މުދަލުޒަކާތް ބެހުމަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއް ގައި ބުނެފައި ވަނީ 1440 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށް އެ މިނިސްޓްރީ އިން ނިންމާފައި ވާތީ މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޖުލައި ހަ ވަނަ ދުވަހުން ފެށިގެން ޖުލައި 23 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅޭނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.
އެ މިނިސްޓްރީ އިން ބުނީ މި ފުރުސަތަކީ މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށާއި، އޭގެ އިތުރުން ދަފްތަރުން ވަކިވުމަށް ބޭނުންވާ ފަރާތްތަކާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރުގެ ރަށުގެ ދަފްތަރަށް ބަދަލުވުމަށް އެދޭނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
މިއަހަރު، 1441 ވަނަ އަހަރު ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ. މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހޯލުގައި ކަމަށާއި، މާލެސިޓީގައި ދިރިއުޅޭ ފަރާތްތަކުން ފޯމުހުށަހަޅަން ދާއިރު، މާސް އަޅައިގެން ދިއުމަށާއި އެކަކަށްވުރެ ގިނަ މީހުން ފޯމު ހުށައަޅަން ނުދިއުމަށާއި ކުޑަކުދިން ނުގެންދިއުމަށް މިނިސްޓްރީ އިން އިލްތިމާސްކުރެ އެވެ. އޭގެ އިތުރުން ރޯގާ ނުވަތަ ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ ފޯމު ހުށަހަޅަން ނުދިއުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ، ކޮންމެ ދުވަހަކުވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 50 މީހުންނަށް ކަމަށާއި ނަމްބަރު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށެވެ. އަދި އެދުވަހެއްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އަދަދު ހަމަވުމުން އޭގެ ފަހުން އަންނަ ފަރާތްތަކަށް ނަމްބަރު ދޭނީ ޖެހިގެން އަންނަ ދުވަހު އެ ނަމްބަރަށް ފޯމުލެވޭ ގޮތަށްކަމަށް މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ، މާލެ ފިޔަވައި އެހެނިހެން ރަށްރަށުގައި ފޯމު ބަލައިގަތުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.

1440 ވަނަ އަހަރުގެ މުދަލުޒަކާތް ބެހުމަށްޓަކައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖަޢާ ކުރުމާއި ގުޅޭގޮތުން ޢާއްމުކުރާ މަޢުލޫމާތުhttps://t.co/JoZj6CjGXH#MudaluZakaai1440#MVIaffairs pic.twitter.com/kd966iImMm
— Ministry of Islamic Affairs (@MVIaffairs) July 5, 2020
މިއަހަރު، 1441 ވަނަ އަހަރު ފިތުރު ޒަކާތް ބަހާފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކުން ދަފްތަރުގައި އަލުން ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ. މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހޯލުގައި ކަމަށާއި، މާލެސިޓީގައި ދިރިއުޅޭ ފަރާތްތަކުން ފޯމުހުށަހަޅަން ދާއިރު، މާސް އަޅައިގެން ދިއުމަށާއި އެކަކަށްވުރެ ގިނަ މީހުން ފޯމު ހުށައަޅަން ނުދިއުމަށާއި ކުޑަކުދިން ނުގެންދިއުމަށް މިނިސްޓްރީ އިން އިލްތިމާސްކުރެ އެވެ. އޭގެ އިތުރުން ރޯގާ ނުވަތަ ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ ފޯމު ހުށަހަޅަން ނުދިއުމަށް މިނިސްޓްރީ އިން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ، ކޮންމެ ދުވަހަކުވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 50 މީހުންނަށް ކަމަށާއި ނަމްބަރު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށެވެ. އަދި އެދުވަހެއްގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އަދަދު ހަމަވުމުން އޭގެ ފަހުން އަންނަ ފަރާތްތަކަށް ނަމްބަރު ދޭނީ ޖެހިގެން އަންނަ ދުވަހު އެ ނަމްބަރަށް ފޯމުލެވޭ ގޮތަށްކަމަށް މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ، މާލެ ފިޔަވައި އެހެނިހެން ރަށްރަށުގައި ފޯމު ބަލައިގަތުމުގެ ހުރިހާ އިންތިޒާމްތައް ހަމަޖައްސާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު