ދިރިއުޅުމުގައި ހިތާމަތައް ކުރިމަތި ވުމަކީ ދުނިޔަވީ ތަބީޢަތެވެ. އެކި މީހުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަންތައްތައް ދިމާވެއެވެ. އެގޮތުން ގަސްތުގައި ރުޅިއަރުވާ މީހުންނާއި ކުށަކާނުލައި ތިމާގެ ނަފްސުގެ ޤަދަރު ކުޑަކުރުމަށް މަސައްކަތްކުރާ މީހުންނާއި ތިމާއަށް ގެއްލުންދޭ މީހުންނާ ދިމާވެއެވެ. އެހެން މީހުންގެ ފަރާތުން ތިބާއަށް ދެރައާއި ހިތާމަ މެދުވެރިވުމުން އެކަން ހިތުގައި ބޭއްވުމަކީ އެކަމާއި ކުރިމަތި ނުލުމަށް ނަފްސާނީ ގޮތުން މީހާއަށް ނެގޭ ރައްކާތެރިވުމުގެ އައްޑަނައެކެވެ. އެހެން ނަމަވެސް، އެކަމާއި ކުރިމަތިލައި މާފު ކުރުމަކީ ހަށިގަނޑަށް މާބޮޑަށް ލުއިވެގެންދާނެ ކަމެއް ކަމުގައި ސައިކޮލޮޖިސްޓުން ބުނެއެވެ.
މާފު ކުރުމަކީ ހިތުގައި އަނެކާއާއި މެދު އުފެދިފައިވާ ހިތްހަމަ ނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން ދޫކޮށްލުމެވެ. އެއީ އެކަންކަން ހަނދާން ނައްތާލުމެވެ. މާފު ކުރުމުން ތިމާގެ ހިތުގައި މިދެންނެވި ނައްސި އިހުސާސްތައް ދުރުކޮށްދީ ތިމާގެ ސިކުނޑިއަށް ލުއިވެގެންދެއެވެ.
1. ސްޓްރެސް ކުޑަވުން:
މީހުންދެކެ އަންނަ ރުޅިއާއި ހިތްހަމަނުޖެހުންތައް ބޮލަށް ލައިގެން އުޅުމަކީ އަބަދުހެން ސްޓްރެސްވާން މެދުވެރިވާ ކަމެކެވެ. އަދި މީގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް އަސަރު ކުރެއެވެ. އަބަދު ރުޅިގަދަވެފައި ހުރުމާއި މީހުންނާއި ރަނގަޅަށް މުއާމަލާތު ނުކުރެވުމާއި ބޮލުގައި ރިއްސުން އަދި އެންޒައިޓީވެ ގައިގައި ރިއްސުމަކީވެސް މިކަމުގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ.
އެހެންކަމުން، މީހަކު ތިމާއާދޭތެރޭ ކިތަންމެ ދެރަކޮށް ކަންތައް ކުރިގަމުގައިވީނަމަވެސް ހިތް ހަލާސްކޮށް އެމީހަކަށް މާފު ކުރުމުން ތިމާގެ ސިކުނޑީގައި އެމިހަކާމެދު އެނބުރޭ ހުރިހާ ނައްސި އިހުސާސްތައް ބޭރުވެ މޫޑު ރަނގަޅުވެ އުފާވެރި ދިރިއުޅުމަށް މަގުފަހިވެގެންދާނެއެވެ.
2. މޫޑު ރަނގަޅުވުން؛
މީހެއްދެކެ ހިތްހަމަ ނުޖެހިފައި ހުރުމުން އަބަދުހެން ރުޅިއަތުވެފައި ރުންކުރުވެފައި ހުރެވެއެވެ. ދިމާވާ ކިތަންމެ ކުޑަ ކަމަކާއިވެސް މާބޮޑަށް ހަޅޭލައްވައި ކައިރީގައި އުޅޭ މީހުންނަށް އުނދަގޫކޮށް ގެއްލުންދެވެންފަށައެވެ. އެހެންކަމުން މާފު ކުރުމަކީ، ހިތަށް އުނދަގޫ ކުރުވާ އެކިއެކި ވިސްނުންތައް ދުރުކޮށްދީ މީހާއަށް ހަމަޖެހުން ލިއްބައިދޭނެކަމެކެވެ.
3. ހަމަޖެހިގެން ނިދުން؛
ރުޅި މަތީގައި ނިދަންއެރުމުން ބޮލަށް އެތައް ވިސްނުމެއް ޖަމާވެ ނިންޖަކާއި ނުވެއެވެ. ނިދެނީ މީހާ އެތައް ގޮތަކަށް އެތައް ކަމަކާއި ވިސްނައި ވިސްނައި އެންމެ ފަހުން ވަރުބަލިވެގެންނެވެ. އޭރު ގިނަފަރަށް ރޭގަނޑުގެ ބޮޑުބައި އޮންނަނީ ގޮސްފައެވެ. މާފު ކުރުމަކީ ހަށިގަނޑާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދީ މީހާ ރިލެކްސްވުމަށް އެހީތެރިވެދޭ ކަމެކެވެ. މާފޮކޮށް އެހެންކަންކަމަށް ވިސްނުން އަނބުރާލައި ދިރިއުޅުމުގެ ފައްސި ކަންކަމަށް ސަމާލުވުމުން ދިރިއުޅުމަށް އުފާވެރިކަން ލިބިގެންދާނެއެވެ.
4. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވުން؛
ނައްސި އިހުސާސްތައް ދޫކޮށްލައި ގޯސްކޮށް ކަންތައް ކުރި މީހާއާއި މެދުވެސް ހިތް ސާފު ކުރުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ އަމިއްލަ ނަފްސުދެކެ ލޯބިވެވޭނެއެވެ. މިއީ ދިރިއުޅުމުގައި މުހިންމު ކަމެކެވެ. އެހެން މީހަކަށް ކަމެއް ކޮށްދިނުމުގެ ކުރިން ތިމާގެ ނަފްސު އިސްލާހުކޮށް އެހެން މީހުންނާއިމެދު ހިތް ބުރަ ނުކުރުމުން ހިތަށް ހަމަޖެހުން ލިބި ރަނގަޅު ދިރިއުޅުމެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު