ލެމަން ގްރާސް އަކީ ބޭސްވެރިކަމަށް ވަރަށް ޚާއްޞަ ގަހެކެވެ. ލެމަން ގްރާސްގެ ފަތާއި އަދި ތެލަކީ ވަރަށް ގިނަ ބާވަތްތަކުގެ ބޭސް އުފެއްދުމުގައި ބޭނުންކުރާ ބާވަތްތަކެކެވެ.

ރަނގަޅު ސިއްހަތެއްގައި ދެމިހުރުމާއި ދިފާޢީ ނިޒާމު ވަރުގަދަ ވުމަކީ އެކި ބަލިތަކުން ރައްކާތެރިވެ ދުޅަހެއު ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުން ކަމަކެވެ. ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށި ވެއްޖެ ނަމަ ފަސޭހައިން ބަލިތައް ޖެހި އެކި ކަހަލަ ވައިރަސް ތަކަށް ތިމާގެ ހަށިގަނޑު މަރުހަބާ ކިޔާނެއެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ތިމާގެ ހަށިގަނޑު ސަލާމަތްކުރުމުގައި ވެސް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ހަށިގަނޑުގެ ދިފާޢީ ބާރު ގަދަކުރުމެވެ. ޚާއްޞަކޮށް މި ދުވަސްވަރު ލެމަން ގްރާސްގެ މުހިންމުކަން ބޮޑީ މި ސަބަބަށް ޓަކައެވެ.

ލެމަން ގްރާސް އެއީ ކޮންއެއްޗެއް؟

ލެމަން ގްރާސް އަކީ ބޭސްވެރިކަމަށް ބޭނުން ކުރާ ވަރަށް ބޭނުންތެރި ގަހެކެވެ. ވަރަށް ގިނަ ބޭސް އުފެއްދުމަށް އެގަހުގެ ފަތާއި ތެއު ބޭނުން ކުރެއެވެ. މީގެއިތުރުން އެކި ބައްރު ތަކުގައި ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި ވެސް ލެމަން ގްރާސް ބޭނުން ކުރެއެވެ. ޚާއްޞަކޮށް ތައި ފުޑް ގެ ބާވަތްތައް ތައްޔާރު ކުރުމުގައި އާދަޔާ ޚިލާފަށް ލެމަން ގްރާސް ބޭނުން ކުރާކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ސުޕް ތައްޔާރު ކުރުމާއި އެކި ކަހަލަ ކެއުންތައް ތައްޔާރު ކުރުމުގައި ލެމަން ގްރާސްއަކީ ރަހަތައް ތަފާތުކޮށްދޭ ވަރަށް ޚާއްޞަ ބާވަތެކެވެ. ޚާއްޞަކޮށް ހާބަލް ޓީ ތައްޔާރު ކުރުމުގައި ލެމަން ގްރާސް މުހިންމު ދައުރެއް އަދާ ކުރެއެވެ.

ލެމަން ގްރާސްގެ ފައިދާ އެނގޭތަ؟

* ލެމަން ގްރާސްއަކީ ހަޖަމު ރަނގަޅު ކޮށްދޭ ބާވަތެކެވެ. ސައިބޯއިރު ލެމަން ގްރާސް ބޭނުން ކުރުމުން ބަނޑު ހަމަޖައްސައިދީ ހަޖަމު ރަނގަޅުކޮށްދެއެވެ.

* ލެމަން ގްރާސްއަކީ އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ބާވަތެއްކަން ހޯދުންތަކުން ދައްކައެވެ.

* ރައްކާތެރިކަމާއެކު ބަރުދަން ލުއިކުރާން ބޭނުން ނަމަ، އެންމެ ރަނގަޅީ ހަމަ ލެމަން ގްރާސްއެވެ. ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް ނެތި ހަށިގަނޑަށް ފައިދާހުރި ގޮތެއްގައި ބަރުދަން ލުއިކުރަން ބޭނުން ނަމަ ލެމަން ގްރާސް ވަރެއް ނެތެވެ. އެއީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދޭ ވެސް ބާވަތެކެވެ.

* ފަހުގެ ވަރަށް އިތުބާރު ހުރި ހޯދުންތަކުން ކަށަވަރު ވެފައިވާ ގޮތުގައި ކާނާއާއެކު އެތެރެވާ އެކި ކަހަލަ ބެކްޓީރިއާ ތަކުން ހަށިގަނޑުގެ ގުނަވަންތައް ސަލާމަތް ކޮށްދިނުމުގައިވެސް ލެމަން ގްރާސް އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އެގޮތުން ދަތް ފަނިކެއުމުން ރައްކާތެރިކޮށްދިނުމާއި ހިރުގަނޑަށް ޖެހޭ ބަލިތަކުން ވެސް ރައްކާތެރިކޮށްދެއެވެ.

އެކަމަކު އެއްވެސް ބާވަތަކީ އެބާވަތެއް ބޭނުން ކުރުމުގައި ހައްދު ފަހައަނަޅާ ހިނގައްޖެނަމަ އެއިން ލިބޭ ފައިދާތައް ކުޑަވެ ގެއްލުން ލިބިދާނެ އެއްޗަކަށްވާނެތީ ލެމަން ގްރާސް ބޭނުން ކުރުމުގައިވެސް ހައްދު ފަހަނައަޅާ ނުދިއުން ވަރަށް މުހިންމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން