އަންނާރު ޖޫސް ނުވަތަ އަންނާރު ދިޔަ - ހިތުގެ ބަލިމީހުންގެ ދުޅަހެޔޮކަން ފަރުވާއެއް
އަންނާރު ޖޫސް ނުވަތަ އަންނާރު ދިޔަ - ހިތުގެ ބަލިމީހުންގެ ދުޅަހެޔޮކަން ފަރުވާއެއް
އަންނާރަކީ ދިގު ތާރީޚެއް އޮތް، ކުރީ ޒަމާނުއްސުރެ އިންސާނުންގެ ތެރޭގައި މަޝްހޫރު މޭވާގެ ބާވަތެކެވެ. މިއީ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އަދި ކީރިތި ޤުރުއާނުގައި ނަންގެނެވިފައިވާ މޭވާތަކުގެ ތެރޭގައިވެސް އަންނާރު ހިމެނެއެވެ.

އަންނާރަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ، ހުހަށް އަދި ފަނި ގިރައިގެންވެސް ބޭނުންކުރެވޭ މީރު މޭވާއެކެވެ. ތިރީގައި މިވަނީ އަންނާރުން ލިއްބައިދޭ ބައެއް ފައިދާތަކެވެ.

1. އެންޓި އޮކްސިޑެންޓްސް ގިނަވުން؛

އަންނާރުގައި ވަރަށް ގިނަ އެންޓި އޮކްސިޑެންޓްސް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނޭ ޕުނިކަލަޖިން އާއި އެލަޖިކް އެސިޑްއަކީ ހަށިގަނޑުގައި ސެލްތައް ހަލާކުކުރާ ފްރީ ރެޑިކަލްތައް ނައްތާލައި ސެލްތަކަށް ގެއްލުންވުމުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. މީގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަވެ އާއްމު ޞިއްޙަތު ރަނގަޅުވެ ބަލިތަކުން ދިފާއުވުމަށް އެހީތެރިވެދެއެވެ.

2. ހިތުގެ ދުޅަހެޔޮކަން؛

އަންނާރަކީ ހަށިގަނޑަށް ގެއްލުންވާ އެލްޑިއެލް ކޮލެސްޓްރޯލް ދަށްކޮށްދީ ހިތުގެ ހޮޅިތަކުގައި ޕްލޭކް އުފެދުމުން ސަލާމަތްކޮށްދޭ މޭވާއެކެވެ. މީގެ އިތުރުން އަންނާރަކީ ލޭގެ ޕްރެޝަރު ރަނގަޅު މިނެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީ ހަށިގަނޑުގައި ލޭދައުރުވުން ރެގިއުލޭޓުކޮށްދޭވެސް އެއްޗަކަށްވުމުން ހިތުގެ ދުޅަހެޔޮކަމަށް ކެއުން ރަނގަޅު މޭވާއެކެވެ.

3. އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވުން؛

އަންނާރުގެ އެންޓި އިންފްލެމޭޓަރީ މާއްދާތަކުން ހަށިގަނޑުގައި ސެލްތައް އިންފްލޭމްވެ ސެލްތައް ހަލާކުވުމަށް މެދުވެރިވުމުން ރައްކާތެރިކޮށްދެއެވެ. އެހެންކަމުން ޖޮއިންޓުތައް އިންފްލޭމްވެ ދުޅަވުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ އާތުރައިޓިސް ނުވަތަ ރާއްޖެ ބަލީގެ ބަލިމީހުންނަށް އަންނާރު ކެއުމުން ލުއިތަކެއް ލިބިގެންދާނެއެވެ.

4. ކެންސަރ އިން ރައްކާތެރިކޮށްދިނުން؛

އަންނާރުގައި ހިމެނޭ ފައިޓޯ ކެމިކަލް ތަކަކީ ހަށިގަނޑުގައި ކެންސަރ ސެލްތައް ގިނަވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. ވަކިން ޚާއްސަކޮށް އުރަމަތީގެ ކެންސަރާއި ޕްރޮސްތޭޓް ކެންސަރ ޖެހުމަށް މެދުވެރި ކުރުވާ ސެލްތައް ހަށިގަނޑުން މަދުކޮށްދިނުމަށް ފައިޓޯ ކެމިކަލް އެހީތެރިވެދެއެވެ.



5. ހަޖަމުކުރުމުގެ ނިޒާމު؛

ޑައިޓަރީ ފައިބާއަކީ ކާތަކެތި ހަޖަމުކުރުމަށާއި އަދި ބަނޑު ހަރުވުމުން ސަލާމަތްކޮށްދޭ މާއްދާއެކެވެ. އަންނާރުގައި މިމާއްދާ ގިނަ އަދަދަކަށް އެކުލެވިގެންވުމުން މިއީ ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން ގެނުއައިދޭ މޭވާއެކެވެ.

6. ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުން؛

އަންނާރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. ވިޓަމިން ސީއަކީ ހަށިގަނޑަށް ވާސިލްވާ ބަލިފަތުރާ ބެކްޓީރިއާއާއި ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކޮށްދޭ މާއްދާއެކެވެ. އެހެންކަމުން މިއީ ހަށިގަނޑުގައި އިންފެކްޝަން އުފެދުމުންނާއި ބަލިތަކުން ދިފާއުކޮށްދިނުމަށް ކެއުން ރަނގަޅު މޭވާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން