މޭކަޕް ރިމޫވާ ބޭނުންކޮށް މޫނު ނުދޮވެ ނިދާނަމަ، އަވަހަށް މުސްކުޅިވެދޭ
މޭކަޕް ރިމޫވާ ބޭނުންކޮށް މޫނު ނުދޮވެ ނިދާނަމަ، އަވަހަށް މުސްކުޅިވެދޭ
މޭކަޕަކީ ޒީނަތްތެރިވުމުގެ ގޮތުން މޫނަށް އިތުރަށް އަލިކަން ގެނުވައިދޭ މޫނު ރީތިކުރުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި މޭކަޕް ކުރުމަކީ މީހާގެ ކޮންފިޑެންސް ލެވަލް އިތުރުކޮށްދޭ ކަމެއްވެސް މެއެވެ. އެހެންނަމަވެސް، މޭކަޕް ކުރުމަށްފަހު ބޭރަށް ގޮސްފައި ގެއަށް އާދެވުމާއިއެކު މޫނުން ރަނގަޅަށް މޭކަޕް ފިލުވާލަންވާނެއެވެ. އެހެން ނޫނީ މޫނުގައި ފައުންޑޭޝަންއާއި އެހެން ޕްރޮޑަކްޓްސް ޖަމާވެ ޕޯރސްތައް ބެދި މޫނުގައި ބިހިނަގައި މޫނުގެ ނާޒުކު ހަންގަނޑު ހަލާކުވެދާނެއެވެ. އަދި ލޮލުގައި ޖައްސާ ކުލައާއި އެސްފިޔައާއި އެސްފިޔައިގައި މަސްކަރާ ނުފިލުވައި ނިދުމުން ލޮލުގައި އިންފެކްޝަން އުފެދުމަށް މެދުވެރިވެއެވެ.

ބައެއްފަހަރު މޫނުގައި ހުންނަ މޭކަޕް އެއްކޮށް ފިލުވައިލުމަކީ އުނދަގޫ ކަމަކަށްވެއެވެ. ވަކިން ޚާއްސަކޮށް އާއްމުގޮތެއްގައި މޫނުގެ ހަންގަނޑުގައި ތެޔޮކަން އިތުރަށް ހުންނަ މީހުން މޭކަޕް ކުރުމުން، އެފިލުވައިލުމަށް އުނދަގޫވެއެވެ. އަދި ގިނައިން މޭކަޕް ކުރަންޖެހޭ، ބިޒީ ޝެޑިއުލްއެއްގައި މަސައްކަތްކުރާ ޓީވީ ޕްރެޒެންޓަރުންނާއި އަދި މިނޫންވެސް އެކިއެކި ސެމިނާތަކުގައިއާއި ޓީވީ ކުރިމަތީގައި މަސައްކަތްކުރާ މީހުން އޮފީހުން ގެއަށް އައިސް އަވަސްއަވަހަށް މޫނު ހަމައެކަނި ދޮވެލުމަކުން މޫނުން އެ މޭކަޕްގައި އެކްލެވޭ މާއްދާތައް އެކީއެކަށް ސާފުކޮށްނުލެވި ހުރެއެވެ. އެހެންކަމުން މޭކަޕްކުރުމަށް ޓިއުޓޯރިއަލްސްއިން ދަސްކުރާފަދައިން މޭކަޕް ސާފުކުރާނެ ގޮތްތައްވެސް ދަސްކުރަންޖެހެއެވެ.

މޭކަޕް ފިލުވާލުމަށް ސަމާލުކަންދޭންވީ ކަންތައްތައް:

1. އެންމެ އެކަށޭނަ މޭކަޕް ރިމޫވަރ ބޭނުންކުރުން:

މޫނުން މޭކަޕް ފިލުވާލާއިރު ނުވަތަ ސާފުކުރާއިރު މޫނުގެ ނާޒުކު ހަންގަނޑަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. މާބާރަށް އުނގުޅައި ސާފުކުރަން ޖެހޭނަމަ ތިޔަ ގެންގުޅެވޭ މޭކަޕް ރިމޫވާ ކަމަކު ނުދެއެވެ. ނުވަތަ ރަނގަޅު މޭކަޕް ރިމޫވާއެއް ބޭނުންކުރާނަމަ، ތިޔަ ބޭނުން ކުރެވެނީ މާމަދުންނެވެ. މޫނުގެ ހަމަކީ މާބާރުލާފައި އުނގުޅަންވާނެ ހަމެއް ނޫނެވެ. ރަނގަޅު ޕްރޮޑްކްޓް ބޭނުންވާ މިންވަރަށް ބޭނުން ކުރެވޭނަމަ މޫނަށް ތަދުވާވަރަށް ބާރަށް އުނގުޅާކަށް ނުޖެހޭނެއެވެ.

2. މަޑު ފޮތިކޮޅެއް ބޭނުންކުރުން:

މޫނު ސާފުކުރާއިރު އެންމެ ފުރަތަމަ ލޮލާއި ބުމަ އަދި ތުންފަތުން ކުލަ ފޮލެލާށެވެ. އަދި އެއަށްފަހު އަތްދޮވެ އަތުގައި ހުރި ކުލަތައް ފިލުވާލާށެވެ. ދެން އޭރު ސާފުކުރަން ބޭނުންކުރި ބައި ނޫން އެހެންތަނަކުން މޫނު ސާފުކޮށްލާށެވެ. އޭރުން މޫނުގެ އެހެން ހިސާބުތަކުގައި ކުލަ ނުޖެހޭނެއެވެ.

3. ޝީޓް މާސްކާއި ޓޯނާ ބޭނުންކުރުން:

މޭކަޕުން ލިބޭ ގެއްލުން ކުޑަކުރުމަށް މޫނުގައި އަޅާ ޝީޓް މާސްކު ބޭނުންކޮށް ނުވަތަ ޓޯނާއެއް ބޭނުންކޮށްގެން މޫނު ސާފުކުރުމަކީވެސް މުހިންމުކެމެކެވެ. ކޮންމެ ދުވަހަކު ނުކުރި ނަމަވެސް މިހެން ހެދުމުން ޕޯރސްތައް އިތުރަށް ސާފުވެ ޕޯރސްތައް ކުޑަކުރެވޭނެއެވެ.

4. މޭކަޕް ރިމޫވްކޮށް ނިމުމުން މޫނު ދޮތުން:

މޭކަޕް ރިމޫވާ ބޭނުންކުރުމަށްފަހު މޫނު ނުދޮވެ ނިދައިގެންނުވާނެއެވެ. އެހެން ނޫނީ މޫނުގައި ބިހި ނަގައި މޫނު ހަލާކުވެދާނެއެވެ. ކިތަންމެ ވަގުތު ކުޑަތަންވެފައި ހުއްޓަސް މޫނު ނުދޮވެ ނުނިދާށެވެ. އެހެން ނޫނީ މޫނުގައި ބިހި ނެގުމުގެ އިތުރުން ލޯކައިއަށް ރޫޖެހި އަވަހަށް ހަންގަނޑުގައި ރޫޖެހި މުސްކުޅިވެދާނެއެވެ.

5. މޮއިސްޗަރައިޒްކުރުން:

ހަންގަނޑު ކުރަކި ނޫންނަމަވެސް މޫނު ދޮވުމަށްފަހު މޮއިސްޗަރައިޒަރއެއް ބޭނުންކޮށް ހަންގަނޑަށް ތެއްކަން ގެނުވަންވާނެއެވެ. އަދި ތުންފަތުގައި ލިޕް ބާމްފަދަ އެއްޗެއް ހާކައި ލޯކައިރީގައި އައި ކްރީމް ހާކަންވާނެއެވެ. ސަބަބަކީ މޭކްޕް ރިމޫވާ ބޭނުންކުރުމާއި މޫނު ދޮވެލުމުން މޫނުގައި ހުންނަ ގުދުރަތީ ތެތްކަން ނެތިދާތީއެވެ.

6. ކަރާއި ކަންފަތްކައިރި ރަނގަޅަށް ސާފުކުރުން:

މޫނުން މޭކަޕް ފިލުވުމުގައި ހުރިހާ ތަނެއް ރަނގަޅަށް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއް މީހުން މިތަންތަން ސާފު ކުރުމުގައި ފަރުވާ ކުޑަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން