އެކަކު އަނެކެއްދެކެ ލޯބިވާކަން އިހުސާސްކޮށްދިނުމަށާއި އުފަލާއި ހިތާމައިގައިވެސް އެކުގައިވާކަން ހިއްސާކޮށްދިނުމަށް އާއިލާއާއި ލޯބިވާ މީހުން ކައިރިކޮށްލައި އެމީހުންގެ ގައިގައި ބައްދާލުމަކީ ދިރިއުޅުމުގައި ނުހަނު މުހިންމުކެމެކެވެ.

ތިބާގެ ދިރިއުޅުމުގައި އެކި ގޮތްގޮތުން ހިއްސާވާ ތިބާ އެންމެ ލޯބިވާ މީހުންގެ ގައިގައި ބެއްދުމަކީ މިއީ ތިބާގެ ބައިވެރިޔާ ނުވަތަ އާއިލާމީހުން ތިބާދެކެވާ ލޯބި ހާމަކޮށްދީ އެ ވާލޯބި އިހުސާސްކޮށްދިނުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. މިގޮތުން ބައެއް ކަންކަން ތިރީގައި ހިމަނާލާނަމެވެ.

ތިމާދެކެ ލޯބިވާ ހިތްހެޔޮ މީހުންނާ ބައްދާލުމުން ވާފައިވާ



1. ދިފާއީ ނިޒާމް ވަރުގަދަވުން:

ދިރާސާތަކުން ދައްކާގޮތުގައި އެއް ހަށިގަނޑު އަނެއް ހަށިގަނޑާއި ކައިރިކޮށްލައި ބައްދާލުމުން ދިފާއީ ނިޒާމް ވަރުގަދަކޮށްދެއެވެ. އެއީ އެކަކު އަނެކަކާ ބައްދާލުމުން ހަށިގަނޑުގައި ހުންނަ ވައިޓް ބަލްޑް ސެލް އުފައްދާ ތައިމަސް ގްލޭންޑު ސްޓިމިއުލޭޓްކޮށްދޭތީއެވެ. ވައިޓް ބްލަޑް ސެލްއިން ހަށިގަނޑަށް ޖެހޭ ބަލިތަކާއި އިންފެކްޝަންތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން އާއްމުދިރިއުޅުމުގައި ގިނައިން ލޯބިވާމީހުންގައިގައި ބައްދާލާ އުޅޭނަމަ އެމީހުންނާއި އަދި ތިބާވެސް ބަލިތައް ޖެހުމުން ދުރުކޮށްދީ އަދި ބަލިތަކުން އަވަހަށް ރަނގަޅުވުމަށްވެސް އެހީތެރިވެދޭނެއެވެ.

2. އެންޒައިޓީ ލެވަލްދަށްވުން:

ބައްދާލުމުން އޮކްސީޓޯސިން ކިޔާ މާއްދާއެއް ހަށިގަނޑުން އުފައްދައެވެ. ބައެއްފަހަރު 'ލަވް ހޯމޯން' ކަމަށް ނަންދެވިފައިވާ މިހޯމޯންއަކީ މީހާއަށް އުފާވެރިކަން ގެނުވައިދޭ ހޯމޯންއެކެވެ. އަދި މީއީ އެކަކު އަނެކަކާއި އޮންނަ ގުޅުން ވަރުގަދަކޮށްދޭ އަދި އިތުބާރު އިތުރުކޮށްދިނުމަށްވެސް އެހީތެރިވެދޭ ހޯމޯންއެކެވެ. އަދި އޮކްސިޓޯސިން އިތުރުވުމުން، މީހާ މާބޮޑަށް ސްޓްރެސްވާ ވަގުތުތަކުގައި ހަށިގަނޑުގައި އުފެދިގެން އަންނަ ކޯޓިޒޯލް ނުވަތަ ސްޓްރެސް ހޯމޯންވެސް މަދުކޮށްދެއެވެ. އެހެންކަމުން ބައްދާލުމުގެ ސަބަބުން ހަށިގަނޑުން ސްޓްރެސް މަދުވެ މޫޑު ރަނގަޅުވެ މީހާގެ ހާސްކަން ފިލައިދެއެވެ. އަދި ފަސޭހައިން ނިދި ލިބުމަށްވެސް އެހީތެރިވެދެއެވެ.

3. މޫޑު ރަނގަޅުކޮށްދިނުން:

ލޯބިވާ މީހެއްގައިގައި ބައްދާލުމުން ޑޯޕަމިން ކިޔާ މާއްދާއެއްވެސް ހަށިގަނޑުގައި އުފައްދައެވެ. މިއީ މީހާގެ މޫޑާއި ކަންކަން ކުރުމަށް ހުންނަ ހިއްވަރު އިތުރުވެ އުފާވެރިކަން އިތުރުކޮށްދޭ ނިއުރޯޓްރާންސްމިޓާއެކެވެ. މީގެ ސަބަބުން މީހާގެ ވަރުބަލިވުން ފިލައި އުފާވެރިކަން ގެނުވައިދެއެވެ. މީގެ އިތުރުން ލޯބިވާ މީހުންގައިގައި ބައްދާލުމަކީ ހަށިގަނޑުން ސެރަޓޯނެން ކިޔާ، ޑިޕްރެޝަންއާއި އެންޒައިޓީއަށް މަގުފަހިކުރުވާ ހޯމޯންވެސް ނައްތާލާކަމެކެވެ. އެހެންކަމުން ލޯބިވާމީހުންގައިގައި ބައްދާލުމަކީ ތިބާއަށް އުފާވެރިކަން ގެނުވައިދީ ހާސްކަން ފިލުވައިދޭނެކަމެކެވެ.

4. ހިތުގެ ދުޅަހެޔޮކަން:

ލޯބިވާ މީހުންގަގައި ބައްދާލުމަކީ ހިތުގެ ދުޅަހެޔޮކަމަށްވެސް ފައިދާހުރި ކަމެކެވެ. ހަށިގަނޑުގައި ސްޓްރެސް ހޯމޯން މަދުވެ ހިތުގެ ޕްރެޝަރ ރެގިއުލޭޓްވުމަކީ މީގެތެރޭގައި ހިމެނޭ ކަމެކެވެ. ސްޓްރެސްއަކީ ހިތުގެ ޞިއްޙަތަށް އެންމެ ނުރައްކާ ކުރުވާ އެއްސަބަބު ކަމަށްވެފައި، ބައްދާލުމުގެ ސަބަބުން ހަށިގަނޑުން އެންޑޯފިންއާއި އޮކްސިޓޯސިން އުފައްދައި ސްޓްރެސް ހޯމޯންތައް ނައްތާލުމަށް އެހީތެރިވުމަކީ ހިތުގެ ޞިއްހަތަށް ފައިދާކުރާނެކަމެކެވެ.

5. ކަންކަމާއި ކުރިމަތިލުމަށް ފަސޭހަވުން:

ދިރިއުޅުމުގައި ދިމާވާއެކިއެކި ކަންކަމުގައި ހިތާމަތަކާއި ކުރިމަތިވެ އެކަންކަމުން އަރައިގަންނަން ނޭނގިފައިހުރެވެއެވެ. މިހާލަތްތަކުގައި އެކުގައިވާކަން އިހުސާސްކޮށްދީ ހަމްދަރުދީއާއި އަޅާލުން އިހުސާސްކޮށްދިނުމަށް ބައްދާލުމަކީ އާއިލާއާއި ލޯބިވާމީހުންނަށް ކުރެވިދާނެ މުހިންމުކަމެކެވެ. މީގެ ސަބަބުން ވޭނެއް ތަހައްމަލު ކުރަމުންދާ މީހާގެ ވޭން ކުޑަވެ އޭނާއާއިއެކުގައި ބަޔަކު ވާކަމުގެ އިހުސާސްކުރެވޭނެއެވެ. އަދި މިފަދަ ކަންކަމުން އަރައިގަތުމަށް ފަސޭހަވެގެން ދާނެވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން