ލޭޑީސްފިންގަރ - ތުއްތު ދަރިފުޅު ޣައިބުތަކުން ރައްކާތެރިކޮށްދޭ
ލޭޑީސްފިންގަރ - ތުއްތު ދަރިފުޅު ޣައިބުތަކުން ރައްކާތެރިކޮށްދޭ
ލޭޑިސް ފިންގާއަކީ ޕޮޓޭސިއަމްއާއި ކެލްސިއަމް އަދި ފައިބާ ގިނައިން ލިއްބައިދޭ ބާވަތެކެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްތޯލް ކުރުމަށާއި ހަކުރު ދަށް ކުރުމަށްވެސް އެހީތެރިވެދޭ ތަރުކާރީގެ ބާވަތެކެވެ. އަދި މީގައި ކެލޮރީސް ހިމެނޭ މިންވަރު މަދުވުމުގެ ސަބަބުން މިއީ ބަރުދަން ލުއިކޮށްދޭ ބާވަތެއްވެސް މެއެވެ. އެހެންކަމުން ބަރުދަން ލުއިކުރަން މަސައްކަތްކުރާ ކޮންމެމީހަކުވެސް ކެއުމުގައި ލޭޑީސްފިންގާ ބޭނުންކުރުމަކީ ވަރަށްވެސް ބޭނުންތެރިކަމެކެވެ.

ހަށިގަނޑުގައި ހުންނަ ފްރީ ރެޑިކަލްސް ކިޔާ މޮލިކިއުލްއަކީ ސެލްތައް ހަލާކުކޮށް ކެންސަރަށް މަގުފަހި ކުރުވާ އެއްޗެކެވެ. ކާނާގެ ބައެއް ބާވަތްތަކުގައި ހިމެނޭ އެންޓައި އެކްސިޑެންޓް ކިޔާ މާއްދާއަކީ ހަށިގަނޑުގައި އުފެދޭ މިފަދަ ފްރީ ރެޑިކަލްތައް ނައްތާލާ މާއްދާއެކެވެ. ލޭޑިސް ފިންގާގައި ހުންނަ ޕޮލީފެނޯލް އާއި ވިޓަމިން އޭ އަދި ވިޓަމިން ސީއަކީ މިދެންނެވި އެންޓި އޮކްސިޑެންޓްގެ ތެރޭގައި ހިމެނޭ ކެންސަރާއި ހަނގުރާމަކުރާ ބާވަތްތަކެކެވެ. މީގެއިތުރުން ކެންސަރ ސެލް ބްލޮކް ކުރާ ލެކްޓިން ކިޔާ މާއްދާއެއްވެސް ލޭޑިސް ފިންގާގައި އެކުލެވިގެންވެއެވެ. އެހެންކަމުން މިއީ ކެންސަރު ބަލިން މީހާ ދިފާޢުކޮށްދީ، އެބަލިން ރައްކާތެރިވެ ދެމިހުރުމަށް މަގުފަހިކޮށްދޭނެ ތަރުކާރީއެކެވެ.

ލޭޑިސް ފިންގާގައި ހުންނަ ޕޮލީފެނޯލްއަކީ ލޭ ގަނޑުވުމުންނާއި ފްރީ ރެޑިކަލްސް ހަށިގަނޑުގައި އެފެދުމުން ދުރުކޮށްދޭ އެއްޗަކަށް ވުމުން ސްޓްރޯކް ޖެހުމުންވެސް ރައްކާތެރިކޮށްދެއެވެ. އަދި މީގައި ހިމެނޭ އެންޓިއޮކްސިޑެންޓުގެ ސަބަބުން ސިކުނޑި އިންފްލޭމްވުމުންވެސް ދުރުކޮށްދެއެވެ. މީގެ އިތުރުން ލޭޑީސް ފިންގާގައި ޖެލީ ގޮތަށް ހުންނަ ތަތް މާއްދާއަކީ ކޮލެސްޓްރޯލްއާއި އެކުވެ ހަށިގަނޑުން ކޮލެސްޓްރޯލް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެއްކަންވެސް ފާހަގަ ކުރެވެއެވެ. އެހެންކަމުން މިއީ ސިކުނޑީއާއި ހިތުގެ ދުޅަހެޔޮ ކަމަށް ކެއުމުގައި ކޮންމެހެންވެސް ހިމަނަންޖެހޭ މުހިންމު ތަރުކާރީއެކެވެ.

މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުން އައިބުތަކުން ރައްކާތެރިކޮށް ފުރިހަމަ ޞިއްޙަތެއްގައި ކުއްޖާ ހެދިބޮޑުވުމަށް ފޮލޭޓް ކިޔާ ބޭހެއް ޑޮކްޓަރުން ދެއްވައެވެ. މިއީ ބައެއް ކަހަލަ ކާނާއިންވެސް ލިއްބައިދޭ މާއްދާއެކެވެ. އެގޮތުން ލޭޑީސްފިންގާއަކީ އޭގެތެރެއިން އެއްބާވަތެވެ. އެއްޖޯޑުގެ ލޭޑިސްފިންގާއިން މާބަނޑު މީހަކަށް ދުވާލަކަށް ބޭނުންވާނެ %15 ފޮލޭޓް ލިއްބައިދެއެވެ. އެހެންކަމުން މާބަނޑު އަންހެނުން އާދަކޮށް ލޭޑީސްފިންގަރ ހިމެނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މިކެއުމުގައި ތަފާތު ގޮތްގޮތަށް ބޭނުންކުރެވިދާނެއެވެ. އެގޮތުން ސަޓަނި އާއި ރިހަ އަދި ހިއްކަވެސް ތައްޔާރު ކޮށްލެވޭނެ އެވެ.

ލޭޑިސް ފިންގާއަކީ ހިކިކޮށް ތައްޔާރުކޮށްލަން އެންމެ ފުރަތަމަ ލޭޑީސްފިންގަރ ތުނިކޮށް ފޮތިކޮށް ކޮށާލާށެވެ. އެއަށްފަހު ފިޔާ މީރުކޮށްލާނީއެވެ. ފިޔާމީރު ކުރާއިރު އޭގެތެރައަށް ކުޑަ އަސޭމިރުސް ކޮޅަކާއި ކޮރިއަންޑާ ޕައުޑާ ކޮޅެއް އަޅައި ލޮނާއި ކުޑަ ސޯޔާސޯސްކޮޅެއް އަޅާފައި ފޮތިކޮށްފައި ހުރި ލޭޑިސްފިންގަރ ހަނާވަންދެން ހަލުވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން