ޓެކްނޮލޮޖީއާއި ޑިޖިޓަލުގެ ޒަމާން ކުރިއަރަމުންދާއިރު އިނގިލިކުރިން ވިޔަފާރިކޮށްލައި، ވިޔަފާރިކުރި ސަމާނު ގެއަށް ޑެލިވަރކޮށްދިނުމުގެ ޚިދުމަތަކީ ގިނަބައެއްގެ މަގުބޫލުކަން ލިބެމުންދާ ޚިދުމަތެކެވެ. ހާއްސަގޮތެއްގައި ވިއްސާރަ މޫސުމާއި ވަޒީފާގައި ބިޒީކޮށް އުޅޭއިރު އޮންލައިންކޮށް ވިޔަފާރިކޮށްލައި، ގަންނަ މުދާ ފަސޭހައިން ލިބުމަކީ އެތައް ލުއިފަސޭހަތަކެއް ލިބޭ ކަމެކެވެ.

އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް ވިލާ މާޓަކީ ގާތް އެކުވެރިއެއްކަން ޔަގީނެވެ. ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓްގެ ފިހާރަތަކަކީ އިތުބާރު ހުރި ކޮލިޓީ މުދާ އެއްތާކުން އެންމެ އަގުހެޔޮކޮށް އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގާއިމު ކޮށްފައިވާ ސުޕަރ މާޓް ތަކެކެވެ.

ގޭގައި ތިއްބަވައިގެން ފަސޭހަކަމާއެކު ވިޔަފާރިކޮށްލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، ކިތަންމެ ހޫނަކަސް، މޫސުން ގޯސްވިޔަސް، ވިލާ މާޓުން އޮންލައިންކޮށް ގަންނަ މުދާ ފަސޭހަކަމާއެކު ސީދާ ގެއަށް ފޯރުކޮށްދިނުމަކީ އެތައްބަޔަކަށް ހިތްހަމަޖެހުމާއި، ލުއިފަސޭހަކަމެއް ގެނުވާ ޚިދުމަތެކެވެ. ފިހާރައިގައި ކިއުގައި ނުޖެހި، ވާރެޔާ ނުތެމި ގެއަށް ބޭނުންވާ ސާމާނު ގެއަށް ލިބުމަކީ ހަމަގައިމުވެސް ހިތްހަމަޖެހުމެކެވެ.

ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ކާބޯތަކެތީގެ އިތުރުން އާންމު ދިރިއުޅުމަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ.



އޮންލައިން ވިޔަފާރިކުރައްވާ ފަރާތްތަކަށް ހާއްސަކޮށް، ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓުގެ ހާއްސަ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބާޒާރު ކޮށްލެވޭނެއެވެ. އަދި ވިލާ މާޓްގެ އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑްކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން