މަރިޔަމް ލަމްޙާ ރަޝީދު   9 ޖޫން 2023 - 15:34
ޖަނބުރޯލަކީ ކޮބައިކަން ނޭނގޭ ދިވެއްސެއް ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ރާއްޖޭގައި ވަރަށް ގިނައިން ހެދޭ ފެން ގިނަ ފޮނި މޭވާއެކެވެ. ޖަނބުރޯލު މޫސުމުގައި މުޅި ގަސްފުރާ މޭވާ އަޅައެވެ.

އާއްމުކޮށް ރާއްޖޭގައި ޖަނބުރޯލު ހެދެނީ ތިން ކުލައެއްގައެވެ. އެއީ ހުދާއި ފެއްސާއި އަދި ރަތްކުލައިގައެވެ. ކޮންމެ ކުލައެއްގެ ޖަނބުރޯލުވިޔަސް ދޮންވެ ފައްކާވުމުން އެހައި ފޮނިވެފައި މީރެވެ. އެހެންކަމުން ޖަނބުރޯރުން ލިއްބައިދޭ ފައިދާތައް ދެނެގަންނަމާ ހިނގާށެވެ.

* ޖަނބުރޯލުން ލިބިދޭ ފައިދާ

1. 'ޑިހައިޑްރޭޓް' ނުވަތަ ހަށިސިގަނޑުން ފެން މަދުވުމުން ރައްކާތެރިކޮށްދިނުން؛

ޖަނބުރޯލަކީ ގިނަ އަދަދަކަށް ފެން ހުންނަ ބާވަތަށްވުުމުން ހަށިގަނޑު 'ހައިޑްރޭޓްކޮށްދީ އެއްވަރެއްގައި ހަށިގަނޑުގެ ފެނުގެ މިންވަރު ހިފަހައްޓައިދެއެވެ. އަދި ހަށިގަނޑަށް ތާޒާކަން ގެނުވައި ކަރުހިއްކުން ލިލުވައިލުމަށްވެސް ޖަނބުރޯލަކީ ވަރަށް ރަނގަޅު ބާވަތެކެވެ.

2. ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުން؛

ޖަނބުރޯލުގައި ވިޓަމިން އޭއާއި ވިޓަމިން ސީ ގެ މިންވަރު ގިނައެވެ. މިއީ ބެކްޓީރިއާއާއި އެހެން ޖަރާސީމްތައް ހަށސިގަނޑުން ނައްތާލައި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ވިޓަމިންގެ ބާވަތްތަކެވެ. އަދި މިއީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށްވެސް މުހިންމު ބާވަތެކެވެ. މީގެއިތުރުން ޖަނބުރޯގައި ފައިބަރ އެކުލެވޭ މިންވަރުވެސް އިތުރެވެ. ފައިބަރއަކީ ކާތަކެތި ހަޖަމުކުރުމަށް ބޭނުންތެރި މާއްދާއަކަށްވުމުން މައިދާގެ ދުޅަހެޔޮކަމަށްވެސް ޖަނބުރޯލުން އެހީތެރިވެދެއެވެ.

3. ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން؛

ބަރުދަން ލުއިކުރުމުގެ ދަތުރުގައި ޖަނބުރޯލަކީ ކެއުމުގައި ހިމަނާލަން ރަނގަޅު ބާވަތެކެވެ. ވަކި މިންވަރެއްގެ ކެލޮރީ ކެއުމުގައި ހިމަނާ މީހުންވެސް ޖަނބުރޯލު ކާތަކެތީގެ ތާވަލަށް ލެވިދާނެއެވެ. ސަބަބަކީ ޖަނބުރޯލަކީ ކެލޮރީގެ މިންވަރު ވަރަށް މަދު ބާވަތަކަށް ވާތީއެވެ. އެހެންކަމުން މިއީ ފުރުޓު ސެލަޑަކަށް ނުވަތަ ހުހާވެސް ކެވިދާނެ އެއްޗެކެވެ.



4. ކަށިތަކާއި ދަތްތައް ވަރުގަދަވުން؛

ޖަނބުރޯލުގައި ކެލްސިއަމްގެ މިންވަރު ގިނަކަމަށް ބުނުމުން ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެހެންނަމަވެސް، ކަށިތަކާއި ދަތްޕިލަ ވަރުގަދަކޮށްދީ ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންވާ ކެލްސިއަމްގެ މާއްދާ ޖަނބުރޯލުގައި އެކަށީގެންވާ މިންވަރަކަށް އެކުލެވިގެންވެއެވެ. މީގެއިތުރުން ކަށިތަކަށް ބޭނުންވާ މެގްނީޒިއަމްއާއި ޕޮޓޭސިއަމްވެސް ޖަނބުރޯލުގައި އެކުލެވިގެންވެއެވެ.

5. ކިޑްނީއާއި ފުރަމޭ ސާފުކޮށްދިނުން؛

ފުރަމޭ އާއި ކިށްނީ ސާފުކުރުމަށް ބޭނުންވާ އެންޓިއޮކްސިޑެންޓްވެސް މިމޭވާގައި އެކުލެވިގެންވެއެވެ. އެހެންކަމުން ފުރަމޭއާއި ކިޑްނީއަށް ދިމާނާ ބަލިތައް، ޚާއްސަކޮށް އެނީމިއާއާއި މަލްނިއުޓްރިޝަން އަދި އެހެނިހެން އިންފެކްޝަންތަކުން ދިމާވާ މައްސަލަތައް ހައްލު ކޮށްދިނުމަށް ޖަނބުރޯލަކީ ކެއުން ރަނގަޅު މޭވާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން