ސްޓެރޮއިޑްސް އަކީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރި އެއްޗެއް
ސްޓެރޮއިޑްސް އަކީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރި އެއްޗެއް
ބޮޑީ ބިލްޑަރަކަށް ވުމަކީ ހަށިގަނޑަށް ސަމާލުވެ، ވަރަށް ގަދަޔަށް ޓްރެއިންކޮށް ކެއުމަށް ސަމާލުކަން ދޭންޖެހޭ އަދި އަމިއްލަ ދިރިއުޅުމުގައި 'ޑިސިޕްލިން' ވާންޖެހޭ ކަމެކެވެ. އަދި މިއީ ގިނަދުވަހުން ވަރަށް މަސައްކަތުން ނަތީޖާ ހާސިލްކުރެވޭ ކަމެއްވެސް މެއެވެ. އެހެންނަމަވެސް އަވަހަށް ހަށިގަނޑު ބިޔަކަމަށް ދެއްކުމަށް ބައެއް މީހުން ބޭނުންކުރާ ސަޕްލިމެންޓެއް ކަމަށްވާ "ސްޓެރޮއިޑްސް" އަކީ ހަށިގަނޑަށް ނުހަނު ގެއްލުން ހުރި އެއްޗެކެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ޅައުމުރުގައި ސްޓެރޮއިޑްގެ ބޭނުންކުރުމުން އުނަގަނޑުގައި ވާގިނެތި 'ހިޕް ރިޕްލޭސްމަންޓް' ސާޖަރީ ކުރަން ޖެހޭ ހާލަތްތައް މެދުވެރިވެއެވެ. މީގެ ނުރައްކާ ބޮޑަށްވަނީ ބޮޑީބިލްޑްކުރަން އަލަށްފަށައިގަންނަ ޒުވާނުންނަށެވެ. މައިގަނޑު ސަބަބަކަށްވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޑަ މަސައްކަތަކުން ބިޔަ ހަށިގަނޑެއް ހޯދުމުގެ ނިޔަތުގައި ޒުވާނުން ސްޓެރޮއިޑް ބޭނުންކުރަން ފެށުމެވެ. ޒުވާނުންގެ މިފަދަ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން މުޅި އުމުރުދުވަހު ތިމާ ހިތާމަކުރަން ޖެހިދެއެވެ.

ސްޓެރޮއިޑް ބޭނުން ކުރުމުން ދަރިން ނުލިބުމުގެ މައްސަލައާއި ކިޑްނީ އާއި ފުރަމޭގެ މައްސަލަޖެހި ނަފްސާނީ މައްސަލަތައް ދިމާވެއެވެ. މީގެއިތުރުން ސްޓިރޮއިޑާއި ގްރޯތު ހޯމޯން ބޭނުންކުރުމުގެ ސަބަބުން އަންހެނުންގެ މޭމަތިފަދައިން ސްޓެރޮއިޑްގެ ސަބަބުން ފިރިހެނުންގެ ހަށިގަނޑުގައި 'މޭމަތި' ލާގޮތްވެސް މެދުވެރިވެއެވެ.

ސްޓެރޮއިޑްސް ބޭނުންކޮށްގެން އަވަސް ނަތީޖާ ހޯދުމުގެ އަވައިގައި ޖެހި 29 އަހަރުގެ ސިންގަދް ރޯޑް ވަނީ 2022 ގައި ހިޕް ރިޕްލޭސްމަންޓް ސާޖަރީ ހައްދަންޖެހިފައެވެ. އެންމެ ފުރަތަމަ އުނަގަނޑުން ހަށިގަނޑު 'މޫވް ކުރުމަށް އުނދަގޫވެ ދެން ޖޮއިންޓުތަކަށް ލޭ ލިއްބައިދިނުން މަދުވެ ސާޖަރީ ހަދަން ޖެހުނީ ކަމަށް އޭނާގެ ޑޮކްޓަރުން ބުނެއެވެ. އަދި މިހާރު ބޮލުގައި ރިއްސައި ނުވަތަ ބަނޑުގައި ރިއްސުމުން ޕެއިން ކިލަރއެއްހައި ހިސާބުވެސް ނުކާކަމަށް އޭނާ ބުނެއެވެ. ނަމަވެސް މިފިލާވަޅު ލިބުނީ މާފަހުން ކަމުގައިވެސް އޭނާ ބުނެއެވެ.

ބޭންކެއްގައި ވަޒީފާ އަދާކުރާ 27 އަހަރުގެ އިންޖިނިއަރެއް ބުނިގޮތުން ސްޓެރޮއިޑް ބޭނުންކުރުމުން އޭނާއަށް ލިބުނު ފައިދާއަށްވުރެ ގެއްލުން މާބޮޑެވެ. އޭނާ ބުނިގޮތުގައި ރީތި ހަށިގަނޑެއް ހާސިލްކުރުމުގެ ނިޔަތުގައި ސްޓެރޮއިޑް ބޭނުންކުރުމުން 2 ފަހަރު މަތިން ހިޕް ރިޕްލޭސްމަންޓް ސާޖަރީ ހަދަންޖެހި މުޅި އުމުރަށް އުނަގަނޑުގެ ހަރަކާތްތެރިކަން ދަށްވެފައިވާ ކަމަށެވެ. އަދި މުޅި އުމުރުގައި މިކަމުގެ ގެއްލުމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ނުހަނު ހިތާމަޔާއެކު ކިޔައިދިނެވެ.

އިންޑިއާގެ ލޮޕްމޫޑްރާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރެއް ބުނިގޮތުގައި ކޮވިޑް 19 އަށްފަހު ޒުވާނުންގެ ތެރޭގައި ސްޓެރޮއިޑާއި ގްރޯތު ހޯމޯން ބޭނުންކުރުން ގިނަވެފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ދަރިން ނުލިބުމާއި، ކިޑްނީ އަދި ލިވާގެ މައްސަލަތައް ޖެހުމަށް މެދުވެރިވެއެވެ. މިފަދަ ތަކެތި ބޭނުންކުރުމަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި ޔޫޓިއުބާއި އެހެނިހެން އޮންލައިން މަންސަތަކުގައި މީހުން ބުނާ ގޮތްތަކަށް ކަންކުރަންވެއްޖެނަމަ ދުނިޔެ އުމުރު ހިތާމަ ކުރަންޖެހިދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން