ފުވައްމުލަކު ޑައިވަރުން ސިޓީ ކައުންސިލް އިދާރާގައި އިހުތިޖާޖްކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑައިވަރުން އިޙްތިޖާޖް ކުރަމުންދަނީ ފުވައްމުލަކު އިހުތިސާސްގެ ތެރޭގައި ފީނާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ކައުންސިލުން ނިންމުމާ ގުޅިގެންނެވެ. މިއީ މިދިޔަ ޖޫންމަހު ކައުންސިލުން ގެޒެޓް ކުރި ޤަވާއިދެކެވެ.

ފުވައްމުލަކުގެ ޑައިވަަރުން ދަނީ އެ މީހުންގެ ޝުޢޫރު ފާޅުކުރުމަށް ކައުންސިލް އިދާރާ ތެރޭގައި އަޑުއުފުލަމުންނެވެ. އެގޮތުން ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ނުދެވޭއިރު، ޑައިވަރުންގެ އަތުން ފީއެއް ނެގުމަށް ނިންމުމުން އެމީހުންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ފުވައްމުލަކު ކައުންސިލްގެ ފީނެގުމުގެ ޤަވާއިދުގައިވާ ގޮތުން ދިވެހިންނާއި، ރާއްޖޭގެ ވޯކް ވިސާ އަދި ސްޓޫޑެންޓް ވިސާ އޮތް މީހުންގެ ތެރެއިން ރާއްޖެއިން ބޭރުގެ އުޅަނދުތަކުން އަންނަ މީހުންގެ ބޮލަކަށް 200 ޑޮލަރު ނަގާނެއެވެ. ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އަންނަ މީހުންގެ ބޮލަކަށް 20 ޑޮލަރު ނެގުމަށް ހަމަޖެހިފައިވާއިރު ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުގެ މީހުންގެ ބޮލަކަށް 20 ޑޮލަރު ނެގުމަށް ކަނޑައަޅާފައިވެއެވެ.

ސަފާރީ އުޅަނދުތަކާއި ފުވައްމުލައް ނޫން ތަންތަނުގެ ޑައިވް ސްކޫލްތަކުން އަންނަ ބިދޭސީންގެ ބޮލަކަށް 55 ޑޮލަރު ނަގާއިރު ފުވައްމުލަކުގެ ޑައިވް ސްކޫލްތަކުން އަންނަ ބިދޭސީންގެ ބޮލަކަށް 40 ޑޮލަރު ނަގާނެކަމަށް ޤަވާއިދުގައިވެއެވެ.

ގަވައިދުގައިވާ ގޮތުން ފީ ނެގުމަށްފަހު ފީނަން ދެނީ 15 ދުވަހުގެ ހުއްދަ އެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން