ގިނަ މީހުން ގަބޫލްކުރާ ގޮތުގައި ކިއުކަމްބާއަކީ ތަރުކާރީއެކެވެ. ނަމަވެސް، ކިއުކަމްބާއަކީ ތަރުކާރިއެއް ނޫނެވެ. އެއީ މޭވާ އެކެވެ.

މި މޭވާއަކީ ތަފާތު އެތައް ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މިމޭވާއަކީ ކެލޮރީސް ވަރަށް ދަށް، އެހެނަސް ވިޓަމިން، މިނަރަލްސް އަދި ފައިބާ ވަރަށް މުއްސަނދި މޭވާއެކެވެ. ކިއުކަމްބާގައި ހިމެނޭ މާއްދާ ތަކުގެ ތެރެއިން 96 އިންސައްތައަކީ ފެނެވެ. މި މޭވާ ކެއުން އެންމެ މޮޅުއިތުރު ގޮތަކީ މީގެ ތޮށި ނުމަށައެވެ. މީގެ ތޮށި މެށުމުން މި މޭވާގައި އެކުލެވިގެންވާ ބައިތައް އުނިވެއެވެ.

ކިއުކަމްބާއަކީ ބަރުދަން ލުއިކޮށްދިނުމަށް އެހީވެދޭ މޭވާއެކެވެ. އެއީ މި މެވާގައި ކެލޮރީސް ދައްވެފައި އެހެން ފައިދާހުރި ބާވަތްތައް ގިނަވީމައެވެ. ސެލެޑް ހަދާއިރުއާއި ސޭންޑްވިޗް ހަދާއިރު ކިއުކަމްބާ ބޭނުން ކުރުމުން އޭގެ ރަހަ އިތުރަށް ފުރިހަމަކޮށް ތާޒާކަން ގެނުވައެވެ. އަދި ބަތާއި އެފަދަ އެހެން ކެއުންތަކުގައި ވެސް ކިއުކަމްބާއަކީ ބޭނުން ކުރަން ހަމަ ވަރަށް ފުރިހަމައެއްޗެކެވެ.



ކިއުކަމްބާ ރަނގަޅީ ހަމައެކެނި ބަރުދަން ލުއިކުރަމަކަށް ނޫނެވެ. ކިއުކަންބާ އަކީ ހަކުރު ބަލި ހުންނަ މީހުންނަށްވެސް ވަރަށް ރަނގަޅު ބާވަތެއްކަން ޑަކްޓަރުން ވަނީ ކަށަވަރު ކޮދީފައެވެ. އެހެންކަމުން ހަކުރު ދައްކުރުމަށް ގިނަގިނައިން ކިއުކަމްބާ ކެއުން ރަނގަޅެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ކިއުކަމްބާ ކާނަމަ ފާޚާނާ ދިއުމަށް ފަސޭހަ ވާނެއެވެ. ސަބަބަކީ މިމޭވާ އަކީ 96 އިންސައްތަ ފެން އެކުލެވޭ މޭވާއަކަށް ވާތީއެވެ. ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ބޮޑުކަމު ދިޔުމަށް ދަތިތަކާ ކުރިމަތިވެއެވެ. އާންމުކޮށް ފެން ބިއުމާ ދުރު މީހުން ކިއުކަމްބާ ފަދަ ފެން ގިނަ މޭވާ އާއި ތަރުކާރި ބޭނުން ކުރުން ވަރަށް މުހިންމެވެ. ފައިބާއަކީ ވެސް ބޮޑުކަމު ދިޔުން ވަރަށް ފަސޭހަ ކޮށްދޭ ބާވަތެކެވެ. ކިއުކަމްބާއަކީ ފައިބާ ވަރަށް މުއްސަނދި ބާވަތެކެވެ.

ހަމައެއާއެކު ކިއުކަމްބާ ފެން ބުއިމުންވެސް ވަރަށް ގިނަ ފައިދާތައް ލިބެއެވެ.ކިއުކަމްބާ ފެނަކީ ފެންތަށްޓަކަށް ކިއުކަމްބާ ފޮތިކޮށް ކޮށުމަށްފަހު ފެންތަށީގައި ފޯ ކޮށްގެން ތައްޔާރުކުރާ ފެނެކެވެ. މިފެން ބުއިމުން ނުވަތަ ކިއުކަމްބާއިން ލިބޭ ފައިދާ ތަކުގެ ތެރޭގައި ކަށީގެ ބަލިތަކަށް ޝިފާ ލިބުމާއި ހަމުގެ އޮމާންކަމާއި ތާޒާކަން ދެމެހެއްޓުމާއި ހަށިގަނޑުގެ މަސްތައް ވަރުގަދަ ކޮށްދިނުމާއި ހިތުގެ ބަލިތަކާއި ލޭމައްޗަށްދިއުމުން ދުރުކޮށްދިނުން ހިމެނެއެވެ.



ކިއުކަމްބާ ފަދަ ސިއްހަތަށް ރަނގަޅު މޭވާ އާއި ތަރުކާރި ގިނަގިނައިން ބޭނުން ކުރުމަކީ ވަރަށް ފައިދާ ކުރުވަނިވި ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން