ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯއިން ކުރިޔަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ.

ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ އެކި ހައުސިންގ މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.

މިދިޔަ 2 އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. 15000 ރުފިޔާ އިން ފެށިގެން 25000 ރުފިޔާއާ ދެމެދުގެ މުދަލުން 12 ޕަސެންޓުގެ ޑިސްކައުންޓެއް އަދި 25000 ރުފިޔާ އިން ފެށިގެން 35000އާ ދެމެދުގެ މުދަލުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭއިރު 35000 ރުފިޔާއިން މަތީ ކޮންމެ މުދަލަކުން 18 ޕަސެންޓުގެ ޑިސްކައުންޓު ލިބޭ މި ޕެކޭޖްތަކުގެ ނަންތައް ދީފައިވަނީ ރިހި، ރަން އަދި ހުދުރަނުގެ ނަމުގައެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެހެން ޕްރޮމޯޝަންތަކާ ޚިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީއާއި, އެސްޓިއޯ ކްރެޑިޓް ސްކީމު މެދުވެރިކޮށް މުދާ ނަންގަވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ކަސްޓާމަރުންނަށް ލިބިފައިވާ ފުލެޓްގެ މައުލޫމާތު އަދި އައިޑީ ކާޑު ބޭނުންވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން