައްކާތެރިކޮށްދީ އިރުގެ އަވިން ލިބޭ ގެއްލުން ކުޑަކޮށްދީ ހަންގަޑުގައި ރޫޖެހި އަވަހަށް މުސްކުޅިވުމުން ދުރުކޮށްދޭ މާއްދާއެކެވެ. އަދި ހަންގަނޑު އަލިކޮށްދީ އޮމާންކޮށް ބެހެއްޓުމަށްވެސް މިއީ ވަރަށް މުހިންމު މާއްދާއެއްކަމުން މިއީ ހަންގަނޑަށް ވަރަށް ބޭނުންތެރި މޭވާއަކަށް ވާނެއެވެ.

* ހަޖަމުކުރުމަށް ފަސޭހަކޮށްދިނުން:

ވިޓަނިން ސީ އަދި ފައިބާ ގިނައިން އެކުލެވިފައިވުމުން ލައިޗީއަކީ ބޮޑުކަމުދާ ނިޒާމްގެ މަސައްކަތް ރެގިއުލޭޓުކޮށްދީ ބަނޑު ހަރުވުމުންނާއި ރަނގަޅަށް ހަޖަމު ނުވުމުގެ މައްސަލަ ހައްލުކޮށްދޭނެ މޭވާއެކެވެ.



* ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން:

ލައިޗީގައި ހިމެނޭ ފައިޓޯކެމިކަލްސް ތަކަކީ އެންޓިއޮކްސިޑޭޓިން އަދި އެންޓިނިއޯޕްލާސްޓިކް މާއްދާތައް އެކުލެވޭ މާއްދާއެކެވެ. މިއީ ސީދާ ލޮލަށް ދިމާވާ ކެޓަރެކްޓްފަދަ މައްސަލަތަކުން ރައްކާތެރިކޮށްދީ ލޮލުގެ ފެނުމުގެ ކޮލިޓީ ރަނގަޅުކޮށްދޭނެ މާއްދާތަކެކެވެ.

އެހެންކަމުން ދެންފަހަރަކު މޭވާތަތުމަށް ބާޒާރަށް ނުކުމެލާއިރު ލައިޗީވެސް ގަނެލާށެވެ. ހަމައެކަނި އާފަލާއި އޮރެންޖުން ފުއްދާ ނުލާށެވެ. ޤުދުރަތުން ދެއްވާފައިވާ ގިނަ މޭވާތަކެއް ހުރި އިރު ކޮންމެ މޭވާއަކުންވެސް އެތައް ފައިދާއެއް ލިއްބައިދެއެވެ. އެހެންކަމުން މޭވާ ގަންނައިރު ބާވަތްތައް ތަފާތުކޮށްލާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން