ހަކުރުގެ ބަދަލުގައި ބޭނުންކުރާ އެސްޕާޓޭމުން ކެންސަރަށް މަގުފަހި ކުރުވާ!- ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ
ހަކުރުގެ ބަދަލުގައި ބޭނުންކުރާ އެސްޕާޓޭމުން ކެންސަރަށް މަގުފަހި ކުރުވާ!- ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ
އެސްޕާޓޭމްއަކީ ޑައިޓް ކޯކާއި، ސީރިއަލްއާއި އައިސްކްރީމްއާއި އަދި މިނޫންވެސް އެކިއެކި ފޮނިކާތަކެތީގައި ހަކުރުގެ ބަދަލުގައި ފޮނި ރަހަ ލެއްވުމަށް ބޭނުންކުރެވޭ 'އާޓިފިޝަލް ސްވީޓްނާ"އެކެވެ. މިއީ ހަކުރުގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުމުން ސަލާމަތްކުރުމަށް އުފެއްދި އުފެއްދުމެއް ކަމުގައިވީނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް އެޖެންސީ ފޯ ރިސާޗު އޮން ކެންސަރ (އައި.އޢ.އާރު.ސީ) އިން ކުރި ތަޙްލީލުން މީގެ ސަބަބުން ހަށިގަނޑަށް ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން މާބޮޑެވެ.

އެހެންކަމުން މިއުފެއްދުމަކީ ކެންސަރަށް މަގުފަހިކުރުވާ ނުވަތަ ކާސިނޯޖެން މާއްދާއެއްކަމުގައި ކަނޑައަޅައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވަނީ އެކަން އިއުލާން ކުރުމަށް ނިންމާފައެވެ.



ކާސިނޯޖެން އަކީ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށް ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެކެވެ.

އެސްޕާޓޭމްއަކީ ކާސިނޯޖެން މާއްދާއެއް ކަމުގައި ކަނޑައަޅައި ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް އެޖެންސީ ފޯ ރިސާޗު އޮން ކެންސަރުން ނެރުމަށް ތައްޔާރު ކުރެވިފައިވާ ރިޕޯޓުގައި އެސްޕާޓޭމް މާއްދާ އެކުލެވިފައިވާ ބާވަތްތައް ލިސްޓު ކުރެވިގެންދާނެ ކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ. އަދި މިއީ އެޖަމިއްޔާގެ މުޅި ތާރީޚުގައިވެސް މިގޮތަށް ޕްރޮޑަކްޓުތަކެއްގައި ކެންސަރަށް މަގުފަހިކުރުވާ ކަމަށް މިފަދަ ގޮތަކަށް ލިސްޓު ކުރެވިގެންދާނެ ފުރަތަމަ ފަހަރު ކަމުގައި އެއިދާރާއިން މައުލޫމާތު ދެއެވެ.

އައި.އޭ.އާރު.ސީ އިން މިގޮތަށް ޕްރޮޑަކްޓްތައް ލިސްޓުކުރުމަށް ނިންމާފައިވަނީ ޕަބްލިޝްކޮށްފައިވާ މިކަމާއި ބެހޭ ދިރާސާތަކަށް ބަލައި އެޖަމިއްޔާގެ ތަޖުރިބާކާރުންގެ ގުރޫޕެއްގައި މަޝްވަރާ ކުރުމަށްފަހު ޖޫން މަހުގެ ތެރޭގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

ކެންސަރ ޖަމިއްޔާއިން ނެރޭ މިފަދަ ރިޕޯޓުތަކުގެ ސަބަބުން ކަސްޓަމަރުންގެ ފަރާތުން އެޕްރޮޑަކްތައް މާކެޓްކުރެވި ވިއްކަމުންދާގޮތުން ކުންފުނިތައް ކޯޓުތަކަށް ގެންގޮސް ބޮޑުތަނުން ގެއްލުން ލިބޭނެކަމަށް ލަފާކުރެވެއެވެ. އަދި ކަސްޓަމަރުންގެ ފަރާތުން ލިބޭ ޝަކުވާތަކުގެ ސަބަބުން މިސުވީޓުނާ ނޫން ބާވަތަކަށް ބަދަލުކުރުމަށް ކޯޓުތަކުން މަޖުބޫރުކުރުމަށް ބާރު ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތަކުން ފާހަގަ ކުރެވެއެވެ.

ކެންސަރ ޖަމިއްޔާއިން މިރިޕޯޓު ނެރުމަށް ހަމަޖެހިފައިވަނީ ޖުލައި 14 ވަނަ ދުވަހުގައެވެ. އަދި މިއާއިއެކު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެޑިޓިވްސްއާއި ބެހޭ ކޮމެޓީއިންވެސް ހަމައެދުވަހު، އަހަރެއްވަންދެން އެސްޕާޓޭމްއާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާގެ ރިޕޯޓުތައް އިއުލާން ކުރާނެކަމަށް އެކޮމެޓީއިން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އެސްޕާޓޭމްއަކީ 1981 ވަނަ އަހަރުން ފެށިގެން ހަކުރުގެ ބަދަލުގައި ވަކި މިންވަރަކަށް ބޭނުންކުރުމަށް ރައްކާތެރި މާއްދާއެއްކަމުގައި ޞިއްޙަތު ޖަމިއްޔާގެ އެޑިޓިވް ކޮމިއުނިޓީއިން ކަނޑައަޅާފައިވާ ބާވަތެކެވެ. މިގޮތުން 60 ކިލޯ ހުންނަ ބޮޑު މީހަކަށް އެސްޕާޓޭމް ބޭނުންކޮށްގެން ގެއްލުން ލިބޭވަރުވާނީ ދުވާލަކު 12 އާއި 36 ދަޅު ޑައެޓް ކޯކު ބުއިމުންކަމަށް އޭރު ޤަބޫލުކުރެވިފައިވެއެވެ.



ކެންސަރ އެސޯސިއޭޝަންގެ މިނިންމުމާއި ގުޅިގެން ކޮކާކޯލާގެ މާސް ރިގްލީވެސް ހިމެނޭ އިންޓަރނޭޝަނަލް ސްވީޓްނާސް އެސޯސިއޭޝަނުން ބުނާގޮތުގައި މިއީ ކަސްޓަމަރުންނަށް ނުބައި މައުލޫމާތެއް ލިބި ކުންފުނިތައް ކޯޓަށް ހާޒިރުކޮށް ގެއްލުންތަކެއް ވެގެންދާނެ ކަމެކެވެ.

އަދި ރެސިޕީ ބަދަލު ކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމުގައިވެސް ކުންފުނިތަކުން މައުލޫމާތުދެއެވެ.

އެހެންނަމަވެސް ބައެއް ކުންފުނިތަކުން އެސްޕާޓޭމް ބޭނުންކުރުން ހުއްޓާލާފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ޕެޕްސީކޯއިން ވަނީ 2015 ގައި އެކުންފުނީގެ ބުއިންތަކުގައި އެސްޕާޓޭމް އެޅުން ހުއްޓާލާފައެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރު އަނެއްކާވެސް އެމާއްދާ ބޭނުންކޮށް އަދި 2020 ގައި އަނެއްކާވެސް އެސްޕާޓޭމްގެ ބޭނުން އެއްކޮށް ހުއްޓާލާފައިވެއެވެ.

އެސްޕާޓޭމްއަކީ ކެންސަރަށް މަގުފަހި ކުރުވާ މާއްދާއެއް ކަމުގައި ކަނޑައެޅުމުން އަނެއްކާވެސް އެޑިޑިވްސްއާއި އާޓިފިޝަލް ސްވީޓްނާސްއާއި ބެހޭ ދިރާސާތައް ކުރުން އިތުރުވެގެންދާނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން މިދިޔަ މަހުވަނީ ބަރުދަން ލުއިކުރުމަށްޓަކައި ހަކުރުގެ ބަދަލުގައި އާޓިފިޝަލް ސްވީޓްނާތައް ބޭނުންނުކުރުމަށް އިރުޝާދުދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން