ޑޮކްޓަރ ހަވާޑް ޓޫކާ އަދި އޭނާގެ އަންހެނުން
ޑޮކްޓަރ ހަވާޑް ޓޫކާ އަދި އޭނާގެ އަންހެނުން
ޑޮކްޓަރ ހަވާޑް ޓޫކާ އަކީ އެމެރިކާގެ އޯހައިއޯއަށް ނިސްބައްވާ ނާރުގެ ބަލީގެ ޚާއްސަ ޑޮކްޓަރެކެވެ. އަދި ވަޒީފާގައި ދެމިހުރި އެންމެ އުމުރުން ދޮށީ ޑޮކްޓަރުގެ ލަޤަބު ހޯދައި ދުނިޔޭގެ ގިނިސް ވޯލްޑް ރިކޯޑު ފޮތުންވެސް ޖާގަ ހޯދާފައިވާ ކުޅަދާނަ ޑޮކްޓަރެކެވެ.



މިހާރު އުމުރުން 101 އަހަރުގެ މި ނިއުރޮލޮޖިސްޓަކީ މެޑިކަލް ދާއިރާގައި 70 އަހަރު މަސައްކަތްކޮށްދީފައިވާ ޚިދުމަތްތެރި ޑޮކްޓަރެކެވެ. އޭނާގެ އުމުރު ތަނަވަސްވެފައި އުފާވެރިކަންމަތީ ދިރިހުރުމުގެ ސިއްރަކީ ކޮބައިތޯ ގިނަބަޔަކު ހޯދައި ބަލައި އޮޅުންފިލުވަން ބޭނުންވެއެވެ. ވަކިން ޚާއްސަކޮށް މުސްކުޅި އުމުރަށް އެޅުމުން ޑިމެންޝިއާ ފަދަ ހަނދާންނެތޭ ބައްޔާއި ނަފްސާނީ ގިނަ ބަލިތައް މިއުމުރުގެ މީހުން ތަހައްމަލު ކުރަމުން ގެންދާއިރު ޑޮކްޓާރ ހާވާޑްގެ ދިރިއުޅުމުގައި އުފާވެރިކަން ހާސިލް ކުރުމުގެ ސިއްރު ދެނެގަންނަން ގިނަ ބަޔަކު ބޭނުންވެއެވެ.

މިއުމުރުގައި ސިކުނޑީގެ ތޫނުފިލިކަން ދެމިހުރުމަކީ އޭނާގެ އާއިލާއިން ވާރުތަވެފައިވާ 'ޖީން' ތަކުގެ ސަބަބުން ލިބިފައިވާ ނަސީބެއްކަމުގައި މިދާއިރާގެ މާހިރުން ދެކެއެވެ. އެހެންނަމަވެސް ހާވާޑް ބުނާގޮތުގައި ޖީންގެ އިތުރުން މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް މިކަންކަމަށް އެހީތެރިވެދެއެވެ. މިގޮތުން އޭނާ ޤަބޫލު ކުރާގޮތުގައި ސިކުނޑި ދުޅަހެޔޮ ކަންމަތީ ބެހެއްޓުމަށް ދިރިއުޅޭ މުޖުތަމައުއާއި ވަށައިގެންވާ މާހައުލު އަދި ވަޒީފާގެ މާހައުލުގައި މީހުންނާއި އެކު ގުޅިގެން ބޭއްވޭ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެ މީހުންނާއިއެކު ވަގުތު ހޭދަކުރުމަކީ ސިކުނޑި މަސައްކަތްކުރުވާ ސިކުނޑިއަށް ކަސްރަތު ލިއްބައިދޭނެކަމެކެވެ.

އުމުރުން ދުވަސްވާވަރަކަށް ޤުދުރަތީ ގޮތުން ނާރުތަކަށް ބަދަލު އަންނާނެކަމާއި އަދި އޭގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް އަސަރު ކުރާނެކަމަށް ހާވާޑު ކިޔައިދެއެވެ. މީގެ ސަބަބުން ސިކުނޑީގެ ބައެއް ކުޑަވެ ސިކުނޑީގައި އިންފޮމޭޝަން ދައުރުކޮށްދޭ ނިއުރޮންތައް މަޑުޖެހި ލޭދައުރުވުންވެސް ކުރިއާއި ބަލައި މަޑުޖެހިގެންދެއެވެ. އެހެންކަމުން މިކަންކަމުން ރައްކާތެރިވުމަށް ސިކުނޑި މަސައްކަތްކުރުވައި ސިކުނޑިއަށް ކަސްރަތު ލިއްބައިދިނުމަކީ މުހިންމު ކަމެއް ކަމުގައި ހާވާޑް ޤަބޫލުކުރެއެވެ.

ތިރީގައި މިވަނީ ނިއުރޮލޮޖިސްޓް ހާވާޑް ޓޫކާ އޭނާގެ ދިރިއުޅުމުގައި ގެންގުޅޭ ބައެއް އާދަތަކެވެ.

1. މީހުންނާއި ގުޅުން ބާއްވައި މުޖުތަމައާއި ގުޅިގެން އުޅުން؛

ދިރާސާތަކުން ދައްކާގޮތުގައި ސިކުނޑީގެ މަސައްކަތްތަކާއި ހަނދާންތައް ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ އެއްކަމަކީ ދޭދޭ މީހުންނާއި ގުޅުން ބަދަހިކޮށް މީހުންނާއި އާއްމު ގޮތެއްގައި މުއާމަލާތު ކުރުމެވެ. ހާވާޑް ޓޫކާ އޭނާގެ ދިރިއުޅުމުގައި މިކަމަށް އެހައި ބޮޑު އިސްކަމެއް ދެނީ އެހެންވެގެންނެވެ. އަދި އަމިއްލަ ދިރިއުޅުމުގައި މުޖުތަމައާއިއެކު ވަގުތު ހޭދަކުރުމާއި އާއިލާއާއިއެކު ރޭގަނޑުގެ ކެއުން، ކެއުމަށް އޭނާ ސަމާލުކަންދެއެވެ.

2. ވަޒީފާ އަދާކުރުން؛

މިޑޮކްޓަރު އެންމެ ބޮޑަށް މިކަމުގައި ފާހަގަ ކުރާ ކަމަކީ ރިޓަޔަވުމާއި މީހާގެ ސިކުނޑީގެ މަސައްކަތްތައް ބަލިކަށިވުމާއި ވަރަށް ބޮޑު ގުޅުމެއް ވާކަން އޭނާގެ މަސައްކަތުގެ ތެރެއިން އޭނާއަށް ފާހަގަވެފައިވާކަމަށް ހަވާޑަށް ޤަބޫލުކުރެވެއެވެ. އަދި އޭނާ ވަޒީފާގައި ދެމިހުރުމުގެ އެއް ސަބަބަކީ މިއީ ކަމުގައިވެސް އޭނާ ބުނެއެވެ. އަދި އޭނާގެ އަންހެނުންނަކީވެސް 89 އަހަރުގައިވެސް ސައިކޮލޮޖިސްޓެއްގެ ވަޒީފާ އަދާކުރަމުންދާ މީހެއް ކަމުގައި އޭނާ ބުނެފައިވެއެވެ. އަދި ވަޒީފާގައި ގިނަ މެޑިކަލް ކަންކަމާއި ކަންކަން ހައްލުކުރުމަށް ވިސްނަންޖެހޭ ވިސްނުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ބޭނުންވާ ކަސްރަތު އަބަދު ލިއްބައިދޭކަމުގައިވެސް އޭނާ ބުނެއެވެ. މީގެ އިތުރުން ހަވާޑް ހާމަކުރިގޮތުގައި ގިނަ އައުކަންކަން ދަސްވެ އެކަންކަމާއި ކުރިމަތިލުމަށް ލިބޭ ފުރުސަތަކީވެސް އޭނާގެ ސިކުނޑި ދުޅަހެޔޮ ޞިއްޙަތެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމުގައެވެ.

3. ފޮތް ކިޔުން؛

ވަޒީފާގެ މާހައުލު ފިޔަވައި ގޭގައިވެސް ހިތްހަމަޖެހުމަށްޓަކައި ފޮތްކިޔުމަކީ ސިކުނޑިއަށް ކަސްރަތު ލިއްބައިދޭނެކަމެކެވެ. ޑޮކްޓަރު ހާވާޑް ޓޫކަރ ވަޒީފާގައި ނޫޅޭ ވަގުތުގައި ވާހަކަ ފޮތާއި ބައޮގްރަފީތައް ފަދަ ލިޔުންތައް ކިޔުމަށް ސަމާލުކަންދެއެވެ. ފިކްޝަން އަދި ނޮން ފިކްޝަން ފޮތްތައް ކިޔުމުންވެސް ސިކުނޑިއަށް އައު މައުލޫމާތުތައް ޕްރޮސެސްކުރުމަށް ފުރުޞަތު ލިއްބައިދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން