މެންސްޓުރަލް ކަޕް
މެންސްޓުރަލް ކަޕް
އަންހެނުންނަށް ޚާއްސަ ތަކެތީގެ ތެރެއިން މައްސަރުކަންތަކާއި ގުޅޭ އެކިއެކި ނުރަނގަޅު ޤަބޫލުކުރުންތައް ހުރެއެވެ. އެހެންކަމުން އަބަދުވެސް ރަނގަޅުގޮތް ހޯދުމަތް ކަންކަން ހޯދައި ބެލުމަކީ މުހިންމު ކަމެކެވެ. އަންހެނުންގެ މައްސަރު ކަންތަކުގައި އާއްމުކޮށް ބޭނުންކޮށް އުޅޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ސެނިޓަރީ ޕެޑާއި ޓެމްޕޮން އަދި ރީޔޫސްކުރެވޭ ފޮތި ޕެޑް އަދި ސިލިކޯން ކަޕް ހިމެނެއެވެ. މީގެ ތެރެއިން ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކޮށް އުޅެނީ ސެނިޓަރީ ޕެޑެވެ. ނަމަވެސް މިހާރު އެހެން ބާވަތްތައްވެސް މަޑުމަޑުން ރާއްޖެއަށް އެތެރެކުރެވެންފެށި އެތަކެތީގެ ބޭނުން ކުރާ އަންހެނުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ.

މައްސަރުކަންތަކާއި ގުޅިގެން ބޭނުންކުރާ ތަފާތު އުފެއްދުންތައް ހުރިއިރު، އަބަދުވެސް ބަލަންވާނީ އެމީހަކާއި ގުޅޭ އަދި ވީހާވެސް ރައްކާތެރި އެއްޗެއް ޚިޔާރުކުރާށެވެ. އެއްވެސް އެއްޗަކީ އެއެއްޗެއް ބޭނުންކުރުން އޮންނަ ވަގުތު ހަމަވުމުން އިތުރަށް ބޭނުންކޮށްގެންވާނެ އެއްޗެއް ނޫނެވެ. ޕެޑަކީ އާއްމުގޮތެއްގައި ރައްކާތެރި އެއްޗެކެވެ. އެއީ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ އެއްޗަކަށްވުމުން ހަށިގަނޑަށް ޖަރާސީމު ވާސިލްވުމުގެ ފުރުޞަތު ކުޑަވާނެއެވެ. އެހެންނަމަވެސް ގިނައިން ލޭއަންނަނަމަ އަވަސްއަވަހަށް ބަދަލުކުރުމާއި އަދި ޑޮކްޓަރުން ވިދާލުވާގޮތުގައި މަދުން ލޭއައިނަމަވެސް 4 ގަޑިއިރަށްވުރެ އިތުރަށް ޕެޑް ބަދަލުނުކޮށް ހުރުމަކީ ކުރިމަތިފަރާތުގައި ޖަރާސީމު އުފެދިދާނެ ކަމެކެވެ.

ޓެމްޕޮންއަކީ މައްސަރުކަންތަކާއިގުޅިގެން ބޭނުންކުރާ ތަފާތު އުފެއްދުންތަކުގެ ތެެރެއިން ޕެޑާއި ޚިލާފަށް ކުރިމަތިފަރާތުގެ އެތެރެއަށް ލައްވާ އެއްޗެކެވެ. އަދި މިއީ ލީކުވުމުން ރައްކާތެރިކޮށްދޭ އަދި އެތުލެޓިކްސްއާއި ތަފާތު ކުޅިވަރު ހަރަކާތްތަކުގައި އުޅޭ މީހުން އާއްމުކޮށް މައްސަރުކަންތައް ދިމާވުމުން ބޭނުންކުރަން އެންމެ ފަސޭހަ އުފެއްދުން ކަމަށް ކުޅިވަރުގައި ހަރަކާތްތެރިވާ ގިނަމީހުން ބުނެއެވެ. އެހެންނަމަވެސް މި ބޭނުން ކުރާމީހުންނަށް ހަށިގަނޑުގެ ބޭރުގައި ޖެހިފައި ނެތުމުން ޓެމްޕޮން މަތިން ހަނދާންނެތި ގިނަވަގުތު ޓެމްޕޮން ބަދަލުނުކުރުމުން ޓޮކްސިކް ޝޮކް ސިންޑްރޮމްޖެހި ހުންއައިސް ހަށިގަނޑުގައި ޖަރާސީމު އުފެދި މީހާ ނުރައްކަލަށް ހުށަހެޅިދެއެވެ. މީގެ އިތުރުން ޓެމްޕޮންއަކީ ހަށިގަނޑުގެ އެތެރެއަށް ލައްވާ އެއްޗަކަށްވުމުން ލޭގެ އިތުރުން ކުރިމަތި ފަރާތުގެ ތެތްކަން ނައްތާލައި ޕީ.އެޗް. ލެވަލްއާއި ބެކްޓީރިއާ އިންބެލެންސްވުމަށް މެދުވެރިވެދެއެވެ. މީގެ އިތުރުން ސެނިޓައިޒާ ޕެޑްސް އާއި ޓެމްޕަންސް ގެ ސަބަބުން ހަމުގެ އުދަނގޫތަކާއި، ދިފާއީ ނިޒާމު ދަމަހައްޓައި، އެންޑޯމެޓްރިއޯސިސް، ދަރިމައިވުން ދަށްވުމާއި، ކެންސަރު ޖެހުން ހިމެނެއެވެ.

މެންސްޓުރަލް ކަޕް އަކީ މެޑިކަލް ގްރޭޑްގެ ސިލިކޯން ނުވަތަ ލޭޓެކްސް އިން ހަދާފައިވާ އަދި ތަނޑުގަނޑެއް ނުވަތަ ރަނގަބީލު ހުންނަ ބައްޓަމަށް ހަދާފައިހުންނަ އެއްޗެކެވެ. އެއީ ކުރިމަތިފަރާތުގެ އެތެރެއަށް ލައްވައިގެން ބޭނުންކުރާ އެއްޗެކެވެ. މިކަޕް ކުރިމަތިފަރާތުގެ ތެރެއަށް ލައްވާފައި ބެހެއްޓުމުން ފައިބާ ލޭތައް ޖަމާވާނީ އޭގެތެރެއަށެވެ. ނަމަވެސް މިކަޕުން ލީކުވުމުން ރައްކާތެރިކޮށްދެއެވެ.

މެންސްޓުރަލް ކަޕް ބޭނުންކުރުމަށްފަހު ހޫނު ފެނުން ދޮންނަންވާނެއެވެ. އަދި ބޭނުންކުރާ ކޮންމެ ފަހަރަކު ބޭނުންކުރުމުގެ ކުރިންވެސް މިގޮތަށް ދޮންނަން ޖެހޭނެއެވެ. އަދި ކޮންމެ 4 ގަޑިއިރާއި 12 ގަޑިއިރަކުން ކަޕް ސާފުކޮށްގެން އަލުން ބޭނުންކުރަންވާނެއެވެ.

މެންސްޓުރަލް ކަޕް ބޭނުންކުރުމުގެ ފައިދާތަކުގެ ތެރޭގައި އެއީ ދޮވެގެން އަލުން ބޭނުންކުރެވޭނެ އެއްޗެއްކަމުގައި ވުމަކީ މައްސަރުކަންތަކަށް ކޮންމެ މަހެއްގެ މައްޗަށް އާއްމުކޮށް އެދާ ޚަރަދު ބޮޑުތަނުން ކުޑަކުރެވޭނެ ކަމެކެވެ. އަދި ކުޑަކަމުދާ ނިޒާމާއި ދަރިމައިވުމާއި ގުޅުންހުރި ގުނަވަންތަކުގައި އިންފެކްޝަން ޖެހުމުގެ ނުރައްކަލުން ދުރުކޮށްދިނުމާއި، ނުބައި ވަހާއި ހަންގަނޑުގެ އެކިއެކި އިންފެކްޝަން ޖެހުމުން ދުރުކޮށްދިނުމަކީވެސް މީގެ ތެރޭގައި ފާހަކުރެވޭ ފައިދާތަކެކެވެ. އެހެންކަމުން މެންސްޓުރަލް ކަޕް އަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ މައްސަރު ކަންތައްތަކުގައި އަހަރެން އާއްމުކޮށް ބޭނުންކުރަމުން އަންނަ އުފެއްދުންތަކުގެ ބަދަލުގައި ރައްކާތެރި ޚަރަދު ކުޑަ އަދި ތިމާވެއްޓާއި ރައްޓެހި އީކޯ ފްރެންޑްލީ އުފެއްދުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން