ޚާލިޤުވަންތަ ﷲ މުސްލިމުންގެ މައްޗަށް ފަރްޟުކުރައްވާފައިވާ ނަމާދަކީ އަޖައިބެއް ފަދަ އަޅުކަމެކެވެ. ފުރިހަމައަށް ވުޟޫކޮށްގެން ﷲށް ބިރުވަތައިގެން ނަމާދު އަދާކުރުމުން ހިތަށް ހަމަޖެހުން ލިބެ އެވެ.
ޝައްކެއް ނެތްގޮތުގައި ނަމާދު ކުރުމަކީ ﷲ ހަނދުމަކުރުމެވެ. ﷲ تعالى ވަޙީކުރެއްވި އެވެ: (الذين آمنوا وتطمئن قلوبهم بذكر الله ألا بذكر الله تطمئن القلوب) މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" [1] أَقِمِ الصَّلاَةَ لِدُلُوكِ الشَّمْسِ إِلَى غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا {78} وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا (79) "އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ. އަދި (فرض ފަސް ނަމާދުގެ އިތުރަށް) ކަލޭގެފާނަށް خاص ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ قرآن ކިޔަވައިވިދާޅުވެ، تهجّد ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حمد ލިބިގެންވާ مقام އަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!" [2]
ކީރިތި ރަސޫލާ r ގެ ސުންނަތަށް ބަލައިލާ އިރު ނަމާދުގެ ފައިދާ ދޭހަވާ ޙަދީސްތައް ގިނަގުނަ އެވެ. އެއް ފަހަރަކު ބިލާލުގެފާނަށް މިފަދައިން ޙަދީސްރެއްވި އެވެ. (يَا بِلاَلُ أَقِمِ الصَّلاَةَ أَرِحْنَا بِهَا) "އޭ ބިލާލެވެ. ނަމާދަށް ގޮވާށެވެ! އަހަރެމެންނަށް އެއިން (އެ ބަހީ: ނަމާދުން) ރާޙަތް ފޯރުކޮށްދޭށެވެ" [3]
މި ޒަމާނުގެ ޢިލްމީ ހޯދުންތަކާއި ތަޖުރިބާގެ އަލީގައި ނަމާދުގެ ވަރަށް ގިނަ ފައިދާތައް ހާމަވެ ހޯދިފައިވެ އެވެ. އޭގެ ތެރޭގައި މުއުމިނުން ނަމާދުކުރާއިރު ސިކުނޑީގައި ލޭހިނގުމަށް އަންނަ ހެޔޮ ބަދަލު ހިމެނެ އެވެ. ނަމާދުގެ ސަބަބުން މުއުމިނުންނަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ އޭނާގެ ރޫޙާނިއްޔަތު ތަރައްޤީވުމެވެ. އޭނާއާ އަރަހުށި ހުސްޠާހިރުވަންތަ ﷲއާ އޮންނަ ގުޅުން ބަދަހިވުމެވެ.
ކަންބޮޑުވެ ގޮތްހުސްވާ ހިނދު އަދި ކަންކަމާ ކެތްމަދުވެ ހާސްވާހިނދު ކެތްތެރިކަމާޢި ނަމާޑުން ވާގި ލިބިގަތުމަށް ﷲ ތަޢާލާ ކީރިތި ޤޫރްއާނުގައި މމުއުމިނުންނަށް އަންގަވާފައި ވެ އެވެ. ﷲ تعالى ތަޢަލާ ވަޙީކުރެއްވި އެވެ. (وَاسْتَعِينُواْ بِالصَّبْرِ وَالصَّلاَةِ وَإِنَّهَا لَكَبِيرَةٌ إِلاَّ عَلَى الْخَاشِعِينَ) މާނައީ: އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)[4]
ކީރިތި ޤުރްއާނުގެ ބައެއް އެހެން އާޔަތްތަކުގައި ވެސް ބިރުވެތިކަމާއި ނަމާދާ ގުޅުވައިފައި ވެ އެވެ. އަދި ބިރުވެތިވެ ނަމާދުކުރާ މީހުން ކާމިޔާބުވާނެކަމަށް އަންގަވާފައިވެ އެވެ. (قَدْ أَفْلَحَ الْمُؤْمِنُونَ {1} الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ) "مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ." [5] ލިޔެވިދިޔަ އާޔަތްތަކުން މުއުމިނުންނަށް ނަމާދުގެ މުހިންމުކަން އެނގި ހާމަވެ އެވެ. މީގެ އިތުރުން ސަލާމްލެއްވި އިބްރާހީމްގެފާނު ﷲ ގެ ޙަޟްރަތުގައި ދެންނެވި ދުޢާއިން ވަރަށް ސާފުކޮށް މުއުމިނުންގެ ޙަޔާތުގައި ނަމާދަކީ ކިހާ މުހިންމު އަޅުކަމެއްކަން ދޭހަވެ އެވެ. އެ ކަލޭގެފާނު ﷲއަށް ދެންނެވި އެވެ. رب اجعلني مقيم الصلاة ومن ذريتي ربنا وتقبل دعاء ( 40 ) ربنا اغفر لي ولوالدي وللمؤمنين يوم يقوم الحساب މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!"
[1] . الرعد: 28
[2] . الإسراء:78-79
[3] . سنن أبي داود
[4] . البقرة 45
[5]. المؤمنون: 1-2

ކިޔުންތެރިންގެ ހިޔާލު