މައިދާއިން ވިހަ މާއްދާތައް ބޭރުކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ވަރަށްވެސް މުހިންމު ކަމެކެވެ. މައިދާގެ ދުޅަހެޔޮކަމަށް ރަނގަޅު ބެކްޓރީއާ ނުވަތަ މައިކްރޯބްސް ހުރުމަކީ އެހާމެ މުހިންމުކަމެކެވެ.

ކެއުމުގައި ތަފާތު ބާވަތްތައް ހިމެނުމުން މައިކްރޯބަޔޯމްއަށް ބޭނުންވާ ރަނގަޅު ބެކްޓީރިއާ އާލާވުމަށް އެހީތެރިވެދޭނެއެވެ. އަބަދު އެކައްޗެއް ކެއުމަކީ ނުވަތަ ކެއުމުގައި ތަރުކާރީއާއި މަހުގެ ބާހަވަތްތައް ނުހިމެނުމަކީ މައިދާއަށް ބޭނުންވާ މައިކްރޯބަޔޯމް މަދުކޮށްލާ އަދި ހަށިގަނޑުގެ އެތެރޭގައި ވިހަ މާއްދާތައް ގިނަވުމަށް މެދުވެރިވާ ކަމެކެވެ. އަދި ރަނގަޅަށް ހަޖަމުނުވެ ބަނޑުގެ މައްސަލަތައް ޖެހުމަކީ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ އަދި މީހާގެ މޫޑުވެސް ގޯސްވާ ކަމެއްވެސްމެއެވެ.

މައިދާއިން ވިހަމާއްދާތައް ސާފުކޮށްލުމަށް ކުރެވިދާނެ 5 ކަމެއް:



1. ތާޒާ މޭވާއާއި ތަރުކާރީ ކެއުން؛

މޭވާއާއި ތަރުކާރީގެ ތަފާތު ބާވަތްތައް ކެއުމުގައި ހިމެނުމަކީ މައިދާގައި ރަނގަޅު ބެކްޓީރިއާ އުފެދުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންނަމަވެސް މިއާއިއެކު ޑެއިރީ ޕްރޮޑަކްޓްތައް ބޭނުން ނުކުރުމަށް ހަނދުމަފުޅު ބަހައްޓަވާށެވެ. ބައެއް ކަހަލަ މޭވާގައި އެސިޑް ލެވަލް މަދިތިވުމުން ކިރުގެ ބާވަތްތައް ކައިރިކައިރީގައި ބޭނުންކުރުމުން ގޭސްޓްރިކް ވެދާނެއެވެ.

2. މައިދާ ހުސްކޮށްދީ 'ރެސްޓު' ދިނުން؛

ހަށިގަނޑުގައި ކާތަކެތި ހަޖަމު ކުރުމުގެ މަސައްކަތުގެ މައިގަނޑު ރޯލް އަދާކުރާ މިގުނަވަނީވެސް ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ބްރޭކެއް ދޭންޖެހޭ ގުނަވަނެކެވެ. ސަބަބަކީ އަބަދު ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތަށް ފޯކަސް ކޮށްފައި ހުރުމުން މައިކްރޯބަޔޮމް ރިޖަނަރޭޓް ކުރުމަށް ވަގުތު ނުލިބޭތީއެވެ. ހަފްތާއަކު 2 ދުވަހު ރޯދައަށް ހުރުމަކީ މައިދާގެ މިދެންނެވި މައިކްރޯބަޔޯމް ރެގިއުލޭޓް ކުރުމަށް ވަގުތު ލިބިގެންދާނެ ކަމެކެވެ.

3. ލޮނު ބޭނުން ކުރުން މަދު ކުރުން؛

މާގިނައިން ލޮނު ކާތަކެތި ކެއުމަކީ މައިދާގެ މައިކްރޯބައޯޓާ ބަދަލުވެ އަދި ލޭމައްޗަށް ދިއުމާއި އޮޓޯ އިމިއުން ބަލިތައްޖެހުމަށް މެދުވެރިވާ ކަމެކެވެ. މީގެ އިތުރުން މާގިނައިން ލޮނު ބޭނުން ކުރެވޭނަމަ ހަށިގަނޑުގައި ފެން ގިނަވެ ބަނޑުލާގޮތް ދިމާވެއެވެ.

4. އެކަށީގެންވާ ވަރަށް ފެން ބުއިން؛

ފެނަކީ ހަށިގަނޑުގައި ހުންނަ ޓޮކްސިންތައް ބޭރުކޮށް މައިދާ ސާފު ކުރުމަށް އެންމެ މުހންމު އެއްޗެވެ. ވަކިން ޚާއްސަކޮށް ޑިޓޮކްސް ކުރުމަށް ތައްޔާރުކޮށްލެވޭ ކިއުކަމްބާ ، އިނގުރު ލުނބޯ ނުވަތަ ގަނދަކޯޅިފަތް އަޅާފައި ހުންނަ ފެން ބުއިމުން ހަށިގަނޑުގެ އެތެރެ ސާފުކޮށްދޭނެއެވެ. ނަމަވެސް އެންމެ އިސްކަމެއް ދޭންވާނީ މިގޮތަށް ޑިޓޮކްސް ކުރާއިރު ހަކުރާއި ލޮނު އަދި ކެފެއިންނާއި ދުރުވެލުމަށެވެ.

5. އަލްކަލައިން ހުންނަ ބާވަތްތައް ކެއުން؛

ހަށިގަނޑުގެ ޕީ.އެޗް ލެވަލް އެއްވަރެއްގައި ބެހެއްޓުމަށްޓަކައި އަލްކަލައިން ކާތަކެތި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މިތަކެތީގެ ތެރޭގައި ކޮރިއެންޑާ ސީޑްސް، ކުރުނބާ ފެން، އަދި ޗިއާ ސީޑްކަހަލަ ބާވަތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން