ދުވާލުގެ މެންދުރު ވަގުތުގައި ނިދާލުމަކީ ސިކުނޑީގެ ދުޅަހެޔޮ ކަމަށް މުހިއްމު ކަމެއްކަމުގައި އަލަށް ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.
އެހެންކަމުން ކުރީގެ ދިރާސާތަކުން ދުވާލު ގަޑީގައި ނިދުމަކީ ގެއްލުން ހުރި ކަމެއް ކަމުގައި ބުނެފައި ފަހުގެ ދިރާސާއަކުން މިހެން ބުނުމަކީ ހައިރާން ކުރުވާ ކަމެކެވެ.
ފަހުގެ މިދިރާސާއިން ދައްކާގޮތުގައި ދުވާލުގަޑީގައި އާދަކޮށް ނިދާ މީހުންގެ ސިކުނޑީގެ ސައިޒު ބޮޑުވެފައި އެމީހުން ޑިމެންޝިއަރ ފަދަ ހަނދާންނެތޭ ބަލިތަކާއި ސިކުނޑީގެ އެހެން ބަލިތައް ޖެހުމުގެ ފުރުސަތު ކުޑައެވެ. މިއީ ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫ.ސީ.އެލް) އާއި ޔުނިވަރސިޓީ އޮފް ދަ ރިޕަބްލިކް އޮފް އުރުގުއޭއިން ކޮށްފައިވާ ދިރާސާއެކެވެ.
ދުވާލު ގަޑީގައި ނިދާ މީހުންނާއި ނުނިދާ މީހުންގެ ސިކުނޑިއަށް ދުވަސްވުމުން އަންނަ ބަދަލުތަކަށް ބަލާއިރު މިދެ ގުރޫޕުގެ މީހުންގެ ސިކުނޑީގައި 2.5 އާއި 6.5 އަހަރުގެ ތަފާތެއް އެވަރެޖުކޮށްހުރެއެވެ. ނިދާ މީހުންގެ ސިކުނޑިތައް އަނެއް ގްރޫޕް މީހުންނަށްވުރެ ޒުވާން ވެފައި މަސައްކަތްތައް އަވަސްކަމުގައި މިދިރާސާގައިވަނީ ދެނެގަނެވިފައެވެ.
"އަހަރުމެންގެ ހޯދުންތަކުން އެނގޭ ގޮތުގައި ދުވާލު ގަޑީގައި ކުޑަވަގުތުކޮޅަކަށް ކޮންމެ ދުވަހަކުވެސް ނިދާލުމަކީ އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑީގެ ޞިއްޙަތު ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް" -ޔޫސީއެލްގެ ސީނިއަރ ރިސާރޗަރ ވިކްޓޯރިއަރ ގާފީލްޑް ވިދާޅުވެފައިވެއެވެ.
މިދިރާސާ ކުރެވިފައިވަނީ އަމިއްލަޔަށް ނިދި ހަމަކުރާގޮތުގެ ތާވަލު މީހުން އަތުން ހޯދައިގެންނެވެ. ނަމަވެސް، މީގެ ހޯދުންތަކަކީ ސިކުނޑީގެ ޞިއްޙަތު ދިރާސާކުރުމުގައި މުހިންމު މައުލޫމާތު ތަކެއް ލިއްބައިދިން އެއްޗެއް ކަމަށާއި މިދިރާސާ ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމުގެ ގެރެންޓީ އޮތްކަމަށް އިސްކޮށް ހަރަކާތްތެރިވާ ވެލަންޓިނާ ޕޭޒް ވަނީ ވިދާޅުވެފައެވެ.
ޖާނަލް އޮފް ހެލްތުގައި ޕްބްލިޝް ކުރެވިފައިވާ ދިރާސާއެއްގައި މެންޑެލިއަން ރެންޑަމައިޒޭޝަން ޓެކްނިކް ބޭނުންކޮށްގެން ޔޫކޭގައި ދިރިއުޅޭ40 އާއި 69 އަހަރާއި ދެމެދުގެ 35،080 މީހުންގެ ޑީއެންއޭ ސާމްޕަލް އާއި ސިކުނޑީގެ ސްކޭންކޮށް 2006 އަކާއި 2010 އަކާއި ހަމައަށް އައި ބަދަލުތައް ދިރާސާކުރެވުނެވެ.
މެންޑެލިއަން ރެންޑަމައިޒޭޝަންއަކީ ޖެނެޓިކްސް ބޭނުންކޮށްގެން ވަކިކަމަކުން އެމީހަކަށް އައިސްދާނެ ބަދަލެއް ދިރާސާކުރުމަށް ކުރެވޭ ތަހުލީލުތަކެކެވެ.
މިދިރާސާގައި ރިސާޗަރުންވަނީ ޖެނެޓިކް ކޯޑުތައް ބަލައި އާއްމުކޮށް ދުވާލު ނިދާ މީހުންނާއި ބާކީ ތިބި މީހުންގެ ޖެނެޓިކް ކޯޑުތައް އަޅާކިޔައި ސިކުނޑީގެ ހާލަތު ދިރާސާކޮށްފައެވެ. މިދިރާސާގައި ދުވާލު ގަޑީގައި ނިދުމުގެ ފައިދާތައް ހޯދިފައިވީނަމަވެސް ނިދަން ކަނޑައެޅިފައިވާ މިންވަރެއް އެނގޭކަށް ނެތެވެ.
މާގިނައިން ނިދުމަކީ ހަނދާންނެތޭ ބަލި ޖެހުމުގެ ފުރުސަތު %40 އިތުރުވާ ކަމެއްކަމުގައި ޖާނަލް އޮފް އަލްޒައިމިއާ އެންޑް ޑިމެންޝަރ ގައި މާރޗް 2022 ގައި ޕަބްލިޝްކޮށްފައިވެއެވެ. އަދި ދުވާލު ގަޑީގައި ނިދާނަމަ 20 -30 މިނެޓަށްވުރެ އިތުރަށް ނިދަން އޮތުމަކީ ރަނގަޅު ކަމެއް ނޫންކަމުގައިވެސް ރިޕޯޓްތަކުން ބުނެއެވެ. އެހެންކަމުން އާދަކޮށް ދުވާލު ގަޑީގައި ނިދަން ބޭނުންނަމަ، މިކަމަށް ފަރުވާތެރިވެ ދުވާލުގެ ވަކިވަގުތެއް ނިދުމަށް ކަނޑައަޅާށެވެ.

ކިޔުންތެރިންގެ ހިޔާލު