މަރިޔަމް ލަމްޙާ ރަޝީދު   6 ޖުލައި 2023 - 13:44
މޭބިސްކަދުރު: އާއްމު ޞިއްޙަތަށް އެތައް ފައިދާއެއް
މޭބިސްކަދުރު: އާއްމު ޞިއްޙަތަށް އެތައް ފައިދާއެއް
މޭބިސްކަދުރަކީ ވިޓަމިންއާއި މިނަރަލްސް އަދި ހަށިގަނޑަށް ބޭނުންވާ ގިނަ އެންޓި އޮކްސިޑެންޓްތަކެއް ލިއްބައިދޭ މީރު މޭވާއެކެވެ. މޭބިސްކަދުރުގެ އެކި ކުލަތައް ހުންނަ އިރު މިއިން ކޮންމެ ބާވަތަކީވެސް އެހައިމެ ގިނަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ.

އެހެންކަމުން މޭބިސްކަދުރު އާއްމުކޮށް ކެއުމުގައި ހިމެނުމަކީ ތިރީގައި މިބަޔާން ޞިއްޙީ އެތައް ފައިދާއެއް ލިބިދޭނެ ކަމެކެވެ.

މޭބިސްކަދުރުން ލިބިދޭ ފައިދާތައް:



1. ދިފާއީ ނިޒާމް ވަރުގަދަކޮށްދިނުން؛

މޭބިސްކަދުރުގައި ހިމެނޭ ވިޓަމިން ސީއަކީ، ހަށިގަނޑުގައި އުފެދޭ އިންފެކްޝަންތަކާއި ދެކޮޅަށް މަސައްކަތްކޮށްދީ ބަލިތަކުން ދިފާއުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ކޮލަޖިން އުފައްދައި ހަންގަނޑުގެ ތާޒާކަން ދަމަހައްޓައިދޭވެސް އެއްޗެކެވެ. މީގެ އިތުރުން ވިޓަމިން ސީއަކީ ހަށިގަނޑުގައި ސެރަޓޯނިން ނުވަތަ އުފާރެރިކަން އިތުރުކޮށްދޭ ހޯމޯން ގިނަކޮށްދޭ އަދި ނިދި ހަމަކުރުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

2. ވިޓަމިންއާއި މިނަރަލްސް؛

ހަށިގަނޑަށް ބޭނުންވާ ވިޓަމިން ކޭ، ކެލްސިއަމް، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ފަދަ ކަށިތައް ވަރުގަދަކޮށް ދުޅަޔޮކަންމަތީ ދެމެހެއްޓުމަށް ބޭނުންވާ މާއްދާތައް މޭބިސްކަދުރުން ލިއްބައިދެއެވެ. މިމާއްދާތައް ހަށިގަނޑުން މަދުވެއްޖެނަމަ ކަށިތައް ފީވެ، ކަށިތަކުގައިފްރެކްޗަރ/ރެނދު ލުމަށް މެދުވެރިވެއެވެ.

3. ހިތުގެ ދުޅަހެޔޮކަން؛

މޭބިސްކަދުރުގައި ހިތުގެ ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާތައް އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ހިމެނޭ ކުއަރސެޓިން އާއި ރެސްވެރަޓްރޮލް އަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ ފްލެވޮނޮއިޑްތަކެކެވެ. މިމާއްދާތަކަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅުކޮށްދީ ލޭގަނޑުވުމުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ.

4. ހަޖަމުކުރުމަށް ފަސޭހަވުން؛

ފައިބަރއަކީ ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިންމު މާއްދާއެވެ. ކެއުމުގައި ހަށިގަނޑަށް ފައިބަރ ލިއްބައިދޭ ކާނާ ހިމެނުމަކީ ބަނޑު ހަރުވުމުގެ މައްސަލައިން ސަލާމަތްވެ، ބޮޑު ކަމުދިއުމަށް ފަސޭހަވާނެ ކަމެކެވެ. އެހެންކަމުން މޭބިސްކަދުރަކީ ފައިބަރ ހިމެނޭ ބާވަތަކަށްވުމުން، މޭބިސްކަދުރުން ބަނޑު ހަރުވުމުގެ މައްސަލަތަކަށް ހައްލު ލިބިގެންދެއެވެ.

5. ހަމުގެ ދުޅަހެޔޮކަން؛

މޭބިސްކަދުރުގައި ހިމެނޭ އެންޓި އޮކްސިޑެންޓްގެ ސަބަބުން ހަންގަނޑު ތާޒާކޮށްދީ ރީތިކޮށްދެއެވެ. އަދި ހަށިގަނޑުގައި ދައުރުވާ ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދީ މާއަވަހަށް މުސްކުޅިވުމުން ސަލާމަތްކޮށްދެއެވެ. އަދި ހަންގަނޑު ދޫވުމުން ރައްކާތެރިކޮށްދޭ ކޮލެޖިން މާއްދާ އުފައްދައިދޭ ވިޓަމިން ސީ އާއި ވިޓަމިން އީ މޭބިސްކަދުރުގައި ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން