ތިލަފުށީގައި ހުންނަ ސެކިއަރ ބޭގް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު. (ފޮޓޯ: އެމްއެންޑީއެފް)
ތިލަފުށީގައި ހުންނަ ސެކިއަރ ބޭގް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު. (ފޮޓޯ: އެމްއެންޑީއެފް)
ތިލަފުށީގައި ހުންނަ ސެކިއަރ ބޭގް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ ނަމަވެސް ދޭތެރެ ދޭތެރެއިން ހުޅު ރޯވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޭ ރޯވި އަލިފާނުގެ ހަދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ތިލަފުށީ ފަޔާ ސްޓޭޝަންގެ ސިފައިން އަދިވެސް ފެންޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި މިހާރު ފެންޖަހަމުން ދަނީ، ހޫނުގެ ސަބަބުން ދޭތެރެ ދޭތެރެއިން ހުޅުގެ އަސަރު ކުރާތީ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ރޭ އިރާކޮޅު އެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލާފައިވަނީ 12:30 ހާއިރު އެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ ރޭ 8:24 ގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ތިލަފުށީގައި ތިބޭ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރޯވި އަލިފާން ނިއްވާލުމަށް މާލެއިންވެސް ޓީމެއް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. ސެކިއަރ ބޭގް ގުދަނުގައި އަލިފާން ރޯވާން ދިމާވި ސަބަބާއި، އަދި މިހާދިސާގައި ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއްވެސް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން