މަރިޔަމް ލަމްޙާ ރަޝީދު   15 ސެޕްޓެމްބަރު 2023 - 13:3
ސްވީޓް ކޯން ނުވަތަ ޒުވާރި: ހަށިގަނޑަށް ލިބިދޭ ފައިދާ އެތައް ގުނައަށް އިތުރު
ސްވީޓް ކޯން ނުވަތަ ޒުވާރި: ހަށިގަނޑަށް ލިބިދޭ ފައިދާ އެތައް ގުނައަށް އިތުރު
ކޮންމެ ދުވަހެއްގެ ކެއުމުގައި ސްވީޓް ކޯން ނުވަތަ ޒުވާރި ހިމެނުމަކީ ހިތުގެ ބަލިތަކާއި ހަކުރުބަލި ޓައިޕް 2 އަދި ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވެދޭނެކަމެކެވެ. އަދި ގޮހޮރުގެ ސިއްހަތު ރަނގަޅު ކުރުމަށްވެސް ޒުވާރިއަކީ އެހާމެ މުހިންމު އެއްޗެކެވެ.

ޒުވާރީގައި ގިނަ އަދަދަކަށް އިންސޮލޫބަލް ފައިބަރ ހިމެނެއެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމަށް އެހީތެރިވެދޭ މާއްދާއެކެވެ. އިންސޮލޫބަލް ފައިބަރގެ އިތުރުން ވިޓަމިންސް، މިނަރަލްސް، އަދި އެންޓިއޮކްސިޑެންޓްސް ވެސް ޒުވާރީގައި އެކުލެވިގެންވެއެވެ. އެހެންކަމުން ކެއްކުމުގައި ތަފާތު ބާވަތްތަކަށް ޒުވާރި އެޅުމަކީ އެކެއުމެއް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކުރަން މުހިއްމު ކަމެކެވެ. އަދި ފިލްމު ބަލާވަގުތު ނުވަތަ އިވެންޓެއް ކުރިއަށްދާވަގުތު އެތަން ބަލަން ހުންނައިރު، ޒުވާރިން ތައްޔާރުކޮށްފައި އެހުންނަ ޕޮޕްކޯން ފަދަ ލުއި ކާނާއެއް ބޭނުން ކުރުމަކީ ރަނގަޅުކަމެކެވެ.

ޒުވާރިއަކީ ފުދޭވަރަކަށް ނިއުޓްރިއެންޓްސް ގިނަ ބާވަތެކެވެ. މި ލިޔުމުގައި ދެން މިބަލާލަނީ ސްވީޓް ކޯންއިން ލިއްބައިދޭ ބައެއް ފައިދާތަކަށެވެ.

1. ނިއުޓްރިއެންޓްސް:

ސްވީޓް ކޮރން އަކީ ވިޓަމިންސް، މިނަރަލްސް، އަދި ޑައިޓޭރިއަން ފައިބަރ ފަދަ މުހިއްމު ނިއުޓްރިއެންޓްސް ލިއްބައިދޭނެ ކާނާއެކެވެ. މިއީ ވިޓަމިން އޭ، ބީ-ކޮމްޕްލެކްސް، އަދި ސީ ގެ އިތުރުން ޕޮޓޭސިއަމް އަދި މެގްނީޒިއަމް ފަދަ މަޢުދަންތައްވެސް ހިމެނޭ ކާނާއަކަށްވުމުން ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް ސްވީޓް ކޯންގައި އެކުލެވިގެންވެއެވެ.

2. އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް:

ސްވީޓް ކޯން އަކީ އެންޓިއޮކްސިޑެންޓް ގިނަ ބާވަތެއް ކަމުގައިވާއިރު، އޭގެ ތެރޭގައި ލޫޓީން އަދި ޒީއެކްސަންތިން ނަމަކަށް ކިޔާ މާއްދާ ހިމެނެއެވެ. މި ކޮމްޕައުންޑްތަކުގެ އެހީގައި އުމުރާ ގުޅުންހުރި މޮކިއުލަރ ޑިޖެނެރޭޝަން އިން ލޯ ރައްކާތެރިކޮށްދީ، ކެޓަރެކްޓް ޖެހުމުގެ ނުރައްކާ ކުޑަވެއެވެ.

3. ހަޖަމުކުރުމުގެ ސިއްހަތު:

ސްވީޓް ކޯންގައި ހިމެނޭ ފައިބަރގެ ސަބަބުން ހަޖަމުކުރުމަށްވެސް އެހީތެރިވެދެއެވެ. މިއީ ގޮހޮރުގައި ކާނާ ރަނގަޅަށް ހަޖަމުވަމުން ދައުރުވުމަށާއި މާއަވަހަށް ބަނޑުހައިވުން ހުއްޓުވައިދޭ އަދި ހަޖަމުކުރުމުގެ ނިޒާމް ދުޅަހެޔޮކޮށްދޭ ފައިބާގެ ބާވަތެކެވެ.

4. ބަރުދަން ލުއިވުން:

ސްވީޓް ކޯން އަކީ ބަރުދަން އެއްވަރެއްގައި ބެހެއްޓުމާއި ލުއި ކުރުމުގެ ޕްލޭނަކަށް ހިތްހަމަޖެހޭ ނަތީޖާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ ކާނާއެކެވެ. އޭގައި ހިމެނޭ ފައިބަރގެ ސަބަބުން ބަނޑުފުރިފައި ހުންނަކަމުގެ އިހުސާސް ކުރެވި މާގިނައިން ކެއުމުގެ ފުރުސަތު ކުޑަވެގެންދާނެއެވެ.

5. ހިތުގެ ސިއްހަތު:

ސްވީޓް ކޯންގައި ހިމެނޭ ވިޓަމިން ބީ އެކުލެވޭ މާއްދާއެއް ކަމުގައިވާ ފޮލެޓް އަކީ ހޯމޯސިސްޓައިންގެ މިންވަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދީ ކާޑިއޯ ވެސްކިއުލަރ ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. ހޯމޯސިސްޓައިންގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވުމާ ގުޅުން ހުރި ކަމެކެވެ.

ސަމާލުކަންދޭންވީ ކަމަކީ ސްވީޓް ކޯން އިން ސިއްހީ ގިނަ ފައިދާތަކެއް ލިބުނުނަމަވެސް މެދުމިނުގައި ނުވަތަ ބެލެންސް ޑައިޓްއެއްގެ ބައެއްގެ ގޮތުގައި ސްވީޓް ކޯން ބޭނުންކުރުމެވެ. އަދި ސްވީޓްކޯން ހިމަނައިގެން ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި މާގިނައިން ބަޓަރ، ލޮނު، ނުވަތަ ސިއްހަތަށް ގެއްލުންވާ ގޮތަށް ޓޮޕިންގްސް އެއްކުރުމުން ދުރުހެލިވާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން