މަރިޔަމް ލަމްޙާ ރަޝީދު   11 ޖުލައި 2023 - 14:52
ގޭސްޓްރިކްވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އާއްމުކޮށް މިމައްސަލަ ދިމާވަނީ ދެއިރުގެ ކެއުމުގެ ދެމެދުގައި ގިނަ ވަގުތުވުމުންނާއި މާކުޅި އެއްޗެހި ކެއުމުގައި ބޭނުން ކުރުމުގެސަބަބުންނެވެ.

މީގެއިތުރުން އަހަރެމެން އާއްމުކޮށް ކައިބޮއިއުޅޭ ބައެއް ކާތަކެއްޗަކީ އެސިޑިޓީ ލެވެލް މަތި ބާވައްތަކަށްވުންވެސް ހުމެނެއެވެ. މީގެ ތެރޭގައި ސައި، ކޮފީ، އެކިވައްތަރުގެ ސޯޑާތައް، ލޮނުމެދު، ފިޔާ އަދި ޗޮކުލެޓާއި ފުލްފެޓް ޑައިރީ ޕްރޮޑަކްޓްތައް ހިމެނެއެވެ.

ގޭސްޓްރިކް ވުމުން ކާތަކެތި ރަނގަޅަށް ހަޖަމު ނުވުމާއި، އަނގައިން ނުބައި ވަސްދުވުން އަދި ވައިލެވުމާއި ބަނޑު ހަރުވުމުގެ އުނދަގޫ ދިމާވެއެވެ. އެހެންކަމުން ތިރީގައިމިވާ ބާވަތްތައް ކެއުމުން މިއުނދަގޫތަކަށް ހައްލެއް ލިބިދާނެއެވެ.



1. ދޮން ކެޔޮ



ދޮން ކޭލުގައި ޕޮޓޭސިއަމްގެ މިންވަރު އިތުރެވެ. ޕޮޓޭސިއަމްއަކީ ބަނޑުގައި ހަޖަމުކުރުމަށް އުފައްދާ އެސިޑް ލެވަލް ބެލެންސްކޮށްދޭ މާއްދާއެކެވެ. އެހެންކަމުން، ގިނައިން ކެއުމަށްފަހު މޭ އެންދުންފަދަ ކަންކަން ދިމާވުމުން ރައްކާތެރިކޮށްދޭ އެއްޗެއްކަމުގައި ދޮންކެޔޮ ވެއެވެ. ގޭސްޓްރިކް މައްސަލަ ހުންނަ މީހުން ދުވާލަކު 1 ދޮންކެޔޮ ވައް ކެއުމަކީ ކުރެވިދާނެ ކަމެކެވެ. ނުވަތަ އިރުގެ ކެއުމުގެ ދެމެދުގައި ގިނަ ވަގުތު ހޭދަވާނަމަ އެދެމެދުގައި ދޮންކެޔޮ ވަކެއް ކެއުމަކީ ގޭސްމައްސަލައަށް ލުޔެއް ލިބޭނެ ކަމެކެވެ.

2. ގަނދަކޯޅި ފަތް



ގަނދަކޯޅިފަތަކީ ގޭސްޓްރިކް މައްސަލަތަކައް ވަގުތުން ފަސޭހަކޮށްދޭ ކާމިނޭޓިވް މާއްދާތައް ހިމެނޭ އެއްޗެކެވެ. ގޭސްޓްރިކްގެ އުނދަގޫވުމުން 4 ވަރަކަށް ފަތް ކެއުމުން މިއުނދަގޫތައް ފަސޭހަވެގެންދާނެއެވެ. ނުވަތަ ފެނަށް އަޅައިގެންވެސް ބޮވިދާނެއެވެ. އަދި ގަނދަކޯޅިފަތްކޮޅެއް ނަގައި ފެނުކައްކައިގެން ބުއިމުންވެސް މިކަން ފަސޭހަވެގެން ހިނގައިދާނެއެވެ.

3. ބަޓަރމިލްކް



ބަޓަރމިލްކަކީ ބަނޑުގައި އުފެދޭ ގޭހުގެ އުދަނގުލުން ފަސޭހަވުމަށް އެންމެ ފަސޭހައިން ލިބިދެވޭނެ ފަރުވާއެކެވެ. އެހެންކަމުން ކުޅި ކެއުމަކަށްފަހު ބަޓަރމިލްކް ތަށްޓެއް ބޯން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ސަބަބަކީ ކުޅިގަދަ ކެއުމެއްކާއިރުގަޔާއި އަދި ތަންކޮޅެއް ބަރުކެއުމެއް ކެއުމުން ބަނޑުގައި އުފެދިގެން އަންނަ އެސިޑިޓީ ލެވެލް ކޮންޓްރޯލްކޮށްދޭ މާއްދާއެއް ކަމަށްވާ 'ލެކްޓިކް އެސިޑް' ބަޓަރ މިލްކުގައި އެކުލެވޭތީއެވެ.

4. ކާފޫރު ތޮޅި



ކާފޫރު ތޮޅި އަކީ ކާތަކެތި ހަޖަމުކޮށްދިނުމަށް އެހީތެރިވެދޭ ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ކާފޫރު ތޮޅިން ގޭސްޓްރިކް މައްސަލަތައް ހައްލުކުރުމާއިއެކު އަނގައިން ނުބައިވސް ދުވުމުގެ މައްސަލައަށްވެސް ހައްލު ގެނުވައިދެއެވެ. އެހެންކަމުން ގޭސްޓްރިކް މައްސަލަ ހުންނަނަމަ އޭގެ އުނދަގުލުން ސަލާމަތްވުމަށް، ކާފޫރު ތޮޅީގެ 2 ވަރަކަށް ތޮޅި ޖޯޑެއްގެ ފެނަށް ފެނުކައްކައިގެން ކޮންމެ ދުވަހަކު ބޯން އާދަ ކުރާށެވެ.

5. އިނގުރު



އިނގުރަކީ އެންޓި އިންފްލެމޭޓަރީ މާއްދާތައް އެކުލެވޭ އަދި ކާތަކެތި ރަނގަޅަށް ހަޖަމުވުމަށް ބޭނުންވާ މާއްދާތައް އެކުލެވޭ ބާވަތެކެވެ. އިނގުރުގައި ހިމެނޭ ފެނޮލިކް މާއްދާއިން ބަނޑުގައި ގޭސް ހެދުމުން ދިމާވާ އުނދަގޫތަކަށް ހައްލުގެނުވައިދެއެވެ. ކެއުމުގެ ފަހުން އިނގުރުގެ ކުޑަ ފޮއްޗެއް ހަފާލުމުން މިކަމަށް ފަސޭހަވެގެން ދާނެއެވެ. ހަފައިގެން ނުކެވޭނަމަ، ފެނު ކައްކައިގެންވެސް ބޭނުން ކުރެވިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން