އެޕިސޯޑް 20
...............
މިހާރު ރައްޒާޤު ބޭނުންވަނީ މަލަކާގެ މުދަލުން ބައެއް ލިބިގަންނާށެވެ. އޭނާ އެކަން ކުރާނެވެސްމެއެވެ. އެވަރުގެ ބާރު އޭނާގެ ކިބައިގައިވެއެވެ. މިއަދު އޭނާ އެދޭ ކޮންމެ ކަމެއްވެސް ކޮށްދިނުމަށް މަލަކާއަށް މަޖްބޫރުވާނެއެވެ.
[ކޮބާ މިހާރު ވިސްނައިފިންތަ؟] ރައްޒާޤު މަލަކާއަށް ގުޅާފައި އެއްސެވެ. އޭރު މަލަކާވަނީ އެކަމަށް ގޮތެއް ކަނޑައަޅާފައެވެ.
[އާނ...ވިސްނައިފިން...މިރޭ ބައްދަލުކުރަން ކޮންމެވެސް ތަނެއް ހަމަޖައްސާ.] މަލަކާ ދިނީ ރައްޒާޤަށް އުފާވެރި ޚަބަރެކެވެ.
[އެއްކަލަ އަބަދުވެސް އަހަރެމެންދާ ރެސްޓޯރެންޓަށް ދާނީ. މިރޭ އަށެއް ޖަހާއިރު މަވެސް ދާނަން.] ދާނޭ ތަން ކަނޑައެޅީ ރައްޒާޤެވެ.
[އާނ...އެކަމަކު ބުނަން ރައްޒާޤު ދާއިރު އެއްކަލަ އަހަރެންގެ ޕްރެގްނަންސީ ރިޕޯޓްގެ ނަތީޖާ ގެންދާތި...އެއީ މަޖްބޫރު ކަމެއް އިނގޭ...] މަލަކާ ބުންޏެވެ.
[އެންމެ ރަނގަޅު ގެންދާނަން. މަލަކާ ތިޔައުޅެނީ އަހަންނަށް އޮތް ބާރު އަތުލަންދޯ. މައްސަލައެއް ނެތް. މިރޭ ދާނަން. ދެން ބާއްވަނީ.] ރައްޒާޤު ފޯން ބޭއްވިއެވެ.
[އަޅެ ނުބާއްވަބަލަ...އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ.] ސަރާއަށް ގުޅާ ޒުވާނާ ވާހަކަ ދެއްކީ ސަރާއާއެވެ. ފޯނުންނެވެ. ސަރާ ފޯން ބާއްވަން އުޅޭތީ އޭނާ އުޅެނީ ސަރާ ހުއްޓުވާށެވެ.
[އަހަންނެއް ނޫޅެމޭ ކަލޭ ދައްކާ ވާހަކަ އަޑުއަހާކަށް. ކިހާ ބޮޑުކަމެއް ދެން.] ސަރާ ފޯންބޭއްވިއެވެ. ނަންބަރު ބަދަލުކުރީމާވެސް އޭނާ އެގުޅަނީއެވެ. މިހާރު އެނަންބަރު ދީގެން އުޅެނީ މަލަކާ ކަމުގައި ޢިމްރާނަށްވެސް ސަރާ ގާތު ބުނެވިއްޖެއެވެ.
[ނަންބަރު ބަދަލު ކުރީމާވެސް ގުޅަނީ. ގުޅައިގެން ނުވާނެއެއްނު.] ޢިމްރާން ގެއަށް އައިސް ވަންނައިރަށް ސަރާ ޝަކުވާ ކުރަން ފަށައިފިއެވެ.
[ތިކަމެއް ތިކުރަނީ މިގޭތެރޭން ރޭވިގެން. އަހަރެން މިރޭ މަލަކާ ގާތު އަހާނަން. އޭނަ ގޭގަ ނުވެސް އުޅޭ.] ޢިމްރާން ޝައްކު ކުރީ މަލަކާ ރާވައިގެން ކުރުވާ ކަމެއްގެ ގޮތުގައެވެ. ސަރާވެސް ޝައްކު ކުރަނީ މަލަކާއަށެވެ.
[އޭނަ ޙަވާލުވާނެތަ؟ ނުވާނެ...އެކަމަކު އިހަކަށް ދުވަހު ނެގި ނަންބަރުވެސް އެ އެނގުނީވިއްޔަ.....] ސަރާ ބުންޏެވެ.
[އަހަންނަށް ވަނީ ޝައްކެއް ނޫނޭ. މިހާރު ޔަޤީން. އެއީ ހަމަ ސީދާ މަލަކާގެ ރޭވުމެއް.] ހައިވަކަރު އޮޑި ނަންވާހެން އެތުހުމަތު އެޅުނީ މަލަކާގެ ބޮލުގައެވެ. އެކަމަކު އެއީ މަލަކާއާ ގުޅުމެއް ހުރި ކަމެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ. މަލަކާވެސް ދެން އެވަރުގެ ކަމެއް ކޮށްފާނެ ހެއްޔެވެ؟ މީހެއްގެ ބޮލުގައި ތުހުމަތެއް އަޅުވާއިރު އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އޮތް ކަމެއްތޯއާއި، ހެކިވެސް ހިސާބަކަށް ލިބެން އެބަޖެހެއެވެ.
[މަލަކާ ގޭގަ ނެތީތަ؟] ސަރާ އެއްސެވެ.
[އާނ ދަރިފުޅު ގާތު މަންމަ އެބައޮތް....މަންމައަށްވެސް އޮތީ ނިދިފައި....] ޢިމްރާން ބުންޏެވެ.
[ހޭލައިފިއްޔާ މަންމައަށް އެމަންޖެ ނުހުއްޓުވޭނެ. ކުރީ ދުވަހެއްގައިވެސް އެމަންޖެ ރޮއިރޮއި ނުހުއްޓުވިގެން މަންމަ އުޅުނު ހާލު އަހަރެން ދުށީމޭ.] ސަރާ ބުންޏެވެ.
[އެމަންޖެ ހޭލައިގެން ރޯން ފަށައިފިއްޔާ މަންމައަކަށް ނުހުއްޓުވޭނޭ، މާލަސްނުވެ ދާން ޖެހޭނޭ.] ރެސްޓޯރެންޓަށް ވަންނަމުން މަލަކާ ރައްޒާޤާ ވާހަކަ ދެއްކިއެވެ.
[މަލަކާ ވިސްނާވަރަށް އަހަރެންވެސް އެމަންޖެއާ ދޭތެރޭ ވިސްނާނެއެއްނު.] އެއްފަރާތެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީންނަމުން ރައްޒާޤު ބުންޏެވެ. އެއަށްފަހު ރައްޒާޤު އޭނާގެ އަތުގައި އޮތް ސިޓީއުރަ މަލަކާއާ ޙަވާލުކޮށްފިއެވެ.
އެވަގުތު އައި ވޭޓަރަށް އޯޑަރު ލިޔެދިނުމަށްފަހު މަލަކާ އޭނާގެ އަތްދަބަހުން ޗެކެއް ނަގައިފިއެވެ.
[އަހަރެން މިރޭ މިދެނީ ރައްޒާޤު ވިޔަފާރިއެއް ފަށަން ފައިސާ....މިއީ ފަސްލައްކަ ރުފިޔާގެ ޗެކެއް.....މިއިން ރައްޒާޤަށް ރަނގަޅު ވިޔަފާރިއެއް ކުރެވެންވާނެ....އަދި ބުނަން، އިތުރަށް ފައިސާ ހޯދަން އަހަރެން ގާތު ބުނެގެން ނުވާނެ...މިފައިސާއިން ރައްޒާޤު ވާނެ ރަނގަޅު ވިޔަފާރިއެއް ކުރަން.] މަލަކާ ޗެކް ލިޔެފައި ރައްޒާޤާ ޙަވާލުކުރިއެވެ. ރައްޒާޤު އިނީ ގަނޑުވެފައެވެ. އޭނަ އެހުރީ މަލަކާ ދިން ފައިސާގެ ބޮޑު އެހީގެ ސަބަބުން ބޮލަށް އެނބުރުން އަރާގޮތް ވެފައެވެ.
[މިފައިސާއިން އަހަރެންކޮން ވިޔަފާރިއެއްތަ ކުރާނީ އަޅެ. ވަރަށް ބޮޑަށް ޝުކުރިއްޔާ....] ޗެކް ޖީބަށްލަމުން ރައްޒާޤު ވާހަކަ ދެއްކިއެވެ.
[ކުރާނޭ ވިޔަފާރިއެއް ރައްޒާޤު ވިސްނާ. ގާމެންޓްސް ވިއްކާ ފިހާރައެއްވެސް ހުޅުވިދާނެ.] މަލަކާ ލަފާދިނެވެ. އެވަގުތު އެމީހުން އޯޑަރުކުރި ކާތަކެތި ވެއިޓަރ ގެނެސްފިއެވެ. މަލަކާ ކާން ފަށައިފިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ރައްޒާޤު ހުރީ ކާހިތްވެސް ކެނޑިފައެވެ.
[އަދިވާނެ މިރޭ ހުވާކުރަން، އަހަރެންގެ ދިރިއުޅުމަށް ނުވަންނާނޭ ކަމަށް.....] މަލަކާ މިހެން ބުނުމާއެކު ރައްޒާޤު އަތާއަތް ޖޯޑުކޮށް ހުވާކުރިއެވެ. އަދި ރައްޒާޤު އޭނާ މަލަކާއަށް ގެއްލުމެއްވުމަށް ދުވަހަކުވެސް ނޭދޭނެ ކަމަށް ބުންޏެވެ.
[މިހާރު އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ. ރައްޒާޤުގެ ސަބަބުން އަހަންނަށް އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަޤީންކަން ލިބުމުން ވަރަށް އުފާވެއްޖެ.] ޙަޤީޤަތުގައިވެސް މިހާރު މަލަކާ އެހުރީ އިންތިހާއަށް އުފާވެފައެވެ.
[އެކަމަކު ދެން އަހަންނަށް މަލަކާގެ ފުށުން އެހެން ހިތްހަމަޖެހުމެއް ނުލިބޭނެތަ؟ މިބުނީ ކީކޭކަން ތަފްޞީލް ނުކުރިޔަސް މަލަކާއަށް ވިސްނޭނެ.] ރައްޒާޤު މަސްތީ ގޮތަކަށް މަލަކާގެ ލޮލަށް ބަލަން އިނދެފައި ބުންޏެވެ.
[ދެން މިރެއަކު ނޫންދޯ. މިހާރު ދަރިފުޅު ހޭލަފާނެ. ދެންދަނީ.] މަލަކާ އޭނާގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ހިނގައިގަތެވެ.
[މާނައަކީ އެފުރްޞަތު ނުގެއްލެޔޭދޯ.] ރައްޒާޤު މަލަކާގެ ފަހަތުން ހިނގައިގެންފިއެވެ. މަލަކާ ބޮލުގެ އިޝާރާތުން އާއެކޭ ބުނީމާ ރައްޒާޤު ސައިކަލަށް އަރާ ދުއްވާލައިފިއެވެ. މަލަކާ އޭނާގެ ކާރަށް އަރައި ގެއާ ދިމާއަށް ދުއްވާލީ ރައްޒާޤުގެ ބިރުވެރިކަމުން އެއްކޮށް ސަލާމަތްވެއްޖެ ކަމުގެ ޔަޤީންކަމާ އެކުގައެވެ.
ސަރާއަށް ފިއްތައިގެން އެގެއިން ނެރެލުމުގެ މަސައްކަތް ކަމާވެގެން އޭނާ ކުރާނީ ދެނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ސަރާ އެގެއިން ބޭރުކޮށްލުމަކީ އޭނާގެ ވިސްނުމެވެ.
[ޢިމްރާންގެ ލޯބި ހޯދައިގެން އޭނައަށް ރަނގަޅަށް އުޅެވޭތޯ ބަލާލާނަމޭ.] ހިތާހިތާ ވާހަކަ ދައްކަމުން ގޮސް މަލަކާ ގެއަށް ވަން ވަގުތު އޭނާގެ އިންތިޒާރުގައި ޢިމްރާން ބޮޑު ކޮޓަރީގައި ހުއްޓެވެ.
[ކޮންތާކުން ތިއައީ؟ މަންމަ އެބައުޅޭ އެމަންޖެ މަސަލަސް ނުވެގެން.] ޢިމްރާން މަލަކާ ވަނުމާއެކު އެއްސެވެ.
[ރައްޓެއްސަކާ ބައްދަލުކޮށްލާފަ. ޢިމްރާން ގާތުގައި ބުނަން އަހަރެން ގުޅިން. ފޯނު އޮތީ އޮފްކޮށްފަ.] މަލަކާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މަލަކާގެ ފަހަތުން ޢިމްރާންވެސް އެކޮޓަރިއަށް ވަދެއްޖެއެވެ.
[ސަރާގެ ނަންބަރު އެއްވެސް ފިރިހެނަކަށް ދިނިންތަ؟ މިގޭތެރެއިން މީހަކު ނުދީއެއް އެއްވެސް މީހަކަށް އެނަންބަރެއް ނޭނގޭނެ.]
[އަހަންނަކީ މޮޔައެއްތަ؟ އޭނަގެ ނަންބަރު މީހުންނަށްދޭން. އަހަރެންގެ އަމިއްލަ ނަންބަރު ދިނަސް މާރަނގަޅެއްނު.] މަލަކާގެ ގާތަށް ރުޅިއައެވެ.
[ކޮންމެ މީހަކު ދިނަސް މިގޭތެރޭން މީހަކު އެނަންބަރުދީގެން އުޅެނީ...] ޢިމްރާން މަންމަގެ އުނގުގައި އިން ދަރިފުޅުގެ ކޮލުގައި ހިފާލިއެވެ.
[ސަރާ އަމިއްލައަށް ނަންބަރު ބަހަނީކަންނޭނގެއެއްނު.] މަލަކާ އެޅުވީ ސަރާގެ ބޮލުގައެވެ.
[ތިޔަދަނީ މާމައްޗަށް. ދެން ތިވާހަކަ ހުއްޓާލާ.] ޢިމްރާން ކޮޓަރިން ނުކުމެއްޖެއެވެ. ޢިމްރާން ދިޔުމުން ފަހީމާ މަލަކާ ގާތު ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދެއްކިއެވެ. އޭނާ ދެއްކީ ކޮން ވާހަކަތަކެއްބާއެވެ. ގައިމުވެސް އެނގޭ ކަމަކީ އެވާހަކަތައް އަޑުއަހަން ހުރިއިރު މަލަކާ އިނީ ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިފައެވެ.
ޖެހިގެން އައި ދުވަހުގެ ރެއެވެ. ޑަބްލިޔޫ.އާރު ކޮމްޕެނީގެ އާ ރިސޯޓް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާތީ ކުންފުނީގެ އިސް ހުރިހާ ފަރާތްތަކުންވެސް ވަރަށް ބުރަކޮށް އުޅެމުންދެއެވެ. ޢިމްރާންވެސް ހެނދުނުދިޔަ ގޮތަކަށް ގެއަކަށް ނާދެއެވެ.
މިހާރު ގަޑިން މެންދަމުން އަނބުރާ ދޭއްޖަހައިފިއެވެ. ޢިމްރާން ގުޅާފަ ނިދާށޭ ބުނީމާ ސަރާވެސް ނިދައިފިއެވެ. އެގޭތެރޭގައި ހޭލާ އުޅެނީ ފަހީމާ އެކަންޏެވެ. ބައެއްފަހަރު އޭނާ އުޅޭގޮތުން އޭނާ ކޮންމެވެސް ކަމަކަށް ފާރަލާހެންވެސް ހީވެއެވެ. ޒުވާން ފުރައިގެ ފިރިހެނަކު އެގެއަށް އައިސްވަނީ އޭނާ ބޮޑު ކޮޓަރީގައި އިންދައެވެ. އެމީހާ ދިޔައީ ސީދާ ސަރާގެ ކޮޓަރިއާ ދިމާއަށެވެ. އެމަންޒަރު ބަލަން ފަހީމާ ފާރައަށް ހުއްޓެވެ. އެމީހާ ޖީބުގައި އޮތް ތަޅުދަނޑިއަކުން ކޮޓަރި ދޮރު ހުޅުވައިފިއެވެ. ނިކަން މަޑުމަޑުންނެވެ. ދޮރު ހުޅުވުމާއެކު ނިދާބޮކީގެ ފަނޑު އަލީގެ ތެރޭގައި ނިދާފައި އޮތް ސަރާ ފެނުމާއެކު އެމީހާ ދެއަތަކަށް ބޯހޫރާލުމަށްފަހު އެތެރެއަށް ވަދެ މަޑުމަޑުން ދޮރު ލައްޕައިފިއެވެ. އެއަށްފަހު އެމީހާ މިޞްރާބު ޖެހީ ސަރާ ނިދާފައި އޮތް އެނދާ ދިމާއަށެވެ. އެނދު ކައިރިއަށް ހުއްޓި ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ސައިޑް ކަބަޑްމަތީގައި އޮތް ސަރާގެ ފޯނު އޭނާ ނަގައިފިއެވެ. ފޯނަށް ބަލައިލުމަށްފަހު ފޯން އޮފްކޮށްލިއެވެ. ހީވާކަހަލައެވެ. އެއީ އެފޯނަށް ފޯނެއް އައިސްގެން ސަރާއަށް ހޭލެވިދާނެތީ އޭނާ ކުރި ކަމެކެވެ. ދެން ފެނުނީ އެފޯން އޮތްތާ ބޭއްވުމަށްފަހު ސައިޑް ކަބަޑްމަތީގައި ހުރި އާދައިގެ ފޯނުގެ ވާގަނޑު އުފުރާލިތަނެވެ. ބެލެވޭ ގޮތުގައި އެއްމަޤްޞަދެއްގައެވެ.
ދެން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. އޭނާ ވަނީ ފާޚާނާއަށެވެ. ނިކަން މަޑުމަޑުންނެވެ. އޭގެކުރިން އޭނާ ނިދާބޮކިވެސް ނިއްވާލާ ކޮޓަރި އެކަށް އަނދިރިކޮށްލިއެވެ. ފާޚާނާއަށް ވަދެފައި އޭނާވީ ކުޑަހިނދުކޮޅެކެވެ. އަނދިރީގެ ތެރޭގައި އޭނާ ސަރާ އޮތް އެނދުގެ މަގަތުގައި އޮށޯވެއްޖެއެވެ. މަޑުމަޑުން ސަރާގެ ގައިމަތީގައި އޮތް ރަޖާގަނޑުގެ ތެރެއަށް ވަދެ ސަރާގެ ހަށިގަނޑުގެ ތެރެއަށް ބޮނޑިވެލައިފިއެވެ. އޭރުވެސް ސަރާ އޮތީ ގަދަ ނިދީގައެވެ. އޭނާ އަބަދުވެސް ލާ ތުނިތުނި ނިދާ ހެދުމުގައެވެ.
ހަމަ އެވަގުތެވެ. ޢިމްރާން ގެއަށް ދިޔުމަށްޓަކައި ކާރަށް އަރާ ކާރު ދުއްވާލައިފިއެވެ. އޭގެ ކުޑައިރުކޮޅެއްގެ ކުރިން އޭނާގެ މަންމަ އޭނާއާ ގުޅިއެވެ. ގެއަށް އަންނަނީ ކޮންއިރަކުންހޭވެސް އެއްސެވެ.
ކާރު ދުއްވާލަމުން ޢިމްރާން ސަރާގެ ފޯނަށް ގުޅިއެވެ. ފޯން އޮތީ އޮފް ކޮށްފައެވެ. ކޮޓަރި ފޯނަށް ގުޅާގުޅާ ފޯނެއް ނުނަގައެވެ. ޢިމްރާން ނިންމީ ސަރާ މާ ގަދައަށް ނިދާފައި އޮތީމާ ހޭނުލެވުނީ ކަމަށެވެ.
ޙަޤީޤަތަކީވެސް އެއީއެވެ. އަދިވެސް ސަރާ އޮތީ ގަދަ ނިދީގައެވެ. އެޒުވާނާ ސަރާގެ ހަށިގަނޑުގައި ބައްދާލައިގެން އޮތް ނަމަވެސް ސަރާއަށް މޭރުންނުވަނީކަންނޭނގެއެވެ. ނުވަތަ އެއީ ލޯބިވާ ފިރިމީހާގެ ބީހުންތަކެއް ކަމަށް ބަލައިގެން އޮތީ ކަމަށްވެސް ވެދާނެއެވެ. ނޫނެކެވެ. ސަރާ އޮތީ އަދިވެސް ނިދާފައެވެ. އަމުދުން އެމީހަކު ސަރާއަށް ހޭލެވޭވަރަކަށް ސަރާގެ ގަޔަކު އަތެއް ނުލައެވެ.
ހިސާބަކަށް ނިދި ތާއްޔާ ޖެހެމުންދާތީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައި ޢިމްރާން ކާރު ދުއްވަމުން ދަނީ ނިކަން ބާރަށެވެ.
އޭރުވެސް ފަހީމާ ހޭލާ އުޅެއެވެ. އޭނާ ހުރީ އޭނާގެ ކޮޓަރީގައެވެ. ހީވަނީ އޭނާވެސް އެހުންނަނީ ޢިމްރާންގެ އިންތިޒާރުގައެވެ.
ގަރާޖްތެރެއަށް ކާރެއް ވެއްދި އަޑު އިވުމާއެކު، ފަހީމާ ކުޑަދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އޭރު ޢިމްރާން ގެއަށް ވަންނަނީއެވެ. ފަހީމާ މަޑުމަޑުން ކުޑަދޮރު ލައްޕާލިއެވެ. އެއަށްފަހު ދެން ފެނުނީ ފަހީމާ ކޮޓަރިން ނިކުމެ ޢިމްރާންގެ ފަހަތުން މިޞްރާބުޖެހިތަނެވެ.
ކޮޓަރި ދޮރު ހުޅުވައި މުޅިން އަނދިރި ކޮށްފައިވާ ކޮޓަރީގެ ނިދާބޮކި ޢިމްރާން ދިއްލީ ފަހަރެއްގައިވެސް އޭނާގެ ސިކުނޑިއަށް ޝޮކެއް ލިބިދާނެފަދަ މަންޒަރެއް ފެނިދާނޭ ކަމަށް ވިސްނާފައެއް ނޫނެވެ. ކޮޓަރިތެރެއަށް އަލިކަން ފެތުރުމާއެކު ފެނުނު މަންޒަރުން ޢިމްރާންގެ ދެލޯ ބޮޑުވިއެވެ.
[ސަރާ...!] ދޮރުމައްޗަށް ހުއްޓިހުރެ ޢިމްރާން ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ. ހަޅޭއްލެވުން އެއީ ޙަޤީޤަތުގައި އެއީ ކުޑަވަރެކެވެ. ފެނުނީ ހުތުރު މަންޒަރެކެވެ. ނުވެސް ދަންނަ ފިރިހެނަކު ސަރާގެ ގައިގައި އޮޅުލަމުން ދަނީއެވެ. ޢިމްރާންގެ އަޑަށް ސަރާއަށް ހޭލެވުނެވެ. ސަރާއަށާއި އެމީހާއަށް ތެދުވެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ. ސަރާ އަތްދަމާފައި އެމީހާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް ޖަހައިފިއެވެ. އެމީހާ ހިނިތުންވުމަކާއެކު ކޮޓަރިން ނުކުމެގެން ދުއްވައިގެންފިއެވެ.
[ޢިމްރާން...އެއީ ކާކު؟ ކާކު އެމީހަކު މިތަނަށް ވެއްދީ. ގައިމުވެސް އަހަރެން ނިދީ ދޮރުތަޅުލާފައި.] ސަރާ ތެދުވެގެންގޮސް އިމްރާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރުވެސް ރުޅިއައިސްފައި ހުރި ޢިމްރާން އަނގައިންވެސް ނުބުނެ ހުއްޓެވެ.
[ވެއްދީ ކާކުހޭ....ފެނުނު މަންޒަރުން އަހަންނަށް ހުރިހާ ކަމެއްވެސް ހާމަވެއްޖެ. ކޮންމެހެން ލޯމަތިން ފެނި ހާމަވާ ކަންތައްތައް ސިއްރު ކުރަން އުޅޭނޭ ކަމެއް ނެތް. މަންމަ ބުނީ ރަނގަޅަށް. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ކަލޭގެ ބަނޑުގައިވާ ދަރިފުޅާ ދޭތެރޭވެސް މިހާރު ޔަޤީންކަމެއް ނެތް. މާދަމާ އިރުއަރާއިރަށް ކަލޭވާނެ މިގެއިން ނިކުންނަން.] ޙަޤީޤަތް ބެލުމެއްނެތި ޢިމްރާން އޭނާގެ ހިތަށްއައިހާ އެއްޗެއް ކިޔާލިއެވެ. ހިތަށް ކުރި ފުން އަސަރާއެކު ސަރާއަށް ބާރުބާރަށް ރޮއިގަނެވިއްޖެއެވެ. އެއީ އެތަނަށް ފަހީމާވެސް އައިސް ހުއްޓުނު ވަގުތެވެ. ވިހަގޮތަކަށް ހީލުމަށްފަހު ފަހީމާ ދެއަތަކަށް ބޯހޫރާލިއެވެ.
[މަންމަ ބުނި ދުވަސް އައީދޯ؟ އަވަހަށް ތި މުޑުދާރު އަންހެނާ މިގެއިން ނެރެލާ...] އޭނަ މިގޭގެ ޙުރްމަތް ކަނޑާލައިފި.] މިހާރު ފަހީމާ އެވަނީ އޭނާގެ ބާރުގަދަކޮށްފައެވެ. ސަރާއާ ދިމާއަށް ބޭނުން އެއްޗެއް ކިޔާލުމުގެ ފުރްޞަތު އޭނާއަށް ލިބިއްޖެއެވެ.
[އަހަރެން ކުށެއް ނުކުރަން. އަހަރެން ކުށެއް ނުކުރަން.] ސަރާ ގިސްލަ ގިސްލާފައި ރޮނީއެވެ. ސަރާގެ މުޅި ޙަޔާތުގައިވެސް ހިތްދަތިނުވާ ވަރަށް މިހާރު ސަރާ އެވަނީ ހިތްދަތިވެފައެވެ.
[ނަންބަރު މީސްމީހުނަށް ދެނީވެސް ކަލޭ. އެކަންވެސް އެޅުވީ އެހެން މީހުންގެ ބޮލުގައި. އަހަންނަށް ރަނގަޅީ މިހާރުވެސް އަހަރެންގެ ކުރިމަތިން ދިޔައްޔާ. ދިފާޢުގައި އަހަރެންގެ ކުރިމަތީގައި އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ.] ރޭވުންތެރި ކަމުގައި މާބޮޑަށްވެސް ޢިމްރާންވަނީ ހެއްލިފައެވެ. އެއަށްފަހު ޢިމްރާން ނުކުމެގެން ދިޔައީ މަލަކާގެ ކޮޓަރިއަށެވެ. ވިހަގޮތަކަށް ހިނިތުންވެލައިގެން ފަހީމާ ހުއްޓެވެ.
[މަންމާ...މިއީ ކާކުގެ ރޭވުމެއްތަ؟ ކީއްވެތަ އެންމެން އަހަންނާ ޖައްސާލައިގެން އުޅެނީ...އަހަންނަށް ކޮން ކުށެއް ކުރެވިގެންތަ؟] ސަރާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައި އެތާ ހުންނާކަށްވެސް ސަރާ ބޭނުމެއް ނޫނެވެ. އެކަމަކު އޭނާ ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ މަންޒިލެއް ނެތެވެ. ބަޔަކު ވަނީ އޭނާގެ މަންޒިލަށް ހުރަސްއަޅާފައެވެ.
[އެއްވެސް މީހެއްގެ ރޭވުމެއް ނޫން މިއީކީ....މިރޭ މިފެނުނީ ކަލޭގެ ޙަޤީޤަތް...ބުނެއުޅެއެއްނު ޙަޤީޤަތް އެނގޭނީ އެކުގައި އުޅުނީމައޭ....މިއޮތީ އެކަން ސާބިތުވެފައި....]
ފަހީމާގެ ހިތުގައި ކުޑަކޮށްވެސް ރަޙުމެއްނެތް ކަހަލައެވެ. ފުރްޞަތު ލިބުނީމާ އޭނާ ބޭނުންވަރަށް ދުލަށް އައިހާ އެއްޗެއް ކިޔައި ސަރާއަށް ދެން އެގެއަށް ވަންނަން ނުކެރޭވަރަށް ދެރަކޮށްލިއެވެ.
[އަހަންނާ ދިމާއަށް ތިވަރަށް އެއްޗެތި ނުކިޔާ...އަހަރެންގެ ހިތް ފަޅައިގެން ހިނގައިދާނެ. މިގެއިން ހިނގައިދާނަން.] ރޮމުން ގިސްލަމުން ސަރާ އެގެއިން ނުކުމެއްޖެއެވެ. އޭނާ ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ ވަކި މިޞްރާބެއްނެތި އޭނާ ހިނގަން ފަށައިފިއެވެ. އަޞްލު މިވަގުތު އޭނާ ދާން ބޭނުންވަނީ ކުރިންވެސް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން ނިމާލްގެ ގެއަށެވެ. އަދިވެސް ނިމާލް އޭނާއަށް އެހީވާނެއެވެ. ނިމާލް އެކަންޏެއް ނޫނެވެ. ނިޔާޒްވެސް ޙަޤީޤަތް ޤަބޫލު ކުރާނެއެވެ. ކައިވެންޏަށް ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް ޢިމްރާނަށް އޭނާގެ އަނބިމީހާ ދަސްނުވިއެވެ. އެހެން ނަމަވެސް، ނިޔާޒްމެން އެހެނެއް ނުވާނެއެވެ. ޢިމްރާން ޙަޤީޤަތް އަޑުނޭހިޔަސް ނިޔާޒް އަޑުއަހާނެއެވެ.
ހިނގަމުން ހިނގަމުން ގޮސް ސަރާ މަޑުޖެހިލީ ފިހާރައެއްގެ އަސްކަނި ނިވަލުގައެވެ. އެފަކީރު ހިނގާ ހިނގާ ވަރުބަލިވިއެވެ. އިރުކޮޅެއް ވަންދެން ކޮޅަށް ހުރުމަށްފަހު ސަރާ އެތާހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. އެހެން އެގޮތަށް އޭނާ ރޮއިރޮއި އިންދާ ފަތިސް ވެއްޖެއެވެ. މަގުމަތިން މީހުންގެ ހޭލަމޭލަވުންތައް ފެންނަން ފަށައިފިއެވެ.
މުސްކުޅި ފުރައިގެ ފިރިހެނަކު ސަރާއާ ދާދި ގާތަށް ހުއްޓުނީ ސަރާ ނިދި ތާއްޔާ ޖެހިފައި ހުއްޓައެވެ.
[ކީއްކުރާ ކުއްޖެއް؟] އެމުސްކުޅި މީހާ ސަރާއާ ދާދި ގާތަށް ހުއްޓި ސަރާއަށް ގޮވާލިއެވެ. އެމީހާގެ އަޑު އިވުމާއެކު ސަރާއަށް ގިސްލެވިއްޖެއެވެ. އެމީހާ އިތުރަށް ސަރާގެ ގާތަށް ޖެހިލާ ކުޑަކޮށް ގުދުވެލައިފިއެވެ.
[ކިހިނެއްވީ ނުރޮއި ބުނެބަލަ. ކޮންކަމަކާތަ ތިރޮނީ. އެހީއެއް ބޭނުމިއްޔާވެސް ބުނޭ. ބޭބެ ކޮއްކޮ ބޭނުން ކަމެއް ކޮށްދީފާނަން.] އެމީހާ ވަރަށް އޯގާތެރިކަމާއެކު ވާހަކަ ދެއްކީމާ ސަރާ އިސްއުފުލައި އެމީހާގެ މޫނަށް ބަލައިލިއެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު