ދެމަފިރިންގެ އެކުގައި ހޭދަކުރާ ހިތްގައިމު މަންޒަރެއް: މިހެން ވަގުތު ހޭދަކުރެވޭނަމަ ލޯބިއިތުރުވެ ކުރެވޭ އިތުބާރު ބޮޑުވާނެ
ދެމަފިރިންގެ އެކުގައި ހޭދަކުރާ ހިތްގައިމު މަންޒަރެއް: މިހެން ވަގުތު ހޭދަކުރެވޭނަމަ ލޯބިއިތުރުވެ ކުރެވޭ އިތުބާރު ބޮޑުވާނެ
ފިރިމީހާއަށް ނުވަތަ ހަޔާތުގެ ބައިވެރިޔާ އޮންނަންޖެހޭ އިތުބާރާއި އަންހެނުން އަމިއްލަ ނަފްސަށް ކުރެވެންޖެހޭ އިތުބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންފިޑެންސް ނުވަތަ އަމިއްލަ މީހާއަށް އޮންނަންޖެހޭ އިތުބާރު ދެމެހެއްޓުމަކީ ފިރިހެމީހާއަށް ބަރޯސާވާ ކަމަކަށްވާއިރު އެކުގައި އުޅޭ ފިރިމީހާ ނުވަތަ އިންނަން އުޅޭ ފިރިހެންމީހާގެ ފަރާތުން އެކަމަށް އަސަރު ކުރުވައެވެ.

އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭ އަންހެނުންނަކީ އެމީހުންގެ ހަށިގަނޑާއި މީހާގެ ސިފަ އަދި ޕާސަނަލިޓީއާއި މެދު ހިތްހަމަޖެހޭ ބައެކެވެ. އެފަދަ އަންހެނެއް ހެދުން އެޅުމުގައާއި އުޅޭ އުޅުމުގައި އުފާވެރިވެފައި ދިރިއުޅުމާއިމެދު ދެކޭގޮތް ފައްސިވާނެއެވެ. އަދި ދިރިއުޅުމުގެ ރާނީއަކަށް ހެދުމަށް ފިރިހެނުން އެންމެ ބޭނުންވާނީ އަބަދުވެސް އުފާވެރިވެފައި ހުންނަ މިފަދަ އަންހެނެކެވެ.

ނަމަވެސް މިފަދަ އަންހެނުންގެ ކޮންފިޑެންސްއަށް ބައިވެރިޔާގެ ބަސްތަކާއި އަމަލުތަކުން އަސަރުކުރުވައެވެ. އެހެންކަމުން ފިރިހެން މީހާ ތިރީގައިވާ ކަންކަމަށް ސަމާލުވުމަކީ ކޮންމެ އަންހެނެއްގެވެސް ހިތުގެ އިދުމެކެވެ. މިއީ ގިނަ އަންހެނުންނަށް ބުނަން ބޭނުންވާނެ ވާހަކަތަކެއް ނޫނެވެ. މިކަން ދެނެގަންނަންވީ ފިރިންނެވެ. ނުވަތަ ފިރިންނަށް ވާންއެދޭ ފިރިހެނުންނެވެ.



ޙަޔާތެއް ފަށާއިރު ފިރިހެނުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް:





1. ދިމާނުކުރުން:

ބޮޑުވެ ތަޞައްރަފު ފުދުމުންވެސް ސްކޫލް ކުދިން އުޅޭފަދައިން ދިމާކޮށް އަންހެނުންގެ އެޓެންޝަން ހޯދަން އުޅުމަކީ ބައެއް ފިރިހެނުންނަށް ނުހުއްޓޭ އާދައެކެވެ. ކޮންމެވެސް ވަރަކަށް އަންހެންމީހާއާއި ދިމާކޮށްލިޔަސް އޭނާގެ އިންސެކިއުރިޓީސް ނަގައި ދިމާކުރުމަކީ ކުރެވޭ ދެރަކަމެކެވެ. އެކަމުގެ ސަބަބުން ބައިވެރިޔާ ނުބުންޏަސް ދެރަވެ ހިތާމަ ކުރާނެއެވެ.



2. ތަޢުރީފުކުރުން:

ކޮންމެ އަންހެނެއްވެސް އޭނާގެ ފިރިމީހާގެ ތައުރީފު ބޭނުންވާނެއެވެ. ކުޑަމިނުން މިއަދު ހާދަ ރީއްޗޭ ބުނެލުމުންވެސް މުޅި ދުވަހުގެ މޫޑު ރަނގަޅުކޮށްދީ އުފާވެރިވާނެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ދެމީހުންގެ ގުޅުންވެސް ވަރުގަދަ ވެގެންދާނެއެވެ. ވަކިން ޚާއްސަކޮށް އަންހެން ކުއްޖާ ރީތި ހެދުމެއް ލައިފިނަމަ އެކަމަށް ކޮންމެވެސް ކޮމެންޓެއް ދިނުމުން ތިބާއަށްޓަކައި އިތުރަށް ޒީނަތްތެރިވުމަށް އޭނާ މަސައްކަތްވެސް ކުރާނެއެވެ.





3. ފާޑު ނުކިއުން:

އޭނާގެ ހެދުން އެޅުމުގެ ސްޓައިލްއާއި ބުރުގާއާއި ނުވަތަ އިސްތަށިގަނޑު ހަދާފަ ހުންނަގޮތް ރައްޓެހިވިއިރު ތިބާއަށް ކަމުދިޔައެވެ. އަދި މިއީ ތިބާ އޭނާ ޚިޔާރު ކުރިއިރު ބެލާފައި ހުރި ތިމާއަށް ކަމުދާ ކަމަކަށްވެސް ވެދާނެއެވެ. އެހެންކަމުން ހެދުމެއް ރީތިތޯ ހެދުން މިއަދު ކިހިނެތްތޯ ސުވާލުކުރުމުން ޕޮޒިޓިވް ގޮތުގައި ޖަވާބު ދޭށެވެ. މިކަންކަމުގައި ދިބާގެ ޖަވާބުތަކަކީ އޭނާގެ ކޮންފިޑެންސް އިތުރު ކުރުވާ އަދި ބައެއްފަހަރު ބުނެވޭ އެއްޗަކުން އޭނާގެ ކޮންފިޑެންސް ފުޑުފުޑުކޮށްލާފަދަ އެއްޗަކަށްވެސް ވެދެއެވެ.

4. ހިއްވަރު ދިނުން:

ތިބާގެ ބަސްތަކަކާއި ހިއްވަރު ދިނުމަކީ ކުރިއަށް ދިއުމުގައި އަންހެން ކުއްޖާއަށް ވަރަށް މުހިންމުވާނެ އެއްޗެކެވެ. އެކުގައި ދިރިއުޅުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ ދަތުރުގައި އޭނާގެ ހިތްހަމަޖެހުމަކަށް ވާށެވެ. ހިތް މަރާލާ ކަންކަމުގައި ނައްސިނުވެ އޭނާއަށސް ވާނެކަމަށް ކިޔާދީ އެކަންކަން ކުރުމަށް ތިބާއަށް އަމަލީގޮތުން ކުރެވެން ހުރި ކަންކަންކޮށް ހިއްވަރު ދިނުމުގެ ބަސްތައް ބޭނުން ކުރާށެވެ.



5. އަމިއްލަވަންތަކަން ނަގާނުލުން:

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ދިރިއުޅުމުގައި ކަންކަމާއި މެދު ދެކޭގޮތާއި ކަންކަމުގައި ގެންގުޅޭ އުސޫލުތައް ތަފާތުވާނެއެވެ. އެހެންކަމުން އޭނާގެ އަމިއްލަވަންތަކަށް ނަގާނުލާށެވެ. ކަމަކާއިމެދު ތިމާ ހިތްހަމަ ނުޖެހޭނަމަ ރީތިގޮތުގައި ވާހަކަ ދައްކައިގެން ވިސްނައިދޭށެވެ.

6. އެކަކު އަނެކަކަށް ސަމާލުކަން ދިނުން:

ތިމާ މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅެފައި އައިނަމަވެސް ގޭގައި އެހޭދަކުރާ ވަގުތަކީ އުފާވެރި ވަގުތުކޮޅަކަށް ހެދޭތޯ މަސައްކަތް ކުރާށެވެ. ބައިވެރިޔާއަށް ސަމާލުކަންދޭށެވެ. ފޯނާއި ޓީވީ ފަދަ ތަކެއްޗަށް ތިމާގެ ސަމާލުކަން ނުދޭށެވެ. ދިރިއުޅުމުގައި ފޯނާއި ޓީވީއިން ނުލިބޭނެ އެތައް ތަޖުރިބާއެއް ދެމީހުން އެކުގައި ތަޖުރިބާކޮށްލެވިދާނެއެވެ. ވަރުބަލިފިލުވާލުމަށްވެސް ބައިވެރިޔާއެލު ހަމަހިމޭން ވަގުތުކޮޅެއް ހޭދަކުރާށެވެ. ހަމައެހެންމެ ދެމީހުން އެކުގައި ހިނގާލަންގޮސް ނުވަތަ ފިނިބުރު ޖަހަން ދިއުމަކީވެސް އެކަކު އަނެކެއްގެމެދުގައި ދެވޭ ސަމާލުކަން އިތުރުވެގެންދާނެ ކަމެކެވެ. ފިރިމީހާގެ ފަރާތުން ލިބިދެވޭ ސަމާާލުކަމަކީ އަނބިމީހާއަށް އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. މިކަމުން ފިރިމީހާއަށް ކުރެވޭ އިތުބާރު ބޮޑުވެ، ފިރިމީހާ ވެދޭ ލޯތްބާއި އަޅާލުން އިހުސާސް ކުރެވޭނެއެވެ. އަދި މިކަންކަން ބަލައިގަނެ އަބަދުވެސް 'އެޕްރިޝިއޭޓް' ކުރާނެއެވެ.



ފޮޓޯއިން އެފެންނަނީ ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. ދެމަފިރިން ގޭގައި ހޭދަކުރާ އުފާވެރި ވަގުތުކޮޅެކެވެ. މިމަންޒަރާ ޙިލާފަށް ބައެއް ދެމަފިރިން އެކުގައި ސޯފާގައި ތިއްބަސް ގިނަފަހަރު ތިބެނީ އެކަކުއަނެކަކަށް ސަމާލުކަން ނުދީ ފޯނުގެ ތެރެއަށް ގެއްލިފައެވެ.

7. އަނބިމީހާ އެދޭގޮތުގައި ލޯބިދިނުން:

އެކި މީހުން ލޯބި ހޯދުމަށް އެދޭނީ އެކިގޮތްގޮތަށެވެ. ބައެއް މީހުންނަށް ތަޢުރީފުކުރުމަކީ ވަރަށް މުހިންމު ކަމަކަށް ވެދާނެއެވެ. އަނެއްބަޔަކަށް އެއީ އެހައި މުހިންމު ކަމަކަށް ނުވެދާނެއެވެ. އެއްބަޔަކު ބޭނުންވަނީ ފިރިމީހާގެ ލޯބި ގޭތެރޭގައި ދެވޭ އެހީތެރިކަމުގެ ސަބަބުން އިހުސާސް ކުރުމަށެވެ. އަދި އަނެއް ބަޔަކަށް އެއީ ދެވޭ ހަދިޔާތަކުން އިހުސާސްކުރެވޭ އެއްޗެކެވެ.



އެކިމީހުންގެ 'ލަވް ލެންގުއޭޖް' ތަފާތެވެ. ބައެއް ދެމަފިރިންނަށް މިއީ މައްސަލައަކަށް ވިނަމަވެސް ޙަޤީޤަތުގައި މިއީ މައްސަލައެއް ނޫނެވެ. މައްސަކައަކަށް މިކަންތައްވަނީ ތިމާއަށް ބައިވެރިޔާގެ ލަވް ލެންގުއޭޖު ތަފާތުވުމުން އެއަަށް ސަމާލުކަމެއް ނުދެވޭތީއެވެ. މިއާޚިލާފަށް ބައިވެރިޔާގެ ލަވް ލެންގުއޭޖު ތަފާތުވުމުން، ބައިވެރިޔާ ލޯބި އިހުސާސްކުރަން ބޭނުންވާގޮތް ދެނެގަންނަން އިތުރު ތިމާ ސަމާލުކަން ދިނުމުން އެކަން ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. އަދި ބައިވެރިޔާއަށް އެލޯބި ދޭންވެސް އެނގޭނެވެސްމެވެ. މީގެ ސަބަބުން ދެމީހުންގެ ދެމެދުގައި ލޯބި އިތުރުވެގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން