އެޕިސޯޑް 23
...............
[އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭވަރު ނެތް މީހަކީ އެއްވެސް އުރައްޕެއް ހުރި މީހަކަށް ނުާވނެ. އެއީ ރިމޯޓް ކޮންޓްރޯލް ބުދެއްކަހަލަ މީހެއް...އޭނާ ކުރިޔަށްދަނީ އޭނާގެ މަންމަ ބޭނުންވާ ގޮތަށް. މާނައަކީ އޭނާގެ ރިމޯޓް އޮތީ އޭނާގެ މަންމަގެ އަތުގައޭ.] މިފަހަރު ސަރާ ޢިމްރާންގެ ދިފާޢުގައި އެއްޗެއް ބުނުމުން ނަޖްމާ ހުރީ ވަރަށް ރުޅިއައިސްފައެވެ.
[މަންމާ ދެން ތިވާހަކަ ހުއްޓާލަބަލަ....ހިނގާބަލަ މިރޭ ދަރިފުޅަށް ބޭނުންވާނޭ އެއްޗެތި ގަންނަން. ނިޔާޒް ފައިސާދީފައި އެބަހުރި. ޢިމްރާން ކަންތައް ކުރިގޮތުން ނިޔާޒްވެސް ހުރީ އޭނަ ދެކެ ވަރަށް ރުޅިއައިސް ޚިޔާލު ތަފާތުވެފައި.] މައުޟޫޢު ބަދަލުކޮށްލަން އުޅެފައިވެސް ސަރާއަށް ދެއްކުނީ ޢިމްރާންގެ ވާހަކައެވެ.
[އެންމެ ރަނގަޅު ހިނގާދަމާ....މަވެސް ދާނަން.] ނިމާލް ބުނެލިއެވެ. ނިމާލް ބުނީ ބާޒާރު ކުރަން ދާންވާނީ ކާރުގައި އޭނާއާ އެކުގައި ކަމަށެވެ.
[ބޭބީ ހުރިހާ އެއްޗެތިވެސް އަހަރެން ހޯދާ ބަލައިފިން. ވަރަށް ރީތި އެއްޗެތި ހުރި ތަނެއް އަހަރެން ބަލާފައި ހުންނާނެ.] ސަރާ ގާތުގައި ހުއްޓެމުން ނިމާލް ބުންޏެވެ.
[މައްސަލައެއް ނެތް ހިނގާ ދަމާ.] ސަރާއާއި ނަޖްމާ ނިކުންނަން ހިނގައިގަތީމާ ފަހަތުން ކަހަލަ ގޮތަކަށް ނިމާލްވެސް ހިނގައިގެންފިއެވެ.
އެއީ ވަޖުދީއާއި އަނބިމީހާ ޝާޢިރާވެސް ބާޒާރު ކޮށްލުމަށްޓަކައި ނިކުތް ވަގުތެވެ. މާލޭގެ ތޮއްޖެހިފައިވާ މަޖީދީމަގުން ހެންވޭރުކޮޅަށް ނިމާލް ކާރު ދުއްވަމުންދާއިރު ވަޖުދީ އެދަނީ މާފަންނުކޮޅުގައި ކޮސްމެޓިކް ވިއްކާ ފިހާރައަކަށް ދިޔުމަށްޓަކައެވެ. ނިމާލްގެ ކާރުގެ ފަހަތު ޝީޓްގައި ތިބި ނަޖްމާއާއި ސަރާ ވަޖުދީއަށް ފެނުނީ ކާރު ފަސްދިން ތަނުންނެވެ. ވަޖުދީއަށް އެމީހުން ފެނުނު ކަމުގައިވިޔަސް ޝާޢިއާއަކަށް ސަރާމެންނެއް ނުފެނެއެވެ.
[ޝާޢިރާއަށް އެނގޭތަ، އެދިޔަ ކާރުގައި ތިބީ ކޮންބަޔެއްކަން. ސަރާ އެބައިން އެކާރުގެ ފަހަތު ޝީޓްގައި.] ވަޖުދީ ޝާޢިރާއަށް އެކާރު ދައްކަން ކުޑަކޮށް މަޑުޖައްސާލިއެވެ.
[ޓެކްސީއެއްގަތަ؟] ފަސްއެނބުރި ބަލަމުން ޝާޢިރާ ވާހަކަ ދެއްކިއެވެ.
[ނޫނޭ ޕްރައިވެޓް ކާރެއް. އޭގެ ފަހަތުން ދަންތަ؟] ކޮންމެހެން އޭގައި ސަރާ އިނީތީއެއް ނޫނެވެ. ނަޖްމާ އިނީތީ ނަޖްމާދާގެއެއް ހޯދުމަށް ބޭނުންވެފައިވާތީ ވަޖުދީ ބުންޏެވެ.
[އާނ ހިނގާބަލަ ފަހަތުން އެމީހުން ވަންނަ ގެއެއްވެސް ބަލަންވާނެ. ދެންވެސް ވަޖުދީ ސަރާ ރަނގަޅު ކުރާތި....އޭނާ އެހާ އަވަހަށް ފިރިހެނުންނާއެކު ކާރު ދުއްވަން ފެށީ.....އޭނަވާނީ އޭނަގެ މަންމަފަދަ ވިޔާނުދާ މީހަކަށް...އެއްވެސް ޙައްޤެއްނެތި ޝާޢިރާ ސަރާގެ ބޮލުގައި ތުހުމަތު އަޅުވަން ފަށައިފިއެވެ. ވަޖުދީ ހުރީ އެކަމާ ވަރަށް ހިތްހަމަނުޖެހިފައެވެ. ވަޖުދީ ކާރު އަނބުރާލުމަށްފަހު ސަރާމެން ދަތުރުކުރަމުންދިޔަ ކާރުގެ ފަހަތުން މިޞްރާބު ޖަހައިފިއެވެ. ބެލެވޭ ގޮތުގައި ވިޔަފާރިކޮށް ނިމިގެން ސަރާމެން އެދަނީ ގެއަށެވެ. ވީވެސް އެހެންނެވެ. ޒަމާނީ ފެންވަރަކަށް ހަދާފައިވާ ގެއެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ނަޖްމާއާއި ސަރާ ކާރުން ފޭބިއެވެ.
[އަހަރެން އެއްޗެހިތައް ހިފައިގެން ދާނަން. ސަރާމެން އެތެރެއަށް ވަދޭ.] ކާރުން ފޭބުމަށްފަހު ޑިކީގައި ހުރި ތަކެތި ބާލަމުން ނިމާލް މިހެން ބުނީމާ ސަރާއާއި ނަޖްމާ އެތެރެއަށް ވަނެވެ. އެމަންޒަރު ބަލަން ދުރުގައި ކާރު މަޑުކޮށްގެން އޮތުމަށްފަހު ވަޖުދީ ކާރު ދުއްވާލީ ފިކުރުތަކުގެ ތެރެއަށް ގެއްލިގެން އިނދެއެވެ. ޙަޤީޤަތުގައި މިހާރު އޭނާ އެއިނީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. މިހާރު އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ސަރާއަކީ ކާކުބާއެވެ؟ ސަރާއަކީ ނަޖްމާ ވިހޭ ދަރިފުޅުބާއެވެ؟ އޭނާ މިހާރު ވިސްނަމުން އެދަނީ ނަޖްމާއާ ކުރިމަތިލާށެވެ.
[ހިނގާދާން. ކޮސްމެޓިކްސް ގަންނަން އެހެން ފަހަރަކުން ނިކުންނާނީ. މިއަދު އަދި އެބަޖެހޭ އޮފީހަށްވެސް ވަދެލަން.] ނަޖްމާމެން ވަން ގޭގެ ކުރިމަތިން ހުރަސްކޮށްލަމުން ވަޖުދީ ވާހަކަ ދެއްކިއެވެ. މިހާރު އޭނާ ބޭނުންވަނީ އޮފީހަށް ވަދެ ނަޖްމާއަށް ގުޅާށެވެ. ވުމާއެކު ޝާޢިރާ ގެއަށް ބޭލުމަށްފަހު އޭނާ އޮފީހަށްގޮސް ނަޖްމާމެން ވަން ގޭގެ ފޯނު ނަންބަރު ހޯދުމަށްފަހު ގުޅިއެވެ. އެގެއިން ފޯނު ނެގީ ސަރާއެވެ.
[ނަޖްމާއަށް ގުޅިދާނެތޯ؟] ސަރާ ފޯނު ނެގުމާއެކު ވަޖުދީ އެއްސެވެ.
[މަންމައަށް ފޯނެއް.] މިހެން ބުނި އަޑަށް ވަޖުދީގެ ގައިން ހީބިހި ނަގައިގެންދޔައެވެ.
[ކާކު މަންމައަށް ގުޅަނީ؟] ހިސާބަކަށް ޙައިރާންވެފައި ހުރެމެ ނަޖްމާ ފޯނު އަތުލިއެވެ. ނަޖްމާ ފޯން ކަންފަތުގައި ޖައްސާލިތަނާ އިވުނީ ވަޖުދީގެ އަޑެވެ. ހަމަގައިމުވެސް އެއަޑެއް އޭނާއަކަށް ނޯޅޭނެއެވެ. އެއަޑު ނީވޭތާ ތޭވީސް އަހަރުވެފައިވީ ކަމުގައިވިޔަސް، އެހަނދާންތައް އަދިވެސް އޭނާގެ ސިކުނޑީގައި ހަރުލާފައިވެއެވެ.
]ނަޖްމާ...މީ އަހަންނޭ...ވަޖުދީއޭ!] ވަޖުދީ ވާހަކަ ދެއްކީ އަމިއްލަ ކުށް ގަބޫލުކުރާ ފަދައިންނެވެ.
[ކީކޭ....؟ ތިނަން ކިޔާ މީހަކު ނުދަންނަން. ތިހޯދަން އުޅޭ މީހަކު މިގެއަކު ނުވެސް އުޅޭ.] އިތުރަށް ވަޖުދީއަށް ވާހަކަ ދައްކާނޭ ފުރްޞަތެއްވެސް ނުދީ ނަޖްމާ ފޯނު ބާއްވައިފިއެވެ. މަންމަގެ އެޙަރަކާތަށް ބަލަން ހުރި ސަރާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. އެހިނދު މަންމަގެ މޫނުމަތިން އޭނައަށް ފެންނަމުން ދިޔައީ އިންތިހާއީ ނުތަނަވަސްކަމާއި ހާސްކަމެވެ.
[މަންމާ! ކާކުތަ އެގުޅީ؟] ސަރާ މަންމަގެ މޫނަށް ބަލަން ހުރެމެ އެއްސެވެ.
[ނޭނގެ...މަންމަ ދަންނަ މީހެއް ނޫން. އެއްވެސް މީހަކު މަންމައަށް ގުޅާނެ ކަމެއް ނެތް.] ވަރަށް ހިތްހަމަނުޖެހިފައި ހުރެމެ ނަޖްމާ ވާހަކަ ދެއްކިއެވެ.
[ތިގުޅި މީހަކު ބުނި މަންމައަށް ގޮވާލަދޭށޭ!] ސަރާ ޙައިރާންވެފައި ހުރެމެ ބުންޏެވެ.
[އެބުނީ މަންމަގެ ވާހަކައެއް ނޫން. އެހެން ކޮންމެވެސް ނަޖްމާއެއްގެ ވާހަކަ އެބުނީ.] ނަޖްމާ މަސައްކަތް ކުރީ ސަރާއަށް އޮޅުވާލާށެވެ. ނަމަވެސް މަންމަގެ މޫނުމަތިން މަންމަ ހަދަނީ ތެދު ނޫންކަމާއި، ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާކަން ހާމަވެއެވެ.
[މަންމާ...ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ! ދޮގުނަހަދާ ތެދަށް ބުނެބަލަ މަންމާ ކާކުތަ އެގުޅީ؟ އަހަރެންގެ ހިތުގައި ސުވާލުތަކެއް ފުނިޖެހެން ފަށައިފި.] ސަރާ މަންމަގެ އަތުގައި ހިފަހައްޓާލިއެވެ. އެވަގުތު އަނެއްކާވެސް ފޯނު ރިންގްވާން ފަށައިފިއެވެ. މިފަހަރުވެސް ފޯނު ނެގީ ސަރާއެވެ. ސަރާ ހުރީ ވަރަށް ހުޝިޔާރުވެގެނެވެ. މަންމައަށް ގުޅި މީހަކީ ކާކުކަން ބަލަން ކިތަންމެހާވެސް އޭނާ ބޭނުމެވެ. މިފަހަރުވެސް ކުރިން އިވުނު އަޑެވެ. އެދުނީ ނަޖްމާއަށް ގޮވައިދިނުމަށެވެ.
[މަންމާ ފޯނެއް. ހަމަ އެމީހާހެން ހީވަނީ.] ސަރާ މަންމައާ ދިމާއަށް ފޯން ދިއްކުރިއެވެ. ނަމަވެސް ނަޖްމާ ފޯނަކު ނުހިފިއެވެ. އޭނާ ބުނީ މިއީ ތިގުޅަން އުޅޭ ނަޖްމާ ނޫން ކަމަށް ބުނުމަށްފަހު ފޯން ބޭއްވުމަށެވެ. ނަމަވެސް އެގޮތެއް ސަރާ ގަބޫލެއް ނުވިއެވެ.
[މަންމަ ގާތު ބުނެބަލަ މިގުޅާ ނަޖްމާއަކީ ތިއޭ. އޮޅިގެން ނުބައި ނަންބަރަކަށް ގުޅަނީކީއެއް ނޫނޭ. ތިޔައީ ސަރާދޯ؟] އެމީހާގެ ފަހު ޖުމްލައިން ސަރާ ވަރަށް ބޮޑަށް ޙައިރާންވެ އަންތަރީސް ވެއްޖެއެވެ.
[އާނ...ސަރާ....ކިހިނެއް އެނގުނީ؟] ސަރާ އެއްސެވެ.
[މަންމަ ގާތު އަހާ. އަހަރެންނަށް ސަރާކަން އެނގުނުގޮތް ކިޔާދޭނީ މަންމައާއި ސަރާ އެއްޙާޒިރުގައި ތިބެ.] އެއަށްފަހު ފަހުން ގުޅާނަމޭ ބުނެފައި ވަޖުދީ ފޯން ބޭއްވިއެވެ. ފޯން ބޭއްވުމަށްފަހު އެމީހާއާ ބެހޭގޮތުން ސަރާ އެތައްފަހަރަކު މަންމައާ ސުވާލުކުރީމާވެސް އޭނާ ޖަވާބެއް ނުދެއެވެ. އެންމެފަހުން އޭނާ އެދުނީ އެސުވާލު ތަކުރާރު ނުކުރުމަށެވެ. އެސުވާލު ކުރާ ކޮންމެ ފަހަރަކުވެސް އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރާ ވާހަކަ ބުނީމާ ސަރާގެ އަނގަ ބަންދުވި ކަހަލައެވެ.
[މަންމާ، އެކަމަކު ތިގުޅާ މީހަކާ މަންމައާ ވަރަށް ބޮޑު ގުޅުމެއް އެބަވޭ. ކީއްވެތަ މަންމަ އަހަންނަށް ކަންތައްތައް ސިއްރުކުރަނީ. މަންމަގެ ހުރިހާ ސިއްރުތަކެއްވެސް ޙިއްޞާ ކުރަން ހުރިހާވެސް މީހަކީ އަހަންނެއް ނޫންތަ؟] ސަރާ ހިސާބަކަށް މާޔޫސްވެއްޖެއެވެ.
މިހާރަކަށް އައިސް ވަޖުދީއަށްވެފައި ހުންނަ ގޮތުން ޝާޢިރާގެ ހިތުގައި އެތަކެއް ސުވާލުތައް އުފެދެއެވެ. ތަކުރާރުކޮށް އޭނާ އެސުވާލުތައް ވަޖުދީއާ ކުރަމުންވެސްދެއެވެ. ވަޖުދީ ދޭހާވެސް ޖަވާބަކީ އޭނާއަކީ ވިޔަފާރިވެރިއެއް ކަމަށާއި، ކުރާ ފިކުރުތައް ހުންނާނޭ ކަމަށެވެ. އެކަމުގެ ތެރެއަށް ޝާޢިރާ ނުވަނުމަށްވެސް އޭނާ އެދުނެވެ. ނަމަވެސް ވަޖުދީ ކުރަނީ ވިޔަފާރީގެ ޚިޔާލު ނޫންކަން ޝާޢިރާއަށް ޔަޤީންވާކަހަލައެވެ.
މިހާރު މަލަކާގެ ފިކުރުތައްވެސް ވަނީ އާދަޔާ ޚިލާފަށް ގިނަވެފައެވެ. ރައްޒާޤުގެ ކިބައިން ސަލާމަތްވުމަކީ މިހާރު އޭނާއާ ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުންތަކެވެ.
[އޭނައަކަށް އަބަދު އެގޮތަށް އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ނޫޅެވޭނެ. މިހާރު އޭނާގެ މުއްދަތު ހަމަވާން ކައިރިވެއްޖެ.] މަލަކާ ހިތާހިތާ ކިޔާލިއެވެ. ރައްޒާޤު ގުޅީ އެވަގުތުއެވެ. ހީވާކަހަލައެވެ. މަލަކާގެ ހިތަށް އޭނާގެ ނަންއަރާއިރަށް ރައްޒާޤަށް އެނގެނީއެވެ.
[މަލަކާ މިހާރު އަހަންނަށް މަކަރު ހަދަން ފެށީދޯ؟ އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެންގެވެސް ދަރިޔަކު ޙިއްޞާވާ ވިޔަފާރިއަކުން އެވަރުގެ ބޮޑު ފައިދާއެއް ލިބެންޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން. މަލަކާއަށް ހީވެދާނެ، އަހަރެން އަބަދުވެސް މަލަކާގެ ފަހަތުން ފައިސާ ހޯދަން ދުވާނެޔޭ....އެކަމަކު އެހެނެއް ނުވާނެ. ދެން އަހަންނެއް މަލަކާގެ އަތުން ފައިސާ ހޯދާކަށް ބޭނުމެއް ނޫން.] ރައްޒާޤަކީ ވަރަށް މަކަރުވެރި މީހެކެވެ.
[އަހަރެން ރައްޒާޤަށް އޮޅުވާލާކަށް ނޫޅެން. އެކަމަކު ރައްޒާޤު ތިވަރަށް ފައިސާ ޚަރަދު ކުރަންޏާ އިސާހިތު މިކުންފުނި ބަގުރޫޓް ވެދާނެއެއްނު. މިފަހަރު ރައްޒާޤު ތިއެދޭ ފައިސާ އަހަރެން ދޭނަން. އެކަމަކު ދެން އަހަރެންގެ ގާތަށް ފައިސާ ހޯދަން އައިސްގެން ނުވާނެ.] މަލަކާ ބުންޏެވެ.
[އެކަނި ފައިސާ ބޭނުންވަނީކީ ނޫނޭ. އަހަރެން ބޭނުން ދޭތެރެ ދޭތެރެއިން މަލަކާއާ ބައްދަލުކުރަންވެސް.] ރައްޒާޤު ބުންޏެވެ. އޭނާ ބޭނުންވަނީ މެދުނުކެނޑި އަބަދުވެސް މަލަކާއާއެކު ގުޅުން ބާއްވާށެވެ. އެދުވަހު މަލަކާ އެކަމަށް އެއްބަސްވިއެވެ.
[މައްސަލައެއް ނެތް. ތިހުރިހާ ކަމަކަށް އެއްބަސް.] މަލަކާއަކަށް އެނޫން ގޮތެއް ނެތެވެ. ހީވާކަހަލައެވެ. އޭނާގެ ދިރިއުޅުމުގެ އުފާވެރިކަމާއި ހިތާމަތައްވެސް އެވަނީ ރައްޒާޤުގެ އަތްމަތީގައެވެ. ރައްޒާޤާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަމެއް އޭނާގެ ކިބަޔަކު ނެތެވެ. ވުމާއެކު މިއަދު އޭނާއަށް މަޖުބޫރުވެފައިވަނީ ރައްޒާޤުގެ ކޮންމެ އެދުމެއްވެސް ފުރިހަމަކޮށްދޭށެވެ. އެހެން ނޫނީ އޭނަޔަކަށް ޢިމްރާނާއެކު އުފާވެރި ދިރިއުޅުމެއްގައި ޙަޔާތް ވޭތުނުކުރެވޭނެއެވެ. މަލަކާގެ އުފާވެރި ދިރިއުޅުމަށް ހުރަސްއެޅުމުގެ ޤާބިލްކަން ރައްޒާޤަށް ލިބިފައިވާ ވަރަށް ލިބިފައިވާ އެކަކުވެސް ނެތެވެ. ކިތަންމެވަރަކަށް ވިސްނިޔަސް ރައްޒާޤާ ވަކިވެވޭނޭ ގޮތެއް އޭނައަކަށް ނެތެވެ.
[ހާދަވަރަކަށް ތި ވިސްނަނީ؟ އަނެއްކާ ކޮންކަމެއް ލައިގަތީތަ؟] ނިޔާޒް ވާހަކަ ދެއްކީ ޢިމްރާނާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ އޮފީސްތެރޭގައެވެ.
[މިވިސްނަނީ ވާނުވާ ނޭނގި އަހަރެމެންގެ އެކައުންޓުން ފަސްލައްކަ ރުފިޔާ މަދުވެފައިވާތީ...ހަމަގައިމުވެސް އަހަންނެއް ބޭނުމެއް ނުކުރަން.] ޢިމްރާން މޭޒުމަތީގައި ހުރި ފައިލްތައް ޗެކް ކުރަމުން ދިޔައެވެ.
[ސަރާގެ ގެ ހަދަން ބޭނުންކުރީ ތި އެކައުންޓްގެ ފައިސާތަކެއް ނޫންތަ؟] ނިޔާޒް އެއްސެވެ.
[އާނ އެފައިސާ ނެގީ ބީ.އެމް.އެލް އެކައުންޓުން. އަހަރެންގެ އެންމެބޮޑު މައްސަލައަކީ ޗެކެއް ބައުންސްވުން. މީގެކުރިން ދުވަހަކުވެސް މިކުންފުނީގެ ޙިއްޞާދާރެއްގެ އެކައުންޓުން ޗެކް ބައުންސްވެފައެއްނުވޭ.] ޢިމްރާން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. ބޮޑަށް އޭނާ ކަންބޮޑުވަނީ ޗެކް ބައުންސްވީމައެވެ. ވިޔަފާރިއެއްގައި އިތުބާރަކީ ވަރަށް މުހިންމު އެއްޗެކެވެ.
[ތިއެކައުންޓަކީ މަލަކާއަށްވެސް ބޭނުންކުރެވޭ އެކައުންޓެއް. އޭނަ ގާތު އަހާލައިފިންތަ؟] ނިޔާޒް ހަނދާންކޮށްލަދިނެވެ.
[އޭނާ އަހަރެން ގާތު ނުބުނެ، މިއެކައުންޓުން ފައިސާ ބޭނުންކުރާނެހެނެއް ހިއެއްނުވޭ. އެހެން ނޫނަސް އޭނާ ފައިސާ ނަގައިގެން ކުރާނޭ މާބޮޑު ބޭނުމެއް ނޯންނާނެ.] ހީވަނީ ޢިމްރާން މަލަކާއަށް މާބޮޑަށް އިތުބާރު ކުރަނީހެވެ.
[ވަރަށް ރަނގަޅު. އޭނާއަށް އިތުބާރުކޮށްފަ، އެއްވެސް ކުށެއްނެތި ސަރާ ގެއިން ނެރެލާފައި ވަރިކޮށްލީ....] ޢިމްރާން މާބޮޑަށް މަލަކާއަށް އިތުބުރާ ކުރަން ފެށީމާ ނިޔާޒްގެ ގާތަށް ރުޅިއައެވެ.
[ސަރާ ފޮނުވާލީ އެއްވެސް މީހަކަށް އިތުބާރުކޮށްގެނެއް ނޫން. ސީދާ އަހަރެންގެ ލޮލަށް އެހުތުރު މަންޒަރުތައް ފެނުނީމާ ދޫކޮށްލީ.....] ޢިމްރާން ބުންޏެވެ.
[ޢިމްރާންގެ ލޮލަށް ފެނުނަސް އެއީކީ ޙަޤީޤަތެއް ނޫން. އަހަންނަށް މިހާރު ސާބިތުވެއްޖެ. ސަރާ ކާމިޔާބު ކުރަން އުޅުނު ދުވަސްކޮޅު ޢިމްރާން ލޯތްބޭ ކިޔައިގެން މުޅިންވެސް ދެއްކީ ދަޅަތަކެއްކަން. ކުޑަކޮށްވެސް ސަރާދެކެ ލޯބިވާނަމަ ކޮންމެވެސް ވަރަކަށް އިތުބާރުކުރީސް. ޢިމްރާންގެ ސަބަބުން ސަރާކުރާ ހިތާމައާއި ރޯ ރުއިން މިއަދުވެސް އަހަންނަށް ފެނޭ. ތިގޭތެރޭ ހިނގި ހުރިހާ ކަމަކީވެސް މަލަކާއާއި ޢިމްރާންގެ މަންމަގެ ރޭވުމުން ހިނގި ކަންތައްތައް.] ނިޔާޒް ފަތިވަރެއް އަމުނާލިއެވެ. އޭރު ޢިމްރާން ހުރީ ޙައިރާންވެފައެވެ.
[ކިހިނެއް ނިޔާޒަށް އެނގުނީ؟] ޢިމްރާން ވަރަށް ކަންބޮޑުވެއްޖެއެވެ.
[އަހަންނަށް އެނގުނުގޮތް ބެލުމުގެ ބަދަލުގައި މަލަކާއާ ސުވާލުކޮށްބަލަ. އެމީހުން ސަރާ ތިގެއިން ނެރެން ކުރި މަސައްކަތުގެ ވާހަކަ ސީދާ އޭނާގެ ގާތުން އަހާ އޮޅުންފިލުވަބަލަ...] ނިޔާޒް ވާހަކަ ދެއްކިގޮތުން ހީވަނީ ކޮންމެވެސް ފަރާތަކުން ހުރިހާ ޙަޤީޤަތެއްވެސް އޭނާއަށް އެނގިގެން އުޅެނީހެންނެވެ.
ޙަޤީޤަތަކީވެސް އެއީއެވެ. ފަހީމާއާއި މަލަކާގެ ރޭވުމުގައި ބައިވެރިވި ޒުވާނާ ވަނީ އެދުވަހު ނިޔާޒަށް ހުރިހާ ވާހަކައެއްވެސް ކިޔާދީފައެވެ.
[އޭނަޔާ ސުވާލު ކުރަން އަހަރެން ބޭނުންވަނީ، ތިކަންވީގޮތް އެނގި ސާފުވެގެން. ނިޔާޒަށް އެނގުނުގޮތް ކިޔާދީބަލަ.] މިހާރު ޢިމްރާންގެ ހިތް ތެޅެން ފަށައިފިއެވެ. ނިޔާޒް އެޒުވާނާ ކިޔާދިން ގޮތަށް ޢިމްރާނަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. އެއާއެކު ޢިމްރާންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެވަރަށް އޭނާ ދެރަވެސް ވެއްޖެއެވެ.
[މަންމަ އަހަންނަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެބާ؟ އަޅެ ސަރާ އަހަންނަށް މަޢާފް ކުރާނެތަ؟] ޢިމްރާން މުޅިން މާޔޫސްވެ ކަރު އެލިއްޖެއެވެ.
[މިހާރުވެސް މަޢާފަށް އެދެންވީ. ސަރާގެ މަންމަވެސް މިހާރު މާލޭގައި އެބައިން. އޭނަ ހުރީ ޢިމްރާނާ ދޭތެރޭ ވަރަށް ހިތްހަމަނުޖެހިފައި.] ނިޔާޒް ބުންޏެވެ.
މަންމަ އޭނާއާ ދެކޮޅަށް ކިތަންމެ ރޭވުންތަކެއް ރޭވިނަމަވެސް، އެކަން ދެނަހުރިކަމަށް ހެދޭކަށް ޢިމްރާން ބޭނުމެއް ނުވިއެވެ. މަންމަމެން ކިތަންމެ މަސައްކަތް ކުރިޔަސް އޭނާ ސަރާމަތީން ފޫހިނުވާނޭކަން ޢަމަލުން މަންމައަށް ދެއްކުމަކީ މިހާރު އޭނާ ބޭނުންވާގޮތެވެ. އެއްވެސް ޙާލެއްގައި މަންމައާއި މަލަކާގެ ރޭވުން އޭނައަށް އެނގުނުކަން މަންމަމެނަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަން ދައްކަން ބޭނުންވަނީ ޢަމަލުންނެވެ.
[ޢިމްރާން ފަސްނުޖެހި އަވަހަށް ސަރާގެ ކިބައިން މަޢާފަށް އެދޭތި. އެހެން ނޫނީ ވަގުތު ފާއިތުވެދާނެ. ސަރާއަކީ ނުލާހިކު ރީތި އަންހެން ކުއްޖެއް. އޭނައަށް ފާރަލާނޭ ފިރިހެނުންވެސް މަދެއް ނުވާނެ.] ނިޔާޒް ވިސްނައިދިނެވެ.
[ނިޔާޒް...އަހަރެން ސަރާއާ ކުރިމަތިލާނީ ކިހިނެއް. އަޅެ...ނިޔާޒް ސަރާއާ ވާހަކަ ދައްކަދީބަލަ. އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު އުފަންވާއިރު ގާތުގައި ހުންނަން...] ޢިމްރާން އެދުނެވެ.
[އަހަރެން ވާހަކަ ދައްކާނަން. އެކަމަކު ޢިމްރާން އަމިއްލައަށް މަޢާފަށް އެދުން ރަނގަޅީ....މައްސަލައަކީ ވަރިކުރިކަން.] ނިޔާޒް ބުންޏެވެ.
[އަހަރެންވެސް ސަރާއާ ކުރިމަތިލެވޭތޯ މަސައްކަތް ކުރާނަން. މިހާރުވެސް ސަރާމެން ތިބީ އެއްކަލަ ގޭގައިދޯ.....] މިހެން ބުނެފައި ޢިމްރާން ގެއަށް ދިޔުމަށްޓަކައި ނުކުތެވެ.
[ގެއަށް ގޮސް ގޭތެރެ ހިލުވާނުލާތި....] ނިޔާޒް އޭނާގެ ސައިކަލަށް އަރާ ދުއްވާލައިފިއެވެ.
ޢިމްރާން، އޭނާގެ ޙަޔާތުން ސަރާ ބޭރުކޮށްލި ވަގުތުން ފެށިގެންވެސް ނިމާލްގެ އޯގާތެރިކަމާއި ހެޔޮކަން ސަރާއަށް އަންނަނީ އިންތިހާއަށް ލިބެމުންނެވެ. މިހާރަކަށް އައިސް ނިމާލްގެ އޯގާތެރިކަމަށް ނަޖްމާ ސަރާ ގާތު ވަރަށް ތަޢުރީފުކޮށް ހަދައެވެ. ސަރާގެ ޙަޔާތަށް ދެން ގެންނަންވާނީ އެފަދަ އޯގާތެރި ކުއްޖެއް ކަމުގައިވެސް ތަކުރާރުކޮށް ބުނެފިއެވެ.
ނިމާލް އުޅޭގޮތުން ސަރާގެ ބަނޑުން އުފަންވާން އުޅެނީ ސީދާ ނިމާލްގެ ދަރިއެކޭ ހީވާ ފަހަރުވެސް އާދެއެވެ. އެދަރިފުޅާމެދުވެސް އޭނާ ވިސްނައެވެ. ފައިދާހުރި ކާނާއާއި ސަރާއަށް މީރުހެން ހީވާ ހުރިހާ އެއްޗެއްވެސް ނިމާލް ހޯދައިދެއެވެ. ވެދާނެއެވެ. އޭނާ ބޭނުންވަނީ އޭނާގެ އަޅާލުމާއި އޯގާތެރިކަމުން ސަރާގެ ހިތުގައި ޢިމްރާނަށްޓަކައިވާ ލޯބި އަނބުރާލާށެވެ. ލޯތްބަކީ އަނެކާގެ އަޅާލުމާއި އޯގާތެރިކަމުން އުފެދޭ ޖަޒްބާތެއް ކަމަށް އޭނާ ދެކެއެވެ. އެޖަޒްބާތެއް މުދަލާއި ފައިސާއަކުން ނުގަނެވޭނެއެވެ. ލޯބި ހޯދޭނީ ލޯބިދީގެނެވެ. ހިތަށް އަރައެވެ. ނިމާލް އުއްމީދު ކުރާ ގޮތަށް ސަރާގެ ލޯބި އޭނާއަށް ލިބިދާނެބާއެވެ؟ ލިބިދާނެއެވެ. އެއީ އާކަމެއްވެސް ނޫނެވެ. ފައިސާއިން ލޯބި ނުގަނެވުނަސް އަޅާލުމާއި އޯގާތެރިކަމުން ލޯބި ހޯދިދާނެއެވެ. ނިމާލް މަސައްކަތް ކުރަމުންދަނީ އަޅާލުމާއި އޯގާތެރިކަމުން ލޯބި ހޯދާށެވެ. އެއީ ލޯބި ކާމިޔާބު ކުރުމުގެ އެންމެ ފަސޭހަ ގޮތް ކަމަށް އޭނާ ދެކެއެވެ. ލޯބީގެ ދާއިރާގައި އެންމެންވެސް އިއްތިފާޤުވާ ގޮތަކީ އެއީއެވެ.
މިހާރަކަށް އައިސް ވަޖުދީގެ ވިސްނުމާއި ޚިޔާލުތަކާ މުޅިންވެސް ގުޅިފައިވަނީ ނަޖްމާއާއެވެ. ނަޖްމާ އޭނާއާ ވާހަކަ ނުދައްކަން އުޅެނީ ކީއްވެބާއެވެ. މިހާރު އޭނާ ތަކުރާރުކޮށް އެތައްފަހަރަކު އެގެއަށް ގުޅައިފިއެވެ. ނަމަވެސް ނަޖްމާ އޭނައަކާ އަނގަޔަކުން ނުބުންޏެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު