އެޕިސޯޑް 26
...............
[ފްލައިޓަކަށް އެރުވޭވަރުގެ ޙާލަތެއް އެމަންޖެގެ ނެތޯ....] ރަފީޤު ވިސްނާލަބަލަ އެއޮތީ ކާރަށްވެފައި އޮތްވަރު. ކާރަށް އެވަރުވާއިރު އެމަންޖެއަށް ކިހާވަރެއްވާނެ.] ވަޖުދީގެ ލޮލުން ކަރުނަ އައެވެ.
[މިހުރިހާ ކަމެއްވެސް ދިމާމިވީ އަހަރެންގެ ސަބަބުން. އެމަންޖެ ގާތު ކުރިން ސަރާއަކީ އެމަންޖެގެ ކޮއްކޮއެއް ކަމަށް ބުނެވުނުނަމަ މިހެން މިކަންތަކެއް ނުވީސްކަންނޭނގެ. ޢިމްރާނާ ކައިވެނި ކޮށްގެން ސަރާ މިގެއަށް އައިއިރު ސަރާއަކީ އަހަރެންގެ ދަރިއެއްކަން އަހަންނަށް ނޭނގޭވިއްޔަ....] ވަޖުދީ ހީކުރީ މަލަކާ އެކްސިޑެންޓްވާން މެދުވެރިވި ސަބަބަކީ އޭނާ ކަމަށެވެ.
މަލަކާއާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ. މަލަކާއާއި ރައްޒާޤުގެ ގުޅުމާއި، މަލަކާގެ ދަރިފުޅުގެ ބައްޕައަކީ ޢިމްރާން ނޫންކަން އެނގޭހިނދު އޭނައަށް ކިހާވަރެއްގެ އަސަރެއް ކުރާނެބާއޭ ހިތަށްއަރައެވެ. ހަމަގައިމުވެސް އޭނާގެ ދަރިފުޅަކީ އެފަދަ ވިޔާނުދާ ޢަމަލެއްކޮށް، ބަޔަކަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާނެ ކުއްޖެއް ކަމަކަށް އޭނާގެ ހިތަކަށްވެސް ނާރާނެއެވެ.
މަލަކާއަކީ އޭނާއާއި ޝާޢިރާ ނުހަނު ލޯބިން ބަލާ ބޮޑުކޮށްފައިވާ ދަރިއެކެވެ. އެދެމަފިރިންގެ ލޯތްބާއި އަޅާލުން މަލަކާއަށް އިންތިހާއަށް ދިނެވެ. އަމިއްލަ ލޭ ކަމުގައިވާ ސަރާއަށް ލޯބި ނުދިން ނަމަވެސް، މަލަކާ ކުޑައިރު ވަޖުދީވަނީ މަލަކާއަށްޓަކައި ޤުރްބާންވޭވޭއެވެ.
ސަރާޔާ ދޭތެރޭ މަލަކާ ކިތަންމެ އިހާނެތިކޮށް ހިތާފައިވީ ކަމުގައިވިޔަސް، ސަރާގެ ހިތުގައި ދައްތައާ ދޭތެރޭ އެއްވެސް ބުރަކަމެއް ނެތެވެ.
[މަންމާ...ދައްތަގެ ލޯބިވެރިޔާއާ އަހަންނަށް ކައިވެނި ކުރެވުނީ އަހަންނަށް ނޭނގި...ކުރިން އެނގުނުނަމަ އަހަރެން ޢިމްރާނަށް އެނަޒަރުން ބަލައިވެސްނުލާނަން. ޔަޤީން އަހަންނަކީ ކޮއްކޮކަން ކުރިން އެނގުނުނަމަ ދައްތަވެސް ދެއަންބަށް ޢިމްރާނާ ނުއިނީސް. ލޭގެ ގުޅުމަކީ އެއްވެސް ފަރާތަކަށް ދުރުކުރެވޭނެ ގުޅުމެއް ނޫން....އަހަރެން ބޭނުން ދައްތަގެ ކިބައިން މަޢާފަށް އެދެން.] ސަރާ ރޮއިރޮއިފައި މަންމަ ނަޖްމާގެ ކޮނޑުގައި ބޯއަޅައިގެން އޮވެ ވާހަކަ ދައްކަމުުން ދިޔައެވެ.
[ހިތްވަރުކުރޭ ދަރިފުޅާ...ދައްތަ ކުޑަކޮށް ރަނގަޅުވީމާ ދަރިފުޅު މަޢާފަށް އެދޭނީ....ދައްތަ ދަރިފުޅަށް މަޢާފް ކުރާނެ...] ނަޖްމާ ސަރާއަށް ހިތްވަރުދެމުންދިޔައެވެ.
އެވަގުތު އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުޅުވުނެވެ. އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އެންމެން އެއްފަހަރާހެން ތެދުވެގެން ގޮސް ދޮރުމައްޗަށް ހުއްޓުނެވެ. ތިއޭޓަރުން ނިކުތީ ދެޑޮކްޓަރުންނާއި ނަރުސްކުދިންތަކެކެވެ.
[އެމަންޖެގެ ހާލު ކިހިނެއް..ބޭރަށް ފުރިޔަސް ވަރިހަމަތަ....އަހަރެން މިހާރު ފްލައިޓްވެސް ޗާޓަރުކޮށްފިން.] ހާސްވެ ކަންބޮޑުވެފައި ހުރި ވަޖުދީ ޑޮކްޓަރާ މުޚާޠަބު ކުރިއެވެ. އިނގިރޭސި ބަހުންނެވެ. ދެޑޮކްޓަރުން ވަޖުދީގެ ދެފަރާތުން އައިސް ކޮނޑުގައި ހިފަހައްޓާލިއެވެ.
[ހިތްވަރުކުރޭ....މަލަކާ....] ޑޮކްޓަރ ކުޑަކޮށް ވަށައިގެން ނަޒަރު ހިންގާލިއެވެ.
[ޑޮކްޓަރ ކީކޭ ބުނަންތަ ތިއުޅެނީ، ބުނެބަލަ.] އޭރު އެމީހުނާ ދާދި ގާތުގައި ޢިމްރާންވެސް ހުއްޓެވެ. އޭނާވެސް ހުރީ ރޮވިފައެވެ.
[މަލަކާ މަރުވެއްޖެ.....ހަށިގަނޑުގެ ބައެއް ގުނަވަންތައް ހުރީ ކުދިކުދިވެފައި.] ޑޮކްޓަރުގެ އަޑު އިވުމާއެކު އެންމެން އެކުގައިހެން އުޅުނީ ތިއޭޓަރަށް ވަދެގަންނާށެވެ. އެވަގުތު މަލަކާ މަރުވިކަން ކަށަވަރުވީމާ ސަރާ ވަރަށް ރުޔެވެ. އޭނާ ގަބޫލުކުރީ ދައްތަ ދުނިޔެ ދޫކުރީ އޭނާއާހެދި ހިތަށް އުނދަގޫވެގެން ކަމަށެވެ.
[ދައްތައެއްގެ ޙައިޘިއްޔަތުން އަނގައިންވެސް ބުނެނުލާ ދައްތަ މަރެއް ނުވާނެ...] ސަރާ ބާރުބާރަށް ރޮމުންދިޔައެވެ. ދިމާވި އިއްތިފާޤެއްކަންނޭނގެއެވެ. ސަރާގެ ބަނޑަށް ތަދުވަންފެށީ އެވަގުތުއެވެ. މާގަދައަށް ރުއީމާ ވީގޮތެއްކަންނޭނގެއެވެ. އެވަގުތު އެތަނުގައި ނިމާލްވެސް ހުރުމާއެކު އޭނާ އަވަސްވެގަތީ ސަރާ އަވަސްފަރުވާދޭ ބަޔަށް ގެންދެވޭތޯއެވެ.
[އަހަރެންގެ ބަނޑުގައި ކިތަންމެ ރިއްސިޔަސް ދައްތަގެ މޫނު ދެކެފައި ނޫނީ އަހަރެން ނުދާނަން. އަހަންނަށް ދައްތަ ދައްކާ.....] ސަރާ އެއްއަތުން ބަނޑުގައި ހިފަހައްޓައިގެން ހުރެ ރޮމުންދިޔައެވެ.
[އެވަގުތު އެތަނުގައި ތިބި ޑޮކްޓަރުންގެ ލަފާގެ މަތިން ސަރާއަށް މަލަކާގެ މޫނު ދެއްކުނެވެ. މަލަކާގެ މޫނުމަތީގެ ކުޑަކުޑަ ތަންކޮޅެއް ފިޔަވައި މުޅި ގައިގައި އޮތީ ބެންޑޭޖް އޮޅާފައެވެ. އެތެރޭން ޖަހާފައި ހުރި ކަފަޔާއި ބޭރުން އޮޅާފައި ހުރި ބެންޑޭޖްތައް ފޯވެ ލޭތައް ހަށިގަނޑުގެ އެތަންމިތަނުން ފޭދިފޭދި ހުއްޓެވެ.
[ދައްތާ....ދައްތަ ކީއްވެތަ އަހަރެން ކަހަލަ ކެތްތެރިއަކަށްނުވީ؟] ސަރާ މިހެން ބުނެ މަލަކާގެ ހަށިގަނޑުގައި ހިފައިގަންނަން އުޅުނު ވަގުތު އެންމެންގެ ލަފާގެ މަތިން ސަރާ އަވަސް ފަރުވާދޭ ކޮޓަރިއަށް ގެންގޮސްފިއެވެ.
މިހާރު ޢިމްރާނަށްވެސް ރޮވެން ފަށައިފިއެވެ. ޢިމްރާން އެންމެބޮޑަށް ދެރަވަނީ މަލަކާ މަރުވީ އޭނާގެ ސަބަބުންނޭ ހިތަށްއަރާތީއެވެ. އޭނާގެ ވިސްނުންހުރީ އެގޮތަށެވެ. މަލަކާގެ މަރާ ގުުޅިފައިވަނީ އޭނާ މަލަކާއާ ދިމާއަށްކީ އެއްޗިއްސާއި ހިތުގައި ޖެއްސި ޖެއްސުމެވެ. މަލަކާގެ ކެތްތެރިކަން ކޮޅުންލީ ކަމަށްވެސް ވެދާނެއެވެ.
[ހިތްވަރުކުރޭ ދަރިފުޅާ....] ފަހީމާ ޢިމްރާނަށް ހިތްވަރުދިނެވެ. އޭރު ޝާޢިރާވެސް ޚަބަރު ހުސްވެގެން އަވަސްފަރުވާދޭ ކޮޓަރިއަށް ވައްދައިފިއެވެ. އެދުވަސްވެގެން ދިޔައީ މުޅި އެޢާއިލާއަށްވެސް ލިބުނު އިންތިހާއީ ހިތްދަތި ދުވަހަކަށެވެ.
މަލަކާގެ ކަށުކަމާކެމީގެ ކަންތައްތަކަށްފަހު ވަޖުދީވެސް ހުންނަނީ މުޅިން މާޔޫސްވެފައެވެ. މިހާރު ވަޖުދީއަށް އިޙްސާސް ކުރެވެމުންދަނީ އޭނާގެ ހަށިގަނޑުގެ އެއްބައި ނެތިދިޔަކަމުގެ އިޙްސާސެކެވެ.
ސަރާއަކީ އޭނާގެ ދަރިއެއްކަމާއި، މަލަކާގެ ކޮއްކޮކަން އެނގުނުތާ މާގިނަ ގަޑިތަކެއްނުވެ މަލަކާ ދުނިޔެ ދޫކޮށްދިޔުން ވެފައިވަނީ އޭނާގެ ހިތުން ފިލައިގެންނުދާނޭ ފަދަ ކަމަކަށެވެ.
މަލަކާއަކީ އޭނާ ނުހަނު ލޯބިދީގެން ބަލާބޮޑުކޮށްފައިވާ ދަރިއެކެވެ. އޭނާއެކޭ އެއްފަދައިން މަލަކާވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. އިޙްތިރާމް ކުރެއެވެ.
[ވަޖުދީ ހިތްވަރުކުރޭ. އަހަރެމެން ފިރިހެނުން ގަދަކަމުން ހިތްވަރު ކުރަންވާނެ. އަހަރެމެންވާންޖެހޭނެ، އަންހެންވެރިންނަށް ހިތްވަރުދެވޭފަދަ ބަޔަކަށް. އެމީހުންގެ ކުރިމަތީގައި އަހަރެމެން ދެރަވެ ރޯންވެއްޖެއްޔާ، އެމީހުންނަށް ވަރަށް އަސަރުކުރާނެ...] ރަފީޤު ވަޖުދީއަށް ހިތްވަރުދިނެވެ.
[ރަފީގު....އަހަރެން ހާދަ ހިތްވަރު އެބަކުރަމޭ...އެކަމަކު ކިހިނެއްތަ އަހަރެން...މިހެން މިކަންވެދާނޭ އެއްވެސް މީހަކު ހީކުރާނޭތަ؟] ވަޖުދީ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
[ޢިމްރާން ކޮބައިތަ؟] ރަފީޤު އެތެރެއަށް ނަޒަރު ހިންގާލަމުން ވަޖުދީގާތު އެއްސެވެ.
[ޢިމްރާންވީ ހޮސްޕިޓަލްގައި...ސަރާ ވިހަން ވައްދާފަވީ. އަހަރެންވެސް ބޭނުން ހޮސްޕިޓަލަށްދާން. އެކަމަކު ތެދުވާނޭ ހިތްވަރެއްވެސް ނެތް. އެހެންވެ މިއޮވެވެނީ....] ވަޖުދީ މާޔޫސީ އަޑަކުން ބުންޏެވެ.
[ހިނގާ ދާން. އެމަންޖެ ވިހާއިރު އަހަރެމެންވެސް އެތާ ތިބެންވާނެ.] ރަފީޤު ބޭނުންވީ އެވަގުތު ވަޖުދީއަށް ހިތްވަރު ދިނުމުގެ ގޮތުން ގެންދާށެވެ.
މަލަކާގެ މަރުން ފަހީމާއަށްވެސް ވަނީ ވަރަށްބޮޑު ޝޮކެއް ލިބިފައެވެ. މަލަކާއަކީ އޭނާގެ ދަރިއެކޭ އެއްފަދައިން އޭނާގެ ލޯބި ދިން ދަރިއެކެވެ. އެވަރަށް މަލަކާއާ ޢިމްރާންގެ ގުޅުމަށް އޭނާ މަސައްކަތް ކުރީވެސް އެހެންވެގެންނެވެ.
[ޝާޢިރާވެސް ވަރަށް ބަލިކޮށްއޮތީ. އަހަންނަށް ދެވޭނީ ތަންކޮޅެއް ފަހުން. ހަލާކުވި ކާރު އަހަރެން ބޭނުން، އެމަންޖެގެ ހަނދާނެއްގެ ގޮތުގައި މިގޭ ގޯތިތެރޭ ބާއްވަން. ރަފީޤު އެކާރު މިގޭދޮށަށް ގެނެސްބަލަ. ފުރަތަމަ އޭގަހުރި ލޭތަކާއި އެއްޗެހި ސާފުކުރަންވެސްވާނެ.] ވަޖުދީ ބުންޏެވެ.
[ވަޖުދީ ނުބުންޏަސް އަހަރެންވެސް ނިންމާފައިވަނީ އެކާރު މިގޭ ހޯލުތެރޭ ބާއްވަން. އެކާރު އެއޮތީ ގުޅަކޮށްފައި އޮތް ޓިނުގަނޑެއްހެން.] ރަފީޤު ބުންޏެވެ.
[ވާނީވެސް އެހެންތާ......ނިކަން ބާރަށޯ އެމަންޖެ ދުއްވީ. އެވަގުތު އެމަންޖެގެވެސް ސިކުނޑި ހަމައިން ނެއްޓުނީ ކަމަށްވާނީ....] ވަޖުދީ ބުންޏެވެ. ރަފީޤު ބުނީ ތެދެކެވެ. މިހާރު އޭނާވަނީ އެކާރު ސާފުކުރުމަށްފަހު އެގޭދޮށަށް ގެންނަން ބަޔަކާ ޙަވާލުކޮށްފައެވެ. ބަޔަކާ ޙަވާލުކުރިއިރު އޭގެތެރޭގައި ހުރި އެއްވެސް ލިޔެކިޔުމަކަށް ގެއްލުންނުކޮށް ގެނެސްދިނުމަށްވެސް އޭނާ ބުނެފައިވެއެވެ.
ޢިމްރާނާއެކު ހޮސްޕިޓަލްގައި ނިޔާޒްވެސް ހުއްޓެވެ. ނަމަވެސް ޢިމްރާން ހުންނަނީ ވަރަށް އެކަހެރިވެފައެވެ. ސަރާގެ އެއްވެސް ކަމަކު ޢިމްރާން ދާދި ގާތުގައި ހުންނައިރުވެސް ނަޖްމާ ޢިމްރާންގެ ގާތަކު ނުބުނެއެވެ. އޭނަ ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ހޯދަމުންދަނީ ނިމާލްގެ ފަރާތުންނެވެ.
ސަރާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީއްސުރެންވެސް ނިމާލް އެހުންނަނީ ރެޔާއި ދުވާލު ސަރާގެ ޚިދްމަތުގައެވެ. ހޮސްޕިޓަލްގައި ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއްވެސް ކުރަމުންދަނީ ސީދާ އޭނާގެ އަމިއްލަ ޖީބުންނެވެ. ޢިމްރާން ހުންނަނީ މާޔޫސްވެފައި މަންޒަރު ބަލާށެވެ.
ޙަޤީޤަތުގައިވެސް ޢިމްރާން އެވަނީ ވަރަށް ބޮޑަށް ބާކީވެފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ އެވަރަށް ބާކީވެ އެކަނިވެރިވާން ޖެހުނީ އޭނާ ބަނޑުއަޅާ ވިހޭ މަންމަ އޭނައަށް ހޯދަދޭން އުޅުނު މޮޅެއްގެ ސަބަބުންނެވެ.
[ނިޔާޒް، އެބަފެނޭތަ މިތަނުގައި އަހަރެން ބާކީވެފައި ހުންނަތަން. މަންމަގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލިވެއްޖެ. މަންމަ އަހަންނަށް ހޯދައިދޭން އުޅުނު ދިރިއުޅުން މިއަދު މިދަނީ ފެންނަމުން...] ޢިމްރާން ވަރަށް މާޔޫސީ އަޑަކުން ރަޙްމަތްތެރިޔާއާ ވާހަކަ ދެއްކިއެވެ.
[މާޔޫސްނުވެބަލަ ޢިމްރާން. އަދި ހުރިހާކަމެއްވެސް ހަމަޖެހޭނެ. ސަރާގެ ލޯބިވެސް އަދި ލިބޭނެ. ސަރާ ޢިމްރާނަށް މަޢާފްކޮށް އަލުން ޢިމްރާންގެ ދިރިއުޅުމަށް އަންނާނެ.] ނިޔާޒް ޢިމްރާނަށް ހިތްވަރުދިނެވެ.
ނަމަވެސް ޢިމްރާން ބޭނުންވަނީ ނިޔާޒްގެ ހިތްވަރެއް ނޫނެވެ. އޭނާ ބޭނުންވަނީ ސަރާއާއި ސަރާގެ މަންމަގެ ހިތްވަރެވެ. މަންމަގެ ރުހުމެވެ. އެހެން ނޫނިއްޔާ އޭނާއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.
[ސަރާ މަންމަ އަހަންނަށް މަޢާފްކުރާނެތަ؟] ޢިމްރާން ދެއަތުން ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އޭރު ނިމާލް ސަރާގެ ކޮންމެވެސް ބޭހެއް ހިފައިގެން އައިސް ނަޖްމާއާ ޙަވާލުކުރަނީއެވެ. އެމަންޒަރު ފެނުމުންވެސް އިތުރަށް ޢިމްރާންގެ ހިތަށް އަސަރު ކޮށްފިއެވެ. ހަމަގައިމުވެސް ސަރާގެ ބަނޑުގައި އޮތީ އޭނާގެ ދަރިއެކެވެ. ސަރާ ވިހެއުމުގެ ހުރިހާ ޚަރަދެއްވެސް ސީދާ ކުރަންޖެހޭނީ އޭނާ ކަމަށް އޭނާ ޤަބޫލުކުރެއެވެ. އެހެން ނަމަވެސް، އޭނާޔާ ނުވެސްބައްސާ މާދުރު މީހަކު ލައްވާ ހުރިހާ ޚިދްމަތެއް ކުރުވަނީ ކީއްވެބާއެވެ. މިޚިޔާލުގައި ޢިމްރާން ހުއްޓާ ވިއްސާ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުން ބޭރަށް ބޯދިއްކޮށްލީ ނަރުސް ކުއްޖެކެވެ.
[ސަރާއަށް ކުރުނބާ ފެން ތަށްޓެއް.] ނަރުސް ކުއްޖާގެ އަޑުއިވުމާއެކު ޢިމްރާންވެސް ކެންޓީނާ ދިމާއަށް ހިނގައިގެންފިއެވެ. ޢިމްރާނާ އެކުއެކީގައިހެން ނަޖްމާވެސް ކެންޓީނާ ދިމާއަށް ދިޔައެވެ. ނަޞީބު ދިމާކުރި ގޮތުން ކުރިންގޮސް ކުރުނބާ ފަންޏަށް އޯޑަރުދެވުނީ ނަޖްމާއަށެވެ. ވުމާއެކު ކުރިން ކުރުނބާފަނި ލިބުނީވެސް އޭނާއަށެވެ. ޢިމްރާނަށް ލިބުނީ އޭގެ އެއްމިނެޓް ފަހުންނެވެ. އެހެންނަމަވެސް، އެކުއެކީގައިހެން ޢިމްރާނަށްވެސް ވިއްސާ ކޮޓަރިއާ ހަމައަށް އާދެވުނެވެ.
[މަންމާ...މިފެންތަށިވެސް ސަރާއަށް ދެއްވާ....] މޮޅިވެރި އަސަރާއެކު ޢިމްރާން ނަޖްމާއާ ދިމާއަށް ކުރުނބާ ފެންތަށި ދިއްކުރިއެވެ. ނަޖްމާ އިސްޖަހާލިއެވެ. އެހިނދު ޢިމްރާނަށް ވަރަށް އަސަރު ކުރިއެވެ.
[މަންމާ...އާދޭސްކުރަން...އަޅުގަނޑަށް މަޢާފްކޮށްފައި، މިކުރުނބާ ފެންފޮދުވެސް ސަރާއަށް ދެއްވާ...] މިހާރު ޢިމްރާންގެ ލޮލުންވަނީ ކަރުނަ އައިސްފައެވެ. ދެންވެސް ނަޖްމާ ޢިމްރާނާ ދިމާއަށް ބަލައިވެސްނުލިއެވެ. އެއީ ނަރުސްކުއްޖާ ވިއްސާ ކޮޓަރީގެ ދޮރު ހުޅުވި ވަގުތެވެ. ނަޖްމާ ދިއްކުރީ އޭނާ ގެނައި ކުރުނބާ ފެންތަށްޓެވެ. ހިތަށްކުރި އަސަރުން ޢިމްރާނަށް އޭނާގެ އަތުގައިވާ ކުރުނބާ ދޫކޮށްލެވުނެވެ. އެވަގުތު އެތަނުގައި ހުރި ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.
[މިވަގުތު މިތާނގައި ތިބުން ރަނގަޅެއް ނޫން. ފަހުން އަންނާނީ. ހިނގާ ދާން.] ނިޔާޒް ޢިމްރާންގެ އަތުގައި ހިފައިގެން ކުޑަކޮށް ދުރަށް ޖެހިލުމަށްފަހު ބުންޏެވެ.
[އަހަރެންގެ ދަރިފުޅު އުފަންވާއިރު މިތާ ކައިރީގައި ހުންނަން އަހަރެން ބޭނުން. ނިޔާޒް ދެން ކިހިނެއްތަ ސަރާއާއި ސަރާގެ މަންމަގެ ރުހުން އަހަރެން ހޯދާނީ.] ޢިމްރާން މުޅިން މާޔޫސްވެއްޖެއެވެ.
[އިހަށް ގެއަށްގޮސްލާފަ އަންނާނީއޭ. މިތާ ކޮޅަށް ހުންނަހާވަރެއް ޢިމްރާންގެ ނެތެއްނު.] ނިޔާޒް ބޭނުންވަނީ ޢިމްރާނަށް ނަޞޭޙަތްދީގެން އެތަނުން ގެންދާށެވެ. އޭރުވެސް އެތާނގައި ނިމާލް ޙަރަކާތްތެރިވަމުން ދިޔައެވެ. ނިމާލް ސަރާއަށް ބަހައްޓާ އޯގާތެރިކަމަކުން ނިޔާޒް ފަހަރެއްގައިވެސް ނިމާލްގެ ނިޔަތާ ބެހޭގޮތުުން ކުޑަކޮށްވެސް ނުވިސްނައެވެ. އޭނާ ހީކުރެއެވެ. އިންސާނިއްޔަތަށްޓަކައި އަނެކުންނަށް އެހީތެރިވުމަކީ އިންސާނީ ވާޖިބަކަށްވާތީ ނިމާލް އެވާޖިބު އަދާކުރަނީއެވެ.
ނިމާލަކީ އޭނާ ވަރަށް ކުޑައިރުއްސުރެންވެސް އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމޫނާ މިސާލެކެވެ. އޭނަގެ މަދްރަސީ ދައުރުގައިވެސް ރައްޓެހިންނަށް އޭނާ ބޮޑެތި އެހީތައްވެދެއެވެ.
[ޢިމްރާން ކޮންކަމަކާތަ ހާސްވަނީ. ސަރާއަށް އެހީތެރިވާން އެހުރީ އަހަރެންގެ ކޮއްކޮ. އަހަރެމެން ނެތަސް އޭނަ ބަރާބަރަށް އެހީތެރިކަން ފޯރުކޮށްދޭނެ. އަހަރެމެންދާނީ ވިހެއީމާ ގުޅާށޭ ބުނެފައި. އޭރުން ދަރިފުޅު ބޭރަށް ނެރުމުގެ ކުރިން އަހަރެމެންނަށް އާދެވިދާނެތާ.] ނިޔާޒް ބުންޏެވެ. ޢިމްރާން ނިޔާޒާއެކު ގެއަށްދާން އެއްބަސްވިއެވެ.
[އެންމެ ރަނގަޅު. ނިމާލް ގާތު ބުނޭ ސަރާއަށް އެއްވެސް ކަމެއް ދަތިވިޔަނުދޭށޭ. އަހަރެންގެ ބަދަލުގައި މިތާނގައި ހުރިހާ ކަމެއް ނިމެންދެން ހުރެދޭށޭވެސް ބުނާތި.] ޢިމްރާން ހިނގައިގެންފިއެވެ.
ނިމާލް ގާތު ޢިމްރާން ބުނިގޮތަށް ބުނުމަށްފަހު ނިޔާޒްވެސް ޢިމްރާނާއެކު ކުރިއަށް ހިނގައިގެންފިއެވެ. ޢިމްރާން އެތަނުން ދިޔުމުން ނިމާލަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ބޭނުންވަނީވެސް ޢިމްރާން އެތަނުން ފޮނުވާލާށެވެ.
ޢިމްރާން ހޮސްޕިޓަލުން ނުކުތްތާ މާގިނައިރެއް ނުވަނީސް ސަރާ ލޯބިލޯބި ފިރިހެން ކުއްޖަކު ވިހައިފިއެވެ. ނިޔާޒްގެ އެދުމުގެ މަތިން ނިމާލް ޢިމްރާނަށް ގުޅާފައި ސަރާ ވިހޭ ޚަބަރުދޭންވެސް އުޅުނެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ ނަޖްމާއެވެ. ނަޖްމާ ބުނީ ސަރާ ވިހެއުމުން އެވާހަަކަ އަންގަންޖެހޭ އިތުރު ފަރާތެއް ނުހުންނާނޭ ކަމަށާއި، އެނގެންޖެހޭ ހުރިހާ މީހުންވެސް އެބަތިބި ކަމަށެވެ.
[އަޅުގަނޑު ނުގުޅައިފިއްޔާ ބޭބެ ހިތްހަމައެއްނުޖެހޭނެ....އެކަމަކު ސަރާ މަންމަ ބުނީމާ އަޅުގަނޑު ދެނެއް ނުގުޅާނަން.] ނިމާލް ފޯން ޖީބަށްލިއެވެ.
[ރުހުނަސް ނުރުހުނަސް އަޅާނުލާ...ނިމާލް މިތާ ހުރީމާ ހުރިހާ ކަމެއްވެސް އެބަހަމަޖެހޭ.] ނަޖްމާ ބުންޏެވެ.
އެއީ ދަރިފުޅު ދައްކާލުމަށްޓަކައި ނަރުސް ކުއްޖަކު ދޮރުމައްޗަށް އެރި ވަގުތެވެ. ނަރުސް ކުއްޖާ ދަރިފުޅުގެ ބައްޕަ ކޮބައިހޭ އެހުމަށްފަހު މާމަގެ އަތަށް ކުއްޖާ ދީފިއެވެ. އުފާވެފައި ހުރި ނަޖްމާ ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ދަރިފުޅުގެ ބައްޕައަކީ މިއީއޭ ބުނެފައި ނިމާލް އަތަށްދިނެވެ. ނިމާލްވެސް ބޭބީގެ ނިތްކުރީގައި ބޮސްދިނެވެ.
[ވަރަށް ރީތި ފުށްގަނޑެއް. ހީވަނީ ކުޑަކުޑަ ސަރާއެއްހެން.] ނިމާލް ނަރުސް ކުއްޖާ އަތަށް ބޭބީ ދިނެވެ.
[ކިހާއިރެއްވާނެތޯ ސަރާ ނެރެން؟] ނަރުސްކުއްޖާ ހިނގައިގަތީމާ ނިމާލް އެއްސެވެ.
[މާގިނައިރެއްނުވާނެ. ބައިގަޑިއެއްހާއިރުތެރޭ ނެރޭނެ.] ދޮރުލައްޕާލުމަށްފަހު ނަރުސްކުއްޖާ އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ.
ގެއަށް ދެވުނުއިރު ޢިމްރާން ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. މިހާރު އޭނާހުރި ޙާލަތަށް ބަލާއިރު ހީވާކަހަލައެވެ. ސަރާ އޭނާއަށް މަޢާފް ނުކޮށްފިއްޔާ އޭނައަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެއެވެ.
[މަންމަ ކީއްވެތަ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ؟] ގެއަށް ވަދެވުމާއެކު ޢިމްރާންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. މިހެން ބުނެވުމާއެކު އެނދުމައްޗަށް ވެއްޓިގެންފިއެވެ.
[ދަރިފުޅާ...މަންމައަށް މަޢާފްކުރޭ...ދަރިފުޅު ލޯބިވާ ސަރާ އަލުން ދަރިފުޅުގެ ޙަޔާތަށް ގެނަޔަސް މަންމަގެ އެއްވެސް މައްސަލައެއް ނެތް. އަވަހަށް ސަރާ މިގެއަށް ގެނޭ. ކުށެއްނެތް އަންހެން ކުއްޖަކާ ދޭތެރޭ މަންމައަށް ކަންތައް ކުރެވުނު ގޮތާމެދު ވިސްނި، މިހާރު މަންމަ ވަރަށް ހިތާމަކުރަން.] ފަހީމާ ޢިމްރާން އޮތް އެނދުގެ މަގަތުގައި އިށީނދެ ޢިމްރާންގެ ބޮލުގައި ފިރުމަން ފެށިއެވެ.
[ސަރާ އަހަންނަކަށް މަޢާފެއް ނުކުރާނެ. ޢަމުދުން ސަރާގެ މަންމަވެސް އަހަންނަކަށް މަޢާފެއް ނުކުރާނެ. އެމީހުންގެ ހިތުގައި ޖެހިފައިވަނީ މާބޮޑަށް. އަހަންނަށް އިޙްސާސް ކުރެވޭ މަންމަގެ ސަބަބުން ސަރާ ރޮއި ހިތާމަކުރިވަރު.] ޢިމްރާނަށް ރޮވެން ފަށައިފިއެވެ.
[އަދި މަސައްކަތްކޮށްލަބަލަ. ސަރާއަކީ ތިބުނާހާ ހިތްހަރު ކުއްޖެއް ނޫން. އެމަންޖެ މަޢާފްކުރާނެ.] ފަހީމާވެސް ފެންކަޅިވެއްޖެއެވެ. އޭނާގެ ސަބަބުން ދަރިފުޅު އުޅެމުންދާ ހިތްދަތި ޙާލަތު ފެނި މިހާރު އޭނައަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
***************
*"ސަރާ" ވާހަކަ އެކުއެކީގައި ވިދާޅުވެލައްވަން ޝައުޤުވެރިކަން ހުރި ފަރާތްތަކުން، މިފޮތް ބައްލަވައިގަންނަން ބޭނުންވެލައްވާނަމަ، މާލޭގައި ހުރި ފޮތްވިއްކާ ގިނަ ފިހާރަތަކުން މިފޮތް ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު