އެޕިސޯޑް 22
...............
އުފާވެފައިހުރި ނަޖްމާ ބޯޓުން ފޭބި ވަގުތަކީ މަލަކާގެ ބައްޕަ ވަޖުދީވެސް އޭނާގެ ކާރުގައި އެތަނާ އަރާ ހަމަވި ވަގުތެވެ. ބޯޓުން ފޭބި ނަޖްމާ ފެނުމާއެކު ވަޖުދީއަށް ކާރުގެ ބުރަކި ޖައްސާލެވުނެވެ. އެވަގުތު ނަޖްމާއަށްވެސް ވަޖްދީ ފެނިއްޖެއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވިއެވެ. މަޑުމަޑުން އޭނާގެ ދޫ ޙަރަކާތް ކުރަންވެސް އުޅުނެވެ. ނަމަވެސް ދުލުގައި ބާރެއްނެތްފަދައެވެ.
[މަންމާ! އެއީ މަންމަ ދަންނަ މީހެއްތަ؟] ވަޖުދީ ފެނުމުން މަންމަގެ މޫނުމައްޗަށް އަރާފޭބި ކުލަވަރަށް ބަލަން ހުރެފައި ސަރާ އެއްސެވެ.
[ދަންނަން. ނޫން ދަންނަ މީހަކާ ވައްތަރުވި. ހިނގާ ގެއަށްދަމާ. ކޮބައިތަ ޢިމްރާން.] ނިމާލްގެ ކާރަށް އަރަމުން ނަޖްމާ އެއްސެވެ. އޭރުވެސް އެވެރިންނާ ދިމާއަށް ބަލަހައްޓައިގެން ކާރުތެރޭގައި ވަޖުދީ އިނެވެ.
[ޢިމްރާން އޮފީސްކަމަކު ރާއްޖެތެރެއަށް ގޮސްވީ. މާލަހެއްނުވެ އަތުވެދާނެކަންނޭނގެ.] ނިމާލް ކާރު ދުއްވާލީމާ ސަރާ މަންމައަށް ޖަވާބުދިނެވެ. މަންމަ ދެރަވާނޭވަރު ހިތަށްއަރައި ތެދަށް ބުނާކަށް އޭނާއަކަށް ނުކެރުނެވެ.
[މީ ކޮން ކުއްޖެއް، ޢިމްރާން ކޮއްކޮއެއްތަ؟] ކާރު ދުއްވަން އިން ނިމާލަށް އިޝާރާތްކޮށްފައި ނަޖްމާ އެއްސެވެ.
[ރައްޓެއްސެއް. އޯގާތެރިއެއް. މަންމާ ވާހަކަ ދައްކާނީ ގެއަށް ގޮސް...މަންމައަށް އެނގޭތަ ދެންމެ ކާރުގައި އިން މީހަކީ ކާކުކަން. އެއީ ޢިމްރާންމެންގެ ވިޔަފާރީގެ އެއް ޙިއްޞާދާރު.] ސަރާއަށް މިހެން ބުނެވުނު ވަގުތު ކާރު ނިމާލްމެންގެ ގެޔާ އަރާހަމަވެއްޖެއެވެ. ނިމާލް ފުރަތަމަ ފައިބައިގެން އައިސް ފަހަތު ދޮރު ހުޅުވައިދިނެވެ.
[މަންމަ ގޮވައިގެން ސަރާ ވަދޭ. އަހަރެން ފޮށިތައް ހިފައިގެން އެބަ ވަންނަން.] ނިމާލް މިހެން ބުނީމާ ސަރާ މަންމަގެ އަތުގައި ހިފައިގެން ވަދެއްޖެއެވެ.
[ކޮބާ ޢިމްރާންގެ މަންމައާއި ބައްޕަ....މިއީ އެއްވެސް މީހަކު ނޫޅޭ ގެއެއްތަ؟] ގެއަށް ވަދެވުމާއެކު ނަޖްމާ އެއްސެވެ.
[މިގޭ މީހުންދޯ....މިގޭ ނިމާލްގެ މަންމަވީ އިންޑިޔާގައި. ބައްޕަ ވިޔަފާރި ދަތުރެއްގައި ސިލޯނަށް ގޮސްވީ.] ސަރާ ބުންޏެވެ.
އެވަގުތު ދާދިފަހުން ނިމާލް އެގެއަށް ގެނައި ބޭރުމީހާ އެތަނަށް އައިސް ހުއްޓިއްޖެއެވެ.
[ކާން އަންނަނީ....] ބިދޭސީ އަންހެންމީހާ ސަސުރާ ބުންޏެވެ. އޭރު ނަޖްމާ ހުރީ ހިސާބަކަށް ޙައިރާންވެފައެވެ. އެގޭ ސިޓިންގރޫމުން ފެންނަމުންދަނީ މުޅިންވެސް އެހެން ބައެއްގެ ފޮޓޯތަކެވެ. ނިމާލާއި އޭނާގެ މަންމައާއި ބައްޕަގެ އުފާވެރި މުނާސަބުތައް ރަމްޒުކޮށްދޭ ފޮޓޯތަކުން ސިޓިންގރޫމް ވަނީ ފަޅުފިލުވާފައެވެ.
[ދަރިފުޅާ...ޢިމްރާންގެ ގެއެއް ނޫންދޯ މިއީ؟] ގޭތެރެއަށް ނަޒަރު ހިންގަ ހިންގާހުރެ ނަޖްމާ އެއްސެވެ. ސަރާ އިސްޖަހާލިއެވެ. މަންމައަށް ދޭނޭ ޖަވާބެއް އޭނައަށް ނުވިސްނުނީކަންނޭނގެއެވެ.
[ދަރިފުޅު މަންމައަށް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރޭ. ބުނެބަލަ ކިހިނެއްތަ ވެގެން މިއުޅެނީ....ޢިމްރާން ކޮބައިތަ؟ އަނެއްކާ ޢިމްރާނަށް ކަމެއްވީތަ؟] ނަޖްމާ ސަރާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލިއެވެ.
[މަންމާ.....] ސަރާގެ ބަޑި ފަޅައިގެން ދިޔައީ އެހާ ހިސާބުންނެވެ. އެވަގުތު ނިމާލް ހުރިހާ ވާހަކައެއްވެސް ފެށުނީއްސުރެ ނިމެންދެން ނަޖްމާއަށް ކިޔާދީފިއެވެ. އޭރު ނަޖްމާއަށްވެސް ރޮވެން ފަށައިފިއެވެ.
[ދަރިފުޅާ....މިނިކަމެތި ޙާލުގައި މިތާ އުޅުމުގެ ބޭނުމަކީ ކޮބާ.....އަވަހަށް މަންމައާއެކު ރަށަށްދާން ހިނގާ....] ރޮމުން ނަޖްމާ ވާހަކަ ދެއްކިއެވެ. މިހާރު ނަޖްމާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޭނާގެ ލޯބިވާ ދަރިފުޅު ގިނަ ދުވަސްތަކެއް ވަންދެން ވޭނާއި ހިތްދަތިކަން ބަރުދާސްތު ކޮށްފައިވާތީ އޭނާ އެހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
[ދަރިފުޅުވެސްވީ މަންމަ ފަދަ ކެތްތެރިއަކަށް. ޢިމްރާން އެއީ ކޮންކަހަލަ ފިރިހެނެއް. އެއީ އަންހެނުންގެ އިޙްސާސްތައް ދަންނަ މީހެއް ނޫން.] މިހާރު ނަޖްމާ އެހުރީ ޢިމްރާނާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
[މަންމާ އަދި ޢިމްރާނަށް ވިސްނޭނެ. އަދި އަހަރެންގެ ގާތަށް އަންނާނެ.] އަދިވެސް ޢިމްރާނަށް ދެރަބަހެއް ބުނާކަށް ސަރާ ބޭނުމެއް ނޫނެވެ.
[އަދިވެސް އޭނައަށް އިންތިޒާރު ކުރަންތަ ތިއުޅެނީ. ދެން ދަރިފުޅު އެކެހިވެރިޔާގެ މަޅީގައި ޖެހުނަނުދޭނަން.] ސަރާ ކިތަންމެ ޢިމްރާން ދިފާޢުކޮށްފައި ވާހަކަ ދެއްކިޔަސް މިހާރު ނަޖްމާ ޢިމްރާން މަތިން މުޅިން ފޫހިވެއްޖެއެވެ. އޭނާ ނުހަނު ލޯބިން ބަލާ ބޮޑުކޮށްފައިވާ ދަރިފުޅާ ދޭތެރޭ އެގޮތަށް ކަންތައް ކުރި މީހަކަށް ދުވަހަކުވެސް މަޢާފް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
[މަންމާ ޢިމްރާންގެ ބޮލަށް ބަޔަކު ވަނީއޭ.] ސަރާއަށް ގިސްލެވެން ފެށުނެވެ.
[އެހާ ފަސޭހައިން ބޮލަށް ވަދެވެންޏާ އޭނަޔާ އިނދެގެން ދުވަހަކުވެސް ދަރިފުޅަށް ހަމަޖެހުމެއް ނުލިބޭނެ.] ނަޖްމާ މިހެން ބުނެފައި އިތުރަށް ޢިމްރާންގެ ދިފާޢުގައި އަނގަ ނުހުޅުވުމަށް ސަރާއަށް އަމުރުކުރިއެވެ.
އޭރު އެތާނގައި ހުރި ނިމާލް ހުރީ ސަރާގެ މަންމަގެ ވާހަކަ ހުރިގޮތުން ވަރަށް ހިތްހަމަޖެހިފައެވެ.
[އަހަރެންވެސް މިދައްކަނީ ތިވާހަކަ. ކައިވެންޏަށް އެތައް އަހަރެއްވީއިރުވެސް އޭނަޔަކަށް ސަރާ ދަހެއްނުވި. އެވަރުގެ ފިރިޔަކާއެކު ކިހިނެއްތަ ކައިވެނި ދަމަހައްޓާނީ....] ނިމާލް ނަޖްމާއަށް ތާއީދުކޮށްފައި ބުންޏެވެ.
[މިހާދުވަސްވީއިރު ދަސްނުވި މީހަކަށް ދުވަހަކުވެސް ދަހެއްނުވާނެ. ދަސްވިޔަސް ދެނެއް އަހަރެންގެ މިދަރިފުޅު އެފަދަ ކެހިވެރިއެއްގެ އަތްމައްޗަށް ދުލެއް ނުކުރާނަން.] ނިޔާޒް އެގެއަށް އައިސް ވަނީ އެވަގުތުއެވެ.
[ނިޔާޒް ކީއްވެތަ ރާވައިގެން މިފަދަ ބޮޑު ކެއްސެއް މިދަރިފުޅަށް ތިދިނީ....] ނިޔާޒް ފެނުމާއެކު ނަޖްމާ ނިޔާޒަށްވެސް ރުޅިބޭލިއެވެ.
[ނަޖްމާއްތާ، ފަހަރެއްގައިވެސް އަހަރެން ރާވައިގެން ކުރި ކަމެއް ނޫން. ޢިމްރާނަކީ އެހާ ވިސްނުން ކޮށި މީހެއް ކަމެއް ކުރިޔަކުން އަހަރެން ނުދެނަހުރިން. ނަޖުމާއްތައަށް އަހަރެން ދަސްނުވިޔަސް ސަރާއަށް އަހަރެން އެނގޭނެ. ޢިމްރާނަކީ އަހަރެންގެ ބަސް ގަބޫލުކުރާ މީހެއް ނޫން.] ނިޔާޒް އެތެރެއަށް ވަދެ އިށީނެވެ. ދެން ނިޔާޒްގެ ދިފާޢުގައި ވާހަކަ ދެއްކީ ސަރާއެވެ.
[ތެދެއް މަންމާ، ނިޔާޒްގެ އެއްވެސް ކުށެއް ނެތް. ނިޔާޒާއި ނިޔާޒްގެ ޢާއިލާއަކީވެސް އޯގާތެރި ބައެއް. ނިޔާޒްމެންގެ އޯގާތެރިކަން ނުލިބޭނަމަ އަހަރެން އުޅޭނީ ކޮންފަދަ ނިކަމެތި ހާލެއްގަ.....] މަންމަގެ މޭގައި ބޯއަޅައިގެން އޮވެ ސަރާ ވާހަކަ ދެއްކިއެވެ.
އެދުވަހު ސަރާ މަންމަގެ މޭގައި ބޯއަޅައިގެން އޮވެ އެތައްއިރެއް ވަންދެން ރުޔެވެ. ހީވާ ކަހަލައެވެ. އޭނާ ބޭނުންވަނީ ކަރުނަ ހުސްވަންދެން ރޯލާށެވެ. ފަހުން ކިތަންމެ ހިތްދަތިިވިޔަސް ކަރުނައިގެ އަސަރު ލޮލުން ފާޅުނުވާވަރަށެވެ.
[ދެން ހުއްޓާލާ، ދަރިފުޅާ މާބަނޑު ދުވަސްވަރު ތިވަރަށް ހިތާމަކުރާކަށް ނުވާނެ. އެއީ ހުވަފެނެކޭ ހީކޮށްލާފަ، އެހަނދާންތަކާ ދުރަށްދޭ....] ނަޖްމާ ސަރާއަށް ހިތްވަރުދެމުން ސަރާ އަތުލަފިކޮށްގެން ގޮސް ސޯފާގައި ބައިންދައިފިއެވެ.
ހަމަ އެވަގުތެވެ. ގެއަށް އައިސް ވަންގޮތަށް ވަޖުދީ އެއޮތީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުން އެދަނީ ދާދި ކުޑައިރުކޮޅެއް ކުރިން ފެނުނު ނަޖުމާއާ މެދުގައެވެ. އޭނާއަށް ޔަޤީނެވެ. އެއީ ހަމަ ނަޖްމާއެވެ. ނުފެނި ވިހި ބާވީސް އަހަރު ފާއިތުވާއިރު ބަދަލުތަކެއް އަންނާނެތާއެވެ. ޒުވާން ދުވަސްވަރާ ޚިލާފަށް ހިކި އަނަރޫފަވެފައިވިޔަސް، އޭނާގެ ސިފައަށް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އޭނާ އެދިޔައީ ކޮންގެއަކަށްބާއެވެ؟ ސަރާއަކީ އޭނާގެ ކާކުބާއެވެ؟ ވަޖުދީގެ އަނބިމީހާ ޝާޢިރާ ކޮޓަރިއަށް ވަދެ ކަރުކެހިލީ ވަޖުދީ އޮތް ފިކުރުގެ ކަނޑުން ފެންމަތި ކުރަން ވެގެނެވެ. ޝާޢިރާގެ އަޑަށް ވަޖުދީ ވަރަށް ބޮޑަށް ސިހުނެވެ.
[ހާދަ ބޮޑު ފިކުރެއްގަ؟] ޝާޢިރާ ވަޖުދީ އޮތް އެނދުގެ މަގަތުގައި އިށީނެވެ.
[ހިތަށްއަރަނީ ސަރާއަކީ ހަމަ އެހާ ގޯސް ކުއްޖެއްބާއޭ. މާލޭގެ ވާލެއް ޔާރެއް ނެތް ކުއްޖަކު ކުއްލިއަކަށް ގެއިން ނެރެލީމާ، އެކުއްޖާގެ ހިތަށް ކިހާ އަސަރެއް ކުރާނެ.] ވަޖުދީ ބުންޏެވެ.
[އަނެއްކާ! ކުއްލިއަކަށް އޭނަޔާ ދޭތެރޭ މާބޮޑަށް ހަމްދަރުދީތިވަނީ ކޮންކަމެއް ލައިގަތީތަ؟] ޝާޢިރާ ހިސާބަކަށް ޙައިރާންވާފަދަ ގޮތަކަށް އެއްސެވެ.
[އިންސާނިއްޔަތާ ޚިލާފު އެއްވެސް ކަމަކަށް އަހަންނަކަށް ތާއީދެއް ނުކުރެވޭނެ.] ވަޖުދީގެ ވާހަކަ އެވަގުތު ހުއްޓުނީ އެތަނަށް މަލަކާ އައިސް ވަނީމައެވެ.
[އަހަރެން އެބަ އަންނަން. ކުއްލިއަކަށް މިހަނދާންވީ، އެބަޖެހޭ އޮފީހަށް ވަދެލަން. ބައްޕަ ދަނީއޭ ދަރިފުޅާ.....] ވަޖުދީ މަލަކާގެ ކޮނޑުގައި އަތް ޖައްސާލުމަށްފަހު ހިނގައިގެންފިއެވެ.
މިހާރު ވަޖުދީ ބޭނުންވަނީ ނަޖްމާ ވީތަނެއް ހޯދާށެވެ. ނަޖްމާގެ ކިބައިން މަޢާފަށް އެދެންވެސް ކުއްލިއަކަށް އޭނާ ބޭނުން އެވަނީ ކީއްވެބާއެވެ. މިހާރު އޭނާވެސް އޭނާގެ ނަފްސާ އެސުވާލު ކުރެއެވެ.
އެދުވަސް ފާއިތުވެދިޔައީއެވެ. މަސައްކަތްތަކެއް ކުރެވުނު ކަމުގައިވިޔަސް ވަޖުދީއަކަށް ނަޖުމާއެއް ނުފެނުނެވެ. އޭގެފަހުން ފާއިތުވާ ކޮންމެ ދުވަހަކުވެސް ނަޖުމާއަށް ފެންނަމުން ދަނީ ނިމާލްގެ އޯގާތެރި ކަމެވެ. ނިމާލް ސަރާޔަށް ޚިދްމަތް ކުރަމުންދާއިރު ހީވަނީ ލޮބުވެތި އަންބަކަށް ޚިދްމަތްކުރާހެނެވެ. ޙަޤީޤަތުގައިވެސް ނިމާލަކީ އޯގާތެރި ކަމުގެ ނަމޫނާ މިސާލެކެވެ.
އިމްރާނާއެކު ސަރާ ހޭދަކުރި ދުވަސްތަކުގައިވެސް އެފަދަ އޯގާތެރިކަމެއް ޙިއްޞާކޮށްފައެއް ނުވެއެވެ.
[ނިމާލާ....ނިމާލްގެ ތި އޯގާތެރިކަމުގެ ބަދަލު އަހަރެންދޭނީ ކިހިނެއް. އަހަރެންފަދަ އެއްވެސް ގުޅުމެއްނެތް އަންހެނަކަށް ތިބަހައްޓާ އޯގާތެރިކަމުގެ ބޭނުމަކީ ކޮބާ؟] ނިމާލާއެކު އެކަނިވި ވަގުތު ސަރާ ވާހަކަ ދެއްކިއެވެ.
[ހެޔޮކަމެއް ކޮށްފި މީހަަށް އޭގެ ބަދަލު މާތްރަސްކަލާނގެ ދެއްވާނެ. އަހަންނަށް މިކުރެވެނީ ހެޔޮކަމެއް ކަމަށްވާނަމަ މާތްރަސްކަލާނގެ ބަދަލު ދެއްވާނެ.] ނިމާލް ބުންޏެވެ. ސަރާގެ ފަރާތުން އެއްވެސް ބަދަލެއް ބޭނުމެއް ނޫން ކަމަށް އަބަދުވެސް ނިމާލް ބުނެއެވެ.
ޢިމްރާންގެ ދިރިއުޅުމުން ސަރާ ބޭރުކޮށްލުމަށްފަހު މިހާރު މަލަކާއާއި ފަހީމާ އެތިބެނީ ވަރަށް ހިތްހަމަޖެހިފައެވެ. އަބަދުވެސް ފަހީމާ މަސައްކަތް ކުރަމުން އަންނަނީ މަލަކާގެ އުފަލަށްޓަކައެވެ. އޭނާ ހީކުރެއެވެ. މަލަކާއަކީ ޢިމްރާނަށްޓަކައި ތެދުވެރި އަންހެނެކެވެ. އޭނާ ހީކުރާ ގޮތް ނޫންކަން އެނގޭހިނދު އޭނާއަށް ވާނީ ކިހިނެއްބާއެވެ. ގައިމެވެ. ކޮންމެވެސް ދުވަހަކުން މަލަކާގެ ފަތިފުށް އެނގި ސަރާގެ ފަހަތުން އޭނާއަށްދާން ޖެހޭނެއެވެ. ސިއްރުތައް ފޮރުވައިގެން އަބަދަކު ނުހުރެވޭނެއެވެ. ކޮންމެވެސް ދުވަހަކުން ސިއްރުތައް ހާމަވެ ކުށްކުރާ މީހުންނަށް އަދަބު ލިބޭނެއެވެ. މަލަކާއާއި ފަހީމާގެ ޙަޔާތަށްވެސް އެދުވަސް އަންނާނޭކަމީ ކަށަވަރު ކަމެކެވެ. ދާއިމަށް ސިއްރު ހިފެހެއްޓުމަކީ އެކަކަށްވެސް ކުރެވޭނޭ ކަމެއް ނޫނެވެ.
ފަހީމާއާއި މަލަކާއަށް އެކަންޏެއް ނޫނެވެ. ރައްޒާޤަށްވެސް ދާއިމަށް ސިއްރުތަކެއް ނުހިފެހެއްޓޭނެއެވެ. އަތްމަތި އަނެއްކާވެސް ދަތިވާއިރަށް އޭނާ މަލަކާގެ ފަހަތުން ދާނޭކަމީ ޔަޤީންކަމެކެވެ. އޭނައަށް ލިބިފައިވާ ބާރުގެ ބޭނުން އޭނާ ކުރާނެއެވެ. ފަސްލައްކަ ރުފިޔާއަކީ އޭނާގެ ދޫ ބަންދުވުމެއް ނޫނެވެ.
[މަލަކާ...ހިނގާ ބައްދަލުކޮށްލަމާ....] ދުވަސްތަކަކަށްފަހު ރައްޒާޤު މަލަކާއަށް ގުޅިއެވެ. ރައްޒާޤުގެ އަޑު ޖެހުމާއެކު މަލަކާ ތުރުތުރުއަޅައިގަތެވެ.
[ރައްޒާޤު އެއްބަސްވީމެއްނު އަހަންނަށް އުނދަގޫ ނުކުރާނެ ކަމަށް. ކީއްވެ އަނެއްކާ އުނދަގޫކުރަނީ. އެއޮއް ބައިވަރު ފައިސާ ދިނީމާވެސް އަގު ވަޒަން ނުކުރަނީތަ؟] ފޯނު ހިފައިގެން ބޭރަށް ނިކުމެ ވަށައިގެން ހޯދަމުން މަލަކާ ވާހަކަ ދެއްކިއެވެ. ރައްޒާޤު މަޑުމަޑުން ހީގަތެވެ.
[އިންސާނުންގެ ހިތް ފުރޭނެތަ؟] ރައްޒާޤަކީ ރަޙުމް ކުޑަ މީހެއް ކަމަށް ބެލެވެއެވެ. އޭނާގެ ވާހަކަ ހުރީ އެރާގުގައެވެ.
[މާނައަކީ އަދިވެސް ކަލޭ އަހަރެންގެ އަތުން ފައިސާ ހޯދަން އުޅެނީއޭތަ؟ އަޅެ އާދޭސްކޮށްފައި ބުނަން. ރައްޒާޤު ދެން އަހަންނަށް އުނދަގޫ ނުކުރޭ. އަހަރެންގެ ދިރިއުޅުން ހަމަޖެހިގެން ކުރިއަށް ދަނިކޮށް ކުރި ބަންދު ނުކުރޭ....] މަލަކާ އާދޭސް ކުރަން ފަށައިފިއެވެ.
[މައްސަލައެއް ނެތް. އަދި އަހަންނަށް ކުޑަކުޑަ ފައިސާކޮޅެއްދީ. އެއްކަލަ ފައިސާތަކުން މިއުޅެނީ ފެށި ވިޔަފާރިން ކުރިއަށް ދެމިނުގަނެވިގެން.] އަނެއްކާވެސް ރައްޒާޤު ޝަރުޠެއް ކަނޑައަޅައިފިއެވެ. ރައްޒާޤު ބޭނުންވާ ވަރަށް ފައިސާދީގެންވެސް އޭނާ ހިފެހެއްޓުމަށް މިހާރު މަލަކާއަށްވަނީ މަޖުބޫރުވެފައެވެ.
[ކިހާވަރެއް ބޭނުންވެގެން ތިއުޅެނީ؟] މަލަކާ އެއްސެވެ.
[އެއްލައްކައެއްހާ ރުފިޔާ ލިބެނިކޮށްވެސް ފުއްދިދާނެ....އެވަރު ދެވިދާނެތަ؟] ރަައްޒާޤު ބުންޏެވެ.
[ތިބުނާ ވަރަށް ފައިސާ ދީފިއްޔާ ދެން އުނދަގުލެއް ނުކުރާނަންތަ؟] މަލަކާ ބޭނުންވަނީ ރައްޒާޤު ލައްވާ ވަޢުދު ކުރުވާށެވެ. ރައްޒާޤުގެ ސަބަބުން އޭނާގެ ރޭވުންތެރި ދިރިއުޅުމަށް ކިތަންމެ ބޮޑު ޠޫފާނެއްވެސް އަތުވެދާނެއެވެ. ވުމާއެކު އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ނޫން ގޮތަކަށް އޭނައަކަށް އުފާވެރި ޙަޔާތެއް ހޭދައެއް ނުކުރެވޭނެއެވެ. ކޮންމެފަދަ ވަގުތެއްގައިވެސް ރައްޒާޤު އަތުވެދާނޭ ކަމުގެ ބިރު އޭނާގެ ކުރިމަތީގައިވެއެވެ. އެއީ ޢާއިލީ ވިޔަފާރިއަށްވެސް ބުރޫއަރައިގެންދާފަދަ ނުރައްކާތެރި މައްސަލައެކެވެ. ހަމަގައިމުވެސް ޙަޤީޤީ މަލަކާ ޢިމްރާންގެ މަންމައާ ބައްޕައަށް ފެންނަހިނދު އިންތިހާއީ ރުޅިއާއި ނަފްރަތުން އެމީހުންގެ ހުޅުގަނޑު ފަޅައިގެންދާނެއެވެ. އެފަދަ ހުޅުގަނޑެއް ނިއްވުމަކީ ފަސޭހައިން ކުރެވޭނޭ ކަމެއްވެސް ނޫންމެއެވެ.
[އާނ ދެން އަހަންނެއް މަލަކާޔަކަށް އުނދަގުލެއް ނުކުރާނަން. މިހާރުވެސް އުނދަގުލެއް ނުކުރަމެއްނު. މަލަކާމެންފަދަ ބޮޑެތި މުއްސަނދިންގެ އަތުން މިހެން ހޯދާ ފައިސާއަކީ ކުރެވޭ އުނދަގުލެއް ކަމަށް ނުދެކިބަލަ. އަަހަރެންގެ އަތުގައި ހުއްޓަސް މިއީ އަހަންނާއި މަލަކާގެ ދަރިފުޅުގެވެސް ފައިސާއޭ. މުދާ ބަހާއިރު އަހަރެން އެމަންޖެއަށްވެސް ބައި އަޅާނަމޭ.] މާމޮޅު ވާހަކައަކަށް ހަދައިގެން އަނެއްކާވެސް ރައްޒާޤަށް ދެވުނީ މަލަކާއަށް ވިހަ އިންޒާރެކެވެ. ވުމާއެކު މަލަކާ ސިހުނެވެ.
[މާނައަކީ އަހަރެންގެ ދަރިފުޅު އަދިވެސް ރައްޒާޤުގެ ދަރިއެއްގެ ގޮތުގައި ދެކެނީއޭތަ؟] ސިއްސައިގެން ގޮސްފައި މަލަކާއަށް އަހާލެވުނެވެ.
[އެހެނެއް ނޫން...މަލަކާ ހާދަ ހާސްވީ. އަދިވެސް އަހަންނަށް ފައިސާކޮޅު ދޭނޭ ވާހަކައެއް ނުބުނަމެއްނު.]
ރައްޒާޤު ބޭނުންވަނީ މަލަކާ ބްލެކްމެއިލް ކޮށްގެން އަބަދުވެސް އޭނާގެ ބޭނުންތައް ފުއްދާށެވެ. މިހާރު މަލަކާއަށްވެސް ޔަޤީންވެއްޖެއެވެ. ރައްޒާޤަށް ކިތަންމެ ބައިވަރު ފައިސާތަކެއް ދިން ނަމަވެސް އޭނާގެ ފުށުން މަލަކާއަކަށް ސަލާމަތެއް ނުވެވޭނެއެވެ. ވުމާއެކު މިފަހަރު ރައްޒާޤު އެދޭ ވަރަށް ފައިސާދޭނޭ ކަމަށާއި، ނަމަވެސް އެފައިސާ ދެވޭނީ އެއްހަފްތާ ފަހުން ކަމުގައި މަލަކާ ބުންޏެވެ. އެއީ ރައްޒާޤުގެ ކިބައިން ސަލާމަތްވާނޭ އެހެން ގޮތެއް އޭނާ އެހަފްތާތެރޭގައި ރޭވުމަށްޓަކައި ކަމުގައި ބެލެވެއެވެ. އެއްހަފްތާ ފަހުން ފައިސާ ލިބުނަސް ވަރިހަމަ ކަމަށް ބުނެ ފޯން ބޭއްވުމަށްފަހު ރައްޒާޤު އުފާކުރި ކަމުގައިވިޔަސް، މިހާރު މަލަކާގެ ވިސްނުންހުރީ އެއްލައްކަ ރުފިޔާ އެހެން ބަޔަކަށްދީގެން ނަމަވެސް ރައްޒާޤުގެ ކިބައިން ސަލާމަތްވެވޭނޭ ގޮތެއް ހޯދުމަށެވެ.
މަލަކާމެންގެ ގެ ހުންނަ ސަރަޙައްދަކީވެސް ހައްދުފަހަނަޅާފައިވާ މަސްތުވާތަކެތި ބޭނުންކުރާ ގްރޫޕްތައް އުޅެމުންދާ ހިސާބުގަނޑެއްކަމުން އެފަދަ ފަރާތްތަކާ ގުޅައިގެން ރައްޒާޤަށް ޙަމަލަދިނުމަކީ މާބޮޑު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެހެންދެވޭ ޙަމަލަޔަކީ ރައްޒާޤުގެ ކިބައިން މުޅިން މިންޖުވުން ނޫންކަންވެސް އޭނާ ދަންނަން ޖެހޭނެއެވެ. ޢިމްރާންގެ ޙަޔާތުން ދުރަށްގޮސް ރައްޒާޤާ ކައިވެނިކުރުން މިހާރުވެސް އޭނައަށް މާފައިދާ ބޮޑުވާނެއެވެ. އޭރުން މިހާރު އޭނާގެ އަތުން ރައްޒާޤަށް ދެވުނު ފައިސާވެސް އޭނާގެ މިލްކަކަށްވީއެވެ.
މާލެ އައީއްސުރެ ނަޖްމާ ސަރާއަށް ވިސްނައިދެމުން އެދަނީ ޢިމްރާނާ ދޭތެރޭ ނުވިސްނައި، ވިހާ ގަދަވެގެން އެހެން ޙަޔާތެއް ފެށުމަށެވެ. މިހާރު އޭނާ ތަކުރާރުކޮށް ބުނަމުންދަނީ ދެން އެފަދަ ކެހިވެރި އެއްވެސް ފިރިހެނަކަށް އޭނާގެ ދަރިފުޅުގެ ދިރިއުޅުމަށް އައުމަށް ފުރްޞަތު ނުދޭނެ ކަމަށެވެ. ޢިމްރާން ކިތަންމެ އިހާނެތިކޮށް ކަންތައްތައް ކުރި ކަމުގައިވިޔަސް، ޢިމްރާނާ ދިމާއަށް އެއްވެސް މީހަކު ބަރުބަހެއް ބުނާކަށްވެސް ސަރާ ނުރުހެއެވެ. އަދިވެސް އޭނާ ބުނަމުންދަނީ ޢިމާރާންގެ ބޮލަށް ބަޔަކު ސަވާރުވަނީ ކަމަށެވެ.
[އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭވަރު ނެތް މީހަކީ އެއްވެސް އުރައްޕެއް ހުރި މީހަކަށް ނުާވނެ. އެއީ ރިމޯޓް ކޮންޓްރޯލް ބުދެއްކަހަލަ މީހެއް...އޭނާ ކުރިޔަށްދަނީ އޭނާގެ މަންމަ ބޭނުންވާ ގޮތަށް. މާނައަކީ އޭނާގެ ރިމޯޓް އޮތީ އޭނާގެ މަންމަގެ އަތުގައޭ.] މިފަހަރު ސަރާ ޢިމްރާންގެ ދިފާޢުގައި އެއްޗެއް ބުނުމުން ނަޖްމާ ހުރީ ވަރަށް ރުޅިއައިސްފައެވެ.
[މަންމާ ދެން ތިވާހަކަ ހުއްޓާލަބަލަ....ހިނގާބަލަ މިރޭ ދަރިފުޅަށް ބޭނުންވާނޭ އެއްޗެތި ގަންނަން. ނިޔާޒް ފައިސާދީފައި އެބަހުރި. ޢިމްރާން ކަންތައް ކުރިގޮތުން ނިޔާޒްވެސް ހުރީ އޭނަ ދެކެ ވަރަށް ރުޅިއައިސް ޚިޔާލު ތަފާތުވެފައި.] މައުޟޫޢު ބަދަލުކޮށްލަން އުޅެފައިވެސް ސަރާއަށް ދެއްކުނީ ޢިމްރާންގެ ވާހަކައެވެ.
[އެންމެ ރަނގަޅު ހިނގާދަމާ....މަވެސް ދާނަން.] ނިމާލް ބުނެލިއެވެ. ނިމާލް ބުނީ ބާޒާރު ކުރަން ދާންވާނީ ކާރުގައި އޭނާއާ އެކުގައި ކަމަށެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު