ހިނކަނދިފަތަކީ ދިވެހިންގެ ކެއުންތައް ތައްޔާރުކުރުމުގައި އާއްމުކޮށް ބޭނުންކުރާ އެއްބާވަތެކެވެ. ޖިކަނދިފަތުގައި ވިޓަމިންގެ ގިނަ ބާވަތްތައް އެކުލެވިގެންވެއެވެ. މީގެ ތެރޭގައި ވިޓަމިން އޭ، ސީ، ބީ2 ހިމެނެއެވެ. އަދި މީގެ އިތުރުން ކެލްސިއަމް އާއި އަޔަންވެސް ހިނކަނދިފަތުން ލިއްބައިދެއެވެ.

ހިނކަނދިފަތަކީ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދީ ސަރުބީ ވިރުވުމަށްވެސް އެހީތެރިވެދޭ ބާވަތެކެވެ. އަދި މިއީ އެންޓި ކެންސަރ ޕްރޮޕަޓީސްވެސް ހިމެނޭ ބާވަތެކެވެ. އަދި ހަކުރު ބައްޔާއި ކޮލެސްޓްރޯލް ދަށްކުރުމާއި އެންޓި އަލްސަރ މާއްދާތައްވެސް މިފަތުގައި އެކުލެވިގެންވެއެވެ.

ތިރީގައި މިބަލާލަނީ ހިކަނދިފަތުން ލިއްބައިދޭ ބައެއް ފައިދާތަކުގެ ތަފްސީލަށެވެ.



1. ހަކުރުބަލި ކޮންޓްރޯލްކުރުން

ހިނކަނދިފަތަކީ ހަކުރު ބަލި ކޮންޓްރޯލްކޮށްދިނުމަށް އެހީތެރިވެތޭ ފަތްޕިލާވެލީގެ ބާވަތެކެވެ. މިގޮތުން މިފަތް ކެއުމުގެ ސަބަބުން ހަށިގަނޑުގައި ދައުރުވާ ބްލަޑް ޝުގަރ ލެވަލް ދަށްކޮށްދެއެވެ. ސަބަބަކީ މީގެ ސަބަބުން ޕެންކްރިއެޓިކް އިންސުލިން އުފައްދާ މިންވަރު އިތުރުކޮށްދީ ސެލްތަކުން ހަކުރު އެބްޒޯބްކޮށް ގުލްކޯޒް ބޭނުންކުރާ މިންވަރު އިރުތުރުކޮށްދޭތީއެވެ. އޭރުން ހަކުރުގެ މންވަރު ހަށިގަނޑުގައި ދައުރުވާ މިންވަރު މަދުކޮށްދެއެވެ.

2. ބަރުދަން ލުއިކޮށްދިނުން

ހިކަނދިފަތަކީ ހަށިގަނޑުގައި ގިނަ ދުވަހު ރައްކާކޮށްފައި ނުވަތަ އިތުރުވެފައި ހުންނަ ސަރުބީ ވިރުވާލުމަށް މަސައްކަތްކޮށްދޭނެ ބާވަތެކެވެ. ހިކަނދިފަތުގައި، ހަށިގަނޑުގައި އާއްމުކޮށް ރައްކާކުރާ ސަރުބީގެ ބާވަތްތައް ކަމުގައިވާ ޓްރައިގްލައިސެރައިޑްސްއާއި ކޮލެސްޓްރޯލް ހަށިގަނޑުން ބޭރުކުރުމަށް އެހީވެދޭ މާއްދާތައް އެކުލެވިގެންވެއެވެ. އެހެންކަމުން ޑައިޓިޝަނުން ލަފާދޭގޮތުގައި ދުވާލެއްގެ މައްޗަށް 10-15 ހިކަނދިފަތް ކެއުމުން ހަށިގަނޑުގައި ޖަމާވެފައި ހުންނަ ސަރުބީ ވިރުވާލުމަށް އެހީތެރިވެދޭނެއެވެ.

3. އާއްމު ޞިއްހަތުގެ ދުޅަހެޔޮކަން އިތުރުވުން

ހިނކަނދިފަތަކީ ހަމައެކަނި ހަކުރު ބައްޔާއި ކޮލެސްޓްރޯލް ކޮންޓްރޯލްކޮށްދޭ އެއްޗެއް ނޫނެވެ. މިފައިދާތަކުގެ އިތުރުން ހިކަނދިފަތުގެ ސަބަބުން އިތުރު ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދެއެވެ. މިގޮތުން ބޮލުގެ އިސްތަށިގަނޑު ހަލާކުވެ ތުނިވާނަމަ ހިނކަނދިފަތް ބޭނުންކުރުމުން އިސްތަށިގަނޑު ވަރުގަދަވެ އިސްތަށިގަނޑަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދެއެވެ. މީގެއިތުރުން ވިޓަމިން އޭ މަދުވުމުން ދިމާވާ ލޮލުގެ ފެނުން ދަށްވުމުގެ މައްސަލަތަކަށްވެސް ހިނކަނދިފަތުން ހައްލު ލިބިގެންދެއެވެ. ސަބަބަކީ ހިކަނދިފަތަކީ ވިޓަމިން އޭ ގިނަ އަދަދަކަށް ހިމެނޭ ބާވަތަކަށްވުމުން މިމައްސަލަތައް ހައްލުކުރުމަށްވެސް އެހީތެރިވެދޭތީއެވެ.

4. ނާރުގެ މައްސަލަތައް ހައްލުވުން

ނާރުގެ މައްސަލަތަކާއި ސިކުނޑީގެ ސެލްތަކުގެ ދުޅަހެޔޮކަމަށްވެސް ހިކަނދިފަތުން އެހީތެރިވެދެއެވެ. އަލްޒެއިމިއާ ފަދަ ނިއުރޯ ޑިޖެނެރޭޓިވް ބަލިތަކުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދޭ މާއްދާތައް ހިކަނދިފަތުގައި އެކުލެވިގެންވެއެވެ.

5. ބޭހުގެ ސައިޑްއިފެކްޓްސް ކޮންޓްރޯލްކުރުން

އާއްމުގޮތެއްގައި ހިނކަނދިފަތް ބޭނުންކުރުމަކީ ބޭހުގެ ސަބަބުން ބައެއްފަހަރު އަންނަ ސައިޑް އިފެކްޓްސްތަކުންވެސް ސަލާމަތްކޮށްދޭ ކަމެކެވެ. ވަކިން ޚާއްސަކޮށް ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީފަދަ ބާރުގަދަ ރޭޑިއޭޝަނަލް ތެރަޕީތަކުން އަންނަ ކްރޮމޯޒޯމްތަކާއި ބޯން މެރޯއަށް ލިބޭ ގެއްލުންތައް ކުޑަކުރުމާއި ރައްކާތެރިކޮށްދިނުމަށް ބޭނުންވާ ގިނަ މާއްދާތަކެއް ހިކަނދިފަތުގައި އެކުލެވިގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން