ފުރިހަމަ ޞިއްހަތެއްގައި ދެމިހުރުމަށް އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ނުހަނު މުހިންމު ކަމެއް
ފުރިހަމަ ޞިއްހަތެއްގައި ދެމިހުރުމަށް އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ނުހަނު މުހިންމު ކަމެއް
ފުރިހަމަ ޞިއްހަތެއްގައި ދެމިހުރުމަށް އެކަށީގެންވާ މިންވަރަށް ފެން ބުއިމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެން ނަމަވެސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ފެން ބުއިމަކީވެސް ގެއްލުން ހުރި ކަމަކަށް ވުމުން ފެން ބުއިމުގައި ގެންގުޅެންވީ އާދަ ދަސްކުރަން އެބަޖެހެއެވެ. މިގޮތުން ފެން ބުއިމަށް އެންމެ ރަނގަޅު ވަގުތުތަކަކީ ކޮބައިކަން ދެނެގަނެ އެވަގުތުތަކުގައި ފެންބުއިމަށް ސަމާލުކަން ދިނުންމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ސައިންސުގެ އަލީގައި އިންސާނުންގެ ހަށިގަނޑަށް ފެން އެންމެ ބޭނުންވާ ވަގުތުތައްވަނީ ދެނެގަނެވިފައެވެ. އެގޮތުން އަޅުގަނޑު މިބަލާލަނީ އިންސާނުންނަށް އެންމެ ފެން ބޭނުންވާ ކަމަށް ސައިންސްވެރީން އިއްތިފާޤްވާ ވަގުތުތަކަށެވެ.



1. ނިދިން ހޭލުމަށްފަހު؛

ނިދީގައިވެސް ހަށިގަނޑުގެ އެތެރޭގައި މަސައްކަތްތައް ހޭލާ ހުރުމެކޭ އެއްފަދައިން ކުރެއެވެ. އެހެންކަމުން ހަށިގަނޑުގެ އެ މަސައްކަތްތައްކަށް ނިދުމުގެ ވަގުތުގައިވެސް ފެން ބޭނުން ކުރާތީ ހަށިގަނޑުން ފެން މަދުވެއެވެ. އެހެންކަމުން ނިދިން ހޭލުމަށްފަހު ފެން ބުއިމުން ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ހަމަކޮށްދީ 'ހައިޑްރޭޓް'ކޮށްދޭނެއެވެ. އަދި ނިދާފައި އޮންނަ ވަގުތު ހަށިގަނޑުގައި ޖަމާވާ ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވެއެވެ. އެއީ ފާޚާނާ ކުރުމަށް ފަސޭހަވެ، ހަށިގަނޑު ބަލިތަކުން ދިފާއުކޮށްދޭނެވެސް ކަމެކެވެ.

2. ކެއުމުގެ ކުރިން؛

އާއްމުކޮށް މީހުން ފެން ބޮއި އުޅެނީ ކެއުމުގެ ފަހުންނެވެ. އެހެންނަމަވެސް ކެއުމުގެ 30 މިނެޓު ކުރިން ފެން ބުއިމަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ އާދައެކެވެ. މީގެ ސަބަބުން ކާތަކެތި ލިބިގަތުމަށް ގޮހޮރު ތައްޔާރުކޮށްދީ ކާތަކެތިން ލިއްބައިދޭ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިބިގަތުމަށް ފަސޭހަވެގެންދެއެވެ. މީގެ އިތުރުން ކެއުމުގެ ކުރިން ފެން ބުއިމުން މީހާ ކޮންމެވެސް ވަރަކަށް ބަނޑު ފުރުމުގެ އިހުސާސް ކުރެވުމުން މާގިނައިން ކެއުމުން ދުރުކޮށްދީ ބަރުދަން ލުއިކުރުމަށްވެސް އެހީތެރިވެދެއެވެ.

3. ކަސްރަތު ކުރާ ވަގުތު؛

ކަސްރަތު ކުރުމަކީ ހަށިގަނޑުން ދަލުގެ ގޮތުގައި އަދި މެޓަބޮލިޒަމް އިތުރުވުމުން ހަށިގަނޑުން ފެން ބޭނުން ކުރުން އިތުރުވާ ކަމެކެވެ. ހަށިގަނޑުން ފެން އިތުރަށް ބޭނުން ކުރާނަމަ ހަށިގަނޑަށް ބޭނުންވާ މިންވަރުގައި ފެން ބެހެއްޓުމަށް ކަސްރަތު ކުރަން ފެށުމުގެ ކުރިންނާއި އަދި ކަސްރަތުކޮށް ނިމުނުން ފެން ބޯންވާނެއެވެ.

4. ނިދުމުގެ ކުރިން;

ނިދާފައި އޮންނަ ވަގުތު ހަށިގަނޑަށް ފެން ނުލިބުމުން ރަނގަޅަށް ނިދިހަމަކުރަން އުނދަގޫވެ، އަދި އެއީ މީހާ ވަރުބަލިކަމާއެކު ދުވަސްފަށްނަ މެދުވެރިވެދާ ސަބަބަކަށްވެގެންދާ ކަމެކެވެ. އެހެން ކަމުން ނިދީގައި ހަށިގަނޑަށް ފެން ނުލިބޭކަމުން ނިދުމުގެ ކުރިން ހަށިގަނޑަށް ފެން ލިއްބައިދިނުމަށް ފެން ބުއިމަކީ ކުރެވިދާނެ ކަމެކެވެ. އެހެންނަމަވެސް، ކިޑްނީ މައްސަލައާއި މާގިނައިން ކުޑަކަމުދެވޭ މީހުން ރޭގަނޑު ނިދުމުގެ ކުރިން ފެން ބުއިމާއި ދުރުވެލަންވާނެއެވެ.

5. ހަށިގަނޑުން ފެންމަދުވާ ވަގުތު؛

ހަށިގަނޑަށް ފެން ބޭނުންވާ ވަގުތު ހަށިގަނޑުން ފެން މަދުވުމުން ސިގްނަލްތަކެއް ދޭނެއެވެ. މިގޮތުން ކަރު ހިއްކުމާއި ތުންފަތާއި ހަންގަނޑު ހިކުމަކީ ހަށިގަނޑަށް ފެން ބޭނުންވާކަމުގެ އަލާމާތެވެ. ހަށިގަނޑުން ފެން މަދުވުމުން ކަރު ހިއްކާނަމަ ފެން ބުއިމުން ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން 'ރީހައިޑްރޭޓްވެ' ހަށިގަނޑުގައި ފެން ހުންނަންވާ މިންވަރަށް ހިފަހައްޓައިދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން