ކޮންމެ ދެމަފިރިޔަކުވެސް ޒަވާޖީ ހަޔާތެއް ފަށަނީ ވަރަށްވެސް ފޮނި އުއްމީދުތަކަކާއި އެކު އެކުގައި ދުނިޔެ އުމުރު ހޭދަކުރުމަށެވެ. އެހެންނަމަވެސް، އަބަދުމެ އެކުގައި އުޅުމުގެ އުއްމީދުގައި ފަށާ ދަތުރު ބައެއް ފަހަރު ނިމުމަކަށް އަންނަނީ ކައިވެނި ކުރާ ހިސާބުން އެކަކު އަނެކެއްގެ ވިސްނުމާއި ޚިޔާލު ތަފާތު ވުމުންނެވެ.
އެހެންކަމުން މިފަދަ މާތް ގުޅުމެއް ފެށުމުގެ ކުރިން ދެފަރާތުން އެކަކު އަނެކެއްގެ ފަރާތުން ކުރާ އުއްމީދުތަކާއި ޕާސަނަލް 'ހިސްޓްރީ' ނުވަތަ ކައިވެނީގައި މައްސަލަ ޖެހިދާނެފަދަ ކަމެއް ހުރިނަމަ އެކަމެއް ކިޔާދިނުމަކީ ފަހުން ފެންމަތިވެދާނެ މައްސަލަތައް ކުޑަ ކުރެވިދާނެ ކަމެކެވެ.
1. ފައިސާ
ފައިސާއާއި ޚަރަދުގެ ޒިންމާ ނެގުމަކީ ދީނީގޮތުން ފިރިމީހާއާއި މަތިކޮށްފައިވާ ޒިންމާއެއް ނަމަވެސް ދެމީހުންގެ ދިރިއުޅުމުގައި ފިރިމީހާއަށް އެކަނި ލިބޭ ލާރިން ނޫޅެވިދާނެކަމަށްޓަކައި ނުވަތަ އަނބިމީހާވެސް ވަޒީފާ އަދާކުރާތީ، މިޒިންމާ ބަހާނެގޮތް ވަރަށް ސާފުކޮށް ދެފަރާތުގައި މަޝްވަރާކުރެވިފައި އޮންނަންވާނެއެވެ. އަދި ދެމީހުން ސޭވް ކުރާނެ ގޮތާއި މުސްތަޤުބަލުގައި ހާސިލް ކުރަން ބޭނުންވާ ފައިސާއާއި ގުޅުން ހުރި ހުރިހާ ލަނޑުދަނޑިއެއް ރަނގަޅަށް ހިއްސާކޮށް ދެފަރާތުން އެއްވިސްނުމަކަށް ވާސިލްވާންވާނެއެވެ.
އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަންއިން ބުނާގޮތުގައި ދެފަރާތުންވެސް ފައިސާގެ ކަންކަމުގައި ތެދުވެރިވެ، ކާމިޔާބު ދިރިއުޅުމަކަށް ޤަވައިދުން ދެމީހުން ވާހަކަ ދައްކައި ސޭވިންއާއި ޚަރަދުތައް ރިވިއުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
2. ދަރަނި
ކައިވެނީގެ ކުރިން ތިމާ ނަގާފައިވާ ލޯނާއި ސްކީމްތަކާއި ސްޓޫޑެންޓް ލޯން ފަދަ ޤަވައިދުން ދައްކަމުން އަންނަ ދަރަނީގެ ހުރިހާ މައުލޫމާތެއް ކިޔައިދޭންވާނެއެވެ. މިކަންކަމަކީ ދިރިއުޅުމަށް ސީދާގޮތުން އަސަރު ކުރުވާނެ ކަންކަމެވެ. އަދި މިކަންކަން ކައިވެންޏަށްފަހު އެނގުމުން ބައިވެރިއާއަށް ތިމާއާއިމެދު އޮންނަ އިތުބާރު ދަށްވުމަކީ އެކަށީގެންވާ ކެމެކެވެ.
3. ރިޓަޔަރމެންޓް
ސަރުކާރުން 65 އަހަރު ވުމުން އިނާޔަތްދެއެވެ. އެހެންނަމަވެސް، ހާލަތު ބަދަލުވެދާނެ ދުވަހެއް ތަޞައްވަރު ކުރާކަށް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ތަކެތީގެ އަގުބޮޑުވުމުން ލިބޭ އިނާޔަތުން ދެމީހުންނަށް ހަމަޖެހިގެން ދިރިއުޅުމުގެ ބާކީބައިގައި ނޫޅެވި ދަރިންނަށް ތިމާމެން ބަލަން އުނދަގޫވެދާނެއެވެ. މައިންބަފައިން ބެލުމަށް ދަރިންގެ މައްޗަށް ވާޖިބު ކަމަކަށްވިނަމަވެސް، ތަކެތީގެ ޚަރަދުތައް ބޮޑުވަމުން ދިއުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކަށް ބަލައި ތިމާމެންވެސް އަމިއްލަޔަށް މިކަމަށް ތައްޔާރުވުމަކީ މުހިންމުކެކެވެ. އެހެންކަމުން ރިޓަޔަމެންޓަށް ޕްލޭން ކުރެވިފައި ސޭވިންއެއް ނުވަތަ ލާރިލިބެނިވި އިންވެސްޓްމެންޓެއް ނުނީ އެފަދަ ޕްލޭން ކޮށްފައި ހުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
4. ދަރިން
ކައިވެންޏަކަށް އެންމެ އުފާވެރިކަން ގެނުވައިދެނީ ދެމަފިރިންގެ ދިރިއުޅުމަށް ދަރިން ލިބުމުންނެވެ. ބޭނުންވާ ކުދިންގެ އަދަދާއި ކުދިން ހޯދަން ބޭނުންވަނީ ކައިވެނީގެ ވަކި މުއްދަތެއްގެ ތެރޭގައި ކަން ނުވަތަ ކިޔަވަމުންދާނަމަ ކިޔަވައި ނިމެންދެން މަޑުކުރުމާއި ދަރިއަކު ލިބުމުން ދެން މެނޭޖު ކުރާނެ ގޮތްތައް ކުރީބައިގައި މަޝްވަރާ ކުރެވިފައި އޮންނަންވާނެއެވެ. އަދި ދެމަފިރިން ކުރެ މީހަކަށް ދަރިން ނުލިބޭނަމަ ހަދާނެ ގޮތަކާއިމެދުވެސް ކައިވެނީގެ ކުރިން ވާހަކަ ދެކެވިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.
5. އާދަތައް
ނިދުމުގެ އާދައާއި އާއްމުކޮށް ދުވަހުގެ ތާވަލު ހުންނަ ގޮތަކީ ދެމީހުންގެ ދިރިއުޅުމަށް އެކަކު އަނެކެއްގެ ފަރާތުން އަސަރު ކުރުވާނެ ކަންކަމެވެ. ރައްޓެހިންނާއިއެކު ގިނަވަތު ރޭގަނޑު އުޅުމުގެ އާދަ ހުންނަ މީހުން ވަރަށް ސާފުކޮށް އޭނާގެ އެއާދަ ހުންނަ ކަން ބުނެދޭންވާނެއެވެ. ވަޒީފާގައި ހަފްތާގެ ހުރިހާ ދުވަހަކު ބުރަކޮށް އުޅެފައި ލިބޭ ހުކުރު ދުވަހު ގިނައިރު ނިދުމަކީ އަންހެން ކުއްޖާގެ އާދައެއްނަމަ އެކަންވެސް ކިޔައިދޭށެވެ. އަދި ބައެއް ކަންކަމުގައި 'ކޮމްޕްރޮމައިޒް' ކޮށް ދެޖިންސުގެ ތަފާތު ދެމީހަކު އެކުގައި އުޅުމުގައި ވިސްނުމާއި އާދަތަކުގެ ތަފާތު ހުރުމުން ދިމާވެދާނެ ކަންކަމާއިމެދު ވާހަކަ ދައްކާށެވެ.
6. 'ޗީޓިން' ކަމަށް ބަލާގޮތް
އެކި މީހުން ޗީޓިން ނުވަތަ ބޭވަފާތެރިވުން މާނަ ކުރާނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެހެން ޖިންސެއްގެ މީހަކާއި މަޖާވެފައި ބޭކާރު ވާހަކަ ދެއްކުމަކީ އަދި މައްސަލައަކަށް ނުވިޔަސް އަނެއް ބަޔަކަށް މިއީ އިތުބާރު ކުރުމަށް އުނދަގޫވާކަމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ތިޔަ ދެމީހުންގެ ދެމެދުގައި ބޭވަފާތެރިވުން މާނަކުރާނެގޮތް ކުރީބައިގައި މަޝްވަރާކޮށްފައި އޮތުމުން ފަހުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވެވޭނެއެވެ.
7. މުސްތަޤުބަލު ދެކޭގޮތް
ކުރިއަށް އޮތް 5 އަހަރާއި ނުވަތަ 10 އަހަރު ބައިވެރިޔާގެ ތަޞައްވުރަކީ ކޮބައިތޯ ބަލާށެވެ. އޭނާ އުއްމީދުތަކާއި ތިމާގެ އުއްމީދުތައް ދިމާވުމަކީ ދިރިއުޅުމުގައި މައްސަލަތައް ޖެހުން ކުޑަކުރެވޭނެ ކަމެކެވެ. މިސާލަކަށް އެކަކު ބޭނުންވަނީ ވިޔަފާރިއެއް ފަށަން ކަމުން އެކަމަށް ވަގުތާއި ފައިސާ ޚަރަދުވާނެއެވެ. އަނެއް މީހާއަކީ ގޭގައި ހުންނަން ބޭނުންވާ އަދި ލިބޭ އެއްޗަކުން ހަމަޖެހިގެން އުޅެން ބޭނުންވާ މީހަކަށް ވެދާނެއެވެ. އެހެންކަމުން ވިޔަފާރިއަށް ބޭނުންވާ ފައިސާ އާމްދަނީގެ ތެރެއިން ބޭނުން ކުރެވުމުން ދިރިއުޅުމަށް އަސަރު ކުރާކަމަށް އަނެއް މީހާ ދެކި ދެމީހުން ދެބަސްވުން އެކަށީގެންވެއެވެ.
8. 'ޑީލް ބްރޭކާ'
ޑީލް ބްރޭކާ ނުވަތަ އެކަމެއް ދިމާވުމުން ދެމީހުންނަށް އެކަކު އަނެކަކާއިއެކު ނޫޅެވޭނެ ކަންކަން ކޮންމެ މީހެއްގެވެސް ވިސްނުމުގައި ހުންނާނެއެވެ. ބައެއްފަހަރު މިއީ އިތުބާރާއި ގުޅުން ހުރި ކަންކަމެވެ. އަނެއް ބައިފަހަރު މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުން ހުރި ކަންކަމެވެ. މިސާލަކަށް އެކަކު އެއީ ވަރަށް ތަރުތީބު މީހަކަށް ވެދާނެއެވެ. އަދި އަނެއް މީހާއަކީ ތަންކޮޅެއް އަވަސްއަރުވާލައިގެން އުޅޭ ކަންކަމާއި އެހާވަރަށް ވިސްނާ މީހަކަށް ނުވެދާނެއެވެ. މިހެންވެ ގޭތެރޭގައިވެސް ދެމީހުން ކަންތައްތައް ތަރުތީބުކޮށްފައި ހުންނަން ބޭނުންވާގޮތް ތަފާތުގެ ދެބަސްވުންތައް ކުރިމަތިވެދާނެއެވެ.
9. މައިންބަފައިންނަށް އަޅާލުން
މަންމަ ބަލިވެއްޖެނަމަ ދުރުގައި އުޅޭއިރު އަނބިމީހާ އަދި ފިރިމީހާވެސް އެތަނަކަށް ދިއުމާއި، ދާއިމީކޮށް މަންމައާއި ބައްޕަ ބަލަންވެއްޖެނަމަ ދިރިއުޅުން ރާވާނެ ގޮތުގެ ޕްލޭންއެއް ހެދިފައި އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. ކައިވެނީގެ ފަހުން މިއިން ކަމެއް ދިމާވެ ކުއްލިޔަކަށް ރަށަށް ބަދަލުވުމަށް ނިންމުމުން ދެމީހުންގެ ތެރޭގައި ދެބަސްވެ ޚިޔާލު ތަފާތުވުންތަކެއް އުފެދިދާނެއެވެ. މީގެ އިތުރުން ކޮންމެ މަހަކުވެސް މައިންބަފައިންނަށް ޚަރަދު ކުރާގޮތުގެ މައުލޫމާތަކީވެސް ދެފަރާތުގައި ހިއްސާކުރެވެންޖެހޭ މުހިންމު މައުލޫމާތުތަކެކެވެ.
10. އުޅޭނެ ތަން
ކައިވެންޏަށްފަހު އެކުގައި އުޅޭނެތަނަކާއިމެދު ވާހަކަ ދެކެވިފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އުޅޭނީ މާލޭގައިތޯ ނުވަތަ ރަށުގައިތޯ އަދި އާއިލާއާއި އެކުގައިތޯއާއި ނުވަތަ ވަކިންތޯ މަޝްވަރާ ކުރެވިފައި އޮންނަންވާނެއެވެ. އަދި ވަޒީފާ ރީލޮކޭޓްވެއްޖެނަމަ ދެން ދެމީހުން ދެތަނުގައި އުޅޭނީތޯ ނުވަތަ އެއްތަނަކަށް ބަދަލުވާނީތޯވެސް މަޝްވަރާ ކުރަންވާނެއެވެ.
11. އެކުގައި ހޭދަކުރަން ބޭނުންވާ ވަގުތު
ބައެއް މީހުންނަކީ އެކަނި ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާނެ ބައެކެވެ. ބައެއް މީހުންނަށް އެއީ ރައްޓެހިންނާއިއެކު ކޮފީގައި ހޭދަކުރާ ވަގުތަށް ވެދާނެއެވެ. އަނެއްބަޔަކަށް އެއީ ކޮޓަރީގައި އެކަނި އެހެންމީހެއްގެ ކަމަކަށް ފޯކަސްނުކޮށް ފޮތެއް ކިޔާލަން ބޭނުންވާ ވަގުތުކޮޅަކަށްވެދާނެއެވެ. އެހެންކަމުން ދެމީހުންގެ މިޒާޖު ރަނގަޅަށް އޮޅުން ފިލުވުމަކީ މުހިންމުކަމެކެވެ.
12. ރައްޓެހިން
ކައިވެންޏަށްފަހު އެންމެ މުހިންމުވާނީ ބައިވެރިޔާއެވެ. ނަމަވެސް ރައްޓެހިން ގެންގުޅުމާއި އެމީހުންނާއިއެކު ވަގުތު ހޭދަކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ވަކިކަހަލަ ރައްޓެހިން ގެންގުޅުމަކީ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރުވަފާނެ ކަމެކެވެ. ބައެއް މީހުންނަށް ދެޖިންސުގެ އެކުވެރިންނަކީ މައްސަލައަކަށް ނުވެދާނެއެވެ. އަނެއްބަޔަކަށް މިއީ އެހައި ޤަބޫލުކުރަން ފަސޭހަކަމަކަށް ނުވެދާނެއެވެ. މީގެ އިތުރުން ރައްޓެހިންގެ ތެރޭގައިވެސް އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން އެމީހުންނާއިމެދު ބައިވެރިޔާ ހިތްހަމަ ނުޖެހިދާނެއެވެ. މިހުރިހާ ކަމަކީވެސް ކާމިޔާބު ކައިވެންޏަކަށް މަޝްވަރާ ކުރުން މުހިންމު ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު