ޓޮމާޓޯއާއި ކިއުކަމްބާ އެއްކޮށްގެން ސެލެޑް ކެއުން އެއީ ބޮޑު ނުރައްކަކެއް!
ޓޮމާޓޯއާއި ކިއުކަމްބާ އެއްކޮށްގެން ސެލެޑް ކެއުން އެއީ ބޮޑު ނުރައްކަކެއް!
އަހަރެމެންގެ ތެރެއިން ބައެއްމީހުންނަށް ކިއުކަމްބާ ސެލެޑް ނުވަތަ ސެލެޑަށް ކިއުކަމްބާ އަދި ޓުމާޓޯ އެޅުމަކީ ސެލެޑް މީރުކޮށްދޭކަމެކެވެ. އެހެންނަމަވެސް ސެލެޑެއް ތައްޔާރުކުރާއިރު ކިއުކަމްބާއާއެކު ޓުމާޓޯ އެޅުމަކީ ނުވަތަ މިދެބާވަތް އެއްކުރުމަކީ ބައެއްކަހަލަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް ނުރައްކެލެކެވެ.

ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި ކިއުކަމްބާއާއެކު ސެލެޑްގައި ޓުމާޓޯ ހިމެނުމަކީ، އަހަރެމެންގެ ޞިއްހަތަށް ނުހަނު ގެއްލުންހުރި ކަމަކެވެ.

ކިއުކަމްބާއާއި ޓުމާޓޯ އެޅުމުން އެސެލެޑެއް ކިތަންމެ އަރެމެންގެތެރޭގައި މީރުވެފައި މަޤުބޫލުވިނަމަވެސް އިންޑިޔާގެ މަޝްހޫރު ވެލްނެސް ބައި ތާންޔާ ކްލިނިކްގެ ޑައިޓިޝަން ތާންޔާ ކަޕޫރު ވިދާޅުވަނީ އެދެބާވަތް އެކުއެކިގައި ކެއުމަކީ ޞިޙައްތަށް ގެއްލުންދެނިވި ކަމެއްކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކިއުކަމްބާއަކީ ހަށިގަނޑު ހައިޑްރޭޓްކުރުމަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިއްބައިދޭ ބާވަތެއް ކަމަށެވެ. އަދި ކިއުކަމްބާ ކާވަގުތެއްގައި ވިޓަމިންސީ ހަށިގަނޑަށް އެބްޒޯބްކުރުން ހުއްޓުވައިލާކަމުގައިވެސް އޭނާ އޭނާ ވިދާޅުވެއެވެ.

ޓޮމާޓޯއަކީ ހައި އެސިޑް ބާވަތަކަށް ވުމުން މިދެބާވަތް ހަޖަމު ކުރަނީ ތަފާތު ދެގޮތަކަށެވެ. އެހެންކަމުން ދެބާވަތް އެއްފަހަރާ ބޭނުންކުރުމުން ބަނޑު ފުއްޕުމާއި ބަނޑުގައި ގޭސްހެދުމުގެ މައްސަލަ ދިމާވެއެވެ.

ޕީއެޗް ލެވަލްއަކީ ހަޑިގަނޑުގައި އެސިޑިޓީ ހުރި މިންވަރު ހުރިވަރު އަންގައިދިނުމަށް ބޭނުންކުރެވޭ މިނެކިރާ މިންގަނޑެވެ. 7.0 އަކީ ނިއުޓްރަލް އެސިޑިޓީ މިންވަރެވެ. ޕީއެޗް ލެވަލް މަތިނަމަ އެއީ އެސިޑިޓީ މިންވަރު ދަށްވުމެވެ. އަދި މިއަދަދު ދަށްނަމަ އެސިޑިޓީ މިންވަރު މަތިވާނެއެވެ. އިންސާނެއްގެ ބަނޑުގައި އާއްމުކޮށް ހުންނަނީ 2.0 އެވެ. މިއީ ވަރަށް އެސިޑް މިންވަރު މަތި އަދަދެކެވެ. އަދި މިމިންވަރަކީ ކާތަކެތި ކުދިކޮށް ހަޖަމުކުރުމަށް ބޭނުންވާ އެސިޑިޓީ މިންވަރެވެ.

ކިއުކަމްބާއާއި ޓޮމާޓޯގެ އެސިޑިޓީ މިންވަރުގައި ބޮޑު ތަފާތެއް އެކުލެވިގެންވެއެވެ. މިގޮތުން ކިއުކަމްބާއަކީ ލޯއެސިޑިޓީ ބާވަތެކެވެ. ކިއުކަމްބާގައި ހިމެނޭ އެސިޑިޓީ މިންވަރަކީ 5.0 އެވެ. ނުވަތަ އެއަށްވުރެ މައްޗެވެ. އެހެންނަމަވެސް ޓޮމާޓޯގެ އެސިޑިޓީ މިންވަރު ހުންނަނީ 4.0 ގައެވެ. ނުވަތަ އެއަށްވުރެ ދަށުގައެވެ. އެހެންކަމުން މެދެބާވަތް އެއްފަހަރާ ކެއުމުން ބަނޑުގެ އެސިޑިޓީ މިންވަރު އިމްބެލެންސްވެ ގޭސްއިތުރުވެ ބަނޑުފުއްޕާގޮތް މެދުވެރިވެއެވެ.

މީގެއިތުރުން ޓޮމާޓޯއާއި ކިއުކަމްބާ ހަޖަމުވުމަށް ބޭނުންވާ ވަގުތުވެސް ތަފާތެވެ. ކިއުކަމްބާއަށްވުރެ ގިނަވަގުތު ޓޮމާޓޯ ހަޖަމުވުމަށް ނަގައެވެ. އެހެންކަމުން ދެބާވަތް އެއްފަހަރާ ކެއުމުން ބަނޑަށް އުނދަގޫވެ ހަޖަމުވުމަށް އުނދަގޫތަކެއް ދިމާވެއެވެ. އަދި މިކަމުގެ ސަބަބުންވެސް ބަނޑުގައި ގޭސް އުފެދި ބަނޑު ފުއްޕުމަށް މެދުވެރިވެއެވެ.

އެހެންކަމުން ކެއުމުގައި މިދެބާވަތް އެއްފަހަރާ ބޭނުން ނުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ވަކިން ޚާއްސަކޮށް ސެލެޑްތަކަށް އަޅައިގެން މިދެބާވަތް އެއްކޮށްގެން ބޭނުންކުރުން މިހާރުން މިހާރަށްވެސްވީ ހުއްޓާލާށެވެ. އާއްމުކޮށް މިގޮތަށް ބަނޑުގައި އެސިޑް އިމްބެލްންސްވުމަކީ ފަހުން ހަށިގަނޑަށް ފޫނުބެދޭވަރުގެ ގެއްލުންތަކާއި ކުރިމަތިވެދާނެކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން