ރީތި ވަރުގަދަ އިސްތަށގަނޑަކީ މީހާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ އެއްޗެކެވެ. އަދި މިއީ ތިމާގެ ޞިއްޙަތު ދުޅަހެޔޮ ދޭހަކޮށްދޭ އެއްޗެއްވެސް މެއެވެ. ނަމަވެސް ރީތި އިސްތަށިގަނޑަކާއި މީހާގެ ބަރުދަނާއި ގުޅިފައިވާކަން އެނގޭ ހެއްޔެވެ؟

ދިރިއުޅުމުގައި ހަށިގަނޑަށް ގެއްލުންދެނިވި ކެއުމުގެ އާދަތަކާއި ލައިފްސްޓައިލް ބައްޓަން ކުރާ ގޮތުގެ ސަބަބުން އިސްތަށިގަނޑުގެ ރީތިކަން ގެއްލި އިސްތަށި ފޭބުމަށް މެދުވެރިވެއެވެ. އަދި އިސްތަށިގަނޑުގެ ބޯމިނާއި ތުނިމިން އާއިލާއަށް ނިސްބަތްވެފައި ނުވަތަ ޖެނެޓިކަލީ ލިބިފައި ހުންނަ ކަމަކަށްވީނަމަވެސް ފަލަވުމަކީ މީހާގެ އިސްތަށިގަނޑު ދެރަވެ ތުނިވާން މެދުވެރިވާ ސަބަބެއްވެސް މެއެވެ. ވަކިން ޚާއްސަކޮށް ފަލަވެގެން ބަނޑުލާފައި ތިބޭ އަންހެނުންނަށް މިހެން ދިމާވުން ގާތެވެ.

ހަށިގަނޑުގައި ބޭނުންވާ ވަރަށްވުރެ އިތުރަށް ފެޓްސް ގިނަވެ ބަރުދަން އިތުރުވުމުން ހޯމޯންއަށް ބަދަލުއައިސް އިންފްލެމޭޝަން އިތުރުވެ އަދި ލޭދައުރުކޮށްދިނުމަށް އަސަރު ކުރެއެވެ.

އިސްތަށި ފެއިބުމާއި ފަލަވުމާއި ހުންނަ ގުޅުން:



ފަލަވުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ތައިރޮއިޑާއި ހަކުރު ބަލި އަދި ލޭ މައްޗަށްދާ ބަލި ޖެހެން މެދުވެރިވެއެވެ. ފަލަވެގެން 'އޮބީސް'ވެފައިވާ މީހުންގެ ހަށިގަނޑުގެ ގުނަވަންތަކަށް ގެއްލުންވެ އެގުނަވަންތަކުން ކުރާ މަސައްކަތްތަކަށް ނޭދެވޭ އަސަރުކުރެއެވެ.

ޓޯކިއޯ މެޑިކަލް އެންޑް ޑެންޓަލް ޔުނިވަރސިޓީ އިން ހޯދިފައިވާ އައު ހޯދުންތަކުން ދައްކާގޮތުގައި ފަލަވުމާއި، ފަލަމަޑީގެ ބާވަތްތައް ގިނަ ކެއުމުގެ އާދަތައް ގެންގުޅުމާއ އިސްތަށިގަނޑު ތުނިވުމާއި ސީދާ ގުޅިފައިވާކަމަށް ވެއެވެ. މިދިރާސާއިން ދައްކާގޮތުން މިކަމުގެ ސަބަބުން އިސްތަށި ފައިބައި އިސްތަށިގަނޑު ތުނިވާން މެދުވެރިވަނީ 'ހެއާ ފޮލިކަލް' ތައް މަރުވާން ފެށުމުންނެވެ.

މީގެ އިތުރުން ބަނޑުގައި ސަރުބީ ޖަމާވެ ބަނޑުލުމުން ހޯމޯން އިމްބެލެންސްވެ އެންޑްރޮޖެންސް އިތުރުވުމަށް މެދުވެރިވާކަމަށްވެސް އެދިރާސާއިން ދައްކައެވެ. އެންޑްތޮޖެންސްއަކީ ފިރިހެން ސެކްސް ހޯމޯންސް އެކެވެ. އަންހެނުންގެ ހަށިގަނޑުގައި ޓެސްޓަސްޓްރޯން ފަދަ އެންޑަރޮޖެންސް އިތުރުވުމުން ފޮލިކަލް ސައިޒު ކުޑަވެ އިސްތަށިގަނޑު ތުނިވާން މެދުވެރިވެއެވެ.

އިސްތަށި ފޭބުން ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންކަން:



އެންމެ ފުރަތަމައީ ކެއުމުގެ އާދަތައް އިސްލާހުކޮށްލުމެވެ. އޭރުން ދުޅަހެޔޮ ޞިއްޙަތެއް ލިބުމުގެ އިތުރުން އިސްތަށި ފެޅުމާއި އިސްތަށި ދިގުވުމަށް ބޭނުންވާ މާއްދާތައް ލިއްބައިދޭނެއެވެ. އެހެންކަމުން ކެއުމުގައި ތަރުކާރީއާއި މޭވާގެ ބާވަތްތައް ހިމަނާލައި ކެއުމުގައި ބޭނުން ކުރެވޭ ތެލުގެ ބާވަތްތައް މަދުކޮށްލާށެވެ.

ނިދި ހަމަކުރުމަކީވެސް މުހިންމުކެމެވެ. ރަނގަޅަށް ނިދި ހަމަކުރުމަކީ ސްޓްރެސް ދަށްކޮށްދީ ކޯޓިޒޯލް ލެވަލް ދަށްކޮށްދޭނެ ކަމެކެވެ. އަދި މީގެ އިތުރުން ސްޓްރެސް ކުޑަކޮށްދޭނެ 'ބްރީތިންގ ޓެކްނިކްސް' ދިރިއުޅުމުގައި ގެންގުޅޭ އާދަތަކަށް އިތުރުކޮށްލާށެވެ.

އާދަކޮށް ބޮލުގައި ތެޔޮ ލައި މަސާޖު ކުރުމަކީ ބޮލުގައި ލޭދައުރުވުން ރަނަޅުކޮށްދީ ހެއަރ ފޮލިކަލްތަކަށް ލޭގެ ޒަރިއްޔާއިން ފޯރުކޮށްދޭ ނިއުޓްރިޝަނަލް މާއްދާތައް ފޮނުވައިދޭދިނުން ރަނގަޅު ކޮށްދޭނެއެވެ. އަދި މާގަދަޔަށް އިސްތަށިގަނޑު ހޫނުކޮށްލާ އިސްތަށި ވިރި އަނދައިގެންދާފަދަ ޕްރޮޑަކްޓްތައް ދޫކޮށްލުމަކީވެސް ކުރެވިދާނެ މުހިންމުކަމެކެވެ.

މީގެ އިތުރުން އިސްތަށިތަކުގެ ބުޑަށް މާބާރުވާނެ ފަދަ ސްޓައިލްތަކަށް ބޯހެދުމާއި ކެމިކަލްތައް އެކުލެވޭ ހެއަރ ކްރީމާއި ޖެލް ބޭނުންކުރުމުން ދުރުހެލިވުމަކީވެސް ކުރެވިދާނެ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން