ސަމާލުވޭ! ޕްލާސްޓިކުން ނުރައްކާތެރި ވިހަމާއްދާތައް ފޯރުކޮށްދޭ
ސަމާލުވޭ! ޕްލާސްޓިކުން ނުރައްކާތެރި ވިހަމާއްދާތައް ފޯރުކޮށްދޭ
ޕްލާސްޓިކަކީ ހަށިގަނޑަށް ގެއްލުންދޭ ވިހަ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެހެންނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ތަރައްޤީ ވާން ފެށި ދުވަސް ވަރު އުފެއްދި މިއުފެއްދުމަކީ މިހާރު ދުނިޔޭގައި އެންމެ ގިނައިން ތަކެތި އުފައްދަން ބޭނުންކުރާ ބާވަތެވެ.

ފަހަކަށްއައިސް ތަފާތު ކާނާގެ ބާވަތްތައް ތައްޔާރުކޮށް އޭގެވިޔާފާރިކުރާ ފާރާތްތަކާއި އާއްމުދިރިއުޅެމުން އަންނަ ގޭގެ ބަދިގެ ތެރޭގައިވެސް އެންމެ ގިނައިން ގެންގުޅޭ އެއްޗަކަށްވާނެއެވެ. ކާތަކެތި ބަންދުކޮށްފައި ބެހެއްޓުމަށާއި ކާތަކެތީގެ ވިޔަފާރުވެރީން ޙިދުމަތް ދިނުމުގައިއެވެ.

އެހެންކަމުން ކާތަކެއްޗާއި ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ ހިފާގެންގުޅާ އާލަތްތަކުގައިވެސް ބޭނުންކުރާ އެއްޗެއްސަކީވެސް ޕްލާސްޓިކުން އުފައްދާފައިވާ އެއްޗެއްސެވެ. އެހެންނަމަވެސް މިއިން އިންސާނުންގެ ހަށިގަނޑަށް ވިހަ މާއްދާތަކެއް ފޮނުވައިދޭކަން އެނގެނީ ކިތައްމީހުންނަށް ބާވައެވެ؟ އަޅުގަނޑުމެންނަށް ނޭނގި ނަމަވެސް ޕްލާސްޓިކަކީ ހަށިގަނޑަށް ވިހަ މާއްދާތަކެއް ފޮނުވައި އެތައް ބަލިތަކަކަށް މީހުން ހުށަހެޅިގެންދާން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން ދެން މިބަލާލަނީ އާއްމުދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ ޕްލާސްޓިކުގެ އުފެއްދުއްތަކުން އަޅުގަނޑުމެންގެ އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާފަދަ ވިހަމާދާތައް ފޮނުވައިދޭ ކަމަށް ސިއްޙީދާއިރާގެ ކަމާގުޅުންހުރި ފަރާތްތަކުން އިއްތިފާޤުވާ ބައެއް އުފެއްދުންތަކަށެވެ.

އިންސާނުންގެ ހަށިގަނޑަށް ވިހަ މާއްދާތައް ފޯރުކޮށްދޭ ޕްލާސްޓިކުގެ ބާވަތްތައް



1. ޕްލާސްޓިކް ފުޅި؛

ޕްލާސްޓިކް ފުޅީގައި ބަންދު ކުރާ ފެނުގައިވެސް ޕްލާސްޓިކްގެ އަސަރު ހުރެއެވެ. މިބާވަތުގެ ފުޅި ތައްޔާރު ކުރުމަށް ބައިފެނޯލް އޭ ނުވަތަ ބީ.ޕީ.އޭ ކިޔާ މާއްދާއެއް ބޭނުންކުރެއެވެ. މިއީ ޕޮލީކާބަނޭޓް ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ މާއްދާއެކެވެ. މިއީ ކެންސަރާއި އެކއެކި ހޯމޯން މައްސަލަތައް ދިމާވާން މެދުވެރިކުރުވާ މާއްދާއެއްވެސް މެއެވެ. ވަކިން ޚާއްސަކޮށް ފިހާރަތަކުން ފުޅިތައް މަގުމަތީގައި އަވީގައި ބަހައްޓާފައި ހުރުމުން ފުޅިއަށް ހޫނުގެ ޕްލާސްޓިކްގެ ކުދިކުދި ޕާޓިކަލްތައް ފެނުގެ ތެރެއަށް އެއްވެއެވެ. މިއީ ހަށިގަނޑަށް ވަރަށް ނުރައްކާތެރިކަމެކެވެ. އެހެންކަމުން، ޕްލާސްޓިކް ފުޅީގެ ބަދަލުގައި ޒިންކު ނުވަތަ ބިއްލޫރި ފުޅި ބޭނުންކުރުމަކީ ހަށިގަނޑަށް މާފައިދާހުރި ގޮތެކެވެ.

2. ޕްލާސްޓިކް ކޮންޓެއިނަރު؛

ކާތަކެތި ރައްކާކުރަން ގެންގުޅޭ މަތިޖެހި ތައްޓަކީވެސް ޕްލާސްޓިކް ފެން ފުޅިއެކޭ އެއްގޮތަށް ބީ.ޕީ.އޭ ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެއްޗެވެ. އެހެންކަމުން މިތަށިތަކުގައި ރައްކާކުރެވޭ ތަކެއްޗަށް އޭގެ އަސަރު ކުރާނެއެވެ. މީގެ އެންމެ ނުރައްކާ ބޮޑީ ކައްކާނިމުމުން ވަގުތުން އެތަށިތަކަށް އެޅުމެވެ. އޭރުން ޕްލާސްޓިކް ޕާޓިކްލްތައް ފޭދި ކާތަކެއްޗާއި އެކުވެއެވެ. އެހެންކަމުން ދަގަނޑު ނުވަތަ ބިއްލޫރި ކޮންޓެއިނަރ ބޭނުންކުރުމަކީ ކުރެވިދާނެކަމެކެވެ.

3. ޕްލާސްޓިކް ޗޮޕިން ބޯޑު؛

މަހާއި ތަރުކާރީފަދަ ބާވަތްތައް ކޮށަން ގެންގުޅެނީ ޕްލާސްޓިކް ކަޓިން ބޯޑެއް ނަމަ ސަމާލުވާށެވެ. ކަޓިންގ ބޯޑުގައި ހިމެނޭ ކެމިކަލްތައް ތައްޔާރުކުރާ ކާނާއަށްގޮސް ހަށިގަނޑަށް ވާސިލްވެދާނެއެވެ. އަދި ބެކްޓީރިއާ އުފެދި ބޯޑުގައި ތައްޔާރުކުރާ ކާނާގެ ސަބަބުން ބަނޑު ސަކަރާތްވެ ބަލިވެއެވެ. އެހެން ކަމުން އެންމެ ރަނގަޅީ ލަކުޑި ޗޮޕިން ބޯޑެވެ.

4. ޓިފިން ބޮކްސް؛

ހޫނު ކާތަކެތި މިފަދަ ޓިފިންއަށް ލުމުން ގެއްލުންދެނިވި ކެމިކަލްތައް ހަށިގަނޑަށް ވާސިލްވެއެވެ. މިއީ ކިޑްނީ އަދި ފުރަމޭގެ ބަލިތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން މީގެ ބަދަލުގައި ދަގަނޑު ތައްޓާއި ބިއްލޫރި ތަށި ބޭނުން ކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން