ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިޙަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑަކީ އެއަރމޯލްޑިވްސް ބަނގުރޫޓުވުމުން އުފެދުނު ރާއްޖޭގެ 3 ވަނަ ޤައުމީ އެއަރލައިނެވެ. މި އެއަރލައިނަށް 13 އޭޕްރީލް 2020 ގައި 20 އަހަރު ފުރޭނެއެވެ. މި އެއަރލައިން މިހިސާބަށް ގެނެސްފައިވަނީ އެތައް ބައެއްގެ މިންނެތް މަސައްކަތުންނެވެ. ނަމަވެސް މިއަދު އައިލެންޑް އޭވިއޭޝަން އޮތީ ކުންފުނީގެ މެނޭޖްމަންޓްގެ ނާގާބިލް ކަމާ، ހަރުދަނާ ރަނގަޅު ޑިސިޝަން ނަގަން ނޭގުމާ އަދި ކުންފުނި ހިންގަން ނޭގުމުގެ ސަބަބުން ވަރަށް ނުރައްކާތެރި ޙާލަތެއްގައެވެ.
އެގޮތުން:-
1. ފެބްރުއަރީ 2020 ނިމުނު އިރު ކުންފުންޏަށް ލިބެން ހުރި ފައިސާއަށް ވުރެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ 350 މިލިއަނަށްވުރެ އިތުރުވުން.
2. ކޭޝް ބެލެންސް ނެގެޓިވްވެ 75 މިލިއަން ރުފިޔާގެ ބޭންކް އޯވަރ ޑްރާފްޓެއް ނަގައިގެން ކުންފުނި ހިންގުން.
3. އިންޓަރނޭޝަނަލް 30 ސަޕްލަޔަރުން ކްރެޑިޓް ފެސިލިޓީ ސަސްޕެންޑް ކޮށްފައިވުން.
4. ސެޕްޓެމްބަރ 2019 އިން ފެށިގެން ޑޭޝް 8 ގެ މަތިންދާ ބޯޓެއް މެއިންޓެނަންސް ނުކުރެވިގެން ހެނގަރުގައި. މިހާރު އޭތި ބާ ދަނގަޑަށް ވުމުގެ މަގުމަތީގައި.
5. ޑިސެމްބަރ-ޖެނުއަރީ (ސީސަން) ތެރޭގައި ގިނަ އެއަރކްރާފްޓްތަކެއް ސްޕެއަރޕާޓްސް ނެތުމުގެ ސަބަބުން އެކިފަހަރު ގްރައުންޑް ކުރަން ޖެހޭތީ ފްލައިމީގެ 2 އެއަރކްރާފްޓް ފްލައިޓަކަށް (ޗާރޓަރ ކުރާ ކޮންމެ ފަހަރަކު) 20 ހާސް ޑޮލަރުގެ މަގުން އެތައް ދުވަހެއް ވަންދެން ޗާރޓަރ ކުރުން.
6. ކުއްޔަށް ހިފާފައިވާ އެއަރބަސްތަކުގެ ކުލި ނުދެއްކި އެތައް މިލިއަން ޑޮލަރެއް ދަރާފައިވުން.
7. އެމްއޭސީއެލް ރީޖަނަލް އެއަރޕޯޓްސް، ކައްދޫ އެއަރޕޯޓް، ގަން އިންޓަނޭޝަނަލް އެއަރޕޯޓް އެސްޓީއޯ އަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަރާފައި ވުން.
8. ޗައިނާ އަށް ފްލައިޓްސް ޗާރޓަރ ކުރި ޝާންޒީ ގުރޫޕުން އައިލެންޑް އޭވިއޭޝަނަށް 4.2 މިލިއަން ޑޮލަރު ނުދައްކާ އެބައޮތް. ފްލައިޓުތައް އޮޕަރޭޓް ކޮށްފައިވަނީ އެގްރީމެންޓާ ޚިލާފަށް. އެގްރީމަންޓުގައިވާ ގޮތުން ޗާރޓަރ ފްލައިޓުތައް އަޅަންޖެހެނީ އެމަހެއްގެ ހުރިހާ ޗާރޓަރ ފްލައިޓަށް އެޑްވާންސަށް ފައިސާ ދެއްކުމުން.
ކުންފުނީގެ އޮޕަރޭޝަންސް ނުހުއްޓި މިހާހިސާބަށް އާދެވިފައިވަނީ އެމްއޭސީއެލް ރީޖަނަލް އެއަރޕޯޓްސް ކައްދޫ އެއަރޕޯޓް، ގަން އިންޓަނޭޝަނަލް އެއަރޕޯޓް، އެސްޓީއޯ ފަދަ ސަރުކާރު ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކިޔަސް ސަސްޕެންޑް ކޮށްފައި ނުވާތީއެވެ. އެއަރލައިން ބިޒްނަސް އަކީ ވަރަށް ބޮޑަށް ކެޕިޓަލް އިންޓެންސިވް ބިޒްނަސް އެއް ކަމުން ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓުން ޕްރޮފިޓް ދެއްކިޔަސް ލިކުއިޑިޓީ ރޭޝިއޯ ގޯސްކަމަށް ވަންޏާ ހިންގުމަށް ދަތިވާނެއެވެ. ޤައުމީ އެއަރލައިންގެ ކަންތައް ގޯސްވާން ފެށުމުން ސަރުކާރުގެ ސަމާލުކަމަށް މިކަން އަޅުގަނޑުމެން ގެނައީމެވެ.
އައިލެންޑް އޭވިއޭޝަންގެ ޙާލަތު މިހާ ގޯސްވެފައި ވަނިކޮށް ކޮރޯނާ ވައިރަސްގެ ސަބަބުން ކުންފުނި ވަނީ އިތުރަށް ގޯސްވެފައެވެ. ކުންފުނީގެ ޙާލަތު ގޯސްވެފައިވަނީ (ބަނގުރޫޓުވީ) ކޮރޯނާގެ ސަބަބުންކަމަށް މެނޭޖްމަންޓުން ވަކާލާތު ކުރެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއެއް ނޫންކަން އެނގެއެވެ. މައިގަނޑު މައްސަލައަކީ ނާޤާބިލްކަމާ ތަންދޮރު ނުދަތުންކަން ހިސާބު ތަކުން ދައްކާނެއެވެ.
ދެން މި އަޑިގަނޑުން އަރައިގަތުމަށް ސަރުކާރުން ވަރަށް ބޮޑު ޤުރުބާނީތަކެއް ވާން ޖެހެއެވެ. ޤައުމީ އެއަރލައިން އަކީ މުޅިރާއްޖެއާ އިންޓަރނޭޝަނަލް މައި ދޮރޯއްޓާ ގުޅުވައިދޭ 1200 ދިވެހި މުއައްޒަފުން މަސައްކަތްކުރާ ޓެކްނިކަލް ކުންފުންޏެކެވެ. އައިލެންޑް އޭވިއޭޝަނަކީ މިފްކޯ، ވެމްކޯ، ފިއުލް ސަޕްލައި ކަހަލަ ކުންފުންޏެއް ނޫނެވެ.
އެއަރލައިން އިންޑަސްޓްރީ އަކީ ދުނިޔޭގެ އެންމެ ވޮލަޓައިލް ހައިރިސްކް އިންޑަސްޓްރީއެވެ. އެހެންކަމުން ޤައުމީ އެއަރލައިން ހިންގަން ތިބޭ އިސް މެނޭޖްމަންޓްގެ ބޭފުޅުންގެ ޢިލްމާ ހިންގުމުގެ ތަޖްރިބާއާ ކުޅަދާނަކަމާ އިންޑަސްޓްރީގެ ތަޖްރިބާގެ އިތުރުން ވިސްނުންތޫނުކަންވެސް ހުންނަންޖެހެއެވެ.
ޤައުމީ އެއަރލައިން ނެގެހެއްޓުމަށް ސަރުކާރުން ބެއިލްއައުޓް ކުރަން ޖެހިފައިވާއިރު އެކަން ކުރަންޖެހޭނީ ހަރުދަނާ ވިސްނުންތޫނު ތެދުވެރި ޤާބިލް މެނޭޖްމަންޓަކާ އައިލޭންޑް އޭވިއޭޝަން ހިންގުން ޙަވާލުކޮށްފައި ކަމަށް އަޅުގަނޑުމެން މުވައްޒަފުން ރައީސަށް އިލްތިމާސް ކުރަމެވެ.
އިޚްލާސްތެރިކަމާއެކު
(އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުން)
(ނޯޓް:- މި ސިޓީއަކީ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ނަމުގައި ބޭފުޅަކު އާންމުކޮށްފައިވާ ސިޓީއެއް ކަމަށް ވީނަމަވެސް މިސިޓީއަކީ އެމުވައްޒަފުންގެ ކިހާވަރެއްގެ ހިއްސާއެއް އޮތް ސިޓީއެއްކަން ކަށަވަރު ކުރެވެވިފައެއް ނުވެއެވެ. ނަމަވެސް މިސިޓީގައި ހުރި ވާހަކަ ތަކަކީ ކަމާބެހޭ ފަޜާތްތަކުން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭ ފަދަ ވަރަށް ހައްސާސް ވާހަކަ ތަކަކަށްވާތީ މިސިޓީ ނޫހުގައި ޝާއިޢު ކުރީއެވެ. އަދި މިސިޓީއަކީ އިއްޔެއިން ފެށިގެން ސޯޝަލް މީޑިޔާގެ ތެރޭގައިވެސް ދައުރުވަމުންދާ ވަރަށް ހައްސާސް ޤައުމީ މައްސަލައެއް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނަސްފައިވާ ވެސް ސިޓީއެކެވެ.)

ކިޔުންތެރިންގެ ހިޔާލު