ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ކުދި ރަށްތައް ތަރައްޤީކުރުމެވެ. ކިތަންމެ ކުޑަ އާބާދީއެއް އޮތަސް އެއީ މީހުން ދިރިއުޅޭ ރަށެއްނަމަ އެރަށެއްގައި އަސާސީ ޚިދުމަތް ޤާއިމުކުރެއްވުމަކީ ރައީސް ޞާލިޙުގެ މުހިންމު ސިޔާސަތެކެވެ.

ކުޑަރަށެއް ބޮޑު ރަށެއް ތަފާތެއް ނެތެވެ. މިއާއެކު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބުނީ ކުދިކުދި އާބާދީތަކަށެވެ. ކުދި އާބާދީތައް ދިރިއުޅޭ ރަށްރަށަކީ މީގެކުރިން ސަރުކާރުތަކުން މާބޮޑަށް އަޅާލި ބައެއް ނޫނެވެ. އެރަށްރަށުގެ ރައްޔިތުން ދިރިއުޅެމުން އައީ އެންމެ އަސާސީ ޚިދުމަތްތައްވެސް ނުލިބިއެވެ. ފެންވަރަމުން އައީ ނަޖިސްފެނުންނެވެ. ލަފާފުރޭނެ ރައްކާތެރި ގޮތެއް ނެތެވެ. ދަތުރުފަތުރު އެހާ އުނދަގުލެވެ. ދިރިއުޅުމުގެ ޒަރޫރީ ކަންކަން ފުރިހަމަ ނުވުމާއެކު ޢާމްދަނީ ހޯދުމަށް ކުރެވޭނެ މާބޮޑުކަމެއްވެސް ނެތެވެ.

ހަލުވިކަމާއެކު ރާއްޖޭގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރަން ބޭނުންވާ ރަށްރަށުގެ ތަނަވަސް މީހުންނަށްވެސް ކުރިމަތިވެފައި އޮތް ދައްޗަކީ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމުން އެވިޔަފާރި ރަށުގައި ފެށެން ނެތުމެވެ. ލުއިފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ނެތުމާއި ރަށްރަށުގެ ޢާންމު ޙާލަތު ދަށްވުމަކީ ރަށް ކުރިއަރުވަން އޮތް ބޮޑު ގޮންޖެހުމެކެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޞާލިޙު ނުކުންނެވީ މިކަންކަން ދިރާސާކުރައްވައި ބައްލަވާފައެވެ. ވަރަށް ރަނގަޅަށް ހިސާބު ޖައްސަވައިގެންނެވެ. އެފަހަރު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުތަކުގެ ތެރޭގައި މިކަންކަން ޙައްލުކޮށްދެއްވައި ކުދި ރައްރަށުގެ ރައްޔިތުންނަށް ހަމަ އިސްކޮޅަށް ތެދުވެވޭނެ މަގު ފަހިކޮށްދެއްވުން ހިމެނެއެވެ.

މިއަދު ރިޔާސީ ފުރަތަމަ ދައުރު ނިންމަވައި ދެވަނަ ދައުރެއްގެ ކެމްޕެއިނަށް ކުދި ރަށްރަށަށް ވަޑައިގަންނަވާއިރު، ރައީސް ޞާލިޙު ކުރައްވަން އޮތް ކަމަކީ ކުރިން ފެށްޓެވި މަޝްރޫޢުތައް ނިމި ޚިދުމަތް ރަސްމީކޮށް އިފްތިރާޙުކުރެއްވުމެވެ. މިއާއެކު ފެނާއި ނަރުދަމާގެ އުފާވެރިކަން ރައްޔިތުން ދަނީ ޙާސިލްކުރަމުންނެވެ. ބަނދަރުތައް ނިމި ފަސޭހަކަމާއެކު އެދަނީ ލަފާފުރަމުންނެވެ. މިނޫނަސް ތަރައްޤީގެ ރަންޒަމާނެއް ޚާއްސަކޮށް ކުދި ރަށްރަށަށް އެވަނީ އައިސްފައެވެ.

މި ހެޔޮބަދަލާއެކު ލޯކަލް ޓޫރިޒަމާއި އިޤްތިޞާދީ އެހެނިހެން ސިނާޢަތްތައް ކުދި ރައްރަށުގައި ވަނީ މެކުހަށް ޖަހާފައެވެ. ކޯވިޑް19ގެ ޙާލަތުން އަރައިގަތުމަށް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން މާލީ އެހީއާއެކު އަމިއްލަ އުފަން ރަށަށް އެނބުރިގޮސް އެތައްބަޔަކު ވިޔަފާރިއާއި އެހެނިގެން މަސައްކަތްތައް ފަށައިފިއެވެ. ކުރިން ދިރިއުޅެވެން ނެތިގެން ދޫކޮށްލި ކުދިރައްރަތައް މިއަދު އާބާދުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި މިހާރު ރައީސް ޞާލިޙު އެވަޑައިގަންންވަނީ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ. ވިދާޅުވަނީ ތަރައްޤީ އިތުރު ހަރުފަތަކަށް ގެންދިއުމަށް އަދި އެއް ފުރުސަތު އެރުވުމަށެވެ. އެމަނިކުފާނަށް އެފުރުސަތު ނުދޭންވީ ސަބަބެއް ނެތެވެ. ފުރުސަތު ދީފިނަމަ ނަތީޖާ ނެރެދެއްވާނެކަން އެމަނިކުފާނު އެވަނީ ކަށަވަރު ކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން