މަރިޔަމް ލަމްޙާ ރަޝީދު   13 އޯގަސްޓު 2023 - 13:25
ކެއުމުގައި ތަރުކާރީގެ އެކި ބާވަތްތައް ހިމެނުމަކީ ރަނގަޅު ޞިއްހަތަކާއި ދިމާލާށް ދިއުމަށް އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅެކެވެ. އަދި ތަރުކާރީގެ ގިނަ ބާވަތްތަކުން އޭގެ ފައިދާ އެންމެ ބޮޑަށް ލިއްބައިދެނީ އެއްވެސް ގޮތަކަށް ނުކައްކައި ރޮލާ، ތާޒާ ކަންމަތީ ކެއުމުންނެވެ. އެހެންނަމަވެސް ހުރިހާ ތަރުކާރީގެ ބާވަތަކީ މިދެންނެވިގޮތަށް ކެއުމުން ހަށިގަނޑަށް އެންމެ ފައިދާހުރި ބާވަތްތަކެއް ނޫނެވެ.

އެގޮތުން ތަރުކާރީގެ ބައެއް ބާވަތްތަކަކީ، ރޮލާ ކެއުމުން އޭގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ހަޖަމުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރުވާ ބާތްވަތްތަކެވެ. އަދި ހަމައެހެންމެ ހަށިގަނޑަށް އެއިން ލިއްބައިދޭ ފައިދާ ލިއްބައިނުދެއެވެ. އެހެންކަމުން ތިރީގައި މިހިމަނާލަނީ ރޮލާ ކެއުމަށްވުރެ ރޯފިލުވައިގެން ކެއުމުން ހަށިގަނޑަށް ފައިދާހުރި ތަރުކާރީގެ ބާވަތްތަކެވެ.

1. އަލުވި



އަލުވިއަކީ ގިނަ ގޮތްތަކަކަށް ކައްކައިގެން ބޭނުންކުރެވޭ މީރު ފަލަމަޑީގެ ބާވަތެކެވެ. ރޯކޮށް ހުންނަ އަލުވީގައި ރެސިސްޓެންޓް ސްޓާޗްތައް ނުވަތަ ހަޖަމުކުރުމަށް ލަސްވާ އަދި ހަޖަމު ކުރުމަށް އުނދަގޫ ސްޓާޗްތައް ހިމެނެއެވެ. އެހެންކަމުން ރޮލާ އަލުވި ކެއުމުން ބަނޑު ފުއްޕުމުގެ މައްސަލަ ދިމާވެ ބަނޑުގައި ރިއްސައި ބަނޑަށް އުދަގޫވުމުގެ މައްސަލަތައް ދިމާވެދާނެއެވެ. މީގެއިތުރުން ރޯއަލުވީގައި ހިމެނޭ ސޮލެނިން ކިޔާ މާއްދާއެއްގެ ސަބަބުން މޭނުބައި ކުރުމާއި ބޮލުގައި ރިއްސުންފަދަ ކަންކަން ކުރިމަތިކުރުވައެވެ. ސޮލެއިންއަކީ ރޯއަލުވީގައި ހިމެނޭ ޓޮކްސިންގެ ބާވަތެކެވެ. އަލުވި ރޯފިލުވުމަށް ކެއްކުމާއި ފިހުމުގެ ތެރެއިން މިމާއްދާގެ ބާރު ކެނޑި ހަޖަމުކުރުމަށް ފަސޭހަވެގެންދެއެވެ.

2. ބަށި



ބައްޓަކީވެސް ތަފާތު އެކި މީރު ބާވަތްތައް ތައްޔާރުކޮށްލެވޭ ތަރުކާރީގެ ބާވަތެކެވެ. ނަމަވެސް މިއީވެސް ރޮލާ ކެއުމުން ހަށިގަނޑަށް ގެއްލުންދޭ ބާވަތެކެވެ. ރޮލާ ކެއުމަށް ހިތި މިބާވަތުގައި ސޮލަސޮނިން ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މިމާއްދާއަކީ ހަޖަމުގެ ނިޒާމަށް ގެއްލުންދޭ ބަނޑަށް އުނދަގޫކުރުވާ މާއްދާއެކެވެ. ބަށި ކައްކައިގެން ނުވަތަ ގްރިލްކޮށްގެންނަމަވެސް ރޯފިލުމުން މިމާއްދާގެ ބާރު ކެނޑި ބަށީގެ ފައިދާ ހަށިގަނޑަށް ލިއްބައިދިނުން އިތުރުކޮށްދެއެވެ.

3. ޓޮމާޓޯ



މިލިސްޓުގެ ތެރެއަށް ޓޮމާޓޯއައުމުން ގިނަބަޔަކަށް ހައިރާންކަން ލިބިދޭނެއެވެ. ޓުމާޓޯ ފްރެޝްޖޫހަކީ މަޤުބޫލު ބުއިމަކަށްވެފައި އަދި ރޮލާ ޓުމާޓޯ ކާމީހުންވެސް ގިނައިރު އަދި ވަކިން ޚާއްސަކޮށް އެކިއެކި ސެލެޑްތަކަށް ރޯޓޮމާޓޯ އެޅުމަކީ ގިނަބަޔަކު އާއްމުކޮށް ކުރަމުން އަންނަ ކަމަކަށް ވުމުން މިއީ ގިނަބަޔަކަށް ސިހުން ލިބިގެންދާނެ ވާހަކައެއްކަން ޔަޤީނެވެ. އެހެންނަމަވެސް ޓޮމާޓޯގެ ފައިދާ އެންމެ ބޮޑަށް ލިއްބައިދެނީ ޓޮމާޓޯ ރޯފިލުވުމުންނެވެ. ރޯޓޮމާޓޯގައި ހިމެނޭ ޓޮމާޓީން ކިޔާ މާއްދާއަކީ ހަޖަމުގެ ނިޒާމަށް އުނދަގޫކުރުވައި ޓޮމާޓޯއިން ލިއްބައިދޭންޖެހޭ ފައިދާތައް ހަށިގަނޑަށް އެބްޒޯބް ކުރުމަށް ހުރަސްއަޅާ ބާވަތެކެވެ. ޓޮމާޓޯ ކެއްކުމުން މިދެންނެވި މާއްދާ ދަށްކޮށްދެއެވެ.

4. ސްޕިނަޗް



ސްޕިނަޗްއަކީވެސް އާއްމުކޮށް ފްރެޝް ސެލެޑްތަކުގައި ބޭނުންކުރާ މާއްދާއެކެވެ. އެހެންނަމަވެސް ސްޕިނަޗްވެސް އެންމެ ބޮޑަށް ފައިދާ ލިއްބައިދޭނީ ރޯފިލުވުމުންނެވެ. ރޯ ސްޕިނަޗްގައި އޮކްޒަލިކް އެސިޑް ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މީގެ ސަބަބުން ކެލްސިއަމްއާއި އަޔަން ހަށިގަނޑަށް ލިއްބައިދިނުމަށް ހުރަސްއަޅައެވެ. ކުޑަކޮށް ކައްކާލުމުން ނުވަތަ ތަވަޔެއްގައި ފްރައިކޮށްލުމުން މިދެންނެވި މާއްދާގެ ބާރު ކެނޑި ސްޕިނަޗުން ލިބިއިދެވޭ ކެލްސިއަމްއާއި އަޔަން ހަށިގަނޑަށް ލިއްބައިދިނުމަށް އެހީތެރިވެދޭނެއެވެ.

5. އެސްޕެރެގަސް



އާއްމުކޮށް މިސަރަހައްދުގައި އެސްޕެރަގަސް ބޭނުން ނުކުރެއެވެ. އެހެންނަމަވެސް މިބާވަތަކީވެސް މިހާރު ފިހާރަތަކުގައި ލިބެން ހުންނަ ބާވަތެކެވެ. އެސްޕެރަގަސްއަކީވެސް ރޮލާ ކެއުމުން ހަށިގަނޑަށް ގެއްލުން ލިބިދާނެ ބާވަތެކެވެ. މިގޮތުން އެސްޕެރަގަސް އުފެދިފައި ހުންނަނީ ފައިބަރ ގިނަކޮށްކަމުން ގިނައިރު ބަނޑުގައި ހަޖަމުނުވެ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވުމުން ބަނޑުހަރުވެ ބަނޑަށް އުނދަގޫވުން އެކަށީގެންވެއެވެ. މިއާޚިލާފަށް އެސްޕެރަގަސް ކައްކާލުމުން ނުވަތަ ރޯސްކޮށްގެންވެސް ރޯފިލުވައިލުމުން ފައިބަރ ކޮންޓެންޓް ދަށްކޮށްދީ ހަޖަމުކުރުމަށް ފަސޭހަވެގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން