ދުޅަހެޔޮ ޞިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައިދޭ ކާނާ ކެއުމާއި ކަސްތަރު ކުރުމަކީ މުހިންމު ކަމެކެވެ. ކާނާގެ ބާވަތްތަކުގައި ހަށިގަނޑަށް ބޭނުންވާ އެކިއެކި ނިއުޓްރިއަންޓްސް ހިމެނެއެވެ.

މޭވާއާއި ތަރުކާރީގެ އެކި ބާވަތްތަކުން ހަށިގަނޑަށް އެކި މާއްދާތައް ފޯރުވައިދޭއިރު ބައެއް މޭވާއާއި ތަރުކާރީއިން ވަކި ގުނަވަންތަކަށް ބޭނުންވާ މާއްދާތައް ލިއްބައިދޭ ބާވަތްތަކެވެ. އަދި ހަމައެހެންމެ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންސް އެކި ބާވަތްތަކުން ލިބެހުންނަނީ އެކި މިންވަރަށެވެ. ތިރީގައި މިވަނީ ހިތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް އަޅުގަނޑުމެން ކެއުމުގައި ހިމަނަން މުހިއްމު 5 ބާވަތެކެވެ.

1. އެވަކާޑޯ؛



މޭވާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ފެހި ކުލައާއި މުށިކުލައިގެ ބޭރު ތޮށި ހުންނަ އެތެރޭގައި ބޮޑު މަދެއް އޮންނަ މިމޭވާގައި ކާނީ ފުށްކޮށްހުންނަ ހުދުބައެވެ. މިއީ މޮނޮސެޗުރޭޓެޑް ފެޓްސް އެކުލެވޭ މޭވާއެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް މަދުކުރުމަށް އެހީތެރިވެ ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދެއެވެ. އަދި ހަމައެހެންމެ މޮނޮސެޗުރޭޑެޓް ފެޓްގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްކުރުމަށް އެހީތެރިވެދީ، ސިކުނޑީގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން މިއީ ޕޮޓޭސިއަމް އާއި ވިޓަމިން އީ އަދި ފައިބާ ލިއްބައިދޭ ބާވަތެއްވެސް މެއެވެ.

2. އެކި ބާވަތުގެ ނަޓްސްއާއި އޮށް؛



އަލްމަންޑް، ވޯލް ނަޓް، ޗިއާ ސީޑްސް ފްލެކްސް ސީޑް އަދި ހެމް ސީޑްއަކީ މީގެތެރޭގައި ހިމެނޭ ބައެއް ބާވަތްތަކެވެ. މިހުރިހާ ބާވަތްތަކުންވެސް ޞިއްޙަތަށްފައިދާހުރި ފެޓީ އެސިޑްސް ފޯރުކޮށްދެއެވެ. ވަކިން ޚާއްސަކޮށް އޮމެގާ-3 ފެޓީ އެސިޑް ހިމެނެއެވެ. މިއީ ސިކުނޑީގެ ލޭދައުރުވުން އިތުރުކޮށް، ވިސްނުމާއި ހަނދާން ވަރުގަދަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި މިއީ ހިތުގެ ހޮޅިތަކުގައި ޕްލޭކް އުފެދުމުން ސަލާމަތްކޮށްދީ ޓްރިގްލައިސެރައިޑްސް ކިޔާ ޕްލޭކް އިތުރުވާ ލޭގެތެރޭގައި ދައުރުވާ ފެޓްސްގެ ބާވަތެއް މަދުކޮށްދީ ހިތުގެ އާއްމު ޞިއްޙަތު ރަނގަޅުކޮށްދޭ ބާވަތެކެވެ.

3. ކުކުޅު ބިސް؛



ކުކުޅު ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނެއެވެ. އަދި ހަށިގަނޑަށް ފައިދާހުރި އޮމެގާ 3 ފެޓީ އެސިޑްސްވެސް ކުކުޅު ބިހުން ލިއްބައިދެއެވެ. ކުކުޅު ބިހުގެ ގޮބޮޅީގައި ހިމެނޭ ކޮލައިން ކިޔާ މާއްދާއިން އިންފްލެމޭޝަން ދަށްކޮށްދީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ކެެއުމުގައި ދުވާލަކު 1 ބިސް ހިމެނުމަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެއްކަމުގައި އެމެރިކަން ހާޓް އެސޯސިއޭޝަންއިން މައުލޫމާތުދެއެވެ.

4. ޑެއިރީ ޕްރޮޑަކްތައް؛



ޑެއިރީ ޕްރޮޑަކްޓްތަކުގެ ތެރޭގައި ކިރާއި ކިރުން ތައްޔާރު ކޮށްފައިހުންނަ އެކިބާތުގެ ޔޯގަޓާއި ޗީޒް ހިމެނެއެވެ. މިއީ ކެލްސިއަމްގެ އިތުރުން ޞިއްޙަތަށްފައިދާހުރި ފެޓްސްގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ. ހަށިގަނޑަށް އެކަށީގެންވާ މިންވަރަކަށް މިބާވަތްތައް ކޮންމެ ދުވަހަކުވެސް ބޭނުންކުރުމަކީ ސިކުނޑިއާއި ހިތުގެ ޞިއްހަތު ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން ވިސްނުމާއި ހަނދާން ކުރުމުގެ ބާރު ވަރުގަދަކޮށްދެއެވެ. އަދި ހޯލް މިލްކްފަދަ އެހެން މާއްދާތައް އެކުނުލެވޭ ކިރުގެ ބާވަތްތައް ބޭނުން ކުރުމަކީ ބޮޑެތި މީހުންގެ ތެރޭގައި ހިތުގެ ބަލިތައް %22 މަދުކޮށްދޭ ކަމެއްކަމުގައި ހާވާޑް ހެލްތް ޕަބްލިޝިންގައި ރިޕޯޓް ކޮށްފައިވެއެވެ.

5. މަސް؛



ސޭމަން، މެކުނު އަދި ކަނޑުމަސް ފަދަ މަހުގައި އޮމެގާ 3 ފެޓީ އެސިޑް ގިނަ އަދަދަކަށް ހިމެނެއެވެ. ބުނެވިދިޔަގޮތަށް މިއީ ހިތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ނުހަނު މުހިންމު ރޯލެއް އަދާކުރާ ބާވަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން