ޝެއިޚް އިލްޔާސް ޙުސައިން
ޝެއިޚް އިލްޔާސް ޙުސައިން
މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ އެންމެ އިންސާފުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން އިންސާފުވެރި ނޫންކަމަށް ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ދިރާސާކުރުމަށްފަހު، މަޖިލީހުން އެކުލަވާލި ދިރާސާ ރިޕޯޓުގައި ވަނީ، ފިތުރު ޒަކާތަކީ ވަކި މުއްދަތެއްގައި ހައްގުވެރިންނަށް ހަވާލުކުރަން ޖެހޭ އެއްޗެއް ނަމަވެސް އެ ލިސްޓު އާންމުކޮށް ޒަކާތް ބެހުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިލްޔާސް ޙުސައިން ވަނީ، އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަހާފައިވަނީ އިންސާފުވެރިގޮތަކަށް ނޫން ކަމަށް މަޖިލީހުން ނިންމުން އިންސާފުވެރިވަނީ ކޮން ހަމައަކުންތޯ ސުވާލު އުފައްދާފައެވެ.

"އިސްލާމްދީނަށް ހީނަރުކަން ލިބޭގޮތަށް ފާޑުފާޑުގެ އިސްލާޙުތައް ހެދުންވެސް އިންސާފުވެރިތޯ؟ އެކަމެއްގެ އިލްމު ލިބިފައިނުވާ ކަންކަމާ ނުބެހުން މާ އިންސާފުވެރި." ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތް ބެހުމާ ގުޅިގެން އިސްލާމިކް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް އެ މައްސަލައިގައި މީގެކުރިން ސުވާލުވެސް ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތް ބަހާފައި ވަނީ 19 އޮކްޓޯބަރު 2019 ގައި އެކުލަވާލި ލިސްޓަކަށް ކަމަށެވެ. ދެހާސް ނަވާރަވަނަ އަހަރު ދެ ފަހަރެއްގެ މަތިން ފަގީރުންގެ ލިސްޓް އެކުލަވާލިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ލިސްޓަކީ މި ހިނގާ 1441 ވަނަ އަހަރު އެކުލަވާލާފައިވާ ލިސްޓެއް ކަމަށެވެ. އެހެން ކަމުން އެ ލިސްޓަކީ އަޕްޑޭޓެޑް ލިސްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙަސަންސޮބްރީ

14-Jul-2020

ޒަކާތްބަހާނެގޮތެއް މަޖިލިހަކުން ނުނިންމާ. އިސްލާމްދީނަކީ އިލްޔާސް ގެނައި އެއްޗެއްނޫން. ޒަކާތޭ, ނަމާދޭ, ރޯދައޭ މީހަކު ބުނެލާއިރަށް މީނަހީވަނީ ހަތްއުޑުމަތިން އައިސްހުރި މީހެއްހެން. އިލަޔާސް ދުނިޔެއަށް އައުމުގެކުރިންވެސް މިއީއިސްލާމީ ގައުމެއް.



ޓްރެންޑިން