އެއްތަނެއްގައި އިށީނދެތިބުމުގެ އާދައިގެ ސަބަބުން ހަށިގަނޑު ހަރަކާތްތެރިވުން ކުޑަވެ މުސްތަޤުބަލުގައި ގިނަ ބަލިތަކާއި ކުރިމަތިލާން ޖެހިދެއެވެ. އެހެންނަމަވެސް، މިހާރަކަށްއައިސް މިއާދަތައް ދޫކޮށް ކަސްރަކުކުރުމާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ކަންތައްތަކަށް މީހުންގެ ލޯހުޅުވި ދިރިއުޅުމުގެ ކޮންމެ ދުވަގެއްގެ ނުވަތަ ކޮންމެ ހަފްތާ ބަނދުގެ ވައްޓަފާޅީގެތެރެއަށް އެކަންކަން ހަމަނައި ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.

ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށްޓަކައި ކަސްރަތުކުރުމާއެއްވަރަށް ކެއިންބުއިމުގައި ބޭނުންކުރެވޭ ބާވަތްތަކަށް ސަމާލުކަން ދިނުމާއިއެކު ކާތަކެތި ތައްޔާރު ކުރުމަށް ގެންގުޅޭ ތެލަށްވެސް ސަމާލުކަންދިނުމަކީ ނުހަނު މުހިންމު ކަމެކެވެ. ބާޒާރުގައި ކައްކާތެޔޮގެ ގޮތުގައި ތަފާތު އެކިކަހަލަ ތެޔޮ ލިބެން ހުންނަ އިރު ހަށިގަނޑަށް އެންމެ ބޭނުންތެރި މާއްދާތައް ލިއްބައިދެނީ ކޮންކަހަލަ ތެލަކުންތޯ ބެލުމަކީ މުހިންމު ކެމެކެވެ.

މިގޮތުން ކައްކާތެލުގައި އެކުލެވޭ 'ނިއުޓްރިޝަނަލް ވެލިއު'އަށް ބަލާއިރު ޗާޓުގެ އެންމެ ކުރީގައި ވަނީ ކާށިތެލާއި އޮލިވް އޮއިލްއެވެ. މިހާރަކަށް އައިސް ކާށިތެލަކީ ކެއްކުމުގައި ބޭނުންކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަލްވެ މަޝްހޫރުވަމުން އަންނަ ތެލުގެ ބާވަތެކެވެ. އެހެންނަމަވެސް އޮލިވް އޮއިލްއަކީ ވަރަށް ކުރީއްސުރެވެސް ކާތަކެތި ތައްޔާރު ކުރުމަށް މީހުން ބޭނުންކޮށް އުޅުނު ބާވަތެކެވެ. އެހެންކަމުން މިދެބާވަތުން އެންމެ ފައިދާ ބޮޑީ ކޮން ބާވަތެއްކަން އަޅުގަނޑުންމެން ދެނެގަންނަންޖެހެއެވެ.

ކާށިތެޔޮ:

ކާށިތެލުގައި އާއްމުކޮށް ހިމެނެނީ ސްޗުރޭޓެޑް ފެޓްސްއެވެ. މިއީ މީޑިއަމް ޗެއިން ޓްރައިގްލައިސެރައޑްސް ކިޔާ، ހަށިގަނޑުން ކެލޮރީ ފެޓްސްއަށް ބަދަލު ނުވެ، އެންދުމަން ނުވަތަ ހަކަތައިގެ ގޮތުގައި ބޭނުންކޮށްލުމަށް އެހީތެރިވެދޭ ފެޓްސްގެ ބާވަތެކެވެ. އެހެންކަމުން މިބާވަތުގެ ތެލުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން ކާށިތެލުގައި ހިމެނޭ ލޯރިކް އެސިޑްއަކީ ބަލިތައްޖައްސާ އެކިކަހަލަ ޖަރާސީމުތައް ނައްތާލުމަށް އެހީތެރިވެދޭ މާއްދާއެއްކަމުން މިއީ ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދޭނެ ބާވަތެއްކަމުގައިވެސް ވެއެވެ.

އެހެންނަމަވެސް، މިއީ ކެއްކުމުގައި ބޭނުންކުރެވޭ ތެލުގެ ތެރެއިން މާއަވަހަށް އަނދާ ވައްތަރުގެ ތެލެކެވެ. މިތެލުގެ ސްމޯކިން ޕޮއިންޓް މަތިވުމުން 350 ޑިގްރީ ފެރެންހައިޓުގެ ހޫނުމިނުގައި ކެއްކުމަށް އަދި ގަދަ ގިނީގައި ކެއްކުމަށް ބޭނުންވާނަމަ މިއީ ބޭނުންކުރެވިދާނެ ތެލުގެ ބާވަތެކެވެ.

އޮލިވް އޮއިލް:

އޮލިވް އޮއިލްއަކީ ކޮލެސްޓްރޯލްގެ އެލް.ޑީއެލް ނުވަތަ ނުރަނގަޅު ކޮލެސްޓްރޯލް މަދުކޮށްދޭ އަދި ކެއްކުމުގައި އެންމެ ފައިދާހުރި ތެޔޮ ކަމުގައި ގިނަ ބަޔަކު ބުނާ ތެލެވެ. މިބާވަލުގެ ތެލުގައި ހިމެނެނީ މޮނޮސެޗުރޭޓެޑް ފެޓްސްއެވެ. މިއީ އެލް.ޑީ.އެލް ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ އަދި ވިޓަމިން އީ ލިއްބައިދީ ހަށިގަނޑުގެ ހަމާއި ދިފާއީ ނިޒާމް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ފެޓްސްގެ ބާވަތެއްވެސް މެއެވެ.

ސްމޯކިން ޕޮއިންޓަކީ 280 ޑިގްރީ ފެރެންހައިޓެވެ. އެހެންކަމުން މިއީ އެހައިއަވަހަށް އަނދާ ތެލެއް ނޫނެވެ. އަދި މަޑު ގިނީގައި ކައްކާލަން ބޭނުންނަމަ އެންމެ ރަނގަޅީ އޮލިވް އޮއިލްއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން