މަރިޔަމް ލަމްޙާ ރަޝީދު   24 ސެޕްޓެމްބަރު 2023 - 14:46
އުމުރުން 40 އަހަރުން މައްޗަށްދާވަރަކަށް ކޮލެސްޓްރޯލް މިންވަރު މަތިވުމުން ކަންބޮޑުވާންފަށައެވެ. ނަމަވެސް ބޭސް ބޭނުންނުކޮށް މި މައްސަލަ ގުދުރަތީ ގޮތުން ހައްލުކުރެވިދާނެތޯ މިއީ ގިނަބަޔަކު ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ފަސޭހަ ޖާވާބަކީ އާއެކެވެ. މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެސްގެން އެކަން ކުރެވިދާނެއެވެ.



އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން މާބޮށްވެސް ފަރުވާކުޑަކުރެވެނީއެވެ. ކެއުމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކުން މީހާ ދުރުހެލި ނުވެވެނީއެވެ. އަދި ބޭސްވެސް ގަވައިދުން ނުކެވެނީއެވެ.

ކޮލެސްޓްރޯލް މަތިވުމަކީ ކޮބައިހެއްޔެވެ؟ އަދި އެކަމާ ކަންބޮޑުވާންވީ ކީއްވެގެންތޯ؟

ކޮލެސްޓްރޯލް މަތިވުމަކީ ލޭގައި ކޮލެސްޓްރޯލް އިތުރުވުމެވެ. މިކަމުގެ ސަބަބުން ލޭހޮޅިތަކުގައި ޕްލެކް ޖަމާވެ، ހިތުގެ ބަލިތަކާއި ސްޓްރޯކް އަދި ކާޑިއޯ ވެސްކިއުލަރ މައްސަލަތައް ޖެހުމުގެ ފުރުސަތު އިތުރުވެދާނެ އެވެ. ދުޅަހެޔޮ ހިތަކަށް ކޮލެސްޓްރޯލްގެ މިންވަރު ޗެކުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކެއުން ބިނާކުރާގޮތަކުން ކޮލެސްޓްރޯލްގެ މިންވަރަށް އަސަރު ކޮށްފާނެ ހެއްޔެވެ؟

އެމީހަކު ކާކެއުމަކީ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ބިނާކުރުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ސެޗުރޭޓެޑް އަދި ޓްރާންސް ފެޓްސް އެކުލެވޭ ކާނާތަކުން ކޮލެސްޓްރޯލްގެ މިންވަރު މަތިކޮށްދޭއިރު، ފައިބަރާއި ސިއްހަތަށް ފައިދާހުރި ފެޓްސް ގިނަ ކާނާ ކެއުމުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ.

ގުދުރަތީ ގޮތުން ކޮލެސްޓްރޯލް މަތިކުރުމާއި ދަށްކުރުމަށް އެހީތެރިވެދޭ ފަރުވާތައް:



1. ގިނައިން ސޮލިއުބަލް ފައިބަރ ކެއުން:

އޯޓްސް، ލެންޓިލްސް، އަދި މޭވާ ފަދަ ކާނާތަކުގައި ހިމެނޭ ސޮލިއުބަލް ފައިބަރަކީ ހަޖަމުކުރާ ނިޒާމުގެ އެހީގައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ދުވާލަކު މަދުވެގެން 25 ގްރާމް ސޮލިއުބަލް ފައިބަރ ކެއުމުގައި ހިމެނުމަށް އަމާޒު ކުރާށެވެ. މީގެތެރޭގައި ކެރެޓާއި ދަނޑިއަލުވި އަދި ބީންސް ހިމެނެއެވެ.

2. އޮމެގާ-3 ފެޓީ އެސިޑް އިތުރުކުރުން:

ސެލްމޮން އަދި ފްލެކްސްސީޑް ފަދަ ބާވަތްތަކުގައި ހިމެނޭ އޮމެގާ-3 ފެޓީ އެސިޑްގެ ސަބަބުން ޓްރައިގްލިސެރައިޑްސް ދަށްކޮށްދީ ނުބައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދެއެވެ. ކޮލެސްޓްރޯލް ދަށަކުރުމަށްޓަކައި މި ކާނާތައް ކެއުމުގައި ގަވާއިދުން ހިމަނަން މަސައްކަތް ކުރަންވާނެއެވެ.

3. އަލުވި ބޭނުންކުރުން:

އަލުވިގައި ހިމެނެނީ ކޮލެސްޓްރޯލް ދަށްކޮށްދޭ ކޮމްޕައުންޑެއް ކަމަށްވާ އެލިސިން އެވެ. ކެއްކުމުގައި ތާޒާ އަލުވި ހިމަނާ ނުވަތަ އަލުވި ސަޕްލިމެންޓްއެއް އެޅާށެވެ.

4. ގަވާއިދުން ކަސްރަތު ކުރުން:

ޖިސްމާނީ ގޮތުން ހަރަކާތްތެރިވުމަކީ އެޗްޑީއެލް (ރަނގަޅު) ކޮލެސްޓްރޯލް މަތިވެ އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލް ދަށްކޮށްދޭނެ ކަމެކެވެ. ކޮންމެ ހަފްތާއަކު މަދުވެގެން 150 މިނެޓް ކަސްރަތުކުރުމުގައި ހޭދަކުރާށެވެ.

ކޮލެސްޓްރޯލްގެ މިންވަރު މަތިވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ. ހާއްސަކޮށް އުމުރުން ދުވަސްވާ ވަރަކަށް މިކަމާއި ފިކުރުބޮޑުވާ މިންވަރު އިތުރުވެއެވެ. އެހެންނަމަވެސް މިއީ މީހާގެ ލައިފްސްޓައިލް ބަދަލުކޮށްލައިގެން ކުރެވިދާނެ ކަމެކެވެ.

ނަމަވެސް، ސިއްހީ ޙާލަތްތަކެއް ހުރިނަމަ ނުވަތަ ކޮލެސްޓްރޯލް މަތިވުމަށް ބޭސް ބޭނުންކުރާނަމަ ކެއުމަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެއްވެސް ބަދަލެއް ގެނައުމުގެ ކުރިން ސިއްހީ ޚިދުމަތްދޭ ފަރާތަކާއި މަޝްވަރާކުރުމަކީ މުހިންމުކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން