ފޮޓޯ: ސޯޝަލްމީޑިއާ
ފޮޓޯ: ސޯޝަލްމީޑިއާ
ކީރިތި ޤުރުއާނުގެ 106ވަނަ ސޫރަތްކަމަށްވާ ސޫރަތުލް ޤުރައިޝް އަކީ މައްކާގެ ޤުރައިޝް ވަންހައިގެ މީހުން މާތްﷲ އަށް އުރެދި، އެކަލާންގެ ހަނދުމަކުރުމަށް އިޢުތިރާޒުވުމުން ބާވައިލެއްވި ސޫރަތެކެވެ. ޤުރައިޝް ވަންހައިގެ މީހުންނަށް ﷲތަޢާލާ ހާހުން ނިޢުމަތް ދެއްވިއިރުވެސް، އެބައިމީހުން ދެމިތިބީ ދިރުމެއް ނެތް ތަކެއްޗަށް އަޅުކަން ކުރުމުގައެވެ.

އެހެންކަމުން މި ސޫރަތަކީ ޤުރައިޝްވަންހައިގެ މީހުންގެ އިތުރުން، މުޅި އުއްމަތަށް ދެމިހުންނަނިވި ހަނދުމަކޮށްދިނުމެކެވެ. އެއީ، އަޅުކަންކުރެވޭނީ ހަމައެކަނި މާތްﷲއަށް ކަމަށާއި، ނުރައްކަލާއި ވަބާތަކުން ރައްކާތެރިކޮށްދެއްވާ ފަރާތަކީވެސް އަދި ނިޢުމަތް ދެއްވާ ފަރާތަކީވެސް ﷲ ކަމެވެ.

މަތީގައި މިދެންނެވި ފައިދާތަކަކީ ސޫރަތުގެ އިޞްތިލާޙީ މާނައިން ކޮންމެ ބޭފުޅަކަށްވެސް ދޭހަވާނެ ކަންކަމެވެ. އެހެންކަމުން މިލިޔުންކޮޅު ބިނާކޮށްލާނީ ސޫރަތުލް ޤުރައިޝް މުޠާލިޢާކުރުމުގެ އިތުރު ފައިދާތަކަށެވެ.

ބަރުދަން ލުއިކުރުން: ކަސްރަތުކުރުމާއި ފައިދާހުރި ކާނާ ކެއުމުގެ އިތުރުން، ކޮންމެ ދުވަހަކުވެސް ކެއުމުގެ ކުރިން 3 ފަހަރު ސޫރަތުލް ޤުރައިޝް ކިޔަވާށެވެ. އަދި ބަރުދަން ލުއި ކުރުމުގެ ނިޔަތުގައި ފެންބޯއިރުވެސް 3 ފަހަރު މި ސޫރަތް ކިޔަވާށެވެ. ﷲގެ އިރާދަފުޅާއެކު، އެއިލާހުގެ މަދަދުވެރިކަން ފެންނާނެއެވެ.

ރިޒްޤް ތަނަވަސްކުރުން: އާއްމު ދިރިއުޅުމުގައި ދެކޮޅުޖެހޭގޮތް ނުވާނަމަ، އާދަކޮށް ކޮންމެ ދުވަހަކުވެސް އިރުއެރުމުގެ ކުރިން މިސޫރަތް ކިޔަވާށެވެ. އިންޝާﷲ އެކަލާނގެ ރިޒްޤް ތަނަވަސްކޮށްދެއްވާ، ފަޤީރުކަން ނެތިކުރައްވާނެތެވެ.

ނޭދެވޭ ޚިޔާލުތަކާއި ދުރުވުން: އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނަފްސާނީ ބަލިމަޑުކަން ދަނީ އިތުރުވަމުންނެވެ. މިފަދަ ޙާލަތްތަކުގެ ފައިދާ ޝައިޠާނާ ނުނަގާ ހުންނާނެހެއްޔެވެ؟ އެހެންކަމުން ބޭސްފަރުވާގެ އިތުރުން، ސޫރަތުލް ޤުރައިޝް ކިޔުމަށް އާދަކުރާށެވެ. ނުރަނގަޅު ޚިޔާލުތަކާއި ވިސްނުންތަކުން ދުރުވާން ފަސޭހަވާނެއެވެ.

އުފާވެރި ކައިވެންޏެއް ދެމެހެއްޓުން: ވަރިއަކީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލައެވެ. ބައެއްފަހަރު ވަރިއަކުން ދިރިއުޅުން ނިންމުމަކަށް ގެނެވެނީ ވިސްނާނުލައި، "ކޫސަނި" މައްސަލައެއްގައެވެ. މިހެން ދިމާވަނީ ޝައިޠާނާ ބައިވެރިވެގެންނެވެ. އެހެންކަމުން ﷲ ހަނދުމަކުރުން ގިނަ ކުރާށެވެ. އަދި ދެމަފިރިންގެ ދެމެދުގައި ނުތަނަވަސްކަމެއް ވާނަމަ، 11 ފަހަރު ސޫރަތުލް ޤުރައިޝް ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ. ﷲގެ އިރާދަފުޅާއެކު، ޝައިޠާނާ ދުރުވެދާނެއެވެ.

އެންމެ 4 އާޔަތުގެ މައްޗަށް ބިނާވާ މިސޫރަތުގައި، 17 ލަފުޒާއެކު ޖުމްލަ 73 އަކުރުވެއެވެ. އެހެންކަމުން ހިތުދަސްކޮށް، އާއްމު ދިރިއުޅުމުގައި މިސޫރަތް ބޭނުންކޮށްލަން އުނދަގޫ ނުވާނެއެވެ.

މަރުޖިޢު: އިސްލާމްބިލީވަރ.ކޮމް (ތަރުޖަމާ: ޝަބާ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން