ހަމަށް ޖެހޭ ކެންސަރ ދުނިޔޭގެ ނިސްބަތުން އިތުރުވަމުންދާއިރު ކޮންމެ މީހަކަށްވެސް މިބަލި ޖެހުމުގެ ފުރުޞަތު އެބައޮތެވެ. އެހެންނަމަވެސް ޑޮކްޓަރުން ވިދާޅުވާގޮތުގައި މިބަލީގެ ރިސްކު އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ.

ހަމުގެ ކެންސަރުގެ އަލާމާތްތައް ފަސޭހައިން ދެނެގަނެވޭނެކަމަށް ގިނަބަޔަކަށް ޤަބޫލުކުރެވިފައި ވީނަމަވެސް ބަލީގެ ކުރީކޮޅުގައި މިބަލީގެ އަލާމާތްތައް ހޯދައިގަތުމަކީ އެހައި ފަސޭހަކަމެއް ނޫނެނެވެ.

އެމެރިކަން އެކެޑެމީ އޮފް ޑާމިޓޮލޮޖީ އެސޯސިއޭޝަންއިން ބުނާގޮތުގައި ގޭގައި އަމިއްލަޔަށް ހަންގަނޑު ޗެކު ކުރުމަކީ ބަލި ދެނެގަތުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކެމެކެވެ. ސަބަބަކީ މިގޮތަށް ހަމަށް އެއްވެސް ކަހަލަ ބަދަލެއް އައިތޯ ޗެކުކުރުމުން ހަންގަނޑަށް ބަދަލެއް އައިސްފައިވާނަމަ ތިމާއަށް ފަސޭހައިން ދެނެގަނެވި، ބަލީގެ ކުރީކޮޅު ފަރުވާ ހޯދަން ފުރުސަތު ލިބިގެންދާނެތީއެވެ.

ހަމުގެ ކެންސަރުގެ އަލާމާތްތައް:



1. މޯލްއެއް ނުވަތަ އުން ނުކުތުން:

ހަމަށް ޖެހޭ ކެންސަރުގެ އަލާމާތްތަކުގެ ތެރެއިން އެންމެ ފަސޭހައިން ދެނެގަނެވޭ އެއް އަލާމާތަކީ އާއްމުކޮށް ނުހުންނަ ފަދަ މޯލްއެއް ނުވަތަ އުމެއް ހުރުމެވެ. އަދި ބޮޑުވެ މަޑުމަޑުން ބަދަލުވަމުން އަންނަ ލަފެއް ގޮތަށް ހުންނަ ތަންތަނަކީ މެލަނޯމާ (ހަމުގެ ކެންސަރުގެ ވައްތަރެއް) ހުރިކަމުގެ އަލާމާތެކެވެ. މިއީ ފަސޭހައިން ލޮލުގައި އަޅައިގަންނަ އަދި ފަސޭހައިން ދެނެގަނެވޭ އަލާމާތްތަކެވެ. މިނޫނަސް ބަލި އަވަހަށް ދެނެގަތުމަށް ބަލަންޖެހޭ ކަންކަން އެބަހުއްޓެވެ.

2. ހަންގަނޑު އުފުލިފައިހުރުން:

ޑޮކްޓަރުން ވިދާޅުވާގޮތުގައި ހަމަށް ކެންސަރު ޖެހިފައި ހުރިކަމުގެ އެންމެ ބޮޑު އެއް އަލާމާތަކީ ހަންގަނޑަށް ބަދަލު އައުމާއި އުފުލިފައި ހުންނަ ތަނެއް ނުވަތަ ހަލާކުވެފައި ހުރިތަނެއް ރަނގަޅު ނުވެ ގިނަދުވަހަށް ދެމިގެންދިއުމެވެ.

ހަންގަނޑުގައި އުފުލިފައި ހުންނަ މިފަދަ ތަންތަނަކީ މާބޮޑަށް އޮފަކޮށް އަދައާއި ޚިލާފަށް ދިޔަހެދިފައި ހުންނަ ތަންތަނެވެ. މިފަދަ ތަންތަނުން ބައެއްފަހަރު ލޭ އައުމަކީ އެކަށީގެންވާ ކަމެކެވެ. ޞިއްޙަތާއި ބެހޭ މާހިރުން ވިދާޅުވާގޮތުގައި މިއީ ބޭސަލް ނުވަތަ ސްކުއަމަސް ސެލް ސްކިން ކެންސަރގެ ކުރީ ކޮޅުގައި ފެނިދާނެ އަލާމާތެކެވެ. އެހެންކަމުން މިފަދަ ތަނެއް ރަނގަޅުނުވެ ދިގުދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކެމެކެވެ.

އެމެރިކަން އެކަޑަމީ އޮފް ޑަރމިޓޮލޮޖީ އެސޯސިއޭޝަން އިން ބުނާގޮތުގައި ލޯމަތީގައި އުފުލިފައި ހަރުކޮށް ހުންނަ ތަންތަނަކީ މަދުން ފެންނަ ހަމުގެ ކެންސަރެއް ކަމުގައިވާ ސެބޭޝިއަސް ގްލޭންޑް ކާސިނޯމާގެ އަލާމާތެކެވެ. އަދި މިބަލި އުފެދެނީ އޮއިލް ގްލޭންޑުގައެވެ.

3. ކުރަކިވެފައި ހުންނަ ތަންތަން ބޮޑުބުން:

އެޓިނިކް ކެރަޓޯސިސް ނަމަކަށް ކިޔާ ހިކި ކުރަކިވުމަކީ އިރުގެ އަވީގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުމެކެވެ. ހަންގަނޑު ކުރަކިވެފައި ހުންނަ ތަންތަން ބޮޑުވެ ފެތުރޭ ކަމަށްވާނަމަ އެއީ ސްކުއަމަސް ސެލް ކާސިނޯމާ2 ގެ އަލާމާތެއް ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އަދި މިހެން ހުންނަ ތަންތަން މޮއިސްޗަރައިސްކޮށްފައި ނުވަތަ ހަންގަނޑު ތެތްކޮށްލުމަށް ލޯޝަންފަދަ އެއްޗެއް ބޭނުން ކުރުމުންވެސް މިތަންތަން ރަނގަޅު ނުވުމަކީ ކެންސަރަށް ބަދަލުވެފައިވާކަމުގެ އަލާމާތެކެވެ.

4. ހަލާކުވެފައި ހުންނަ ތަންތަނުން ދިޔަ ފޭބުން:

އެންމެ ފުރަތަމަ ހަންގަނޑުގައި ހުންނަ އުފުލިފައި ހުންނަ ތަންތަނާއި ބިހިނަގާފައި ހުންނަ ތަންތަން މަޑުމަޑުން ގިނަވެ މަތީގައި ބޯފަށަލައެއް ލައެވެ. ދެން އޭގައި ދިޔަ އުފެދި ދިޔަ ފައިބަން ފަށައެއެވެ. މިގޮތަށް ކެންސަރ ސެލްތައް އިތުރުވެ ފެތުރެމުންދާވަރަކަށް މިހެން ހުންނަ ތަންތަން ގިނަވެ ބޭސަލް ސެލް ކާސިނޯމާ ކެންސަރަށް ބަދަލުވެއެވެ.

ރަތްވެފައި ހުންނަ ބިހިތައް

ހަންގަނޑުގައި ކައިރިކައިރީގައި އުފުލިފައި އަދި މިހެން ހުންނަ ތަންކޮޅު އެއްކޮށް ރަތްވެފައި ހުންނަ ތަންތަނަކީ އާއްމުކޮށް ބިހިނަގާފައި އަވަހަށް ރަނގަޅުވާ އެއްޗެއްކަމަށް ބަލައި އަޅުގަނޑުމެންނަށް ފަރުވާކުޑަކޮށްލެވޭ ތަންތަނެވެ. އެހެންކަމުން އަޅުގަނޑުމެން ބޭރުތެރޭ ގިނައިން އުޅެވޭ ނަމަ، ސަމާލުކަންދޭންޖެހޭ ކަމަކީ އަވީގައި އުޅުމުން ހަށިގަނޑުގައި އުފުލި ރަތްވެފައި ހުންނަ ތަންތަން ރަނގަޅުވުމުގެ ބަދަލުގައި ފެތުރިގެންދާކަމެވެ.

ކެންސަރ ޓްރީޓްމެންޓް ސެންޓަރ އޮފް އެމެރިކާއިން ބުނާގޮތުގައި މިގޮތަށް ރަތްވެފައި ހުންނަ ބިހި އާއްމުކޮށް ނަގަނީ ބޮލާއި ކަރުގައެވެ. އަދި މިއީ ލޭހޮޅިތަކުގައި އުފެދެން ފަށާ ކަޕޮސި ސަކޯމާ ކިޔާ ކެންސަރުގެ ވައްތަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން