އުމުރުން ދުވަސްވީ މީހުން އަބަދުވެސް ފަތިހާ ތެދުވެއެވެ. އެންމެނަށްވުރެ އަވަހަށް ހޭލައިގެން އެމީހުން ދުވަހުގެ މަސައްކަތްތައް ނިންމައެވެ. އެހެންނަމަވެސް ރިޕޯޓްތަކުން ދައްކާގޮތުގައި މިކަމަކީ އެއްގޮތަކަށްވެސް އާދަވެފައިހުރުމުން ވާކަމެއް ނޫނެވެ.

އާއްމުކޮށް އުމުރުން ދުވަސްވީ މީހުންނަށް އަވަހަށް ހޭލެވެނީ ދާއިމީ ބައްޔެއްގެ ސަބަބުން ހަށިގަނޑުގައި ވޭން އަޅާތީ ނުވަތަ ކުޑަކަމު ދިއުމަށް ތެދުވެފައި ދެން ނިދަން އުނދަގޫވާތީ ކަމަށް ގިނަ މާހިރުން ވިދާޅުވެއެވެ. އެގޮތުން އުމުރުން ދުވަސްވުމުން އަވަހަށް ހޭލައި އުޅޭ ސަބަބުތައް ދެނެގަތުމަށް ޓެޒް ބަޒްއިން ކުރެވުނު ސާވޭގެރިޕޯޓްގައިވަނީ ދެތިން ކަމެއްް ފާހަގަ ކޮށްފައެވެ. ތިރީގައި މިހިމަނާލަނީ ޓެޒް ބަޒްއިން އާއްމުކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ކަންތަކަށެވެ.

1. ސިކުނޑިއަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން؛

އުމުރުން ދުވަސްވާ ވަރަކަށް ނިންޖާއި ހޭލެވޭ ވަގުތަށް ބަދަލުތަކެއް އާދެއެވެ. މީގެ އެއް ސަބަބަކަށްވަނީ އުމުރުން ދޮށި ވާވަރަކަށް ސިކުނޑީގެ މަސައްކަތްތައް ލަސްވުމެވެ. އެހެންކަމުން އިރު އެރުމާއި އިރުގެ އައްޔަށް އަންނަ 'ރެސްޕޯންސް' ތަފާތުވެއެވެ. އަދި ކަންކަން ހަނދާންނެތި ބައެއް ފަހަރު ދުވާލުގެ ވަގުތުގައި ހުރެވޭ ތަންވެސް ހަނދާންނެތޭ ގޮތް ދިމާވެއެވެ.

2. ވަގުތު ހިނގައިދާ ގޮތް ނޭނގުން؛

ދުވަސްވާވަރަކަށް ހިއްސުތަކުގެ އިހުސާސްކުރުން އުމުރުން ދޮށިވާވަރަކަށް ދަށްވަމުން ދެއެވެ. މިކަމުގެ ސަބަބުން ދުވަހުގެ ވަގުތު ހިނގާ ގޮތް އިހުސާސް ނުކުރެވެއެވެ. އައްޔަކީ ވަގުތު ދެނެގަތުމަށް ބޭނުންވާ މުހިންމު އެއްޗެކެވެ. އެހެންނަމަވެސް، ވަށައިގެންވާ މާހައުލު އިހުސާސްކުރުމުގެ ބާރު ކެނޑުމުން ވަގުތު ހިނގާގޮތް ނޭނގެއެވެ.

3. ލޮލުގެ ފެނުން ދަށްވުން؛

ލޮލުގެ ފެނުމަށް އަސަރު ކުރުމަކީވެސް އުމުރުން ދުވަސްވާވަރަކަށް ދިމާވާ ކަމެކެވެ. ލޮލުގެ ފެނުން ދަށްވުމުން އަލިން ސިކުނޑިއަށް ލިއްބައިދޭ ސްޓިމިއުލައި އިތުރުވެ ސިކުނޑީ ހޭލައްވައި މަސައްކަތް ކުރުވައެވެ. އުމުރުން ދޮށީ މީހުންނަށް ދިމާވާ ކެޓަރެކްޓްސް، ލޯ ފުސްވުމާއި ލޮލުގެ ފެނުން ދަށްވުމަކީވެސް އަވަހަށް ހޭލުމަށް މެދުވެރިވާ ކަމެކެވެ. ދުވަސްވީ މައިންބަފައިންނަށް ރަނގަޅަށް ނިދި ނުލިބޭނަމަ ތިވޭނީ އަބަދު ވަރުބަލިވެ ރުޅިގަފަވެފައެވެ. އެހެންކަމުން މައިންބަފައިން އަވަހަށް ނިންދަން އިރުޝާދުދޭށެވެ. އަދި އައްޔަށް ހޭނުވުމަށް ހަވީރު ގަޑީގައި ބޭރަށް ގޮސް 30 ވަރަކަށް މިނެޓު ހިނގުމުގައި ނުވަތަ ބޭރުގައި މަޑުކޮށްލުމަށް ހޭދަކުރެވިދާނެއެވެ. ގަދަ އައްޔަށް ހޭނުވުމުން މެލަޓޯނަން އުފެއްދުން ލަސްކޮށްދީ ސްލީޕް ސައިކަލް ރެގިއުލޭޓް ކޮށްދެއެވެ.

މެލަޓޯނިންއަކީ އަލީގެ ސަބަބުން ހަށިގަނޑުގައި އުފައްދާ ހޯމޯންއެކެވެ. ވަށައިގެންވާ މާހައުލުގައި އަލިކަން މަޑުވުމުން ލޮލަށް ލިބޭ އަލި މަދުވެ، ސިކުނޑިއަށް ނިދަންވެއްޖެކަމުގެ ސިގްނަލް ފޮނުވައިދެއެވެ. އަދި މެލަތޯނިން ހަށިގަނޑުގައި އުފައްދައެވެ. އަދި ހަމަ މިގޮތަށް އަލިކަމަށް މީގެ އަނެއްކޮޅަށް ސިކުނޑި މަސައްކަތް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން