އިސްތަށިގަނޑުގެ ވިދުމާއި ރީތިކަން ދެމެހެއްޓުމަށްޓަކައި އިސްތަށިގަނޑަށް ސަމާލުކަން ދިނުމަކީ މުހިންމުކެމެވެ. ބާޒާރުގައި ލިބެން ހުންނަ ގިނަ ހެޔަރ ކެއަރ ޕްރޮޑަކްޓުތަކުން އިސްތަށިގަނޑުގެ ރީތިކަން ދަމަހައްޓައިދޭކަމަށް ބުނެދިނަސް ޤުދުރަތީ އިންގްރީޑިއަންޓުތަކުން ތައްޔާރުކޮށްލެވޭ ބާވަތްތަކާއި އެތަކެތީގެ ނަތީޖާ އަޅާނުކިޔޭނެއެވެ. ޤުދުރަތީ އިންގްރީޑިއަންޓްއަކީ އެއްވެސް ކެމިކަލް އެއް ނުހިމެނޭ އެއްޗަކަށްވުމުން ކެމިކަލް އުފެއްދުންތަކުން ލިބޭފަދަ ގެއްލުންތައް މިފަދަ ތަކެތި ބޭނުންކުރުމުން ނުލިބޭނެއެވެ.

އާފަލަކީ ވިޓަމިންއާއި އެންޓިއޮކްސިޑެންޓްތައް ގިނަ އަދި އިސްތަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. ތިރީގައި ހިމަނާލާފައިއެވަނީ އާފަލާއި އާފަލުން ތައްޔާރުކޮށްފައިވާ އެޕަލް ސައިޑަރ ވިނެގަރއިން ގޭގައި ތައްޔާރުކޮށްލެވޭނެ 3 ހެއަރ މާސްކެވެ. މިއީ ހުރިހާ ވައްތަރެއްގެ އިސްތަށިގަނޑަށްވެސް އެކަށޭނަ ހެއަރ މާސްކުތަކެކެވެ.

1. އާފަލާއި މާމުއި ހެއަރ މާސްކް

ބޭނުންވާތަކެތި:

1 އާފަލު

2 ސައިސަމްސާ މާމުއި

އާފަލާއި މާމުއި ހެއަރ މާސްކް ތައްޔާރުކުރުމަށް ބޭރު ތޮށި މަށާލައި އެތެރޭގައިވާ އޮށާއި ހަރުބައި ނަގާލާށެވެ. އެއަށްފަހު އާފަލު ގާނާލައި ނުވަތަ މާމުއާއިއެކު މިކްސަރަށް އަޅައި ގިރާލާށެވެ. މިކްސްކުރެވުނު ޕޭސްޓް އެއްކޮށް ހިމުންވެ ދިޔައިވުމުން ބޯ ތެއްކޮށްލައި ބޮލުގެ އިސްތަށިގަނޑުގައި ހާކާށެވެ. އިސްތަށިތަކުގެ ބުޑުތަކުގައިވެސް މިގޮތަށް މިޕޭސްޓް ހާކަންވާނެއެވެ. ދެން 30 މިނެޓަށް ބަހައްޓާފައި ރީއްޗަށް ޝޭމްޕޫއާއި ކޮންޑިޝަނަރ ލައިގެން ބޯދޮވެލާށެވެ.

ފައިދާތައް؛

މިއީ އިސްތަށިގަނޑު މޮއިސްޗަރައިސްކޮށްދީ އިސްތަށިގަނޑުގެ ވިދުން ގަދަކޮށްދީ އިސްތަށިތައް މަޑުކޮށްދޭނެ ހެއަރ މާސްކެކެވެ. މާމުއިގެ ސަބަބުން އިނސްތަށިގަނޑުގެ މޮއިސްޗަރ ދަމަހައްތައިދީ ފުސްވިޔަނުދިނުމަށް އެހީތެރިވެދެއެވެ. އަދި މިއީ އިސްތަށިފެޅުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

2. އެޕަލް ސައިޑަރ ވިނެގާއާއި ގްރީން ޓީ ހެއަރ ރިންސް

ބޭނުންވާތަކެތި:

1 ޖޯޑު ގްރީން ޓީ- ހިހޫކޮށްފައި

2 ސައިސަމްސާ އެޕަލް ސައިޑަރ ވިނެގަރ

5-10 ތިކި އެސެންޝިއަލް އޮއިލް (ބޭނުން ވައްތަކެއް )

ގްރީން ޓީއާއި އެޕަލް ސައިޑަރ ވިނެގާ އެއްކޮށްލާށެވެ. އަދި ބޭނުންނަމަ މީރުވަސް ދުއްވުމަށް، ޕްލޭވަރއެއްގެ އެސެންޝިއަލް އޮއިލް އަޅާށެވެ. ޝެމްޕޫއާއި ކޮންޑިޝަންކޮށް ނިމުމުން އެއްކުރި ގްރީންޓީ މިކްސް ބޮލަށް އަޅައި ރަނގަޅަށް މަސާޖުކޮށްލާށެވެ. އަދި 5 މިނެޓްވަރު ބެހެއްޓުމަށްފަހު ރީއްޗަށް ބޯ ދޮވެލާށެވެ.

ފައިދާތައް:

މިއީ ބޮލުގެ ޕީ.އެޗް ލެވަލް ބެލެންސްކޮށްދީ އަދި ބޮލުގައި އުނގުޅާ އެކިއެކި ޕްރޮޑްކްޓްތަކުން ބޮލުގައި ހަރުލާފައި ހުންނަ އެއްޗެހި ސާފުކޮށްދޭނެ ކަމެކެވެ. އެޕަލް ސައިޑަރ ވިނެގާ އަދި ގްރީން ޓީގައި އެކުލެވޭ ގިނަ އެންޓި އޮކްސިޑެންޓުގެ ސަބަބުން އިސްތަށިގަނޑުގެ ޞިއްޙަތު ރަނގަޅުކޮށްދީ އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ.

3. އާފަލާއި ޔޯގަޓް މާސްކު

ބޭނުންވާތެކެތި:

1 އާފަލު

½ ޖޯޑު ޕްލެއިން ޔޯގަޓް

1 ސައިސަމްސާ ކާށި ތެޔޮ

އާފަލުގެ ބޭރުތޮށި މެށުމަށްފަހު ކުދި ކޮށް ކޮށާށެވެ. ދެން މިކްސަރުގައި އާފަލުކޮޅާއި ޔޯގަޓް އަދި ކާށި ތެޔޮ އެއްކުރާށެވެ. މި ޕޭސްޓް ބޮލުގައި ހާކާއި ރަނގަޅަށް ބޯމަސާޖު ކުރާށެވެ. ދެން 30 މިނެޓްވަންދެން ބެހެއްޓުމަށްފަހު ޝޭމްޕޫއާއި ކޮންޑިޝަނަރކޮށް ބޯދޮވެލާށެވެ.

ފައިދާތައް:

އިސްތަށިގަނޑު ވަރުގަދަކޮށްދީ ވިދުން ގެނައުމަށް މިއީ ވަރަށް ރަނގަޅު ހެއަރ މާސްކެކެވެ. ޔޯގަޓާއި ކާށި ތެޔޮ އަދި އާފަލު އެއްކުރުމުން އިސްތަށިގަނޑު ކޮންޑިޝަންކޮށްދީ އިސްތަށިފެޅުމަށްވެސް އެހީތެރިވެދެއެވެ. އަދި އިސްތަށިގަނޑު ފުސްވުމުން ދުރުކޮށްދީ އިސްތަށިގަނޑު ރީތިވުމަށް އެހީތެރިވެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން