ކޮންމެ ރެއަކުވެސް ނިދަން އަރަނީ މިރޭ ފަތިހު އަވަހަށް ހޭލާން އަޒުމް ކަނޑައަޅައިގެން ގަޑިވެސް އެލާމަށް ލުމަށްފަހުއެވެ. ނަމަވެސް ގިނަފަހަރު އެލާމްވުމުންވެސް ސްނޫޒަށްލުމަށްފަހު ނުތެދުވެ ނިދީގައި މާލަސްވަންދެން ކަންނެތްކަމާއެކު އޮވެވެނީއެވެ. ދެން ނިދެނީއެވެ. ފަހުން ހޭލެވޭ އިރު އޮންނަނީ މާބޮޑަށް ލަސްވެފައެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާގޮތެވެ. އެތައް މަސައްކަތެއް ކޮށްގެންވެސް ފަތިހު ހޭނުލެވި ނިދަން އޮތުމަކީ ތިމާ ބޭނުންވާ ލަނޑުދަނޑިއަށް ވާސިލްވުމަށް އޮތް ހުރަހެކެވެ. އަދި ފަތިހަށް ހޭނުލެވޭނަމަ ފަތިސްނަމާދު ވަގުތުން އަދާނުކުރެވި، މިހާގެ ގައިގައި އިތުރަށް ކަންނެކަން ވެރިވެގަތުމަށް މަގުފަހިވެއެވެ.
ފަތިހަށް ހޭލުމުގެ އެންމެ ބޮޑު އުއްމީދަކަށް ވެގެންދާނީ ފަތިސްނަމާދު ޖަމަޢަތުގައި ކުރުމެވެ. އެއަށްފަހު ކީރިތި ޤުރުއާން ކިޔެވުމެވެ. އޭގެފަހުން ކަސްރަތު ކޮށްލުމެވެ. ނުވަތަ ދުވަންދިޔުމެވެ. އޭގެފަހުން ތިމަންނައަކީ ރަސްމީ ވަޒީފާއެއްގައި ނުވަތަ އެނޫން ވަޒީފާއެއްގައި އުޅޭމީހެއްނަމަ ވަޒީފާއަށް ދިޔުމަށް ތައްޔާރުވާނީ އެވެ.
އެހެންކަމުން މިލިޔުމުގައި ދެން މިބަލާލަނީ އަވަހަށް ހޭލުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މިފަހަރު ނިކަން ތަޖުރިބާކޮށްލައި މިއާދަ ހަރުލެއްވޭތޯ މަސައްކަތްކޮށްލަމާ ހިނގާށެވެ.
1. ފަތިހާ ހޭލަން ބޭނުންވާ ސަބަބު؛
ފަތިސް ވަގުތުގައި ކުރުމަށް ބޭނުންވާ ކަމެއް ނުވަތަ ހޭލަންޖެހޭ ސަބަބު އަބަދުވެސް ތިމާގެ ސިކުނޑީގައި އެބުރޭނަމަ ނުވަތަ އަބަދުވެސް ހަނދާނުގައި ބެހެއްޓިއްޖެނަމަ، ތިމާގެ ސިކުނޑިވެސް އެއީ ތެދުވަންވީ ވަގުތުކަމުގައި ސިގުނަލް އަޅާނެއެވެ. ނަމަވެސް ތިމާގެ ހަނދާނުގައި ފަތިހަށްހޭލަންޖޭވަގުތަކީ ކޮބައިކަން ނޭގޭނަމަ ފަތިސް ނަމާދުގެ ވަގުތަކީ ކޮބައިކަން ނޭނގޭނަމަ އެވަގުތު އެއީ ނިދާވަގުތު ކަމުގައި ސިނކުޑިއަށް ނަގައިގަނެވި ގިނައިރު ނުތެދުވެ އޮވެވޭގޮތް ދިމާވެއެވެ. އަދި މިއީ އެތަކެއް ދުވަހެއް ވަންދެން ހަރުލާފައިވާ އާދައަކަށް ވުމުން މިބަދަލު ކުރަން ވަގުތު ބޭނުންވާނެއެވެ. އެކަށޭނެ ގޮތަކަށް ޢަމަލު ކުރެވޭ ނަމަ މިއީ ނުހަނު ފަސޭހަ ކަމަކެވެ.
އެހެންކަމުން މިއާދަ ހަރުލެއްވުމަށް އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމުގައި ކަނޑައަޅައި ނަމާދުގެ ވަގުތު ދެނެގަނެ، ފަތިހަށް ހޭލުމުގެ މައިގަނޑު ސަބަބަކީ ނަމާދު ކުރުންކަމާއި އޭގެފަހަށް އެހެނިހެން ކަންތައް ތަރުތީބު ކޮށް ވަގުތުތަކަށް ބަހާލައިގެން ދުވަހުގެ ތާވަލެއް ްތައްޔާރުކުރާށެވެ. ދެން އެތާވަލާ އެއްގޮތަށް މަސައްކަތް ކުރާށެވެ. ގިނަފަހަރު ވާގޮތަކީ ނަމާދު ކުރަން ހޭލަން އަޒުމް ކަނޑައަޅައިގެން އޮތްނަމަވެސް، ލަހުން ހޭލެވުމުން ނަމާދު ކޮށްލެވޭތީ އެއީ އެހައި މުހިންމު ކަމަކަށް ނުވުމެވެ. އެހެންކަމުން ފަތިސްވަގުތުގައި ނަމާދު ކުރުމުގެ މުހިންމު ކަމާއި ނިދާފައި އޮތުމުގެ ނުބައިކަމުގެ މައުލޫމާތު ހޯދައި އަމިއްލަ ނަފްސް އެކަމަށް ޝައުޤުވެރި ކުރުވުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ނިކަން ވަރުގަދައަކަށް ހިތުގައި އަޒުމް ވަރުގަދަކޮށްގެން މިކަމާއި ކުރިމަތި ލުމުން އިންޝާ ﷲ މިއާދަ ހަރުލާފާނެއެވެ.
2. ފަތިސް ގަޑީގައި ތިމާހޭލައި ކުރާނެ ކަންތައްތައް
ތިމާ ކުރާނެ ކަންކަމުގެ ތާވަލެއް ނުވަތަ މޯނިން ރޫޓިންއެއް އެކުލެވޭނަމަ އެކަންކަން ކުރުމަށް ފަސޭހަވެގެންދާނެއެވެ. އެހެންކަމުން ވަރަށް ތަފްސީލްކޮށް، ތެދުވެ ފެން ބުއިމާއި، ފާޚާނާއަށްވަދެ ދަތް އުނގުޅުމާއި ވުޟޫކޮށް ހެދުން ބަދަލު ކުރުމުން ފެށިގެން ނަމާދުކޮށްގެން ސައިބުއިމާއި ގޭތެރޭގެ މަސައްކަތްތައް މިހެންގޮސް ކިތައްމެ ކުޑަކަމެއްނަމަވެސް ދޫކޮށްނުލައި ތަފްސީލްކޮށް ޕްލޭންއެއް ހަދާށެވެ. އަދި ވަގުތުތަކަށް ބަހާށެވެ. އޭރުން މިކަންކަން ކުރުމަށް ޝައުޤުވެރިކަން އުފެދި، އަދި ކުރާނެ ކަންކަމުގެ ތާވަލު ފެނުމުން ދުވަހުގެ ކަންކަން ތަރުތީބުވެފައި ހުންނާނެއެވެ.
3. ކުއްލިޔަކަށް މާބައިވަރު ބަދަލުނުގެނައުން؛
މިހާރު ތެދުވެވެނީ 6 ޖަހާއިރު ކަމަށްވާނަމަ، އެންމެ ފުރަތަމަވެސް 4:30 ހޭލަން މަސައްކަތް ކުރުމުން އެކަން ކުރަން ތަންކޮޅެއް އުނދަގޫވެދާނެއެވެ. އެހެންކަމުން، އެންމެ ފުރަތަމަވެސް ބަލަންވީ އާދަކޮށް ހޭލާ ވަގުތަށް ވުރެ 30 ނޫނީ 15 މިނިޓް އަވަހަށް ހޭލުމަށެވެ. އަދި އެކަމަށް އާދަވުމުން އަނެއް 15 މިނެޓު އިތުރުކޮށްލާށެވެ. އަދި މަޑުމަޑުން ބޭނުންވާ ވަގުތާއި ހަމައަށް ވާސިލްވަންދެން މިހެން އިތުރުކުރަމުން ގެންދާށެވެ.
4. ސޯނާގަޑި އެނދާއި ދުރުގައި ބެހެއްޓުން؛
ފޯނުން އެލާމް ކުރުން ދޫކޮށްލައި ފޯނުވެސް ނިދާ އެނދާއި ދުރުގައި ބަހައްޓާށެވެ. އަދި ސޯނާ ގަޑި އެނދާއި ދުރުގައި ބަހައްޓާށެވެ. އޭރުން ސްނޫޒް ކުރުމުގެ އާދަ ކެނޑިދާނެއެވެ. އެލާމްވުމުން އެނދުން ތެދުވެ އަޑު ކަނޑުވަން މާދުރަށް ދާން ޖެހުމުން ނިދިފިލާގޮތްވާނެއެވެ. ކޮންމެއަކަސް ތިމާގެ ފުރަތަމަ ދުވަހުގެ ލަނޑުދަނޑި ހާސިލްވީއެވެ. އެއީ އެނދުން ތެދުވުމެވެ. އަދި އެހާދުރަށް ހިނގުމުން މިހާރު ހުންނާނީ މީހާއަށް ރަނގަޅަށް ހޭލެވިފައެވެ.
5. އަވަހަށް ނިދަން އާދަކުރުން؛
ދޮޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އިންސާނާއަށް ދުވަހެެއްގައި 8 އިރުގެ ނިދި ބޭނުންވެއެވެ. އެހެން ނަމަވެސް މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅުމުގައި ބުރަކޮށް އުޅޭ ގިނަމީހުންނަކީ 8 އިރުގެ ހަމަނިދި ލިބޭ ބައެއްނޫނެވެ. ގިނަފަހަރު ނިދޭނީ 5 ގަޑި އިރެވެ. އެހެންކަމުން ފަތިހު 4:30 ހޭލުމަށް އަޒުމުކަޑައަޅައިގެން ހުންނަ މީހަކު އެންމެ ލަސްވެގެން ރޭގަނޑު 10 ޖަހާއިރު ނިދަން މަސައްކަތް ކުރުމަކީ އެންމެ އެދޭވޭ ވަގުތެވެ. އަދި ސްކޫލް ކިޔަވާ ކުއްޖެ ނަމަ އެންމެ ލަސްވެގެން 9 ޖަހާއިރު ނިދުމަކީ އެންމެ ރަގަޅުވަގުތެވެ. 10 އަހަރުން ދަށުގެ ކުއްޖެނަމަ 8 ޖަހާއިރު ނިދުން އެދެވިގެންވެއެވެ.
6. އާދައިގެ ފެނުން ފެންވެރުން/ ހޫނުފެން ބޭނުން ނުކުރުން؛
އެންމެ އަވަހަށް މީހާގެ ސިކުނޑިއާއި ހަށިގަނޑު ހޭލައްވާލާނެ ގޮތަކީ 30 ސިކުންތުވަންދެން އެވަގުތުގައި އެލިބޭ ފިނި ފެނުން ހަށިގަނޑު ތެއްމާލުމެވެ. ދެން އެއަށްފަހު ހޫނުފެންފޮދަކުން ހަށިގަނޑު ދޮވެލައި ފެންވަރާއި ނިމިގެންވެސް ފިނިފެނުން ގަޔަށް ފެންއަޅާށެވެ. އެއްވެސްގޮތަކަށް ހޫނު ފެން ބޭނުން ނުކުރުމަކީވެސް، ތިމާއަށް ކުރެވެންޏާ އެންމެ ރަނގަޅު ގޮތެވެ. ހަށިގަނޑަށް ފިނިކަން ލިބުމުން ހަށިގަނޑު ތާޒާވެ ސިކުނޑި ހޭލުމަށް އެހީތެރިވެދޭނެކަމެކެވެ.
7. ތިން ހަފްތާގެ މުއްދަތަށް މަސައްކަތްކުރުން؛
އެއް ދުވަހު ނުވަތަ ދެ ދުވަހަކު މިހެން ތެދުވުމަކީ ނުލާހިކު ފަސޭހަކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް، އޭގެފަހުން އެކަން ޤަވައިދުން ނުކުރެވޭނަމަ އަނެއްކާވެސް ކުރީގެ ގޮތަށް އިއާދަވެދާނެއެވެ. އަހަރުމެންގެ އިންސާނުންނަށް އާ ކަމެއްގެ އާދަހިފުމަށް 21 ދުވަސްނަގައެވެ. އެހެންކަމުން ފަތިހާ ހޭލުމަށް އަޒުމް ކަނޑައަޅާއިގެން ކުރިއަށްއޮތް 3 ހަފްތާގައި ވަރުގަދައަށް މަސައްކަތްކޮށްލާ އަމިއްލަ ނަފްސަށް 'ޗެލެންޖު' ކޮށްލާށެވެ. އިންޝާ ﷲ މިފަހަރު ނަތީޖާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު