ރައީސް ޞާލިޙުގެ ދެކަނބަލުން ޢާންމު ރައްޔިތުންނާއެކު ޢީދު ފާހަގަކުރައްވަނީ
ރައީސް ޞާލިޙުގެ ދެކަނބަލުން ޢާންމު ރައްޔިތުންނާއެކު ޢީދު ފާހަގަކުރައްވަނީ
އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް މިހާރު އޮތީ ދޮޅުމަހެއް ނުވަތަ ދެ މަހެއްހައި ދުވަހެވެ. ޤައުމެއްގައި އޮންނާނެ އެންމެ ވާދަވެރި އެންމެބޮޑު އިންތިޚާބު ބޯމަތިވެގެން އަންނައިރު މަންޒަރު ފެންނަނީ މާބޮޑަށްވެސް ސާފުކޮށެވެ. ތަފާތުކޮށެވެ.

އެތައް ކެންޑިޑޭޓުންނެއް މިއިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވަމުން ދިޔަނަމަވެސް ހަޤީޤީ މަންޒުން ފެންނަނީ އެންމެ ކެންޑިޑޭޓެކެވެ. ރައްޔިތުންނާ ބައްދަލުކުރައްވާތަން ފެންނަނީވެސް އެންމެ ކެންޑިޑޭޓެކެވެ. ކެމްޕެއިނެއް ކުރައްވާތަން ފެންނަނީވެސް ހަމަ އެންމެ ކެންޑިޑޭޓެކެވެ. ރައްޔިތުންނަށް ވަޢުދެއް ވާތަންވެސް ފެންނަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނާ އެންމެ ވާދަކުރާނެކަމަށް ބެލެވޭ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓެއް ނެތެވެ. ކިތަންމެ ވަރަކަށް ތިމަންނާމެންގެ ކެންޑިޑޭޓަކީ ޖަލުގައި އޮންނެވި ކުރީގެ ރައީސް ޔާމީނޭ އިދިކޮޅުން ބުންޏަށް އެކަމަށް އަދި އަލިމަގެއް ފެންނާކަށް ނެތެވެ. އެއީ ހަމަ ބުރަދަނެއް އަދި ނެތި ބުނެލާ ބުނުމެކެވެ.

ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ މަގެއް އަދި ނެތެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ވެސް ރައީސް ޔާމީނެވެ. ޔާމީންގެ މެސެންޖަރެއްގެ ގޮތުގައި ފެންނަ އަދުރޭ ޖަހާ ހިސާބު ދިމާ ނުވިޔަސް އަދުރޭއަށް ވެސް އެކަން ހަމަ ރަނގަޅަށް އެނގޭނެއެވެ.

އިންތިހާބު ބޯމަތިވަމުން ވަގުތު ކުޑަތަންވަމުން އަންނަ ވަރަކަށް އިންތިޚާބުގެ ކެމްޕެއިންވެސް ވަރުގަދަކޮށް ފުޅާކުރަން ޖެހޭނެއެވެ. ކުރަންޖެހޭ އެނޫންވެސް އެތައްކަމެއް ހުންނާނެއެވެ. ނަމަވެސް ދެން އެހައި މުއްދަތެއް ނެތެވެ.

ޔާމީން ފިޔަވައި އެހެން ކެންޑިޑޭޓަކު ރައީސް ޞާލިހާ ވާދަކުރަން، އިދިކޮޅުން ދެއްކިދާނެތޯ މިީ މިހާރު އޮތް ސުވާލެކެވެ. އިދިކޮޅުގައި ޔާމީނު ނޫނަސް ވަރަށްގިނަ ޤާބިލް ބޭފުޅުން އެބަތިއްބެވެ. ސިޔާސީގޮތުންނާއި ޢިލްމީގޮތުން ޤާބިލް އެތައްބަޔަކު ޕީޕީއެމްގައިވެސް އެބަތިއްބެވެ.

ނަމަވެސް ޔާމީނާ ޚިޔާލު ތަފާތުވާނަމަ އެމީހުންނަށް އޮތީ ޕާޓީގެތެރެއިން ބާކީވުންކަމަށް އަޑުއިވެއެވެ. މިވާހަކަތައް މީޑިއާގައާއި ޢާންމުންގެ މެދުގައި ދެކެވޭލެއް އިތުރުވާ ކޮންމެފަހަރަކު ޕީޕީއެމުން ރައީސް ޔާމީންގެ "ޣައިބަށް" ރިޔާސީ ކެންޕެއިން ފަށައެވެ. އެހެންނަމަވެސް ޔާމީނަށް ކުރިމަތިލެވޭނެކަމުގެ ޔަޤީންކަމެއްނެތި މިހެން ބާއްވާ ހަރަކާތަކުން ވާނެ ފައިދާއެއް އެބައޮތް ހެއްޔެވެ.

ރައީސް ޞާލިހު ފިޔަވައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވާ އެއްވެސް ބޭފުޅެއްގެ މާބޮޑު ޙަރަކާތެއް ނެތެވެ. ރައްޔިތުންނާ ބައްދަލުކުރައްވަނީވެސް ރައީސް ޞާލިޙެވެ. ވަޢުދު ވެވަޑައިގަންނަވަނީވެސް ރައީސް ޞާލިޙެވެ. އެވަޢުދު ފުއްދަވާނެކަމަށް ހެކިދައްކަވަނީވެސް ރައީސް ޞާލިޙެވެ. އެހެންކަމުން އެނޫން ކެންޑިޑޭޓެއް އަދި ފެންނާކަށް ނެތެވެ.

މިވަރުން ދަންޏާ އެންމެފަހުން ރައީސް ޞާލިހުގެ ނަންފުޅު އެކަނި ވޯޓުކަރުދާސްކޮޅުގައި އޮވެ ވޯޓުލާން ޖެހުމަކީ ވެސް ވެދާނެ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން