ބޭނުންވާ ހުރިހާ އެއްޗެއް އެއްތާކުން ގަނެލުމަށް ވިލާ މާޓް ވަރެއް ނެތްކަމީ ގިނަ ބަޔަކު މިހާރު ގަބޫލު ކުރާނެ ހަގީގަތެކެވެ. އިތުބާރު ހުރި ކޮލިޓީ މުދާ އެއްތާކުން އެންމެ އަގުހެޔޮކޮށް ގަންނަން ލިބެން ހުރީވެސް ވިލާ މާޓުގެ ފިހާރަތަކުންނެވެ.

ކޮލިޓީ އަދި އުފެއްދެމުގެ ފެންވަރާއި މެދު އެއްވެސް ޝައްކެއް ނުއުފެދޭނެ ބްރޭންޑް ތަކުގެ މުދާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވިލާ މާޓުގެ ފިހާރަތައް ފުރާލައިފައިވަނީ ބައިނަލްއަގުވާމީ ނަން މަޝްހޫރު އަދި ސިއްހަތަށް ފައިދާހުރި ޔަގީން ބްރޭންޑް ތަކުންނެވެ.



ވިލާ މާޓުގެ ކޮންމެ ފިހާރައަކަށް ނަޒަރު ހިންގާލިޔަސް، ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކުގެ އިތުރުން، އެކި ކަހަލަ މޭވާ އަދި ތަރުކާރީ އާއި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެކި ބާވަތްތައް ދަތި ނުވެ އަދި ހުސްނުވެ ލިބޭނެ މަގުފަހިކޮށް ދިނުމަކީވެސް ވިލާ މާޓުގެ އަމާޒެކެވެ. އެގޮތުން ކާބޯ ތަކެއްޗާއި، ލުއި ކާނާގެ އިތުރުން، ކާޑުގެ ބާވަތްތަކާއި، ރީތިވާ ސާމާނުވެސް ވިލާ މާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ. އަދި ދިވެހި އެކި ބްރޭންޑް ތަކުގެ މަސްދަޅާއި، މަސްމިރުހާއި، ހަވާދާއި ޕާނުގެ އެކި ވައްތަރުތައްވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ.



މީގެއިތުރުން ސިއްހަތަށް ސަމާލުކަންދިނުން ޕްރޮމޯޓްކޮށް، ލެކްޓޯސް ފްރީ އަދި ގްލޫޓެން ފްރީ ޕްރޮޑަކްޓްސް ފަދަ ސިއްހަތަށް ފައިދާހުރި އެކި ޕްރޮޑަކްޓްތައްވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ. ވިލާމާޓުގެ ހާއްސަ ޕްރޮޑަކްޓްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ހައި ކޮލިޓީ އެކި ޕްރޮޑަކްޓަތައްވެސް ހިމެނެއެވެ. މީގެތެރޭގައި، އަލްމަރައި ޑެއިރީގެ ކިރުގެ އެކި ބާވަތްތަކާއި، އޮޓިމާ ބްރޭންޑުގެ އެންމެ ފައްކާ ޕާސްތާގެ ވައްތަރުތަކާއި، ބޮބްސް ރެޑް މިލްގެ އެކި ޕްރޮޑަކްޓްތަކާއި، ސިއްހަތަށް ފައިދާހުރި ބުއިންތައް ހިމެނޭ ފެނަރ ބްރޭންޑުގެ އެކި ބުއިންތަކާއި، ޕްލޭން ސޮލޭލް ބްރޭންޑުގެ ވެޖިޓަބަލް މިކްސް އަދި އެޕެޓައިޒަރގެ ތަފާތު ވައްތަރުތަކާއި، ތަފާތު ރަހަތަކުން ހިތްފުރިގެންދާ ޓޯނީސް ޗޮކްލެޓާއި، ރޮސްޓާ ބްރޭންޑުގެ ތަފާތު ޑްރައި ފްރުޓްސް އަދި ނަޓްސް ގެ އިތުރުން ގާޑެންސް ބްރޭންޑުގެ ތަފާތު މީރު ރަހަތަކުގެ ޖޭމުވެސް ހިމެނެއެވެ.



ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. މިވަގުތު ވިލާ މާޓުގެ އައުޓްލެޓްތައް ގާއިމުކޮށްފައިވަނީ މާލޭގެ ފަރީދީ މަގު، މަޖީދީ މަގު އަދި ރެހެންދީ ހިނގުމުގެ އިތުރުން، ދިވެހިން އާބާދުވަމުން އަންނަ ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން 14 ވަނަ ޓަވަރުގައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކޮށްލަން ބޭނުންނަމަ ވިލާ މާޓުގެ ހާއްސަ ވެބްސައިޓްގެ އިތުރުން، އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަން މެދުވެރިކޮށްވެސް ވިލާ މާޓުން ވިޔަފާރިކޮށްލެވޭނެއެެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ. ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން